ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމުން އެމަނިކުފާނަށް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އެޓްވީޓް ޑިލިޓް ކޮށްލައިފިއެވެ.

ރިޔާސީ އިންތިހާބު ބާތިލުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ސިއްރު ހެކީންތަކެއް ހުށަހެޅުމަށް ނިންމުމުން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށާއި ކީރިތި ގުރުއާނުގައި ވެސް ރަސޫލާގެ ސުންނަތުގައި ވެސް އަދި އެއްވެސް އިމާމެއްގެ ބަސް ފުޅުގައި ވެސް ސިއްރު ހެކި ބަހުގެ ވާހަކައެއް ނެތް ކަމަށެވެ.

ރައީސް މައުމޫންގެ ޓްވީޓާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ ރައީސް މައުމޫނަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ބުނަމުން ދަނީ ރައީސް މައުމޫންގެ އަނބިކަނބަލުންނާއި ދަރިކަނބަލުންތައް ބުރުގާ ނާޅަނީ އިސްލާމްދީނުގައި އައުރަ ނިވާކުރުން ނެތުމުން ހެއްޔެވެ؟ ބުރުގާ އެޅުމާއި ބެހޭ ގޮތުން ރައީސް މައުމޫން 2008 ވަނަ އަހަރު ދައްކަވާފައިވާ ވާހަކަތައް ގިނަ ބަޔަކު މިރޭ ގެންދަނީ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ސިއްރު ހެކިބަސް ނަގައިގެން ޝަރީޢަތް ހިންގަން ފެށީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށާއި އޭރު އެކަން ނުހުއްޓުވީ ކީއްވެތޯ ވެސް ބައެއް މީހުން ގެންދަނީ ސުވާލު ކުރަމުންނެވެ. ރައީސް މައުމޫން ފުރަތަމަ ފަހަރަށް ސިއްރު ހެކިބަސް ދިނުމާއި ދެކޮޅަށް ވާހަކަ ދެއްކެވީ އެމަނިކުފާނު ހައްޔަރު ކުރުމުން ކަމަށާއި ކުރިން އެވާހަކަ ނުދެއްކެވީ ކީއްވެތޯ ވެސް ބައެއް މީހުން ގެންދަނީ ސުވާލު ކުރަމުންނެވެ.

ސިއްރު ހެކި ބަސް ކޯޓުތަކުން ނެގުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމް ބަލައިގެންފައިވާ އުސޫލެކެވެ. މީގެ ކުރިން ވެސް އެތައް މައްސަލައެއްގައި ސިއްރު ހެކިންގެ ހެކިބަސް ކޯޓުތަކުން ބަލައިގަނެ، އެހެކިބަސްތަކުގެ މައްޗަށް އެތައް ޙުކުމެއް އިއްވާފައި އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. Anonymous

  މައުމޫނު ކުރީމަ ހަރާމްކަންތަށް ހުއްދަ ވޭތަ

 2. ޢިބުރަެ

  ހިޔާލުފާޅުކުރާއިރު މީހުންގެ ޒާތީކަންކަމާ ބެހުމަކީ ވަރަށް ހަޑިކަމެއް ބުތުގާ އަކީ ކީއްކިރަންއަޅާ އެއޗެއް. ޙަމައެކަނި މައުމޫން ވެރިކަމުގއި ކުރި ދޯހަޅިކަންތަކުގެ ވާހަކަ ދައްކާ އެ އޯކޭ މަވެސް އެކަމަށް ތާއީދު

 3. ނޫންތަ؟

  މިބޭ އަމިއްލަ ބޭނުމަކާ ޖެހުނީމަ އެއީ ދީން. ކަމަކާ ހޭބަލިވިޔަސް ތިދެން ބޮޑުވަރު.

 4. ދީން ދެކެ ލޯބިވާ ދިވެއްސެއް

  ސިއްރު ހެކިބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ ކަމެއް، އެ ކޮންމެ މީހަކު ބުންޏަސް، ހަގީގަތެއް، ހަގީގަތާ ކުރިމަތި ލައްވާ، މީގެ ކުރިން އެމަނިކުފާނު އެ ވާހަކަ ނުދައްކަވައި، މިއަދު އެ ދައްކަވަނީ އަމިއްލަ މަސްލަހަތެއް ވެސް އޮތީމަ ކަމަށް ވެދާނެ، އެހެންވިޔަސް އެމަނިކުފާނު ފާހަގަކުރެއްވީ ހަގީގަތުގައި ވެސް ރަނގަޅު ވާހަކައެއް

 5. ނޫންތަ؟

  މިބޭ އަމިއްލަ ބޭނުމަކާ ޖެހުނީމަ އެއީ ދީން. ކަމަކާ ހޭބަލިވިޔަސް ތިދެން ބޮޑުވަރު. ކަންނެލި އޮޑިއަކަށް ދުލެއް ނުކުރޭނު.

 6. ބުރަކިރަނިން

  ހާދަބިރެއްވެސް މިސޮރު އެބަގަނެއޭދޯ

 7. މަލިކާ

  އިސްލާމީ ޝަރީއަތުގައި އޮވޭތޯ ހަނުހުރުމުގެ ހަނުހުރުމުގެ ހައްގު؟

 8. ހާމާނު

  މިއިން މިއިނގެނީ މޮޅުމީހަކަށް ވަނީ ބޮޑު ގޮނޑިއެއްގައި އިށީނީމައެއް ނޫންކަން. ބުއްދިއެއް ހުރީމައިކަން.

 9. ކޭ ބީ

  ބުރުގާ ދޯ ހުރިހާ ހަމަކީ

  • Anonymous

   ލާދީނީ ބައިގަނޑަށް ބުރުގާ މުހިއްމު ނޫނަސް އަހަރެމެން މުސްލިމުންނަށް އެވަރަށް މުހިއްމޭ. ދެން އަމިއްލައަށް މާ އިސްލާމްދީނޭ ކިޔައިގެން ޓްވީޓް ކުރީމަ އެހެން ވާނީ.

 10. މުހަދު

  އަމިއްލަ އެދުންބޮޑު މުސްކުޅި ބެއްޔާ....?

 11. Anonymous

  މާތްކަލާކޯ މައުމޫނު އިސްލާމީ ޝަރީއާގެ ވާހަކަ ނުދައްކާ

 12. އަހުމަދު

  ބުއްޑާވާލާއަށް އުފަލުން ކިޔޭނުކިޔޭ އެއްޗެއްވެސް ނޭގެނީތަ؟ ބަލަ ތީނޫންތަޤުރުއާނަކީ ހުއްޖަތެއް ނޫނޭވެސް ބުނިމީހާ..

 13. Anonymous

  ޢިސްލާމްދީނުގެ އަސްލަކާޚިލާފް ކަމެއް މައުމޫނު ކުރިއަސް މަކުރިއަސް ވާނީ ބާތިލުކަމެއް މިރާއްޖޭގެ ޝަރީޢަތުގެ އަސާސަކީ އިސްލާމީ ޝޜީޢަތް ޙާކިމަކަށްހުރި މީހަކު ވޢްކަންކޮށް ޒިނޭކޮށް ހެދުމަކުން އެކަން ހުއްދަނުވާނެ

 14. ވިއް

  ވަކިވަރަކައް ލާދީނީ ވީމަ ވާ ގޮތް

 15. ރ

  މައުމޫން އަކީ ރައްޔިތުންދެކެ ލޯބި އޮވެގެން ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ މީހެއް ނޫން. އޭނާ އަކީ އަމިއްލަ ފައިދާ އަށް އުޅޭ މީހެއް. އޭނާގެ މަޅީގަ އެކަކުވެސް ނުޖެހޭތި. މައުމޫން އަދިވެސް މަސައްކަތް ކުރަނީ އާއިލާ އަށް ވެރިކަން ހޯދުމަށް.

 16. އަނާރާ އަހުމަދު

  ތި މައުމޫނަކީ މިހާރު ބޭނުން މީހެއްނޫން. 30އަހަރުގެ ބޮޑުވަގު

 17. ޢަބްދުﷲ

  ވަގުތު ނޫހުގައި ކޮމެންޓް ކުރާ އެންމެންނަކީ، ދިވެހިންނެވެ. ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނެވެ. ކޮންމެ މީހަކުވެސް ލިޔަނީ އެމީހަކަށް ފެންނައެއްޗެކެވެ. އޭގެތެރޭގައި އެންމެގިނައީ ތެދުޚަބަރާއި ރަނގަޅު މަޢުލޫމާތެވެ. ބައެއްފަހަރު މީސްމީހުންގެ އައިބުތަކާއި އުނިސިފަތައް ލިޔެފައިހުރެއެވެ. ބައެއްބޭފުޅުން ހިތްހަމަނުޖެހޭގޮތަށް ބައެއްވާހަކަތައް ގެނަސްދީފައހުރެއެވެ. ނަމަވެސް ޖުމުލަގޮތެއްގައި ވަރަށްޢިލްމީ ފަންނީ މަސައްކަތްތައް ޚިދުމަތްތައް ލިބެންހުރެއެވެ. ކޮމެންޓް ކުރައްވާ އެންމެހައި ފަރާތްތަކަށް ޝުކުރުވެރިވަމެވެ. ލިޔުމާއި ކިޔުމަކީ، އެމީހެއްގެ މަޢުލޫމާތު މުއްސަނދި ކޮށްދޭ ކަންކަމެވެ.

 18. ހައިދަރު

  މީހަކު ހިސާބަށްވުރެ އަމިއްލަ އެދުން ބޮޑުވެއްޖެނަމަ ދެން ކިޔޭ ނުކިޔޭ އެއްޗެއް ނޭގޭނެ އެހެން މިވަނީ މިހާރު

 19. ދަސްކުރާ މީހާ

  އުސްތާޒް މައުމޫން ތިހެއްދެވިގޮތް އެހާރަގަޅޭއްނޫން. އިސްލާމީ ޝަރީޢަތުގައި ކަމެއްއޮންނަ ކަން ނުވަތަ ނޯންނަކަން ވިދާޅުވުމުގައި އަމިއްލަ ނަފްސްގެ އިތުބާރު ގެއްލޭފަދަ ގޮތަކަށް ކަންކުރުން ރަގަޅެއްނޫން. މިޙާރު ތިވީ ގޮތުން އަޅުގަނޑު ޤަބޫލުކުރާނީ އިސްލާމީ ޝަރީޢަތުގަ ސިއްރުހެކިބަސް އެއީ ހަމަ އޮންނަކަމެކޭ އޮންނަންޖެހޭ ކަމެކޭ. އެގޮތަށް ޤަބޫލުކުރަންޖެހެނީ އުސްތާޒު ސިއްރުހެކިބަސްނޯންނަ ކަމަށް ވިދާޅުވެފަ މީހަކު ހަމައެއްޗެއް ބުނާއިރަށް އެބުނުން އަބުރާ ގެންދެވުމުގަ މަޠުލަބަކީ ސިއްރުހެކިބަސް ނޯންނަކަމަސް އުސްދާޒު އަމިއްލަފުޅަށް އިއުތިރާފް ވުން. އެހެންވީމާ މިހާރު ކުރިން ދީނީ އިރުޝާދުތަށް ދެއްވުމުގައި އަޅުގަނޑު ކުރި އިތުބާރު މިހާރު ދޭހިތެއް ނުވޭ. އަދި ޤަބުކުރު ކުރުންތަކަށްވެސް މިހާރު ކުރިންދިންހާ ޔަގީންކަމެއް ނުދެވޭނެ.

 20. މުހުންމަދު

  ތިމަނިކުފާނަކީ ތިމަނިކުފާނުބޭނުންފުޅުވާކަމެއް ކާމިޔާބުކުރައްވަވަންބޭނުންފުޅުވެއްޖެއްޔާމު ޤުރުއާންއަކީ ޙުއްޖަތެއް ނޫންކަމެއް ވަކާލާތު ކުރަށްވަވާ މަނިކުފާނެއް. ތާރީޚް ބައްލަވާ. ސާބިތުހެކިލިބިވަޑައިގަންނަވާނެ.

 21. މުޙައްމަދު

  ހުސްވަގުން، ބަހުންނާއި ޢަމަލުންވެސް ވައްކަން، އެކަމަކު ދީނީ ދަންނަބޭކަލުންނޯ، ތިމީހަކަށް މީގެކުރިން ތާއީދު ކުރެވުނީތީ ހިތާމަކުރަން

 22. ތުއްތޮންބެ

  މިތިބަ ސިޔާސަކުދިންނޭ ބޭބެއަށް މިހާރު ކިޔޭ ނުކިޔޭއެއް ނޭގެނީއޭ އަބަދުމިހުންނަނީ ހިދިކޮޅުއާއްސަ ބާބެއަށް މައާފްކުރޭ ގޭތެރޭންވެސް އެވަރަށް ޕްރެޝަރުކުރޭ ދެން ތިކުދިން ވިސްނާލަބަލަ ބޭބެ މިއުމުރަށް ގޮއްސަހުރި މީހަކަށް ވާނެވަރު

 23. މައުމޫނު

  މައުމޫނު އަކީ ދިވެހިންގެ 2 ދުނިޔެގެ ހަލާކު ކަމުގައި އަޅުގަންޑު ހުވާކުރަމެވެ......ދިވެހި ރާއްޖެ އަށާއި ދިވެހިންނަށް ޖެހިފަ އޮތްބޮޑު ވަބާއެކެވެ......

 24. ސަވީޓްގާލް

  މައުމޫނުގެ ދިގު އަނިޔާވެރިވެރިކަން ނިމުމަކަށްގެންނަން ނުކުތީ އެމްޑީޕީ ، އަދާލަތު ، ޖޭޕީ ، ދެންވެސް އޮތްނަމަ އޮތް ޕާޓިއެއް އެއްބައިވެގެންނެވެ. އޭރުވެސް ކީ ލަވަޔަކީ އަނިޔާ ، ކޮރޮޕްސަން ، ވައްކަން މި ލަވަޔެވެ. ވަނަމަކަށް ކީ ގުޅާބޯ އެވެ. އޭރު މައުމޫނު ސަލާމަތްކުރަން އަތުކުރި އޮޅާލައިގެން ނުކުތީ ޔާމީންއާއި ޔާމީންގެ އެކުވެރިންނެވެ. މައުމޫނު އެއްޗެއް ވިސްނާކަށް ނުވޭހެއްޔެވެ؟

 25. އަނގޮޓި

  ސިރު ހެކިބަސް އޮންނަ އެއްޗެއް ނޫންކަމަށް މައުމޫން ވިދާޅުވުމުން މައުމޫންނެވެސް މުޅިން ޔަހޫދީޖަންގަލި ތެރެއަށް ވެންނެވީތޯ

 26. އަލީ

  މި ޖޯޑް ވަރަށް ސަޅި މި ބުނީ ލާދީނީވީމައި

 27. ރައްދު

  މައުމޫނަކީ ދެފުށް ދެގޮތް މީހެއްކަން ނޭންގޭނެ މީހަކު ނުހުންނާއެވެ އޭނާ އަބަދުވެސް ވަކާލާތުކުރާނީ އަމިއްލަ މަސްލަހަތު ދެހެއްޓުމުގެ
  މައްޗަށެވެ.