ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރައްވާ ވަކީލުންގެ ޓީމްގައި އިސް ވަކީލެއްގެ ގޮތުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ވަޑައިގެން މިއަދު ވަކާލާތު ކުރައްވައިފިއެވެ.

ޝަމީމްގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ ވަކީލުންގެ ގޮތުގައި އިތުރު ބައެއް ބޭފުޅުން ވެސް މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވިއެވެ. ނަމަވެސް ޝަމީމް ފިޔަވައި ދެން އިލެކްޝަންސް ކޮމިޝަން ތަމްސީލް ކުރަން ވަޑައިގެންނެވީ އެކޮމިޝަންގެ މުވައްޒަފުންނެވެ. އެއިން އެއްވެސް ބޭފުޅަކު ޝަރީޢަތުގައި މިއަދު ވާހަކަފުޅެއް ނުދައްކަވައެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދައްކަވަން ބޭނުންފުޅުވި ހުރިހާ ވާހަކައެއް ދެއްކެވީ ޝަމީމް އެވެ.

ޝަމީމް އަކީ އިދިކޮޅު ފަރާތްތަކުގެ ޤާނޫނީ ވަކީލެއްގެ ގޮތުން މިހާރު ވެސް ކޯޓު ތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެންމެ ފަހުން ކުރީގެ ރައީސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ވެސް ޝަމީމް މަސައްކަތް ކުރައްވާފައިވެއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ޝަމީމް ތިން މަސް ދުވަހަށް ވަކާލާތު ކުރުމުން ސަސްޕެންޑް ކުރިއެވެ. ނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ އަނެއްކާ ވެސް ޝަމީމަށް ވަކާލާތު ކުރުމުގެ ހުއްދަ ދީފައެވެ.

އެންމެ ފަހުން ޝަމީމް ސަސްޕެންޑް ކުރީ އޭނާ ކުރި ޓްވީޓަކާއި ގުޅިގެންނެވެ. ޝަމީމް ޓުވީޓް ކޮށްފައިވަނީ، އޭނާ ފްލައިޓެއްގައި ދަތުރު ކުރައްވަމުން ގާނޫނުއަސާސީ ވިދާޅުވާން އިންނަ ފޮޓޯއެކެވެ. ނަމަވެސް އެ ފޮޓޯގައި ޝަމީމްގެ ފަހަތުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ނިދިޖެހިފައި އިންނަވާ މަންޒަރު ފެނެ އެވެ. މި ފޮޓޯ ފަހުން އޭނާ ވަނީ ފޮހެލައްވައިފަ އެވެ.

މީގެ ކުރިން ވެސް ޝަމީމް ދެފަހަރެއްގެ މަތިން ސަސްޕެންޑް ކުރިއެވެ. އެންމެ ފުރަތަމަ އޭނާ ސަސްޕެންޑްކުރީ 2015 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ސަސްޕެންޝަންގައި ދެ އަހަރެއްހާ ދުވަސްވީ ފަހުން އެ ސަސްޕެންޝަން އުވާލީ މި އަހަރު ކުރީކޮޅެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެ ވަނަ ފަހަރަށް އޭނާ ސަސްޕެންޑް ކުރުމަށް ފަހު ސަސްޕެންޝަން އުވައިލީ މީގެ ދެ ތިން މަސް ކުރިންނެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައި ވާއިރު އެމައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ހެނދުނު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. Anonymous

  އީސީ ތަމްސީލް ކުރާނީ އިދިކޮޅުންނު. އެމީހުންގެ ގޮނޑިކޮށްގެވީމަ. ހަޔާތް ކުޑަ މެމްބަރުންތަކެއް ތިބިތަނެއް އީސީ އަކީ.

  • ވަޒީރު

   އީސީ. ހަޔާތް ކުޑަވި ތަމެން ބޭނުންވާގޮތް ނުވިމަތޯ؟ މީގެ ކުރިން އިދިކޮޅުން ކިޔަމުން އައީ ޝަރީފްގެ ވާހަކަ. އެދުވަހު ނިހާން ވިދާޅުވީ އެމްޑީޕީއަށް ފުއާދު އޯކޭ، އެހެންވީމާ އަހަރެމެންނަށް ޝަރީފް އޯކޭ ނުވާންވި ސަބަބަކީ ކޮބާ؟ އޮޅުވާލަން އުޅޭ ވޯޓް!!

 2. އެހެންތޭ

  ތިޔާއީ އިލެކްޝަންސް ކަމިޝަން ތަމްސީލް ކުރަން ނޫނެއް ނޫން ތަމެން ތިޔާ ދިޔާ އިލެކްޝަންސް ކަމިޝަނަށް ތަމެން ތިޔާ ދިޔާ އެމްޑީޕީ ތަމްސީލް ކުރަން ނޫންތޭ މިހާރު ހުރިހާ ހެކިތައް އަންދާލީ ދޯ ތިޔާއީ މާލޭގެ ހަ ގޭންގް އޮޕަރޭޓް ކުރާ ގޭންގް ކާރޓެލް އެކޭ މަމެން ބުނަން ނެތީމު ދޯ.

 3. އައިކުޑް

  ބަލި ގަބޫލުކުރުމަކީ އެއްވެސް ހައްގެއް ނިގުޅުވައިގަނެވޭނެ ކަމެއް ނޫން އަދި ހައްގެއް ދޫކޮށްލެވޭނެ ކަމެއް ވެސް ނޫނޭ ތަމެން ތިޔާ ދައްކަނީ ލީގަލް އެފެއާރޒްގެ ވާހަކަ ތައް ތޭ ނުވަތަ ގޭގެ ބަދިގޭގައި ހަނޑޫ ހޮވަން ތިބޭއިރު ދައްކާ ޒާތުގެ އަލިފުލައިލާ ވާހަކަ ތަކޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ ކަމަކީ ބަލި ގަބޫލުކުރުމުގެ މާނަ އެއް ނޫން ބަލި ގަބޫލުކުރުން އިއުލާން ކުރުމަށް ފަހު ދެން ވޯޓް އިން އިދިކޮޅު ކެންޑިޑޭޓް ވައްކަން ކޮށްފައިވާ ނަމަ އެކަން ނުބެލުމަކީ ތަމެން ތިޔާ އުޅެނީ އަދި ވަރަށް ފަހަތުގައޭ ލީގަލް އިންޑަސްޓްރީ ގައި މިއިން ވެސް އެގިގެން ދާ އެއްޗަކީ ތަމެން ގެ ބޭނުމަކީ އެއީ ޕަބްލިސިޓީ ހޯދުން އެކަނި ކަމޭ ހަގީގީ ޓެކްނިކަލް ކެޕޭސިޓީ ތަމެންގެ ކިބަިއގައި ނެތް ކަން އޯއް ޔޭއް ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި އޯއް ޔޭއް...

 4. ބަބުރޭ

  ތީ ފިނިފެންމާ ދޯނީގެ މާލިމީއެއް ދޯންޏެއް ލޯންޗެއް ވަކުކުރަން ނޭގޭ ބުރާންޗެއް

 5. ކޭ ބީ

  މުޅި ރާއްޖެ އޮތީ ޔާމީނާ އިދިކޮޅައްކަން މިއިންގެނީ

 6. ސައިލެންޓް މެޖޯރިޓީ

  ޝަމީމް އަކީ ސީދާ އިސްލާމް ދީނާއި ދެކޮޅު މިހެއް ޝަމީމްގެ ގާނޫނީ ވޯކްޝޮޕެްް ތަކުގައި އަޅުގަނޑު ބައިވެރިވިން ސީދާ އިސްލާމްދީން އެއީ ކީއްކުރަން ހިމާޔަތްކުރާ އެއްޗެއްހޭ އިންސާނުންނަކަށް އިސްލާމްދީން ގިމާޔަތް ނުކުރެވޭނެ ކަމަށް ބުނެފައި އެބަހުރި މީ ހަގީގަތެްް

 7. ސަލީމު

  މީނަމީހުރިހާތަނަކަށް ހެޔޮވަރުވެގެންއުޅޭ ފުޅިމަދު އުގުރިއެއް. ޜަކީދޫމީހާގެދަރިމަރާލިކަންތަކުގަވެސް މީނަ.

 8. ޢަބްދުﷲ ސަޢީދު (ޤާނޫނީ ވަކީލު)

  ޙުސައިން ޝަމީމަކީ، އަޒުހަރުގެ ދަރިވަރެއް، ޢިލްމާއި މަޢުލޫމާތުގެ ޚަޒާނާއެއް، ޖެހިލުންކުޑަ ޒުވާނެއް، ސަމްގާއާއި ޗާޓަށް ފަރިތަބޭފުޅެއް، މަރްޙަބާ ޝަމީމް،

  • މޮދެ

   އެއްބަސް

 9. މުޙައްމަދު

  ތިކަމުންވެސް އިލެކްޝަން ކޮމިޝަނުގެ މުސްތަޤިއްލު ކަމާއި އިންސާފުވެރި ވާނެވަރު އެގިގެންދޭ

 10. އަލީ

  މިފަދަ މީހުންވެސް ދައުލަތުގެ މިނިވަން މުއައްސަސާ ތަކުގެ ވަކީލުންނަށް ނެގުން އެންމެރަގަޅުތޯ ޝަރީފުއާ ސުވާލުކޮށްލަން ބޭނުންވެއެވެ. ގޯސްމައްޗަށްގޯސް ހަދަނީ!

 11. ޜިފާ

  ތިމީހުންނަކީ އެމްޑީޕިޔާ ހުރެ މޮޔަވެފަ ތިބި މީހުން ދެން ކޮނކަމެއް އެމީހުން ރަގަޅަށް ކުރާނީ،..

 12. ކުރިމަގު

  މި ދެން ކާކު އީ.ސީ ތަމްސީލް ކުރަން ނުކުން ނަން، ބަލަ އީ.ސީ ގަ އެވަރު ކޮއްލާނެ މީހަކުވެސް ނެތީތަ މިއަދު. ހައިރާންވޭ ތިކަމާ. ވ. ސަލާމް ޝަރީފް އަށް.

 13. ސޯޕް ލައިޓް ބްރަދަރ

  މީނަ ވަކާލާތުކުރި ސަރިއްޔަޔެއް ދުވަހަކުވެއް ކާމިޔާބުވީބާއެއެވެ.

 14. އަފްލާ

  މިރިންގް ޝަރީފް އުޅެނީ މިޝައްޕެ ލައްވާ ހުރިހާ ގަނޑެއް ގަންނަން

 15. ޒަރާ

  އަބަދު ދުންއަރުވާލައިގެން ދެލޯ ރަތްއަރުވާލައިގެން އިންނަ ވަކީލުދޯމީ