ރާއްޖޭގައި ފުޅާދާއިރާއެއްގައި ބެޓެރީ ވެހިކަލް އާއި ބައިސްކަލް ވިޔަފާރި ކުރަމުން އަންނަ މަޝްހޫރު "ބެސްޓް ބަޑީ"އިން ރ. މީދޫ ޕްރީ ސްކޫލާއި ގުޅިގެން އެ ސްކޫލުގެ ގޯތި ތެރޭގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ.

މި ގޮތުން ޕްރީސްކޫލް ގޯތި ތެރޭގައި ޤާއިމުކުރާ މި ކުޑަކުދިންގެ ޕާކަކީ ޕްރީސްކޫލުގައި ކިޔަވާ ދަަރިވަރުންގެ އުމުރާ ގުޅޭ ގޮތަށް ތަފާތު އެކި ޑިޒައިންތަކުގެ ޕްލޭ ހައުންސް އާއި، ސީސޯ، އަދި އުނދޯލި ފަދަތަކެތި ހިމަނައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ނިންމާފައިވާ ކުޑަކުދިންގެ ޕާކެއް ކަމަށް ބެސްޓް ބަޑީގެ ވެރިޔާ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މީދޫ ޕްރީސްކޫލްގައި ތަރައްޤީކުރާ ޕާކަށް ބޭނުންވާ ބައެއްތަކެތި ބެސްޓް ބަޑީގެ ފަރާތުން މީދޫ ޕްރީސްކޫލާ މިހާރު ވަނީ ހަވާލުކޮށްފައެެވެ. އޭގެ ތެރޭގައި ސީސޯ، ސްލައިޑް އަދި ޓާފް ފަދަތަކެތި ހިމެނެއެވެ. އަދި ޕާކު ފުރިހަމަ ކުރުމަށް ބޭނުންވާ އެހެނެހެން ތަކެތި ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް ޕްރީސްކޫލުގެ މެނޭޖުމަންޓާއި ގުޅިގެން ކުރިއަށްދާކަމަށާއި، ވަރަށް އަވަސް މުއްދަތެެއްގެ ތެރޭގައި އެތަކެތި ރާއްޖެ ގެނެވި ޕާކު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ޕްރީސްކޫލުގެ މެނޭޖުމަންޓާއި ރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ދާނެކަމަށް މީދޫއަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ބެސްޓް ބަޑީ އަކީ ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީކުރާ ޕާކުތަކަށް ބޭނުންވާ ތަކެތި ހެޔޮއަގުގައި ފޯރުކޮށްދޭ ފިހާރައެއްކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކޮށްފައިވާ ކުޑަކުދިންގެ ޕާކުތަކުގެ ޕްރޮޖެކުޓްތައް ކާމިޔާބު ކަމާއެކު ބެސްޓް ބަޑީއިން ކުރިން ވަނީ ފުރިހަމަ ކޮށްފައެވެ.