ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް ވަނުމަށް ރޭ ފަތިހުން ފެށިގެން ގިނަ ބަޔަކު ކިއު ހަދައިގެން އެބަތިއްބެވެ.

މިއަދު ހެނދުނު 08:30 ގައި ޝަރީޢަތައް ވަންނަން ނަން ނޯޓް ކުރަން ފަށަން ހަމަޖެހިފައި ވާއިރު އަޑުއެހުން ފަށާނީ 10:30 ގައެވެ.

އިއްޔެ ވެސް ސުޕްރީމް ކޯޓުގެ ޝަރީޢަތައް ވަންނަން ގިނަ ބަޔަކު ދެތިން ގަޑިއިރު ކުރިން ކިއު ހެދިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ޖާގަ ކުޑަވުމުން ޝަރީޢަތައް ވަދެވުނީ ނޫސްވެރިންނާއި އެކު ޖުމްލަ 50 މީހުންނަށެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވިދާޅުވީ އެމައްސަލަ އަކީ ޚިޔާލީ ގޮތުން އުފައްދާފައިވާ މައްސަލައެއްކަމަށެވެ.

އިންތިޚާބަކީ ޝަރުއިއްޔަތު ގެއްލިފައިވާ އިންތިޚާބެއްކަމަށް ކަނޑައަޅާނެ އެއްވެސް ތަނެއް ނެތްކަމަށާއި މި އިންތިޚާބު ބާޠިލު ކުރާނެ އެއްވެސް ތަނެއް ނެތްކަމުގައެވެ.

މީގެއިތުރުންވެސް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ނަމްބަރު ގައިޑްލައިންއާ އެއްގޮތްވާގޮތުގެ މަތިންކަމުގައެވެ.

ހަމައެހެންމެ، އެކޮމިޝަނުން އިތުރަށް ވިދާޅުވީ މިއީ އިންތިޚާބީ ޝަކުވާއެއްކަމަށާއި އެހެންކަމުން މި މައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށްކަމަށެވެ. އަދި، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެކަމަށްވެސް ބުނެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވަމުން ސަމީމް ވިދާޅުވީ، 2013 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުއްވާފައިވާ ގައިޑްލައިނަށް ބަލާއިރު، އިންތިޚާބު ބާތިލު ކުރެވޭނީ 2 ޝަރުތަކާ ލައިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅި އިންތިޚާބުގެ ނަޒާހާތްތެރިކަމާއި، މިނިވަންކަމާއި، އިންސާފުވެރިކަން ގެއްލޭފަދަ ކަމެއް މެދުވެރިވުމާއި، ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށްވާ ވޯޓުލުމުގެ ހައްޤު ގެއްލިފައިވުން ކަމަށާއި ނަމަވެސް މިފަދަ އެއްވެސް ކަމެއް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި ފާހަގަ ކޮށްފައި ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އިތުރަށް ޝަމީމް ވިދާޅުވީ، މި މައްސަލައިގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށާއި، އެއްވެސް މީގެއްގެ ވޯޓުލުމުގެ ހައްޤު ގެއްލިގެން ހުށަހަޅާފައިވެސް ނެތް ކަމަށެވެ. އަދި ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓާ ގުޅުންހުރި އެއްވެސް ކަމެއް މި މައްސަލައިގައި ނެތުމުން އިންތިޚާބު ބާތިލްކުރުމަށްޓަކައި ނެގޭ ޓެސްޓުން ފާސްނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ވޮންޑަރ

  ސްޕްރީމް ކޯޓަށް ވަންނަން ރޭ ފަތިހުން ފެށިގެން ކިއޫ ހަދާފައިވަނީ އެއީ ރާއްޖޭގެ ގާނޫނު ތައް ދަންނަ ބަޔެއް ނޫނޭ އެމެން ގާތު އަހާބަލަ ގާނޫނު އަސާސީގެ ކިތައް ބާބު އެމެން ހިތު ދަސްތޭ އެމެން އަހާނީ ތިޔާއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޭ ތަމެން ތިޔާ އުޅެނީ ދެއްކުން ތެރިކަން ކުރިއަށް ނެރެގެން ރާއްޖޭގެ ރައްޔިތުން ލާފައިވާ ވޯޓެއް އޮޅުވާލާ ވަގު ވޯޓް ރައީސް އަކު ރާއްޖޭގެ ތަޚްތަށް 2008 ގައި ވެރިކުރި ގޮތަށް މިފަހަރު ވެސް އެކަން ކުރަންތޭ ކުޅަދާނަ އެއް ނޫނޭ އެކަން ކުރަން އެކަން އެހެން ނުވާނެއޭ ގާނޫނު ދަންނަން އަންޑަރސްޓޭންޑިންގް ލެވެލް ވަރުގަދަ ކެތްތެރި މީހުން ނޭ ސްޕްރީމް ކޯޓަށް ޝަރީއަތް އަޑުއަހަން ވަންނަން ޖެހޭނީ އިދިކޮޅު އެމްޑީޕީގައި ތިބި ދަ ކަންޓްރީ ސަަްއިޑް ވަން ސެންސް މިސިނޭ މެން ސްޕެޝަލީ ސައުތު ސައުތު ކަންޓްރީ ސަައިޑް ޖެލަސީ އެން އެންގަރ ކުރިއަށް ނެރެގެން ވޯޓް ގައި މަކަރާއި ހީލަތް ހަދާފައި ތިބި ބަޔަކަށް ނޭގޭނެއޭ ސްޕްރީމް ކޯޓަށް ވަން ނަމަވެސް ވާނުވާ އައި އޭމް ވޮންޑަރސްޓްރަކް އޮފް ޔުއަރ އެވެއަރނެސް...

 2. ޜިފާ

  ޢެމްޑީޕީގެ ތެރޭގައި ހުރެ އަނެއްކާ އީސީ އެމީހުންގެ ފަރާތުން ވަަކާލާތް ކުރަން. ޢެރުން އެމްޑީޕީ މީހުން ކޮށްފަ ހުރި ކަންތަށް ނޭގޭނެ ދޯ ....

 3. Anonymous

  މިއަކީ ޓެސްޓެއްނޫން ފާސްވާކަށް ރައްޔިތުންގެ ވޯޓްން ވައްކަންކޮއް ގެއްލުވާލިވޯޓްގެ މައްސަލައެއް ޚޮދު އެދުވަހުގެ ވޯޓުން އަހެރެން މަހޫރޫމުކުރި ސަބަބަކީ ވޯޓުލާންއޮތްދުވަހުގެކުރީދުވަހު އަހަރެންބެލިން އިލަކުޝަނުގައި އަހަރެން ވޯޓު ލާންއޮތީ ކޮންތާކުހުރިފޮއްޓަކައްތޯ ބެލިއިރު ރަށުގެފޮއްޓައްއޮތީ ފަހުދުވަހުވޯޓުލާންދިޔަޔިރު އަހަރެންއޮތީ މާލޭގަހުރިފޮއްޓަކަށް އަހަރެންކޮންޕޮލެއިންބިއުރޯގައިމައްސަލަޖެއްސީމަ ބުނީ ތިކަމެއްތިމަންނަމެންނަކައްހައްލެއްނުވާނޭ އަވަހައްމާލެދާށޭ މީކަންކުރިގޮތް.

 4. ސަމީލް

  ފަތިސް ނަމާދަށް ދާން މެންދަމުން ފެށިގެން ކިއުހަދާނަމަ ހާދަ ރަނގަޅު ވާނޭދޯ

 5. އަޙްމަދް

  ޢަހަރުމެންގެ މި މުސްލިމު އަޙުންތަށް ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށްޓަކާ ކުރީސަފުން ޖާގަ ހޯދަން މިހާފޯރި ހުއްނަ ނަމަ ކޮންފަދަ ހެޔޮވިސް ތޯއެެވެ.

 6. ހޫނ...

  މިއުޅެނީ މިސްކިތް މަދުވެގެންނެއް ނޫނޭ. ކީއްކުރަން ނަމާދަށްދާން ކިޔޫ ހަދަންވީ. މިއުޅެނީ ފައްޅި ނޭޅިގެންނޫންތަ. ފައްޅި އެޅިގެންތަ ހުޅަގުންނާއި އިރުމަތިން މީހުންގެނެވޭނީ. އަދތިބީ ސައުވީހަކަށް މީހުންނޯ. މިއީވެސް ޤަވްމަށްޓަކައި
  ދީނީ މިނިވަން ކަމަށްޓަކައި ހަމަހަމަކަމަށްޓަކައި އެވެރިންނާއެކުވެގެން ކުރާޖިހާދެކޯ.