އިންޑިއަށް ވަޑައިގަތުމުން އެގައުމުގެ އެއާޕޯޓެއްގައި ހިފަހެއްޓުމަށްފަހު ޑީޕޯޓު ކުރި ސަބަބު އަދިވެސް އަންގާފައިނުވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ރޭގެ ވަގުތެއްގައި އެނބުރި ރާއްޖެ ވަޑައިގެންފައިވާއިރު އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ސަބަބެއް ވެސް އެންގުމެއް ނެތި އިންޑިއާގެ އިމިގްރޭޝަނުން އޭނާ 30 ގަޑިއިރަށް ހިފެހެއްޓި ކަމަށެވެ. އިމިގްރޭޝަނުގައި ހިފެހެއްޓި ސަބަބު އަންގާފައިނުވި ނަމަވެސް އޭނާގެ ކެރިއަރާއި ތައުލީމާއި ގުޅޭގޮތުން އޮފިޝަލުން ސުވާލުތަކެއް ކުރި ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝެއިޚް ޝަމީމް އިންޑިއާއިން ޑީޕޯޓުކުރި ސަބަބެއް އެޤައުމުގެ ކަމާއި ބެހޭ އިދާރާއަކުން ވެސް ހާމަކޮށްފައެއް ނުވެއެވެ. ޝެއިޚް ޝަމީމް ހިފަހައްޓާފައި ވަނީ އިންޑިއާގެ ޓްރެވެންޑްރަމް އެއާޕޯޓުގެ އިމިގްރޭޝަނުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓްރެވެންޑްރަމް އެއާޕޯޓުގައި ޝަމީމް ހިފެހެއްޓުމާއި ގުޅިގެން، އާއިލާގެ ފަރާތުން ވަނީ އެކަން އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް އަދި ރާއްޖޭގެ ރަސްމީ ފަރާތަކުން މިކަމާއި ގުޅިގެން އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެނގިފައިވާގޮތުގައި ޝެއިޚް ޝަމީމް އިންޑިއާއަށް ވަޑައިގަތީ އާއިލާގެ ބޭފުޅަކާއި އެކު ބޭސްފަރުވާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރާފު

    ދިވެހި ރައްޔިތުންނަށް އިންޑިއާގެ ބިރުވެރިކަން. ފެނިއްޖެބާ؟ ދުވަހަކުވެސް މި އިންޑިއާ ގުޅިގެން އުޅެން ނުވާނެ. މަ އިންޑިއާ ގެ އަޅުވެތިކަމަށް ހަތިޔާރު އުފުލާނަން. ހުވާކޮށްފަ މި ބުނީ. ލާހިކެއް ނޫން އިންޑިއާއަށް މި ގައުމުގަ ކާމިޔާބު ހޯދަން.

  2. ޢަބްދުﷲ

    މިންވަރަށް އީމާންވުމުން ޝަކުވާތައް ފިލާދާނެއެވެ. އެވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ، އެއީ ކަމަށް ދެކޭށެވެ. އަދި މިފަދައިން لحمد لله على كل حال ونعوذ بالله من حال اهل النارބުނެލާށެވެ.

  3. ރަޝީދު

    ޝަމީމަށް މަރުހަބާ. އިސްލާމްދީނުގެ ޢަދުއްވުންނަކީ ފިނޑިބައެއް.ނިޖަމެތިބައެއް.ހަރުދަނާކަމެއްނެތްބައެއް.ހަމަ އިންޑިޔާމުސްލިމުންދެކެ ބިރުގަނެއެވެ.

  4. ކަޅު ބުޅާ

    ޝަމީމެން ފަދަ ބޭފުޅުންދެކެ، މޯދީ ހާދަ ޖެހިލުމެކޭ ދޯ އެވަނީ. އިންޑިޔާގައިވެސް އިސްލާމްދީން ވަރުގަދައަށް ފެތުރޭތީ މޯދީގެ މޭ ކަރނީ.

  5. އިބްރާ

    ޝެއިޚް ޝަމީމާއި، ޝެއިޚް އިލްޔާސާއި އަދިވެސް ރާއްޖޭގައިތިބި އިސްލާމްދީނުގެ ޢިލްމުލިބިވަޑައިގެން ތިއްބެވި ގިނަޢިމުވެރިންވަނީ އިންޑިޔާގެ ޓެރެރިސްޓުންގެ ލިސްޓުގައެވެ. އެމްޑީޕީގެ އެކްޓިވިސްޓުން އެކަމަށްޓަކައި އުފާކުރެއެވެ.

  6. އެދުރު

    ސަބަބެއް އޮވެގެނެއް ނޫން ޝެއިޚް ހުއްޓުވީއެއް، ޖެއްސުން ކުރުމުގެ ގޮތުން ، ގެރި މޯދީ އާ އަންނިގެ އެކުވެރިކަން ބަދަހިކޮށްލަން

  7. ގެރިމޯދީ

    މި އިންޑިއާ މީހުން މީ ހާދަ ގޮތެއްފޮތެއް ނެތް ބައެކޭ. އެކަމަކު ހައިރާނެއްނުވަން މޯދީ އަކީ ހާހައްވުރެންގިނައިން މީހުން މަރާފަހުރި ގާތިލެއް، ހައްދުފަހަނައަޅާފަ ހުރި މީހެއް. މޯދީއަށް ޝަރީއަތް ނުކޮށް ވެރިކަންދޭނީ ހަމަ ގޮތެއްފޮތެއްނެތީމަ ދޯ؟

  8. އަނާރާ

    މޯދީ އިސްތިއުފާ..

  9. ޒާ

    މިރާއްޖެއަށް އެތެރެވާ އިންޑިއާ މީހުންނާމެދު ފާރަވެރިވެ އެފަދަ މީހުން ފޮނުވާލަންވެސްޖެހޭ. މިސާލަކަށް އަކިލޭޝް ޝަރުމާ ފަދަ ދާޚިލީ ކަންކަމާބެހޭ ޑިޕްލޮމޭޓުންވެސް.

  10. ބޮނަކު

    ޓެރަރިސްޓުން ހިފަހަށްޓާ ސަބަބު ބުނެދޭކަށް ނުޖެހޭނެ

  11. ލޯގަނޑު

    ތިމާހުރިސަނޭންގޭތަ؟ ލޯގަނޑުކުރިމައްޗަށް އަރާބަލަ، ސަބަބު ފެންނާނެ.