ރައީސުލްޖުމްހޫރިއްޔާ ކަން ހަވާލު ކުރުމުން ރައީސް ޔާމީން ކުރެއްވީ ރަސްކަމެއް ކަމަށް، ރައީސް ނަޝީދުގެ އެޑްވައިޒަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޖާބިރު ވިދާޅުވީ އިންތިޚާބުގައި ރައްޔިތުން ވޯޓުދިން ގޮތް ރައީސް ޔާމީނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.

"އެމަނިކުފާނަކީ އެއްވެސް ރައްޔިތެއްގެ އަޑެއްވެސް، އަރިހުގައި ތިއްބަވާ އެއްވެސް ބޭފުޅެއްގެ ޚިޔާލެއް އަދި މަޝްވަރާއެއް ޤަބޫލުކުރައްވާނެ ބޭފުޅެއް ނޫން, ރައީސުލް ޖުމުޙޫރިއްޔާކަން ދިނީމަ ރަސްކަލަކަށް ވެގެން ނުވާނެއެއްނު. ރައްޔިތުން ހަވާލުކުރީ ރައީސް ކަމުގެ މަޤާމު. ދެން ކުރައްވަން ފެއްޓެވީ ރަސްކަމެއް" ޖާބިރު ވިދާޅުވިއެވެ.

ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރީން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސްގެ ނަމުން މުޚާތަބު ކުރެވޭނެ ކަމަށް ވިދާޅުވެ ޖާބިރު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމުން ދެއްކެވި ބޮޑާކަމާއި ކިބުރުވެރިކަން ރައްޔިތުން ބަލައި ނުގަންނާނެކަން މިހާރު ރައީސް ޔާމީނަށް ކަށަވަރުވާނެ ކަމަަށެވެ.

ޖާބިރު ވިދާޅުވީ އިންތިޚާބީ ރައީސްގެ ޒަޢާމަތުގައި ޚިދުމަތް ކުރެއްވުމަށް އިއްތިހާދުގެ ލީޑަރުން ތިއްބެވީ ތައްޔާރަށް ކަމަށެވެ. އަދި އިއްތިހާދުގެ ލީޑަރުންގެ އެކުވެރިކަން ނަގާލުމަށް ބަޔަކު މީހުން ކުރަމުންދާ މަސައްކަތުގައި ޖެހި އިއްތިހާދު ބައިބައިވެގެން ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށްއޮތް ފަސް އަހަރު އިއްތިހާދުގެ ކޯލިޝަން ދެމެހެއްޓުމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް ނަޝީދުގެ ސަތޭކަ އިންސައްތަ ޔަގީންކަން ލިބިގެންދާނެ" ޖާބިރު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ޙިމާޔަތުގައި އަހަރަކަށްވުރެ ގިނަ ދުވަހު އުޅުއްވުމަށްފަހު ދާދި ފަހުން ރާއްޖެ ވަޑައިގަތް ޖާބިރަކީ، އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅެކެވެ. ޖާބިރު ރާއްޖެ ވަޑައިގެން މި ސަރުކާރަށާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، އޭނާ ވިދާޅުވީ ރައްޔިތުން ގޮތް ނިންމައި ރައީސް ޔާމީނަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ސަލްފާ

    ފަޅުރަށެއް ޙަވާލުކުރުމުން ކަލޭކުރީ ބަނގުރަލުގެ ރަނިކަން! ލަދުކުޑަ

  2. Anonymous

    ކަލޭވެސް ރާފުޅި ހިފައިގެން ހޮނޑައިދޫގަ ރަސްކަން ކުރީމެއްނު. ޢަނގަ.ނުގަޅުވާ.

  3. ޢައްޔާބެއްޔާ

    ޑިޔާނާގެ ލޮލީ މާމޮޅު ވާހަކަ ނުދައްކާމަޑުން ހުރެބަލަ

  4. ހުސޭނުބޭ

    ރަސްކަމެއްވިއްޔާ ބޮޑުވަޒީރަކަށް ހުންނާނީ މައުމޫނު! ފަނޑިޔާރަކަށް ހުންނާނީ މައުމޫނު ޙަމީދު! ފަހަރުގައި ޖައްލާދަކަށް ޖާބިރުވެސް ހުރެދާނެ! ސްޕްރީމްކޯޓު އެހެން ތަނަކަށް ބަދަލުކުރުމަށްފަހު އުޅުއްވީހީ 30 އަހަރުގެ ގަނޑުވަރުގައި! ރަސްކަމެއްވިއްޔާ ކުޑަމިނުން ތި މައްސަލާގައި ކޯޓަކަށް ނުވެސް ދާނެ! އަޅެ އެހެންތަ ވީ!

  5. ބޭބެ

    ހޮޑައިދޫ މަތިން ހަނދާންވަނީ މިމީހުން ފެނުނީމަ!! އެތާ ބީޗްގަ އުޅުނުގޮތް ދޯ!! ކޮންމެވެސް އެއްޗެއް ބޮޔެގެންނޭވެސް ކިޔާ އެފާޑަށް ވާނުވާ ނޭނގި އުޅުނީ!! ދެން ނޭގެ!! މިކުދިން އުޅޭގޮތް!! ޒަކިއްޓެވެސް ވީ ތަނެއް ނޭނގޭ!! މިކުދިންނަކަށް ނޭނގޭ ކަންނޭގެ މަރުވާނެކަން!! ބިރުވެތިވާކަށްވެސް ނޭނގޭ!! ދެރަކަމެއް!! ތައުބާވެ ރަގަނޅަށް އުޅެން ދަސްކުރަމާ!!

  6. ލޮލީ

    ދޭބަލަ ލޮލީ ބޯން. ޢޮތް ނުދައްކާ އޮތްހާ ޓެކްސް ދެއްކިޔަސް ސަޅިވާނެ. ލަދެއް ނުގަނޭ ދޯ

  7. ސޯޕް ލައިޓް ބްރަދަރ

    ދެފުށަށްކެނޑޭ ޖާބިރު މިހާރުތިޔައުޅެނީ އިކޮނޮމިކު މިނިސްޓަރުކަން ލިބޭނެކަމަށްދޯ؟ ކަލެޔަކީ ދެފުއްދެގޮތް ބޮޑުމުނާފިގެއް.

  8. ރޮންދާ ރިޔާޒް

    ކަލޯ އިއްތިހާދުގެ ކޯޅޭޝަން މިހާރުވެސް ކޯޅެންފަށައިފި، އަދި މިއުޅެނީ ހުވާކޮށް ވެރިކަމާއި ޙަވާލު ނުވެވި

  9. އަހުމަދު687

    އެހެންވެ އެކަމާ ހާސްވެގެންތޯ ޖާބިރު ހޮނޑައިދޫގަ "އާވާރާވީ"؟
    އެހެންވެތޯ ކުރީދުވަހު މާލެއައިއްސަ ދަރުބާރުގޭގަ "އާވާރާވެގެން" ނެށީ؟

    ރައީސް ޔާމީންގެ މައްސަލައަކީ ރައްޓެހި ރަހުމަތްތެރި މީހުން ކުށްކުރީމަ އެމީހުން ސަލާމަތްކުރަން ކޯޓަށް އަތްނުބޭނީމަ! އެގޮތަށް ރައްޓެހިންނަށް ބަލާލިނަމަ ދޯ؟

  10. ޖަމާ

    އިބޫ ގެ ސަރުކާރު އައުމުން ކަލޯ ވާނީ ފެއިލް .

  11. ޢަފްލާ

    ކޮންމެމީހަކުވެސް ދުނިޔެއަށް އުފަންވަނީ ފިޔުރަތުގެ ސާފް ގޮތުގައެވެ. ޖާބިރުވެސް އުފަންވީ ހަމަ މިގޮތުގައެވެ. ޢެކަމަު ޖާބިރު ބޮޑުވެގެން އުޅެންފެށީ ކިހިނެއްތޯއެވެ. ހުރިހާ ނުބައި ގޮވުންތަކާއި ބޮވުންތަކާއި ޖާބިރުވެސް ދިޔައީ ބޮމުންނެއެވެ. ގޮވަމުންނެއވެ. އެހެންވީމަ ތިމާ އަމިއްލަ ނަފްސް އިސްލާހް ނުކޮށް މީހުނަހް ގޮވުމަކީ ރިވެތި ކަމެއްނޫނެވެ. ހޮނޑައިދޫ އަށް މަނިކުފާނު ކުރެއްވި ދަތހުރުންވެސް މިކަންކަން ވ ސާފެވެ.

  12. އެލޯން މަސްތު

    މީންދަފެންނަ ޖާބިރަކީ ބިރުން ނަފްސީ ނަފްސީ ގޮވަމުން ޤައުމާެި ތިމާގެ އަހުލުން ދޫކޮށްލާފަ ފިލި އެކަކު. މިހާރު އައިސް އެލޯން މަސްކު ގެންނަވާހަކަ ދައްކަނީ ބަޔަކު މީހުން ރުހޭތޯ. ޓީ.ވީ އަށް އަރާ އިންނަނީ ބިލިއަނަރެއްކަން ދައްކާ، ޤާރޫނު ހެދިގެންތަ؟ ހަމަހޭގަތަ އިންނަނީ؟ އެލޯން މަސްކަށް ބަރޯސާވެގެނެއް ނޫން އަހަރުމެން ޓޫރިޒަމް ފުޅާކުރަނީކީ. ޓެސްލާ ކާރާ ނުލައިވެސް އުޅޭމީހުން އުޅޭ، އައިފޯނު ނުލާ އުޅޭ މީހުންވެސް އުޅޭ...މިވަރުން ވިސްނެނެކަމަށް ހީކުރަން.

  13. އަލީ

    މިއިދަބޮޑުވަގާ! ރައްޔިތުންގެ ފައިސާތައްދީ! އޭގެފަހުގައި ކޮސްއަގަތަޅާ! ފަލައިގެން ރާއްޖޭންބޭރަށް ދިޔަ ސަބަބު ހާމަކުރޭ!

  14. އަކުރަމް

    އޭ ހޮނޑައިދޫ ރައީސް. ދޭބަލަ ބެސްޓް ފުރެންޑްސް ކޮޅު ގޮވައިގެން ބޯން. ލަދު ހަޔާ ކުޑަ މީހާ ގަނޑާ....

  15. ހޮނޑާފުށި

    ޖާބިރޫ ކަލެޔާ ޒަކީއާ އެތައްބަޔަކު ވެގެން ހޮނޑާފުށި(ފަޅުރަށެއް) ގެ އަތިރިމަތީ ކުރީ ކޮންކަމެއްތަ؟ އެއި އަނދިރި އަނދިރިންނާ ހޮޅިން ކުރިކަހަލަ ރަސްކަމެއްދޯ އެހެން މީހުންގެ ވާހަކަ ދައްކާއިރު ތިމާގެ ހާލާމެދު ވިސްނާނުލާތީ ހިތާމަކުރަން ތިޔައީ ސިޔާސީ ގޮތުން މާ ފުންނާބު އުސް މީހަކަށް ވެގަނެގެން އުޅުނަކަސް މި ޤައުމުގެ އެންމެނަށް ތިޔަ ބޭފުޅާ އެނގޭ ސިޔާސީ ފޭލިޔަރެއްތީ

  16. ލޮލީ

    ތިކަން މައުމޫނާ ނިސްބަތް ކުރި ނަމަ މީހަކު ގަބޫލުކުރީސް. ކުޑަކާފުބޮޑުކާފު ޖަހަިގެން 30 އަހަރު ހުރިހާ ބާރެއް އަތަށް ލައިގެން އުޅުނީ މައުމޫނު

  17. އެދުވަސް

    ދޮންވެލި ބީޗަކަށް ދެވުނީމަ ޢަބުދުﷲ ޖާބިރު ވީމަސްތު

  18. ހާމިދުސްޕޯކްސްޕާސަން

    ޖާބިރު މައިތިރިވެ ހުން ނަން ފެންނަނީ

  19. ހޮނޑައސ

    ކިތަންމެ ވަރަކައް އިބޫ ސަރުކާރުން މިނިސްޓަރުކަން ހޯދަން ޓްވީޓު ކުރިއަސް މިނިސްޓަރުކަމެއްނުލިބޭނެ. ތަންކޮޅެއް މައިތިރިކޮއް ހުންނަން ފެންނަނީ

  20. މިގޭ

    ހޮޑާފުށީގެ މެނޭޖަރ ކީކޭ މިކިޔަނީ

  21. އަލީ

    އަޅެބުނެބަލަ ދިޔާނާއަށް ކަލޭކަމުދޭތަ!

  22. އ

    ޖާބިރޫ އޭ ކަލެއާ ބެހޭ ކަމެއް ނޫނޭ

  23. ޒާ

    ހޮނޑާ ފުށީ ގޮނޑުދޮށަށް އެރި ވެލާ ޖާބިރަށް އެނގޭތަ؟

  24. ފާތުން

    ހޮޑާދޫ މެންބަރު ފުރަތަމަ އަމިއްލަ އަށް އިސްލާހުވެބަލަ

  25. ވަހީދު

    ދައުލަތަށް ދައްކަން ޖެހޭ 6.7 މިލިޔަން ޑޮލަރު މީރާއަށް ދައްކާފަ ވާހަކަ ދެއްކުމަށް އެދެން.

  26. އައްޔު

    ނެތް ބުނާނެ އެއްޗެއް އަޅުގަނޑުގެ ނަމަކީ އަބްދުﷲ ޖާބިރު ހެންވޭރު ތިމާވެށި އަޅުގަނޑު ހަނު

  27. މެޑަމް

    ފިނި ކޮޓަރީގަ ހުރެގެން ޔާމީނު ރަސްކަންކުރީ

  28. މިލިޓަރީ

    މީނާ މުސްސަދިވީ ކިހިނެއްތަ.

  29. ޢަލީ

    ޢެޑްވަޒަރ ޖާބިރު ސަރުކާރު ލޫޓްވާ މީހެއް އެވަގުތަކު އޭނަޔަށް ފައިދާހުރި ކޮޅަކަށް ޖެހި މަގްސަދު ފުދުނީމަ ރައްކާވާނެ. ޜައްިތުންނަށް ހެޔޮއެދިގެން އުޅޭމީހެއް ނޫން

  30. މުންމު

    ތީކޮންމެ މީހެއްގެވެސް ވައްތަރު.

  31. އަބްދުއްލާ

    ގާނޫނުއާ ހިލާފުވާ އެންމެންގެ މައްޗަށް ގާނޫ ނު ތަނަފީޒު ކުރުމަކީ އަނިޔާތަ ؟ އެއީ ރަސްކަންތަ ؟ ކޮންމެ ނިޒާމެއް އޮތަސް ގާނޫނުން ބޭރުވާ ފަރާތްތަށް ގާނޫނުގެ އިމަށް ވެއްދުމާ ކުރާކުށްތަކަށް އަދަބުދީ ގާނޫނުގެ އިމަށް ރުޖޫއު ކުރުމަކީ ވެރިމީހާ އަށް ލާޒިމްކަމެއް. ހޮޑާ ފުށި ހަވާލުވެ ހިންގަންޖެހޭނީ ފުށި ހިންގުމާ ބެހޭ ގާނޫނުގެތެރެއިން.ފުށި ހިންގަންޖެހޭ ގާނޫނުގެ ބޭރުން ކައި ބޮއި އުޅެންޖެހިއްޖެނަމަ ގާނޫނު އައިސް ގާނޫނުގެ ހަމަތަކަށް ރުޖޫއު ކުރާނެ.

  32. ލޮލީ

    މާލޭގައި އޮތް ހުސް ބިމެއް ކުއްޔަށް ނެގުމެއް ނެތި ރާބޯ ގަޑުވަރު ހަދާ ޖީއެސްޓީ ކޮފީ އިންނަގާ މީރާއަށް ޓެކްސް ނުދައްކާރައްޔިތުން އަތުން ޓެކްސް ނަގާ ބަނޑުއަޅާލީ މޑޕ އިން ދިން ފުރުސަތުންކަން ރައްޔިތުންަށް އެނގޭ..