ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތުގެ ފައުންޑޭޝަންގެ ހުރިހާ މަސައްކަތެއް ނިންމާލައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަން މަސައްކަތް ނިމި، ތިރީ ބުރީގެ ތަނބުތަކުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. މިއީ ރާއްޖޭގައި އިމާރާތް ކުރާ އެންމެ ބޮޑު މިސްކިތެވެ.

މިއީ 24.95 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިމިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަ

    ސަޅި

  2. އަންނި

    ރައްޔިތުންގެ ލޮލުގާ އަނދުން ނާޅުއްވާ... ލޮލް

    • ތިޔޭ އެއްކަލަ

      މަބުނީ މީގަ އެބައިންތަ ބަޔެއްގެ ލޮލުގަ އަދުން އަޅުވާފަ؟ އޭނަގެ ކޮންމެ ނިޔަތެއް އިނަސް މިސްކިތެއް ވާނީ މިސްކިތަކަށް. ސިޔާސީ ވެގެންގޮސް ބުއްދި ހަލާކު ވެފަ ދޯ ތިހުރީ.