އިންތިހާބު ބާތިލް ކުރަން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަކީ ހަވާނަފްސަށް އީމާންވާ މީހެއްގެ ހިޔާލީ ފޮލާއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ރައީސް ޔާމީންގެ ހިތުގައި އުފެދިފައިވާ ވަހުމްތަކާއި ވަސްވާސްތަކާއި ޝައްކުތަކުގެ މައްޗަށް އާޒިމާ ޝަކޫރު ލިއުއްވައި ރޭނީސް ސަލީމްގެ ނަލަ އަޑުފުޅުން އިއްވެވި ހަވާނަފްސަށް އީމާންވާ މީހެއްގެ ހިޔާލީ ފޮލާ" ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުމެއް މިއަދު ބާއްވާއިރު މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވިދާޅުވީ އެމައްސަލަ އަކީ ޚިޔާލީ ގޮތުން އުފައްދާފައިވާ މައްސަލައެއްކަމަށެވެ.

އިންތިޚާބަކީ ޝަރުއިއްޔަތު ގެއްލިފައިވާ އިންތިޚާބެއްކަމަށް ކަނޑައަޅާނެ އެއްވެސް ތަނެއް ނެތްކަމަށާއި މި އިންތިޚާބު ބާޠިލު ކުރާނެ އެއްވެސް ތަނެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މީގެއިތުރުންވެސް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ނަމްބަރު ގައިޑްލައިންއާ އެއްގޮތްވާގޮތުގެ މަތިންކަމުގައެވެ.

ހަމައެހެންމެ، އެކޮމިޝަނުން އިތުރަށް ވިދާޅުވީ މިއީ އިންތިޚާބީ ޝަކުވާއެއްކަމަށާއި އެހެންކަމުން މި މައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށްކަމަށެވެ. އަދި، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެކަމަށްވެސް ބުނެފައިވެއެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޒާ

    އެހެންވެތޯ ވޯޓް ލުމުގެ ކުރިންވެސް އިލެކްޝަން ކޮމިޝަނަށް އިތުބާރު ނުކުރާނަމޭ ހަސަން ލަތީފު ބުނީ.

  2. ސޯޕް ލައިޓް ބްރަދަރ

    ހަސަންލަތީފަކީ ހަވާނަފުސައްއީމާންވެ އަޖިދަޔަށް އުޅޭމީހެއްކަން އަހަރުމެން ދަންނަމެވެ.

  3. ރޮންދާ ރިޔާޒް

    ދެންކީއްވެ، އިންތިޙާބު އިތުބާރެއްނެތޭ ބުނީ، ތީގެން އެގެނީ ކޮންމެވެސް ކަމެއް ހިގައިގެން އުޅޭކަން

  4. ހަތަރުކަށިމަތި

    ހަހަހަ އެއީ ޑޭވިޑްހާޑިންގހަމް ތަ؟

  5. ނީބުމަ

    ހަވާނަފްސް ހަސަންލަތީކިޔެވިފޮތުގަ އޮތްގޮތާ ރައީސްޔާމީން ކިޔެވިފޮތުގަ އޮތްގޮތް ތަފާތުހެންހީވަނީ. ރައީސްޔާމީން ކިޔަވާވިދާޅުވި ފަހުންހަސަންލަތީފް ކިޔަވާ ވިދާޅުވީއެހެންވީމާ ވެސް ހަވާނަފްސް ފަހަރެއްގަ ތަންކޮޅެއްމޮޑަރން ވީކަންނޭންގެ.
    ބޮޑައްބެލެވެނީ ހަސަންލަތީފް އަށް ހަގީގަތުގަ ހަވާނަފްސް އަކީކޮބާކަން އެންމެރަންގަޅަށް އެނގިނުލައްވާ މީހުންއެހެންކިޔާއަޑު އިވޭތީ ވިދާޅު ވިދާޅުވުމެއްކަމައް. އަދުއްވުން ގެބަހައްހެއްލި ގެއލިގެންއުޅުމަކީ ހަވާނަފްސައް އީމަންވުންނޫންތޯ؟ އިސްލާމްދީނާ ދުރުވިސްނުންތަކައްތަބާވުން އެއީހަވާނަފްސައްހެއްލުންތޯ؟ ރައީސްޔާމީންއާއި ހަސަންލަތީފް އާއި ދެބޭފުޅުންކުރެ ހަވާނަފްސައްހެއްލިފައިވަނީ ހަސަންލަތީފް ކަމުގަމާބޮޑަށްގަބޫލްކުރެވޭ.

  6. Anonymous

    އެހެންވީމަތޯ ތަލަހަސަނާ ކަލޯ އަމިއްލަ އަނގައިން ފުރަތަމަދުވަހު އިޢުލާންކުރީ ނިމިގެން މިދިޔައީ އިންސާފުވެރި އިންތިޚާބެއް ނޫނޭ؟؟ އެއިރު އަހަރުމެން ހީކުރިން އެއީ ސަމާސާއަކަށް ބުނެލި ސަޅި ބައިސާއެއަކަމަށް، އެކަމަކު ހެދިހާ މަކަރުތައް ފަޅާއަރަންފެށިމަ އެގިއްޖެ ކަލޯ ބުނީ ހަގީގަތެއްކަން، މަކަރު ހާމަވާނެކަމަށް ކަލޯމެންނަށް ކުޑަކޮށްވެސް ހީވެސް ނުވޭވިއްޔާ ދޮތަ؟؟

    • ހަތަރުކަށިމަތިމާލޭމީހާ

      ފަހުންތާ މި އެގުނީ މި ހަތަރުކަށިމަތި މާލޭ މީހާ ތަލަ ހަސަނު ވޯޓު ވަގަށް ނެގުމުގައި ދައުރެއް އަދާކުރަމުންކަން މި ދަނީ. ވަގަށްނެގުމުގެ ޕްލޭން އޮތީ މިކަލޭގެ އތަުގައި. މީނަ ކުރޭ ހައްޔަރުކުރޭ ! ކުރޭ ހައްޔަރތުކުރޭ!

  7. އަލީ އަހުމަދު

    ދެންތިހާވަރު ގެރެންޓީއެއް އޮތީޔާ ކީއްވެބާ ތިތެޅިބާލާނީ މަތަނުވެވިގެން ....

  8. ސަލްފާ

    އިންތިޚާބުގެ ނަތީޖާއަށްފަހުވެސް މީނަބުނި އިންތިޚާބު އިންޞާފްވެރިއެއްނޫނޭވެސް! ކަންތައްތަކެއް ކޮށްގެންތިބީމަތާ މިފާޑުގެ އެއްޗެހި ބުނެވޭނީ؟

  9. ޙިސާން

    ޢެހެންވެ ދޯ ވޯޓުލުމާއިއެކު އިންސާފެއްނޫނޭ ބުނީ؟؟؟

  10. ހުސޭނުބޭ

    ހަވާނަފްސަށް އިމާންވާ މީހުން ހިޔާލީ ފޮލާ ކައްކައިގެން އެ ފޮލާ ތަށިތައްޓަށް އަޅައިގެން އިންޑިޔާއަށާއި އިގިރޭސިވިލާތަށާ ބަހަމުން އެބަދުވޭ......... އެ ވަރިހަމަ ވޯޓުން ވައްކަންކޮށްގެން މޮޅުވެފައި އޮތަސް!

  11. މުހައްމަދު

    ބޭގަރާރުވެފާ ކަލޭތިޔހުރީ.

  12. އަހުމަދު687

    ހަވާ ނަފްސަށް އީމާންވާ މީހުންދޯ ޤުރުއާނުގައި ހުރި ހައްދުތަކާއި ދެކޮޅަށް ވާހަކަ ދައްކަނީ! ކިޔޭނުކިޔޭ ނޭންގޭ މީހުން!

  13. ޗިއްލޫ

    ހަވާނަފްސުގެ މާނަ ކަލެއަށް އިނގޭތަ؟؟؟

  14. މޯދީ

    އަވަހަށް ބޮލިމަލާފަތް ބަންޑުންޖަހާ

  15. ފެނުޕަރީ

    މިސޮރަށް ފެނުކެއްކި ކުކުޅުބިސް ވަރަށްމީރުވާނެ މިއަދު ބިހެއް ކާލަން ނުލިބުނީމާ އެސޮރަށް މޮޔަގިވެނީ އަވަހަށް ބިހެއް ކާންދީ

  16. ޖަޒީރާ

    މޑޕ ވެރިކަމުގަ ރައްޔިރުންގެ އެތައް މިިިިިިިިިިިޔިލަަންް ރުފިޔާއާކައް ޚިޔާނާތް ވެފާ ހުރިި މީހެއް

  17. މަ

    އަންނި އާ އެ ޝައިތާނާއަށް ތާއީދުކުރާ އެންމެންނަކީ ތިބުނާ ހަވާނަފްސަށް އީމާންވާމީހުން،

  18. ޝަހީދު

    ތިޔަ ޙަސަން ލަތީފުގެ އަނގައިން ނޫންތޯ ވިދާޅުވީީ މިހާރު މިއޮތް އިލެކްޝަން ކޮމިޝަން އޮވެގެން ބާއްވާ އިންތިޚާބެއް ޞައްޙައެއް ނުވާނެ ކަމަށް! އެކަމަކު މިހާރު ވައްކަން ކުރިޔަސް، އަދި ވޯޓު އޮޅުވާލިޔަސް، އޯކޭ ވަނީތޯއެވެ.