ރާއްޖޭގައި ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގުޅިގެން ފެންމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން، ބޭރުގެ އަސްކަރީ މަނަވަރުތަކެއްގެ ފޮޓޯ ޢާންމުކޮށް، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ އިންޒާރުގެ ޓްވީޓުތަކެއް ކުރައްވައިފިއެވެ.
އަސްކަރީ މަނަވަރުތަކެއްގެ ފޮޓޯޯއާއިއެކު މިއަދު މުސްތަފާ ދެ ޓްވީޓެއް ކުރައްވާފައިވާއިރު، ފުރަތަމަ ޓްވީޓުގައި ވިދާޅުވެފައި ވަނީ "ހަބަރުދާރު...! ހަވަރާނުކުޅޭތި..!" ކަމަށެވެ. އެ ޓްވީޓުގައި މުސްތަފާ ޢާންމުކުރައްވާފައި ވަނީ ބޭރުގެ އަސްކަރީ އެއާކްރާފްޓު ކެރިއަރެއް، ގިނަ ޢަދަދެއްގެ ހަނގުރާމަ މަތީ ޖެޓުތަކާއި އެކު ކަނޑުމަތީގައި އޮއްވައި ނަގާފައިވާ ފޮޓޯއެކެވެ.
މި ޓްވީޓުގައި މުސްތަފާ ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނުގެ ނައިބު ރޮބަޓް ޕަލަޑީނޯ ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޢާންމުކޮށްފައިވާ ވީޑިއޯއެއްވެސް ހިމަނާފައެވެ.
Habarudhaaru..! HAVARAA kulhen noolheythi..!https://t.co/ieFbZsIFIA pic.twitter.com/fpfm60hayw
— Mohamed Musthafa (@Thimarafushi) October 13, 2018
މުސްތަފާ މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި އަސްކަރީ މަނަވަރުތަކެއްގެ ފޮޓޯތައް ޢާންމު ކުރައްވަމުން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ދިވެހި ދައުލަތް އުފެދިގެންދާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާ ޤައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓިގެން ދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
ހަމަ އެހެންމެ މުޅި ދުނިޔެވެސް މިހާރު އޮތީ "މި އުފެދޭ" ދައުލަތާއި އެކުގައި ކަމަށް މުސްތަފާގެ ޓްވީޓުގައި އިންޒާރު ދެމުން ވިދާޅުވެފައި ވެއެވެ.
Rahyithun ge ninmumaa eh gotha dhivehi dhaulaiy ufedhigen dhane..! Dhivehi Rahyithun naa gaumuge salaamaathee kan belehehtigendhaane..!
Haalathu Zaarooraage io dhaulaiy e ai gotha e nimegen dhaane..!
Mulhi dhuniye othee mi ufedhey dhaulathaa eku.!
Habarudhaaru..! pic.twitter.com/QLmwOzaoT7— Mohamed Musthafa (@Thimarafushi) October 14, 2018
މިދިޔަ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރާއި ގުޅިގެންވެސް ހިނގައިދިޔަ ކަންކަމަށްފަހު މުސްތަފާ ވަނީ ބޭރުގެ އަސްކަރީ މަނަވަރުތަކެއްގެ ފޮޓޯ ޢާންމުކުރައްވައި ތަފާތު އެކި އިންޒާރުތައް ސަރުކާރަށް ދެއްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުކޮށް މުސްތަފާ އިއްޔެ ވިދާޅުވެފައި ވަނީ، "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އިން ބުނީ މިތިބޭ 12 މެމްބަރުންނާއެކުގައި" ކަމަށެވެ. މުސްތަފާ މިގޮތަށް ވިދާޅުވެފައި ވަނީ، ރިޔާސީ އިންތިހާބު ބާތިލުކޮށް ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ނުކުރާނަމަ ރާއްޖެ އާ ދެކޮޅަށް ފިޔަވަޅު އަޅާފާނެކަމުގެ ދެވަނަ އިންޒާރެއް އެމެރިކާ އިން މިއަދު ދީފައި ވަނިކޮށެވެ.
އެޤައުމުގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނުގެ ނައިބު ރޮބަޓް ޕަލަޑީނޯ ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާފައިވާ ނިންމުމަށް އިހުތިރާމުނުކޮށް ސުލްހަވެރިކަމާއެކު ދައުލަތް ހިންގުމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާއަށް ހުރަސްއަޅާ އެންމެހާ ފަރާތްތަކާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅެމުަށް އެމެރިކާއިން ވިސްނަމުން ދާކަމަށެވެ.
އިންތިހާބުގެ ކުރިންވެސް ރާއްޖޭގެ ޑިމޮކުރަސީއަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް ވަކިވަކިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ވާނީ ދީފައި ކަމަށާއި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ގަޑުބަޑުކުރާނަމަ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ވަރަށް ކަންބޮޑުވާނެ ކަމަށް އެމެރިކާ އިން ބުނެއެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އިންތިހާބު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ވަނީ ބާއްވާފައެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ ހެނދުނަށް ވަނީ ތާވަލްކޮށްފައެވެ. ވެރިކަން ކުރާ ޕީޕީއެމުން ބުނިގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިޚާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.
މުސްޠަފާ އަކީ ސިޔާސީ ޖޯކަރެއް.
މުސްޠަފާ ބުނިނަމަވެސް މިފަހަރު ދިވެހި ދަޢުލަތް އުފެދިގެންދާނީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކަށްނޫން. ދިވެހި ދަޢުލަތް އުފެދިގެންދާނީ ދިނާއި ޚިލާފު އަލްޓަނޭޓިވް ގޮތް ގެންނާން ބޭނުންވާ ފިތުނައާއި ފަސާދައާއި އަމާންކަމާއި ނަގާލުމަށް ބޭނުންވާ އެމް.ޑީ.ޕީ.ގެ ފިކުރު ބޭނުންވާ ދަޢުލަތެއްގެ ގޮތުގައި. އަދި މުސްޠަފާ ކަހަލަ ކޮރަޕްޝަނާއި މަކަރުން ފައިސާ ފޭރުމާއި ދަޢުލަތް ދަވާލުމަށް ބޭނުންވާ ކޮރަޕްޓް މީހުންގެ ޚިޔާލާއި އެއްގޮތަށް. އެއީ ދިވެހިންގެ ގިނަ ބަޔަކު ބޭނުންވާނެ ދަޢުލަތެއްނޫން.
ތި ވާހަކައަށް އަޅުގަނޑު ތާއީދުކުރަން
އަޅުގަނޑުވެސް ތިޔވާހަކައަށްފުރިަމައަށް ތާއީދުކުރަން
ވ.ތާއީދު ކުރަން، ދިވެހިންގެ ކަންކަން ނިންމަންޖެހެނީ ދިވެހިން ކަމައް ވާތީ ދިވެހިން އެއޮތީ ދިވެހިން ބޭނުން ވާގޮތައް ނިންމާފަ އެކަން ދިފާއު ކުރުމައް ޢެމެރިކާ އަދި އިންދިޔާ އިންވެސް އަރަން އބަޖެހޭ
މިކަލޭގެ މީ ބޯގޯސް މީހެއް!! މިކަލޭގެ ރަށު މީހުން އެދުވަސްވަރު ކުކުޅު ވިއްކީ އޭގެ ބ އަށް ތިމަރު އަޅައިގެން!! އެއީ ކިލޯ ބަރުކުރަން ވެގެން!! މަކަރު ހަދައިގެން ގިނަ ފައިސާ ހޯދަން! މިވެސް މީ މީގެ 10 ވަރަކަށް އަހަރުކުރިން މީހުންނަށް އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ އަތުލަމުން ދިޔަ މީހެއް!! މީހުންކިޔާތީ އަޑުއިވޭ އަބަދު ފުލުސްއޮފީހަށް ހާޒިރުވާން ޗިޓް އޮންނަނީ ފޮނުވާފަ!! ކޮންމެވެސް ސީފުޑެކޭ ކިޔާ ހަމަ ވައްކަން ކުރީ!! މިހާރު ދެން ހައިބަތު ހުރި ތަނަކަށް ވަދެ ހުރެ މީނާގެ ހުންނަ ލަދު ހަޔާތްކުޑަކަން މިޖީލުގެ ކުދިންނަށް މިދައްކަނީ!! ކޮރަޕްޝަނޭ ކިޔާ އެއްޗެއް މީނަ ނުދަންނަމޭ ބުނެ އެހެން މީހުނާ ދިމާލަށް އިނގިލި ދިއްކުރާއިރު މީނާ ބޮޑުވީވެސް ކޮރަޕްޝަނާ އޮޅުވާލުމުން ފެންވަރައި ހިނައި ތާހިރުވެ ނުވިތާކަށް މަކަރާ ހީލަތާ ޖަހައިގެން ދެއިރު ދެދަޅަޔަށް ބަނޑުފުރާ ސައިބޮޔެގެން!! މިކަހަލަ ދެފުއްކެހެރިން މިއުޅެނީ!! ދެރަކަމެއް!!
ސާބަސް ހަމަ ދިވެހިންނަށް!
ތިވާހަކަ ޢަށް އަޅުގަޑު ވވވވވވވވވ ތާއިދު
ދިވެހިންނަށް ބިރު ދެއްކިޔެސް މި ދެން ބޮޑުވަރު. މިއީ ދިވެހިންނޭ ބުނަން ލަދުވެސްގަނޭ
ހެޔޮނުވާނެ މިގޮލާ މަނަވަރަކަށް ލާފަ ފޮނުވަލަބަލަ.ބޮޑު ދުެްއްޕާނެކޭ!!!!!
ހީހީ ހަލާކު... ތިމަރަފުށީ 02 ދޯނި ފޮޓޯ ލީނަމަވެސް ސަޅިވާނެ ބުރޯ.....
ދައުލަތެއް ސަރުކާރެއް ވަކިކުރަން ނޭނގޭ މީހަކު ދޭ އިންޒާރަށް މީހަކު ބަލާތަ.
ޤައުމުގެ އެެތެރޭގެ ކަންތައް ޙައްލު ކުރަން ޖެހޭނީ އަމިއްލަޔަށް ކަމެއްވާ އިރަށް ބޭރު ގައުމު ތަކަށް ރާއްޖެ ހިފަންގޮވުމަކީ ނުކުޅެދުން ތެރިކަން.ލަދު ލަދު
ނުވިއެއްނު ބުރޯ..ދެންެެެެެެެެެެ އެހެން ކަމަކާ އުޅެންވީނު..
މުސްތޯ ތީގެން އެއްޗަކުން ބޮމެއް ވައްޓާލިޔަސް މުޅި މި ދިވެހިރާއްޖޭގެ ދުވަސް ދިޔައީ އަދި މުސްތޮ ފިލަން ދުވާނީ ކޮންތާކަށް؟ އެމީހުން ނުބަލާނެ މުސްތޮއަކަށްވެސް އެމީހުން ބޭނުންވާނީ މިގައުމުގަ ތިބި ހުރިހާ ރައްޔިތުން ނެތިކޮށް މިގައުމުގައި އެމިހުންގެ ދަރިފަސްކޮޅު އާލާކުރަން މުސްތޮއަށް ހިނދުކޮޅުގަ ހުރެގެން ވާނުވާ ނޭގެނީ
ކީއްވެ ބޭރުގެ ބާރުތަކުން ރާއްޖެ އާ ދިމާލަށް އަންނަކަން އިނގޭނަމަ މަޖީލުގެ މެމްބަރެއްގެ ޙައިސިޔަތުން ނުވަތަ ޤައުމަށް ވަފާތެރި ދަރިއެއްގެ ހައިސިއްޔަތުން ވިޔަސް ދައުލަތުގެ ކަމާ ބެހޭ ފަރާތަށް މުސްތަފާ ނާންގަނީ..
ޓްވީޓެއް ނޫން ދޯ ކުރަންވީ.. ތީ ވަރަށް ސީރިޔަސް މައްސަލައެއް... ސަލާމަތީ ބާރުތަކުން މުސްތަފާ ނުވަތަ އެނޫންވެސް އެފަދަ ގުޅުން ހުރިފަރާތްތައް ހައްޔަރު ކޮށްގެން ވިޔަސް ގައުމީ ސަލާމަތާއި ގުޅޭ ކަންކަންބަލަންވީ ނޫންތޯ..؟
އަޅުގަނޑަށް ފެންނަގޮތް
މުސްތަފާއަށް ދަންނަވަން ދިވެހިރާއްޖެއަށް ހަމަލާއެއް ދީފިނަމަ މުސްތަފާގެ ދުވަސް ދުއްވާލާނަން
ބޭރު މީހުންގެ އެހިގައި ވެރިކަން ހޯދަން އުޅުމަކީ ނުވަވަނަ ހަސަން ރަސްގެފާނު ދަސްކޮށް ދިން ފިނޑި އަމަލެކެވެ. އޭގެ ހިތިކަން 17 އަހަރު ދުވަހު ދިވެހިން ތަޖުރިބާ ކުރިއެވެ. މިރާއްޖެ ތަރައްގީކޮށް ކުރިއެރުވުމުގެ ވިސްނުމެއް ހުރި ހަމައެކަނި ލީޑަރަކީ ޔާމީންކަން އިތުރަށް ހާމަވަނީއެވެ. އެމަނިކުފާނުވަނީ ދީނާއި އަމިއްލަވަންތަކަން ދިފާޢުކުރައްވައި ރާއްޖެ ތަރައްގީ ކުރެއްވުމުގެ ލާމަސިލު ނަމޫނާ ދައްކަވައިފައެވެ. ޔާމީން ޒިންދާބާދު!
މިދިވެހިރާއްޖެގެ ދާހިލީކަންކަމުގެ ތެރެއައް ބޭރުގެ ބާރުތައް ވައްދާފަ ސަލާމަތުން ތިޔަބޭފުޅާ ޔައް ވަކި ހުރެވޭނެތޯ ސުވާލަކީ؟
ޚަލޭ ގެ މައިފުށު މުދާތަ ތި މަނަވަރު ތަކަކީ ތިއެއްޗެހިން ދިވެހިންނައް ބިރު ދައްކަނީ.
އަހަރުމެން ނުގަނޭ ބިރެއް ކުޑަކޮށްވެސް ތި ހުރިހާ މަނަވަރުތަށް އަޑިޔަށް ގަންބަވައިގަތުންވެސް ކުޅަދާނަވެގެންވާ ފަރާތް ފިޔަވައި ދިވެހި މުސްލިމް އަހުން ބިރެއް ނުގަންނާނެ އިތުރު ފަރާތެއްދެކެ ﷲ އީ ހުރިހާ ކަމެއް ނިންމަވާ މަތިވެރި ބާރުވެެރި އަޅަމެންގެ ބަލަދުވެެރި ފަރާތް މަނަވަރުން އަންނަ މިހުންވެސް އެނބުރި ދާހުށީ އެ އިލާހުގެ ހަޟްރަތަށް
މިތިބީ ބިރުން ތުރުތުރު އެބައިޅާ. މުސްތޮފާ ބޭ ބެކް ޔާޑްގަ ތި މަނަވަރުތައް ޕާކްކޮއްފަ ބާއްވާ. ބޭނުންވީމަ އަންގާލާގޮތައް.
މިއީ ދެން ކާކު؟ މިކަހަލަ ސޮހުލުންނަށް ހީވަނީ މީނާއާ އެއްވަރަށް އެހެން މީހުންވެސް ގަމާރުވާނެޔޭ. އިންޓަރނެޓުން ފޮޓޯއެއް ޑައުންލޯޑް ކޮށްލާފަ އަމާގެ މަހާނައޭ ކިޔާބަލަ ހިބަރު. މީ މިކަލޭގެ ލައްވާ ރީނދޫ ހުމުގެ މީހުން ކުރުވާ ކަންކަން. ތިމަރަފުށި މޮޔަ އިބިލީސް.
ތީ ބާރަމެމްބަރުން ބަލައިއަންނަ އުޅަނދުފަހަރު މުސްތޮފާބޭ ތަށްޔާރުލަށްވާ
ތިޔަ މަިނަވަރު ތަކުގަ ހުރީ ތިމަރަ އެހެން އެއްވެސް އެއްޗެއްނެތް.ބިރުގަން ނާނެކަމެއްނެތް. ތިމަރަޔަކީފެނުގެ އަޑިއައްދާއެއްޗެއް. ތިވެސްދާނީއަޑިއައް....
މަނަވަރު ރާއްޖެ އަންނަ އިރު މުސްތަފާ އޮންނާނީ ސަހަރާގަ ތަ ؟
ކަލޭ ނިކަން އާދެބަލަ ތިމަނަވަރުތަށް ގޮވައިގެން.. ކރެންޏާ
ޥޯޓް ކަރުދާސް ދޫކުރީ ޕޕ.މަރުކަޒުގެ އިސްވެރިންނަށް ޕީޕީ.ޕީޕީ މީހުން ވޯޓެއް ގަބޫލެއް ނުކުރޭ.ކޯޓެއް ގަބޫލެއް ނުކުރޭ
ހަވަރަކީ އެމެރިކާގެ އަސްކަރިއްޔާތަ؟ ތަންދޮރުނުދަންނަ ސިޔާސީ މީހުން ބަލައިގަންނަ ރައްޔިތުން އުޅެންޏާ ވާނީވެސް މިވަރު. ބިރު ދެއްކިޔަސް ހެވޭގޮތްވަނީ.
މުސްތަފާ ތީ ދެއަތައް ހޭއްލޭ މީހެއް.. އަންބޮޑިއަށް ގިނަކުރާން އުޅޭ މީހެއް.. ގިނައިން ދިން ކޮޅަކަށް ހެއްލޭ މީހެއްތީ..
މަނަވަރުތައް އަރައިގެން.މުސްތަފާއައް ވާގޮތެއް އަހަރެމެންނައްވެސް ވާނީ. ބިރެއްނުގަނޭ.
ތިއަންނަނީ މުސްތަފާބެ ސިމެންތި އާއި ދެލި އެއްކޮއްގެން ހުއިފިލަނޑާގެ ބަނޑަށް އަޅާ ބަރުކުރަން ފްރޯޑްކުރި މައްސަލަ ބަލަން އަދި ކިރިޔާ ހެ ހެ ހެ. ވަރަށް ސަލާން
ދެބަންދިހާރާ އަނގައިގެ ދެމިޔަކަނުންފައިބާ ސޮނިފުހޭފުރަތަމަ. މިރާއްޖޭގެ ފަސްގަނޑުއެއީ ތިޔަހެން ބުރުވާސޮންޏައްތުރެ މާއަގުހުރި އެއްޗެއްކަން ތިބުރާޗައްނޭންގޭ އިރުއަނގަފޭކުރަންތިމަރަފުށީގައޮވޭ. މިކަހަލަ ބޯބުރާންތިން ފުރަމާލެއަށްއަރާ މުޅިރށާގައުމުފަސާދަކޮށްހަލާކުކުރަންދޫކޮށްގެން އަޅާނުލާނުތިބޭނެކަން ތޮތޮޕާ އަށް ހަނދުމަކޮށްދެން. ބޭރުގެއެއްވެސްފަރާތަކުން މިގައުމުގެ ފަސްގަނޑާ ކުޅެލައިފިނަމަ ފާތހާދުވަސްވެސް އަނގާނުލާނެކަން ހަނދާންކުރަންޖެހޭނެ. ކަލޯ ގައުމުގައުމެއްގޮތުގާ ނެތްނަމަ ރައްޔިތުންނެއްނުވާނެ. އެންމެފުރަތަމަ ގައުމު ހޭބަލިވެގެމްނޫޅެ ހަމަބުއްދިއިސްކުރޭ!!!.
އަހަރުމެން މުސްލިމުން ބިރުގަންނަވަން މަނަވަރެއް ތި ދައްކަނީ؟؟ ހހހހހ
ހަވަރޭ ކިޔާފަ މިދައްކަނީ އެމެރިކާގެ މަނަވަރުތައް... އެމެރިކާގެ މަނަވަރުތަކަކީ ހަވަރު ދެއްތޯ.....
އަޅެ ފަހެ މައުދަންތެރޭން ތިމަރަ މާ މަތީ ފަށަލަޔަކުން މާ ގިނަ ގިނައިން މި ފެންނަނީ ކީއްވެ؟
އޮއެބާރީތަ؟ ބަރިގަނޑު ލުއިވީތަ؟
ޢެހެންޏާފަހެ އަހަރެމެން ކަޅު ތިމަރަ ބޭނުންކުރަނީ ބަރި ހަދަން އަދި ނަނު އަޑިޔަށް ފައްތަން.
އެއީ ގިނަ އިރު އަޑީގައި އޮންނަ އެއްޗެއް.
ކުޑަކުދިންނށް ބިރުދައްކަން ސަންތިމަރިޔަނބާާއި ލޯރަތްބެ އެބައާދެއޭ ބުނާ އުސޫލުތީ .... ހީހީ ހަލާކު
ކަލޯ، ހާދަވަރަކަށް ތި ތެޅެނީ....
މިދެންކިހާވަރުގަދަ ކަމެއް މުސްތަފާ.
ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މިފަދަ ތަޢުލީމު ގޮތުންނާއި ޢިލްމީ ގޮތުން ދަށް ފެންވަރުގެ މީހުން ރައްޔިތުންގެ މަޖުލީހަށް އިންތިޚާބުކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެއެވެ. ތަޢުލީމީ ގޮތުން އުޑެއް ބުޑެއް ނުދަންނަ މީހުންގެ ސަބަބުން ދިވެހިރައްޔިތުންގެ ސަލާމަތަށް ނުރައްކާވެ، ދިވެހިރާއްޖޭގެ މިނަވަންކަން ގެއްލި ހިގައިދާނެ ކަމެކެވެ. ދިވެހިރާއްޖެއާއި ރައްޔިތުންގެ ޙާލަތު ރަގަޅުވެ، ޤައުމު ތަރައްޤީވެ ކުރިއަރައިގެން ދާނީ ޢިލްމީ ގޮތުންނާއި ތަޢުލީމީ ގޮތުން ނާޤާބިލު މިފަދަ މީހުން ރައްޔިތުންގެ މަޖުލީހަށް ވަނުމުގެ ދޮރު ބައްދުކޮށްގެންނެވެ. އެގޮތުން މިހިނދުން މިހިނދަށް، މަޖުލީހަށް ކުރިމަތިލުމުގައި ތަޢުލީމީ ޝަރުޠު ތަކެއް ކަނޑައަޅަންޖެހޭ ކަމަށް ޤަބޫލުކުރަމެވެ.
ބުނަން ވަހަކައެއް.... މިތަނަން ބޭރުގެ ނުފޫޒުވަދަންނޫޅޭ.....
ބޭރު ޤައުމެއްގެ އަސްކަރީ މަނަވަރު ތަކެއްގެ ފޮޓޯ ޖެހިޔަސް އަހަރުމެން ބިރެއްނުގަނޭ، ތިކަމުން އެންމެބޮޑަށް ގެންލުންވާނީ ކަލޭމެނަށް
ބްލޫމެޓަަލް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނީންތޯ؟
މިދެންކާކު ތިމަރަ ވަގު ހައްޖުގެ ފައިސާދީ ލަދެއްވެސް ނުގަނޭދޯ ރައްޔިތުންނޭކިޔަން!
މުސްތަފާ އަކީ މިޤައުމށް ފާކުރައްވާފައިވާ ދައްޖާލެއް.
މިކަމުގައި ދުލެއްދެވޭކަށް ނެތް، ޤައުމު ފުނޑާލަން ކަލޭމެން ބޭނުމިއްޔާ ބޭރުގެ އަސްކަރީން މިޤައުމަށް އަރުވާ، ކަހެރުވަކޭވެސް ހިޔެއްނުވޭ
މުއްކަފާބެ ކަންކަމުގަ ވާގި އެދެނީ ޔަހޫދީންގެ ކިބައިން އަހަރެމެން ވާގި އެދެނީ ﷲ ގެ ޙަޒްރަތުން އެހެންވީމަ ވ ތަފާތު ވާނެ
މިހިރަގޯޅި މުސްތަފާ މަންޒަރު ދައްކަން އުޅޭނިކަމެއްނެތް! މިހާރު ރައްޔިތުންނަށް ތިކަހަލަ މަންޒަރު ވަރަށް ސާފު މާރީތިވާނެ ހައްޖު ފައިސާކޮޅު ދިނިއްޔާ!
މިތިމަރަފުއްޓަށް ޒަޖީރާއަށް އަންނަ ކާބޯތަކެތިހިފައިގެން އަންނަ މަނަވަރު
ދހިވެހިން ކަންކަން ނިންމާނީ ދިވެހިން ނޭ ބުނަނީ އެކަމު ނިމިފައި އޮންނަނީ ކޮންމެ ކަމެއް ކުރިޔަސް ބޭރު ބަޔަކާ އެކު އެކަމެއް ނުއެއް ނިންމެ ބެޜުބަޔަކާ ނުލާ މީ އަރަތަ އެއްތަ؟