12:26

10:51

އިދިކޮޅު ސަޕޯޓަރުން ވަނީ ސުޕްރީމް ކޯޓުގެ ހުޅަނގު ކަންމަތިން ކުރިމަތީގައި ހުންނަ ޔުނިވާސަލްގެ އިމާރާތުގެ ގޯޅިގަނޑުގެ ތެރެއަށް ފަހަތައް ޖަސާފައި.

10:46

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެން ރައީސް އޮފީހުގެ މިނިސްޓަރ އާޒިމާ ޝުކޫރު ވެސް މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި. އިއްޔެގެ ޝަރީޢަތައް އާޒިމާ ވަޑައެއް ނުގަންނަވާ.

ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން އިންތިޚާބު ބާއްވައިދިނުން އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުން ސުޕްރީމް ކޯޓުގައި ފަށައިފިއެވެ.

މިއަދުގެ ޝަރީޢަތައް ވަންނަން ރޭ ފަތިހުން ފެށިގެން ގިނަ ބަޔަކު ކިއު ހަދައިގެން ތިއްބެވެ. އިއްޔެ ޝަރީޢަތައް ވަންނަން ކިއު ހެދި މީހުންގެ ތެރޭގައި ގިނައިން ހިމެނުނީ ޕީޕީއެމްގެ ސަޕޯޓަރުން ކަމަށް ވީނަމަވެސް މިއަދު ކިއު ހެދި މީހުންގެ ތެރޭގައި ގިނައިން ތިބީ އިދިކޮޅު ސަޕޯޓަރުންނެވެ.

އިއްޔެ އާއި ހިލާފަށް މިއަދު ސުޕްރީމް ކޯޓު ކައިރި އޮތީ މާބޮޑަށް ވެސް އަމާންކޮށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އިދިކޮޅު ސަޕޯޓަރުން މިއަދު ވެސް ސުޕްރީމް ކޯޓު ކައިރީގައި ހަރަކާތްތެރިވެއެވެ. އެމީހުން ވަނީ ސުޕްރީމް ކޯޓުގެ ކުރިމަތިން ދުރަށް ޖައްސާފައެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދިސްވޭ

    ވޯޓް ކަރުދާހުން ހެދޭނެ މަކަރެއް ނެތް، ދުނިޔެވެސް ހެކިވޭ ކަމަށް އިލެކްޝަންސް ކަމިޝަނުން ބުނާނަމަ ދެން އިލެކްޝަންސް ކަމިޝަންގެ މެމްބަރުން ފަޔަށް ހިނިއަރައިގެން އުޅެނީ އެއީ ކިއެއްވެތޭ. ހަމަ ޔަގީނުންވެސް އިނގޭ އެއްޗަކީ ވޯޓް ކަރުދާސް ޗާޕް ކުރަން ތައްޔާރު ކުރި ބިޑް ޑޮކިއުމެންޓް ގައި އެމްޕްލޯޔަރސް ރިކްއާރމެންޓްގައި އޮތީ ސެކިއުރިޓީ އެންމެ ފީޗަރ އެއް ހިމަނަން ކަަމަށް ވާއިރު އެމްސެވެން އިން 3 ސެކިއުރިޓީ ފީޗަރ ހިމަނާ ވޯޓް ކަރުދާސް ޕްރިންޓް ކޮށް ދޭ އަގު ބޮޑު ކުރި އިރު ޔުޓިލިޓީ އަށް އޮތީ ބިޑް ކާމިޔާބު ވެފައި ބިޑް އޯޕަން ކުރި އިރު ވެސް އަދި ބިޑް އިވޭލުއޭޝަން ޕްރޮސެސް ގައި ވެސް. ދެން ކުއްލި އަކަށް އިލެކްޝަންސް ކަމިޝަން މެމްބަރުންގެ ބައްދަލުވުމަކުން ނުނިންމޭނެ އެބިޑް ބާތިލް ނުކޮށް އެމަސައްކަތް އެމްސެވެން އަށް ދޭން އެމްސެވެން އިން ޕްރިންޓް ކުރި ވޯޓް ކަރުދާސް ޗާޕް ކުރި އަދަދު ވެސް މެޝިނުން އިނގެން ނެތް އިރު މަމެންނަށް ޔަގީނޭ ރަށުތެރޭގައި އުޅޭނެ ކަން 1 މިލިއަން ވޯޓް ކަރުދާސް ވަގަށް ވިއްކާފައި.

  2. ދިސްވޭ

    ވޯޓް ކަރުދާހުން މަކަރު ހެދުމުގައި ދުނިޔެ ހެކިވާތޯ ނޫންތޭ އެއީ ޝަރީއަތުގެ މަޖްލީހަށް ގަބޫލު ކުރެވޭނެ އުޒުރެއް ނޫނޭ ދުނިޔެ ހެކިވި އިރާގުގައި ޑަބްލިޔު އެމްޑީ ހުއްޓޭ ކިޔާ އެކަމަކު ނެތް އެދުނިޔޭގެ ވާހަކަ ނޫންތޭ ތަމެން ތިޔާ ދައްކަނީ ވޯޓް ކަރުދާސް ޕްރިންޓް ކުރަން އެމްސެވެން އަށް ދިނީ ބިޑިންގް ޕްރޮސެސް ގެ އުސޫލު ތަކާއި ޚިލާފަށް އެމްސެވެން އަށް ނާޖާއިޒު ގޮތުގައި ބޮޑު ފައިދާ އެއް ހޯދާދީ އަދި އެފައިދާ އިން އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނަށް ނާޖާއިޒު ފައިދާ ލިބިގަތުމަށް ޓަކައި ބެލެވޭނެ ޖާގަ އެބަައޮތެވެ. ބިޑް ޑޮކިއުމެންޓް ގައި ނެތް ކަމެއް އެމްސެވެން އަށް ހުށަނޭޅޭނެއޭ އާފަލެއް ގަންނަން ބުނީމާ ކުނިވެފައި އޮތް ފިޔައެއް ދޭން ބުނުމުން އެއީ އާފަލެއް ގަތް ކަމަށް ނުވާނެއޭ އެޔޭ މިކޭސް ގައި އީސީން އެމްސެވެން އަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން ހަވާލު ކުރި ގޮތުގެ މިސާލަކީ. މީ ސީދާ ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާގައިވާ ކުށް އީސީން ކުރީކަމަށް ބެލެވޭނެ ފުރިހަމަ ޖާހަ އެބައޮތޭ...

  3. ޔަގީނޭ

    ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އާއި އަދި 14 ވަނަ މާއްދާގައި ބަޔާން ކޮށްފައި ނެތޭ ސަރުކާރަށް ތަކެތި ގަންނައިރު މާލިއްޔަތު ގަވާއިދާއި ޚިލާފަށް ފިނޭންސް މިނިސްޓްރީ އަށް އިލެކްޝަންސް ކަމިޝަން އަށް ޚަރަދު ކުރަން ހުއްދަ ދެވިދާނެ ކަމަށް އެގާނޫނަކީ އެންމެންނަށް ހަމަ ހަމަ އުސޫލުން ތައްޔާރު ކޮށްފައިވާ ގާނޫނަކަށް ވާއިރު އޭސީސީން ކުރި އިއުލާން އާއި އެކު ދިން ބިޑް ޑޮކިއުމެންޓް ގައި ބަޔާން ކުރެވިފައިވަނީ ވޯޓް ކަރުދާސް ކޮޅުގައި އެންމެ ސެކިއުރިޓީ ފީޗަރ އެއް ހިމެނުމަށޭ ދެން އެމްސެވަން އިން 5 ސެކިއުރިޓީ ފީޗަރސް ހިމަނައިގެން އަގުބޮޑުކޮށް ބިޑް ހުށައެޅުމުން ޔުޓިލިޓީ އަށް ކާމިޔާބު ކުރެވުނު ބިޑް އެއް ނުދެވޭނެ އެއްގޮތަކަށް ވެސް އެމްސެވެން އަށް ރިޔާސީ އިންތިޚާބުގެ ފައުންޑޭޝަން އަކީ ވޯޓް ކަރުދާސް ވޯޓް ކަރުދާސް ޗާޕް ކުރަން ދިނީ ގާނޫނު ނަމްބަރު 2/2000 ގެ 13 އަދި 14 ވަނަ މާއްދާ ގައިވާ ކުށްތައް އިލެކްޝަންސް ކަމިޝަން އިން ކޮށްފައިވާ އުސޫލުން ފެށުމުގައި ވެސް އިންތިޚާބު ވާނީ ބާތިލް އިންތިޚާބަކަށް އެއީ ޔަގީނޭ.

  4. ކޮރަޕްޓޭ

    ރިޔާސީ އިންތިޚާބުގެ ނަތީޖާގައި ވަގުވޯޓް އާއި މަކަރާއި ހީލަތުން ވަގަށް ރިޔާސީ ކެންޑިޑޭޓް ހޮވުނީ ކަމަށް ބަލާ އެމަގުން ވޯޓް ލައިގެން މީހަކު އެއިންތިޚާބުގައި ވޯޓް އިން އޮޅުވާލައިގެން ހޮވާ އެއީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ބުނި ނަމަވެސް އެކަން އެހެން ނުވާނެއޭ ބޭރުގައުމު ތަކުން އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމުން އިންތިޚާބު ސައްހަވީ ކަމަށް ބަޔާން ކުރާ ގާނޫނެއް ނެތޭ ބޭރުގެ އޮބްޒާވަރުން ނަތީޖާ ގަބޫލުކުރުން އެއީ ނަތީޖާ ސައްހަވާނެ ކަމެއް ކަން ނެތޭ ބަޔާން ކުރާ ގާނޫނެއް ކަން މިހެން ހުރުމުން އިންޓަރނޭޝަނަލް ކޮމިއުނިޓީން އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުން އެއީ އިންތިޚާބުގެ ނަތީޖާ ސައްހަ ނުވާނެ ކަން އަންގައިދޭ އަލިގަދަ ދަލީލު އެމެރިކާގެ ޑިޕްލޮމެޓުން ރާއްޖެ ވަޑައިގަތް އިރު އިންތިޚާބުގައި ބައިވެރިވި ދެ ކެންޑިޑޭޓުންނާއި ބައްދަލު ނުކުރުން މިއިން އެގިގެން ދަނީ އެމެރިކާ ވެސް އޮތީ ވަކި ފަރާތަކަށް ނާޖާއިޒުގޮތުގައި އިންތިޚާބު ކާމިޔާބު ކޮށް ދޭން ފައިނަގާފައި ނޫންތޭ އެއީކޮރަޕްޝަނޭ ކޮރަޕްޓް އެމެރިކާއޭ..

  5. ގޮނާނީޑް

    ރިޔާސީ އިންތިޚާބުގައި މިހާރު ރައްޔިތުން ލާ ވޯޓް އެއީ ސީދާ ރައްޔިތުން ލާވޯޓް ކަން އިލެކްޝަންސް ކަމިޝަން އަށް ވެސް އަދި ދުނިޔެއަށް ވެސް ކޮންކްރީޓް އެވިޑެންސް އާއި އެކު ސާބިތު ކޮށް ނުދެވޭނެއޭ މުޅި ވޯޓިންގް ނިޒާމް އެއީ ވައްކަން ކުރުމަށް ދޮރު ހުޅުވިފައިވާ ނިޒާމެކޭ ރައްޔިތުން ލި ވޯޓަކަށް ވާނީ ވޯޓް ލާމީހާގެ ފޮޓޯ އައިޑީނަމްބަރު އަދި ވޯޓްލާމީހާގެ ސޮއި އަދި ފިންގަރ ޕްރިންޓް ޖަހާ ހެދުމަށް ފަހު ދެން ވޯޓް ބޫތަށް ގޮސް އެމީހަކު ލާ ވޯޓް ލުމަށް ފަހު އެމީހާ އެލާވޯޓްގެ ނަކަލް އެއް ވޯޓް ލާމީހާ އަށް ލިބޭނަމަ އެއީ ރައްޔިތުން ސީދާ ލިވޯޓް އަކުން ހޮވޭ މީހަކަށް ވާން ޖެހޭނީ އަދި ވޯޓް ގުނަމުން ދާއިރު ވޯޓްލި ކޮންމެ މީހެއް ނަމާއި އައިޑީ ނަމްބަރު ގޮވުމަށް ފަހު އެމީހަކު ވޯޓް ލި ކެންޑިޑޭޓެއްގެ ނަން އިއުލާން ކުރުމުން އެޔަގީންވީ އެމީހާ ވޯޓް ލިމީހާ ކަން އިލެކްޝަންސް ކަމިޝަން އިން އިއުލާން ކުރީ މިވެސް ފެތޭނީ ހަމަ ސިއްރު ވޯޓަކަށޭ މިނޫން އުސޫލުން މިހާރު ވޯޓް ލަނީ ކާކު ކަން ނޭގޭގޮތަށް ވޯޓް ކަރުދާސް ކޮޅުގައި ފާހަގަ ޖަހާ...

  6. ދިސްވޭ

    ވޯޓް ލާންދާމީހާގެ ނަން އައިޑީނަމްބަރު އަދި އޭނާގެ ސޮޔާއި ފިންގަރ ޕްރިންޓް ޖެހުމަށް ފަހު ދެން އޭނާ ވޯޓް ލާނެ ކެންޑިޑޭޓަކަށް ވޯޓް ބޫތަށް ވަދެ ވޯޓް ލުމަށް ފަހު އޭނާ ވޯޓް ލި ކަރުދާސް ކޮޅުގެ ކާރބަން ކޮޕީ އެއް ވޯޓް ލިމީހާ އަށް ލިބެން ޖެހޭނެއޭ އެގޮތުން ވޯޓްލާއިރު ވޯޓްގެ ނަތީޖާ ވެސް އިއުލާން ކުރަން ޖެހޭނީ ވޯޓް ލިމީހާގެ ނަމާއި އައިޑީނަމްބަރު އަދި އެމީހަކު ވޯޓްލި ކެންޑިޑޭޓެއްގެ ނަމާއި އެކު އޭ އެގޮތަށް ހޮވޭ ކެންޑިޑޭޓަކު އެއީ ރައްޔިތުން ހޮވާ ރައީސް އެނޫން ހުރިހާ ހާލަތެއް ގައި މިހާރު ތިޔާލާ ގޮތަށް ވޯޓް ލިމީހާ އަށް އޭނާވޯޓް ލިމީހާ ގެ ނަން އޭނާ ވޯޓް ލިގޮތަށް ތެދުވެރިކަމާއި އެކު އިލެކްޝަންސް ކަމިޝަނުން އެވޯޓް އިއުލާން ކުރި ކަން ރާއްޖޭގެ އެއްވެސް ލޯޔަރަކަށް ވެސް ޖަޖަކަށް ވެސް ދައްކާ ނުލެވޭނެއޭ މިނިޒާމް އޮތްހާ ހިނދަކު އިލެކްޝަންސް ކަމިޝަންގެ އޮފިޝަލުން ވޯޓް އިން ވައްކަން ކުރާނެއޭ މުޅި ދުނިޔެ ވެސް ރައްޔިތުންގެ ވޯޓް އިން ހޮވިގެންނޭ ކިޔާ ގައުމު ތަކުގައި ވެރިކަން ކުރަނީ އެއީ ވަގުވޯޓް ތަކުން ހޮވިގެންނޭ..

  7. ޔަގީނޭ

    ރައްޔިތުންގެ ވޯޓަކުން ހޮވާ ރައީސް އެއް ކަން އިނގޭނެ ގޮތަކީ ވޯޓް ލަން ދާ މީހާ ވޯޓް ލާ އަނބުރާ ވޯޓްލާ ސެންޓަރުން ނިކުންނައިރު އޭނާ ވޯޓްލީ ކޮން ކެންޑިޑޭޓަކަށް ކަން އިނގޭނެ ލިޔުމެއް އޭނާ އަތުގައި އޮތުމޭ ހުޅުމާލޭން ފްލެޓްސް ތަަކަށް ފޯރމް ލުމުން ފޯރމް ލި ކަން އަންގައިދޭ ފަދަ ލިޔުމެއް ސީރިއަލް ނަމްބަރަކާއި އެކު ވޯޓްލާ މީހާ އަށް ދެއޭ ހަމަ އެގޮތް ނަކަލްކުރެވޭނެއޭ ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބު ތަކަށް މިގޮތަށް ލާވޯޓް އިން ހޮވޭ މީހާ ހީއިޒްދަމޭން މިގޮތަށް ދެފުށް ފެންނަ ސިއްރުވޯޓް ހަމަ ލެވޭނެއޭ ރާއްޖޭގައި ރާއްޖޭގައި ކޮންމެހެން ނުޖެހެއޭ ބަލަން ބޭރު ދުނިޔޭގައި ޕްރެކްޓިސް ކުރާ ކޮރަޕްޓް ނިޒާމް ތަކެއް އެމެރިކާ ރައްޔިތުން ވޯޓް ލި މީހެއް ނޫން ދޯ އެމެރިކާގެ ރައީސް ކަން ކުރަނީ އެއީ ރަޝިޔާ ގެ ސްޕައި އެޖެންސީން ވޯޓް ލައިގެން ހޮވާފައިވާ ރައީސެއް ކަމަށޭ އެމެރިކާ ރައްޔިތުން ގަބޫލުކުރަނީ ރާއްޖެ އެބަޖެހޭ އިންތިޚާބު ތަކުގައި ވޯޓް ލާމީހާ އަށް ޔަގީން ކަން ދޭން އޭނާ ވޯޓް ލިކެންޑިޑޭޓްގެ ނަން އޭނާލިކަން ޔަގީންވާން

  8. އޮންނާނެއޭ

    ދިވެހިރާއްޖޭގައި މިހާރު އިންތިޚާބު ބާއްވާ އުސޫލުން އިންތިޚާބު ބާއްވައިގެން ހޮވާ ރައީސުލް ޖުމްހޫރިއްޔާ ވެސް އެއީ ރައްޔިތުން ހޮވާ ރައީސެއް ނޫނޭ އެއީ އިލެކްޝަންސް ކަމިޝަން އާއި ވޯޓް ލާމަރުކަޒު ތަކުގައި ތިބޭ މީހުން ހޮވާ ރައީސް އެކޭ އެއީ ގާނޫނީ ގޮތުން އެކަން މާނަ ކުރެވޭނެ ގޮތަކީ މަމެން ވޯޓް ލީ ކޮން ކެންޑިޑޭޓަކަށް ކަން ޖެހޭނެ ވޯޓްގެ ނަތީޖާ އިއުލާން ކުރާއިރު މަމެންނަށް އީސީން ދީފައިވާ ސްލިޕްގެ ސީރިއަލް ނަމްބަރު އިއުލާން ކުރެވި ދެން އެއަށް ފަހުގައި މަމެން ވޯޓް ލާފައިވާ ކެންޑިޑޭޓްގެ ނަން އިއުލާން ކުރެވެން އެއިރުން މަމެން އަތަށް އިލެކްޝަންސް ކަމިޝަނުން ދީފައިވާ ވޯޓް ކަރުދާސް ގެ ކޮޕީ ސްލިޕް އިން އެކަން ފެންނާން އޮންނާނެއޭ ހެއްކެއްގެ ގޮތުގައި އަދި މަމެންގެ ސޮޔާއި އައިޑީ ނަމްބަރާއި އަދި ފިންގަރ ޕްރިންޓް އިންނަންވާނެއޭ ވޯޓް ލާން ދާމީހާ ވޯޓް ކަރުދާހުގައި އޭނާގެ އައިޑީ ނަމްބަރާއި އަދި އޭނާގެ ސޮޔާއި އަދި ފިންގަރ ޕްރިންޓް ޖަހަން ޖެހޭނީ ސީދާ 4 ފުލުހުންނާއި އަދި 4 ސިފައިންގެ ހާޒިރުގައޭ އެއަށް ފަހު އޭނާ ވޯޓް ލާން ދާން ޖެހޭނީ ވޯޓް ކަރުދާސް ކޮޅު ހިފައިގެން ބޫތަށް ގޮސް އޭނާ ވޯޓް ލާނިންމާ އޭނާ ވޯޓް ލި ކަރުދާސްގެ ކޮޕީ އެއް އޭނާ އަމިއްލަ އަށް ގެންދަން ޖެހޭނެއޭ އެއިރުން މިގޮތަށް ހޮވަ މީހަކު އެއީ ރާއްޖޭގެ ރައްޔިތުން ހޮވާ ރައީސް އެއް ކަން އިނގެން އޮންނާނެއޭ މިކަން ކުރެވޭނެއޭ ރިއަލް ޓައިމް ގައި ވެސް...

  9. ވިސްނަބަލަ

    ކިހާދެރަވަރު ކަމެއް އަޅެ. ދެން ތަންފުކެއް ބޮޑުވަރު ޝަހާދެއް

  10. ނާންނާނެއޭ

    ރާއްޖޭގެ ގާނޫނު އަސާސީ އަކު ނޯންނާނެއޭ އަދި ރާއްޖޭގައި ހެދިފައިވާ އެއްވެސް ގާނޫނެއް ގައި ނޯންނާނެއޭ އެމެރިކާ އަދި ބޭރު ދުނިޔޭގެ ގައުމު ތައް ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމުން ދެން އެފަދަ އިންތިޚާބެއްގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށައަޅައިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް މީއޭ ގައުމު މިނިވަންވުމޭ ބުނުމުގެ މާނައަކީ އެެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓްގައި ހުރި ގްރީން ކާރޑް ހޯލްޑަރަކަށް ކުޑާ ކޮށް ސައިޒު އޮޅިގެން ނޭ އުޅެނީ މީ ދިވެހިންނޭ ދިވެހިންނޭ ހުސްބުޅީ ގައި ގޮދާ ބާނަން ޑިސްކަވަރ ކުރީވެސް މުޅި ދުނިޔެއިން އަދި އެކަން ދުނިޔޭގައި ކުރާ ހަމަ އެކަނި ގައުމަކީ ވެސް ދިވެހިރާއްޖެއޭ ދިވެހިރާއްޖޭގެ ކަންކަމުގެ ތެރެއަށް އެެމެރިކާ ވެސް އަދި އދ. އިން ބެހެން ޖެހޭނެ ކަމެއް ނޯންނާނެއޭ ރާއްޖޭގެ މިނިވަންވެފައިވަނީ މިބޭނުމުގައޭ އެމެރިކާ އަކުން ވެސް ނާންނާނެއޭ ރާއްޖޭގެ ރައީސް ކަން ކުރާ މީހާ އަށް ވުރެން ފެންވަރުގެ މީހަކު ދެން ސްޕްރީމް ކޯޓުގެ ޖަޖުންނަށް ވާދަ ކޮށްލެވޭނެ މީހަކު ނާންނާނެއޭ އެމރިކާ އިން..

  11. ދަވޭ

    އިދިކޮޅު އެމްޑީޕީ އާއި އެކު އަންޑަރގްރައުންޑް ނެޓްވާރކް އަޅައިގެން އެމެރިކާ ބުނަނީ ދިވެހިރައްޔިތުންގެ ނިންމުމޭ އެހެން ބުނާއިރު އެމެރިކާ އަށް ދިވެހި ރައްޔިތުންގެ ނަމުގައި ދިވެހި ރައްޔިތުން ބުންނޭ ބުނަން ކާކު ކޮން ލައިސަންސް އެއްތޭ ދިނީ ނުދޭ ދޯ އެކަކު ވެސް ދެން ކިހިނެއް ކޮންތާކުން ތަމެން ހޯދި ހެއްކާއި ގަރީނާ އަށް ބަލާފައިތޭ ތަމެން ދިވެހި ރައްޔިތުންގެ ނިންމުމޭ ބުނަނީ މިފަހަރު ވޯޓްލި އެކަކަށް ވެސް ނޭގޭނެއޭ އިލެކްޝަންސް ކަމިޝަން އިން ނަތީޖާ އިއުލާން ކުރިއިރު އެއިއުލާން ކުރީ އޭނާ ވޯޓް ލިކެންޑިޑޭޓަަށް އޭނާ ވޯޓް ލިކަން ނޫން އެހެން ނޫން ދޯ އިއުލާން ކުރަނީ ވޯޓް ލާމަރުކަޒު ތަކުގައި ތިބޭ މީހުންނަށް އޮންނާނެ އެމެން ބޭނުން ގޮތަށް މިނަތީޖާ އާއި ކުޅެލެވެން ސަބަބަކީ ވޯޓް ލި އެއްވެސް މީހެއްގެ އަތުގައި އޭނާ ވޯޓްލީ ކާކަށް ކަން އަންގައި ދޭނެ ކިތާބީ ހެއްކެއް ނެތީމައޭ މިނުވާނެއޭ ރައްޔިތުންގެ ހޮވުމަކަށް މިވާނީ އިލެކްޝަންސް ކަމިޝަންގެ ހޮވުމަކަށޭ މުޅި ރިޔާސީ އިންތިޚާބުގައި ވޯޓްލާ ނިޒާމް ޖެހޭނީ ދެފުށް ފެންނަގޮތަށް ބަދަލު ކުރަންއޭ އެއިރުންނޭ ރައްޔިތުންގެ ނިންމުމެއް ކަމަށް މަމެން ގަބޫލުކުރާނީ..

  12. ދިސްވޭ

    ރުއިމަކީ އެއީ އިންސާނާ ކުރަން ޖެހޭނެ ކަމެކެވެ. އެއަށް ދެން ތަމެން ކީރިތި ކުރުމޭ މޫރިތި ކުރުމޭ ބުންނަސް އެއީ މައްސަލަ އެއް ނޫނޭ ޕޮލިޓިކަލް ސައެންސް ގައި ހިމެނޭ ކަމެކޭ ނައިބް ރައީސް ކަމަށް އަންނަ މީހަކު ނައިބް ރައީސް ކަމުން ވަކި ކުރުމަކީ އެ ވަކިކުރީ ކިއެއްވެތޭ އެއީ ގާނޫނުގައި އެކަން ކުރަން އޮންނަ ގޮތަށް އެކަން ކުރީ އެކަމަކު ޑރ. ޖަމީލަށް ނުކެރުނޭ އެންމެ ފަހަރަކު ވެސް މަޖްލީހަށް ހާޒިރުވެ އަމިއްލަ ދިފާއުގައި ވާހަކަ ދައްކަންް ގާސިމްވެސް ވޯޓް ދިން ދޯ..

  13. މިއަދު

    ސްޕްރިންކޯޓުކައިރީގައި އިދިކޮޅު މީހުން މަދަވާނެތަ އެމީހުންވެސް މިހާރު މިވަނީ ބަލި ޤަބޫލުކޮށްފައި އެމީހުނަށް އެގިއްޖެ ތިމަންނަމެންގެތެރެއިން ބަޔަކު މިކަމުގައި ނުބައެއް ހަދައިފިކަން އެއީ ވޯޓު ކަރުދާސް އަތަށް ދިނުމުގެ ކުރިން އެހެންކަމުން ވޯތުކަރުދާސް ރަޢިއްޔަތުމީހާގެ އަތަށް ދެވިފައި އެވަނީ ކުށެއްކޮށް ކުއްމަތީގައި ހުރެގެން ކަމަށްވާތީ އެކުށުގެ އަދަބު އެފަރާތްތަކަށް ލިބިދެވި ގެންމެނުވީ އެއިގެ ފަހުން ހިނގާ އެއްވެސް ކަމެއް ރަގަޅު ނުވާނެކަމަށް އިދިކޮޅޭން ޤަބޫލުކުރާތީ ކޯޓްދޮށުން އެބައިމީހުން ފިލާދަނީ އިންޝާﷲ ދެވަނަބުރަކަށް އިންތިޙާބުގޮސް ރައިސްޔާމީނާއިއެކު އިތުރު 5 އަހަރުގެ ދައުރެއް އިސްލާމީ ރިވެތި އުސޫލުގެ މަތިން ފުރިހަމަކުރުމުގެ ފުރުޞަތު ދިވެހިންނަށް މިންވަރުކޮށްދެއްވާށި އާމީން