ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ހައްޔަރުކޮށްފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ކެންގަރޫ ކިޑްސް ޕްރީ ސުކޫލު ކައިރިން ބުރުޒު މަގުން މުހައްމާ ހައްޔަރު ކޮއްފައިވާއިރު މިއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މަޖިލީހުގެ ހަ ވަނަ މެންބަރެވެ.

މުހައްމާ ގެންދަވަނީ އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާނާއި، ދަނެގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މީގެ އިތުން ގަލޮޅުދެކުނު ދާއިރާގެ މެންބަރު މަހުލޫފު ވެސް ވަނީ ހައްޔަރު ކޮއްފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މިހާރުވެސް ތިއްބެވީ ހައްޔަރުކޮށްފައެވެ. އަދި މަޖިލީހުގެ ތިން މެމްބަރަކުވެސް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުތަމުގައި ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެހެނިހެން ސިޔާސީ އިސް ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެެވެ.

ގާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި ނަމަ، ކޮންމެ ވަގުތެއްގައި ވެސް އެ ގަރާރު އެއްކޮށް ނުވަތަ އެއިން ވަކި ބައެއް ބާތިލް ކުރުމުގެ ބާރު މަޖިލީހަށް އޮންނާނެ އެވެ. އަދި އެފަދަ ގަރާރާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމާ މެދު ގޮތެއް ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީގެ 258 ވަނަ މާއްދާއިން ސުޕްރީމް ކޯޓަށް ލިބިދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ަިަަަަާަާަިިުުަަައިހަވަންދޫ

    ތިޔާމީހަ ތިތާ ބަހައްޓާގެން ފިލްމެއްކުޅުވާ

  2. ށުމަން

    ގާނޫނު އަސާސީ ގަ އޮންނަނީ ކިތަށް ޕޭޖް ކަން ނޭގޭ މީހުން ބޮޑެތި ސިވިލް އިންޖިނޭރުން ނާ. މެޑިކަލް ސަރޖަނުން ނާ. އެއިރޯ ޕައިލެޓުން ނާ ޕޮރޮފެސަރުންނާ އަދިވެސް އާއްމު ރައްޔިތުން ނަށް ހިންގާ ގާނޫނު ހަދަން . ލަދު ކޮބާ؟ ރަގަޅަށަ އިނގިރޭސި ކިޔަން ނޭގެ މީހުން. ދިވެހި ރައްޔިތުން އެބަޖެހޭ ނުކިޔާވާ ތިބޭ ތާކުން ތާކު ނުޖޭ މީހުން މިފަދަ މަގާމުތަކަށް ނާރުވަން. މީނަ ގާނޫނު ހަދާ މަޖްލިހަށް ކުފޫ ހަމަވީ ނަންބަރ4 ފޮތިން ގަމީސް ލައިގެން ފޫކޮޅަށް ބާރު ފަޓްލޫނު ލައިގެން ހަޔާތެއް ނެތި ޖެއްސި ވައްތަރުންތަ؟

  3. ދިވެއްސެއް

    ށުމަން އަށްވަރަށް ތާއީދު. ތީބަރާބަރު ވާހަކައެއް

  4. ފިރާޝް

    ދީނާ،ޤައުމާ،ރަށްޔިތުންނަކީ މުހައްމާ ކުޅުއްވާޖޯކްފިލްމުފަދައެއްޗަކަށްނުހައްދަވާ