ދަތުރުކުރަމުން ދިޔަ "ހުދަންބަރު 12" ނަމަކަށް ކިޔާ މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހދ. މަކުނުދޫ ހުޅަނގުއުތުރުން 83 މޭލު ބޭރުން މި ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ދަތުރުކުރަމުން ދަނިކޮށް ދޯނީގެ އެއް ބެޓެރި އަނދައި ބެޓެރި ސެޓް ފެއިލް ވުމާ ގުޅިގެންނެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ ހެނދުނު 07:50 ހާއިރުއެވެ. އަދި، އިންޖީނު ހުއްޓުނު ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާގައި ޤާއިމްކޮށްފައި އޮންނަ އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި"، ވަނީ ޅ.ހިންނަވަރުން ފުރައިގެން ހދ.މަކުނުދޫއަށް ގޮސް، ދޯނީގެ ވެރިފަރާތުން ހަވާލުކުރި ބެޓެރިއެއް ހިފައިގެން މިއަދު ހަވީރު 16:50 ހާއިރު ފުރައިގެން އެ ދޯނި އޮތް ސަރަޙައްދަށް ގޮސްފައެވެ. "ފާމުލަދޭރި" ލޯންޗަށް އެ ދޯނި އޮތް ސަރަޙައްދަށް ދެވިފައިވަނީ ރޭ 19:00 ހާއިރުއެވެ. އަދި ކޯސްޓްގާޑުގެ ސިފައިންގެ އެހީތެރިކަމާއެކު އެ ދޯނީގެ އިންޖީނު ރަނގަޅުކޮށް، ރޭ 20:00 ހާއިރު އެ ދޯނި ވަނީ އަލުން މަހަށް ފުރާފައެވެ.

މި ހާދިސާ ދިމާވިއިރު މި ދޯނީގައި 12 މީހުން ތިއްބެވެ.

މިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުންސެލަރު

    މިހުންނަނީ ޒިންމާދާރުކަމަކީ. ސިފައިން ހެސްކިޔާފަ ސަޅި.

  2. އަލީ

    ސާބަހޭ ދިވެހި ސިފައިން! މިފަދަ ޚިދުމަތްތެރި މުއައްސަސާއެއް އުވާލަންގޮވާލާ މީހުންނަކީ ގައުމަށް ޚިޔާނާތްތެރިން!

  3. ޢަފްލާ

    މީ ޖާބިރުގެ މޮޅުކަން