ރިޔާސީ އިންތިޚާބު ބާތިލް ކުރުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިޖުރާޢީ ގޮތުން ފާހަގަ ކޮށްފައިވާ ކަންކަމަށް މިއަދު 13:30 ގައި ގޮތެއް ނިންމަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

13:30 ގައި އޮންނާނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ ސިއްރު ހެކިން ޝަރީޢަތައް ބަލައި ގަތުމާއި އަދި ސަލާމަތީ ބާރުތައް މެދުވެރިކޮށް މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމުމެވެ.

އިއްޔެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުންނާއި، މައްސަލަ އަށް ތަދައްހުލްވި އިދިކޮޅު ފަރާތްތަކުން ޝަރީޢަތުގައި ދެއްކި ވާހަކަަތަކަށް މިއަދު ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވަރަށް ވަރުގަދައަށް ރައްދު ދެއްވެވިއެވެ.

ފާހަގަ ޖަހާ އަނގޮޓި ގެނައީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްގެ އަމިއްލަ ހަރަދުގައި، ޝަރީފް ފޮނުއްވި މީހަކު ކަމަށް ބުނެ، އެކަަން ސާބިތުކޮށްދޭން ސިއްރު ތިން ހެއްކެއް ހުށަހެޅުމުގެ ފުރުސަތަކަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ވަނީ އެދިވަޑައިގެންފައިކަމަށެވެ.

ސިއްރު ހެކި ގަބޫލުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ދެ ފަރާތަށް ވެސް ފުރުސަތު ދެއްވާނެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރަން ނޮވެލްޓީއަށް ނުދީ އެމް7 އަށް ދިން މައްސަލަ އަށް ބަލާއިރު ހަމައެކަނި ވޯޓް ކަރުދާސް ޕްރިންޓް ކުރި ގޮތައް ބަލާއިރު ވެސް އިންތިޚާބު ބާތިލް ކުރަން ޖެހޭ ކަމަށެވެ. އައްބާސް ފާހަގަކުރެއްވި ގޮތުގައި އެމް7 އަށް ވުރެ ނޮވެލްޓީގައި ވޯޓު ކަރުދާހުގެ ސަލާމަތީ މާ ގިނަ ފީޗާސްތައް ލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ދިސްވޭއޭ

    މިފަހަރު ރިޔާސީ އިންތިޚާބުގެ ފައުންޑޭޝަން އެވަނީ ކޮރަޕްޝަން އިން އަޅާފައި އެއީ މައްސަލަ އަކީ އެއީ ވޯޓް ކަރުދާސް ޕްރިންޓް ކުރަން އެމްސެވެން އަށް ދިނުން އެއީ ކޮރަޕްޝަން ގެ ފެށުން. އެކަންވާ ގޮތަކީ ބިޑް ޑޮކިއުމެންޓް ގައި އޮތީ އެންމެ ސެކިއުރިޓީ ފީޗަރ އެއް ހިމަނައިގެން ވޯޓް ކަރުދާސް ޕްރިންޓް ކުރަން އެގޮތުގެ މަތިން ބިޑް ހުށައެޅި އިރު ފައިނޭންޝަލް އިވޭލުއޭޝަން އިން އަދި ޓެކްނިކަލް އިވޭލުއޭޝަން އިން ފާސްވީ ޔުޓިލިޓީ ދެން ކުއްލި އަކަށް އެމްސެވެން އަށް ކޮންޓްރެކްޓް އެވޯރޑް ކުރަންވީ ނުކުރެވޭނެއޭ ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާ އާއި ޚިލާފަށް އެމްސެވެން އަށް ވޯޓް ކަރުދާސް ޕްރިންޓް ކުރަން އިލެކްޝަންސް ކަމިޝަން އިން ހަވާލު ކުރުން އެއީ ފުރަތަމަ އެއޮތީ އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނަށް ނާޖާއިޒު ގޮތުގައި ބޮޑު ފައިދާ ލިބޭ ގޮތަށް އެކަން ކޮށްފައި އެކަމަށް ހުއްދަ ނުވެސް ދެވޭނެއޭ ފިނޭންސް މިނިސްޓްރީ އަށް ދިން ނަމަވެސް އެވާނީ 13 އަދި 14 ވަނަ މާއްދާގައިވާ ކުށް އީސީން ކުރީ ކަމަށޭ

  2. Anonymous

    މިގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށްޓަކައި މެނުވީ މޑޕ އަށް ވެރިކަމެއް ނުދޭނެ. އެމީހުންނަކީ، މުސްލިމުން މަރާ، އެމެރިކާ މީހުންނާއި އިޒްރޭލު މީހުންނާ އެކު އެއްބަސްވެގެން ދިވެހި މުސްލިމުންގެ ދުވަސްދުއްވާލަން ނިންމައިގެން ތިބި ބައެއް.

    • މޫސަ

      މި ވެރިކަމުގަ ނޫންތޯ މީހުން މަރަނީ ހަމަ ދިވެހިންނަށް ރުފިޔާ ދީގެން ކުރުވާ ކަމެއް

    • ސަރުކާރު

      ދަރިފުޅު ތި ވާހަކަ ދަކަން ވަކި ރަނގަޅެއް ނޫން. މަންމަ، ބައްޕަ، އަނބި، ދަރިން މިމީހުން އާ ދޭތޭ ދަރިފުޅު ކަންތަ ތިކުރަނީ އިސްލާމް ދީނު ގަ އޮންނަ ގޮތައް؟

  3. ހާމީ

    ސެކިއުލަރ ވިސްނުން މުސްލިމުންގެ ތެރޭގައި ފެތުރާ އިސްލާމް ދީން ނައްތާލަން މަސައްކަތް ކުރާ މޑޕ އަށް މިގައުމުގެ ވެރިކަން ދޭހިސާބުން ދެން މިގައުމުގެ ދުވަސް ދިޔައީ ކަމަށް ބަލަންވީ. އެމީހުން ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ. އެމީހުންނަކީ، އެމެރިކާއާ އިޒްރޭލާ އިންޑިޔާ ފަދަ ގައުމު ތަކުގެ އަޅުން. ދެން ދިވެހިންނަށް އޮންނާނެ ގޮތެއް ވިސްނާލާ.

    • މާމަ

      ދަރިފުޅު ތި ވާހަކަ ދަކަން ވަކި ރަނގަޅެއް ނޫން. އަމިއްލަ ރަށު މީހުން އާ ދޭތެރޭ ދަރިފުޅާ ދަރިފުޅުގެ އާއިލާ އިން ކަންތައް ތިކުރަނީ ރަނގަޅަކަށްނޫ

  4. ރައްޔިތުން

    މި ދައްކަނީ ވޯޓްގެ ވާހަަކަ ވީމާ މިކަން ކުރަންވާނީ އެންމެންގެ ހާޒިރުގައި އޭރުން ބޮޑަށް ތިކަން އެގޭނީ

  5. ޔާގުންޑާ

    ކީއްވެގެންތަ މި ބައިގަނޑު ވޯޓްކަރުދާސް ޗާޕްކުރަން ނުވެލްޓީއާއި ހަވާލު ނުކުރެވިގެން މި ތެޅެނީ އެއީ ރިސްވަތެއް މަކަރެއް އޮޅުވާލުމެއް ކަމެއް ނުކުރާނެ ބަޔަކީތަ

    • އިންތި

      ނޮވެލްޓީ ދެން ކުރިމަތިލީ.. މިހާތަނަށް އެމީހުން ބިޑު ހުށަހެޅި އިރު އެންމެ ދަށްކޮށް އޮތީ... މިކަމުގެ ގަވާއިދުތަކާއިޤާނޫނުތައް ބަލާފަ ހޭބަލިވެބަލަ... ވާނުވާ

  6. ލޮލް

    ބާތިލުކޮށްބަލަ! ދާނަން ވޯޓުލާން! ފެންވަރައިގެން ދާނީވެސް! އިބޫއަށް ލާނީ ހަމަ!

  7. އަހުމަދު

    ހެކި ސިއްރެއް ނުވާނެ.ކޮންމެ ކަމެއް މާތް ރަސްކަލާގެ ދެނެވޮޑިގެންވޭ. ދޮގުހެކި ދޭން ކެރޭމީހަކަށް ވާނެ ގޮތް އެގޭނީ އާޚިރަތުގަ. ހެޔޮ ކަން ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި.

    • މުހައްމަދު

      ތިބޭފުޅުންނަށް މީހަކު ދިނީ ނުވަތަ ދޭނީ ދޮގުހެކިކަން އެނގެންޏާ ތިއީ ހާދަ މޮޅު ބައެކޭ.. ތިހާ މުޅިއްޔާ ދެން ބުނެބަލަ މަ މަރުވާނީ ކޮން ދުވަހަކު؟

  8. މަރޭ

    ބާތިލުކުރިއަސް ދައުލަތުން އިތުރު ޚަރަދުތަކެއްކުރަންޖެހުން ނޫންކަމެއްނުވާނެ ، ޔާމީނެއް ނުހޮވޭނެކަން ފާޅުކަންބޮޑުގޮތެއްގައި އެބައިގޭދޯ

  9. ޙުސައިން ޢަލީ

    ބާޠިލް ކޮށްބަލަ؟ ހަމަ ރައްޔިތުން އަދިވެސް ވޯޓްލާނީ؟

  10. ތެދު

    ޔާމީނަށް ލިބުނު ވޯޓުކޮޅުވެސް ދެން އިންތިޙާބެއް ބާއްވައިފިއްޔާ ނުލިބޭނެ

  11. ހޮޅު

    ވަގު އައިޑީކާޑު ހަދާ މަރުވެފަތިބޭ މީހުންގެ ނަންމަތީގަ ވޯޓް ލީކޮންބައެއްހޭ ޖަވާބުދީބަލަ މީހުންގެ ޙައޤުތަކަށް އަރާގަންނަފައިން ޢަދުލުއިންސާފު ޤާއިމްކުރާ ގޭގެ ޙުރުމަތް ކެނޑީ ކޮންބައެއްހޭ އެތަންހަލާކުކޮށް ތަންތާ ހުޅު ރޯކުރީ ކޮންބައެއްހޭ . މިވާހަކަ ޝާއިރު ނުކުރާނެ ކަންއެނގޭ

  12. ދިވެހިން

    ހެކިބަސް ސިއްރުންދިނުމަކީ އިސްޅާމްދީން ހުއްދަކުރާ ކަމެއްނޫން

  13. ޙާލިދު

    ޚިޔާލީ ވަހުމެކޭ ކިޔާއިރު ވޯޓުން ވައްކަން ކުރިކަން ހާހުން ގުނާލެވޭ.

  14. ރާޅު ބޯއީ

    ބޮޑު ސިންގާ ޝަރީއަތެއް ކުރިއަށްދާއިރު އިލެކްޝަންގެ 4 މެންބަރުން ލަންކާގައި އަޗާ ތަޅަނީ. ކޯޓު އަމުރެއްގެ ދަށުން ފުރަތަމަ އެބައިގަނޑެއްނު މިތަނަން ގެންނަންވީ. ބަތާހަރާމީ އާލަތްގަނޑެއް މި ނޫނީ ނުދެކެން.

  15. މާމަ

    ދަރިންނޭ މާމަ ތި އަނގޮޓި އެބަލާހިތުން މިހާރު ކެއްމަދުވެފަ މިހުރީ. ތީ ޕަރީ ދައްތަ އަނގޮޓި ނޫނީ އަލިފުލައިލާ ގަ ގެން ގުޅެ ކަހަލަ އަނގޮޓި އެއްތަ؟

  16. ޢަފްލާ

    ވޯޓް ވަގު ކިނބޫ ވަގު ލާދީނީ ވަގު ތަޅުދަނޑި ވަގު ކެތަފާ ވަގު ކެނެރީ ވަގު ފާދިރީ ވަގު ހުރިހާ ވައްތަރެއްގެ ވަގުން އެއްވީމަ މިކިޔެނީ މައުމޫނިޒިއަމް ވަގު

  17. އާދި

    ޔާމީނު އިތުރައް ފަޟީހަތްވެ ނިކަމެތިވެ ބާކީވުން ނޫންކަމެއް ނުވާނެ ތަހުޒީބު މުޖްތަމައުތަކަށް ނުފެތޭ މީހެއް

    • ރޯނާ

      ތިކިޔާ ތަހްޒިބަކީ ވޯޓުން ވައްކަން ކުރުން ދޯ..