ކޯޓުތަކަކީ ރާއްޖޭގެ ރައްޔިތުން ލާ ވޯޓުތަކާ ބެހޭ މުއައްސަސާއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި އިންތި ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަންޖެހޭ ކަމަށާއި އިންތިޚާބުގެ މައްސަލަ ހިފައިގެން ކޯޓަށް ދާންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. މިގޮތަށް އުޅުއްވުމުން ރައްޔިތުން ކުރިމަތީ ރައީސް ޔާމީނުގެ އަގު އިތުރަށް ވެއްޓުން ނޫން ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގައުމުގެ ހަމަޖެހުން ނަގާލުމަށް. ވޯޓަކުން ވިޔަސް އެނޫންގޮތަކުން ވިޔަސް ރައްޔިތުންގެ އިތުބާރުނެތް ކަމަށް ނިންމުމުން ނުފައިބަން އުޅުމަކީ ޚުދުމުޚުތާރު ވެރިންގެ ސިފައެއް" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން އަމުރެއް ނެރުމުން ވެސް ރައީސް ޔާމީން ވިދާޅުވެފައިވަނީ ވެރިކަން ވައްޓާލަން އުޅެނީ ކަމަށެވެ.
އިންތި ވިދާޅުވީ ޅުވީ ސާފު ބޮޑު އަޣުލަބިއްޔަތަކުން ބަލިވުމުން ކޯޓަށް ދިއުމަކީ އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން އިންތިޚާބަށް ވަޑައިގަތީ ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިހާރު ރައްޔިތުން ވޯޓުލުމުން ވެސް ވިދާޅުވަނީ ހަމަ އެހެން ގާނޫނުއަސާސީ ބުނާގޮތުން ވެރިކަން ބަދަލުކުރަނީ ވޯޓުން ވޯޓުން ބަލިވީމަ ބަލިވީ" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އިންތިޚާބުގެ މިނިވަންކަން ކަނޑައަޅަނީ އިންތިޚާބުގެ ދުވަހު ހިނގާ ކަންކަމުން އެކަނި ނޫން ކަމަށާއި އޭގެ ކުރިން އިންތިޚާބީ މާހައުލު އޮތް ގޮތް ވެސް މިނިވަން ވާންޖެހޭ ކަމަށެވެ.
"ނަމަވެސް އިންތިޚާބުގެ ދުވަހާ ހަމައަށް އައިއިރު އިއްތިހާދުން އުފުލި އަޑާއެކު ގިނަ ކަންކަން އިސްލާހުވެ، ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް އިންތިާޚާބުގެ ދުވަހު ހިނގާފައި ނެތް" އިންތި ވިދާޅުވިއެވެ.
އެއްކަލަ ދޮގު ފުރޭތަ އިންތި
ދެމީހަކު ހިންގާ މަރާމާރީއަކީވެސް ދެމަފިރިންގެކަންތައްތަކަކީވެސް ކޯޓުތަކަބެހޭ ކަމެއްނޫންތާ އެހެންވިއްޔާ؟ ވޯޓު އޮޅުވާލައިގެންތިބީމާ މިހާރު ކިޔޭނުކިޔޭވެސް ނޭގޭހިސާބުގަ ތިތިބީ@!
ދެން ކޮބައިތަ ބެހެވޭ ތަނަކީ ، އިޒްރޭލް ތަ ، އެމެރިކާ ތަ ، ޖެޒުއިޓް ފައްޅި ތަ
ރޭޕްސްތާނުތަ؟ މޮޑިފައިޑް ގެރި ކަލާނގެތަ؟
އިންތި މޮޔަޔާ ހަތަރު މީހުންނަށް 134705 ވޯޓް ބޯކިބާފަޅާލީމަ 33526.50 މީހަކަށް ޔާމީނު އެކަނި 96052 ވޯޓް ދެން ލަލަލާ ، މައްސލަ އޮތީމަ ބަލާލެ ތިޕާޓީން އެންމެ ފުރަތަމަ ވިދާޅުވީ ސަޙައްއެއްނޫންކަމަށް ދެން އޯލަލަ . ޢަދުލްއިންސާފު ކޮންމެފަރާތަކުންވެސް ހޯދަންޖެހޭ އެއީކޮންމެބަޔކަށްވެސް ލިގެންވާ ޙައްޤެއް ތިޔަބައިގަނޑުއެއްނޫންތޯ ޤާނޫންއަސާސީއާއި ޚިލާފަށް މަޖިލިސްތެރެ ހަލަބޮލިކޮށް ޤާނޫންނަށް ކޮޅުފައިން އަރާ މޭޒުތައް އުކާލާ މައިކޤތައް ފުޑާލާ ހެދި ދުވަސް ހަނދާންވޭތޯ .ދުންމާރި ފުންމިދުވަސް ކޮބައިތޯ .މިހާރު ކީކޭމިކިޔަނީ ޤާނޫން މުޤުރާލީ ތިޔަބައިގަނޑު.
އެހެންވިއްޔާ ވޯޓުގައި ކިތަންމެ ބޮޑު ވައްކަމެއްކޮށްފައި އޮތަސް އެކަމާ އިންސާފުހޯދޭނެ ގޮތެއް ނެތީތަ؟ ތަންކޮޅެއް ތާހިރުވީސް ކޯޓުތަކަކީ ރައީސްމީހާ ބޮޑުތަޅު އަޅުވަން ހުރި ތަނެއް ނޫނޭ ބުނިނަމަވެސް!
އިންތި ކަހަލަމީހުންނަށް ކިޔާނަމެއްއޮވޭ..އެއީ އަނގަ......ދެވެ.
އިންތި ކިޔެވީ ކޯއްޗެއްތޯ ބަލަ ކޯޓްތަކަކީ ކޮންމެ ކަމެއްގަވެސް ދެބަސް ވެއްޖިއްޔާ ގޮތެއްނިންމަން ދާން އޮންނަ ތަން އެކަން ނޭގެންޔާ ކަލޭ ގަސްހައްދަން އުޅެންވޯނުން އޭރުން ގަހުން ލިބޭ ފައިދާ އެނގޭނެދޯ
އިންތި ކިޔެވީ ސަދޫމް އެވެ، ކިޔާ ޤައުމަކުން . އޭނަޔަށް އެންގޭނީ އެތާނގެ ޤާނޫނު.
ރާއްޖޭގައި މިހާރު ތިބި ކޯޓް ތަކަކީ "އިންތިޚާބާއި ގުޅޭ ކަންކަމާއި ގުޅުންހުރި ތަންތަނެއްނޫން" ދެއްތޯ! އިންތި؟! އެތަންތަން މިހާރު ވާންޖެހެނީ އިންތިއާއި މާރިޔާއްތައާއި އަންނިބޭބެގެ މަސްލަޙަތު އޮންނަ ކަންކަމާއި ބެހޭ ތަންތަނަށް! މާރިޔާއްތަގެ ވާހަކައިން އެގޮތަށް ދަލީލު ލިބޭ!!
މާ ގާނޫނު އެގިގެން ދޮގުތަކެއް ހަދާނެ ކަމެއްނެތް. ސްޕްރީމް ކޯޓް އަކީ އެންމެ ފަހުބަސް ބުނާތައް. ޔާމީނު މަގުމައްޗަކުން ނޫން އެމަސައްކަތް ކުރަނީ ކޯޓް މެދުވެރިކޮށް. އިންތިމެން ވެސް ވެއްޖެނުން ހަޑި ވާހަކަ ދެއްކުން ހުއްޓާލާފަ ކޯޓައްގޮސް އަދުލުގެ ނިޒާމު ފުރިހަމަ ކުރަން. ޔަގީން ނުހުންނާނެ ގަޓެއް އަދި ނުވެސް އިގޭނެ ހަހަހ އެހެންވެ ތިފާޑަށް ވާހަކަ ދައްކާހަދަނީ. އެކަމް އަބަދަކު ރައްޔިތުން ގުބޯ ނުހެއްދޭނެ ދޯ.....
ބަލަ އެންގްރީބާރޑް ބޭނުންވީމަ ބޭނުންވާ ގޮތަކަށް ނޫނެއްނު ވާނީ. ކަލޭ ރުޅި އައިސް ރަތްވެފަ ނެތް އިރެއް މަށަށް ފެންނާނެނަމައޭ ހިތަށް އަރާ. އޮރިއެއްހެން މީހާ ހީވަނީ.
މުޅިންވެސްކިޔާނީ ވަގު ވޯޓޮ
ވޯޓުންވެސް ވައްކަން ވިއްޔާ ރީދޫ ބައިގަނޑައް ކުރަންއެގުނީ އެހެންވީމަ ބަލަންޖެޙޭނެ
ހަހަހަހަ. ގަމާރު ސޮރެއް. ކޯޓުތަކަކީ ދެޚަޞްމުން ދޭތެރޭ ޖެހޭ މައްސަލަތައް ޙައްލުކުރަން ހުންނަތަންކަން ނޭގުނު