ހިންމަފުށީ އައްސޭރި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ޤައިދީއަކަށް ހާޓްއެޓޭކެއް ޖެހުމުން އިމަޖެންސީކޮށް މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ހިންމަފުށީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު އޭނަ އަށް އިތުރު ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާދެއްވުމުން މާލެ ގެނެސްފައިވާ ކަމަށެވެ.

"ޤައިދީ އިމަޖެންސީކޮށް މާލެގެނައީ މެއަށް ތަދެއް އަރައިގެން ހިންމަފުށީ ޞިއްޙީ މަރުކަޒަށް ގެންގޮސް ފަރުވާދިނުމަށްފަހު އީސީޖީގައި މައްސަލަތަކެއް ހުރުމުން އިތުރު ފަރުވާއަށް ޑޮކްޓަރު ރިފަރ ކުރުމުންނެވެ." ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ޤައިދީއަށް އިތުރަށް ފަރުވާ ދިނުމަށްޓަކައި މިހާރު ކުރިއަށްގެންދަނީ އެންޖީއޯގްރާމް ހެދުމުގެ މަސައްކަތެއް ކަމަށެވެ.

ހާޓް އެޓޭކެއް ޖެހިފައިވަނީ 10 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުންގެންދާ އުމުރުން 50 އަހަރުގެ ޤައިދީއަކަށް ކަމަށެވެ.

އެ ޤައިދީއަކީ ކުރިން ހިތުގެ އެއްވެސް މައްސަލައެއް ރެކޯޑު ކުރެވިފައިވާ ޤައިދީއެއް ނޫން ކަމަށް ވެސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިމިނަތު

    އައި ޖީ އެމް އެޗް ގައި މިހާރު ހިތުގެ ފަރުވާ ވަރަށް އަވަސް ވެފައި ވަރަށް ރަނގަޅު. އަޅުގަނޑުގެ ބޭބެ އަށް މިދިޔަ ހަފްތާ ގައި ހާޓްއެޓޭކްއެއްޖެހި ސްޓެންޓް ލައްވާ ވަރަށް އަވަހަށް ފަރުވާ ލިބުން.. އެ ފަރުވާ ދިނުމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ

  2. ޢަފްލާ

    އިންސާނަކަށް މައްސަލައެއް ިމާވާން ވަކިވަގުތެއް ނޯވޭ ﷲ އިރާދަ ކުރައްވަެިފި މީހަކު އަވަހަށް ނިމިދޭ ﷲ އިރާދަކުރައްވަިފި މީހަކު ދުނިޔޭގަ 150 ަހަރައްވެސް ދިރިހުރޭ މިފަދައިން ބލިތައްވެސް ވަނީ އެކަލާނގެ އިރާދަފުޅުން ވިސްނާ ފިކުރު ކުރާ ބަޔަކަށް ދެދުނިޔޭގަވެސަ އިމްތިހާނެއްވެ

  3. ދޮނަކަލޯ

    ހަމަ ކަމެއް ކުރާއިރަށް ޖަލަށް ނުލާބަލަ