ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު - ވަގުތު އިމޭޖެސް

މާލޭގެ ބިމުން ކަނޑައެޅިފައިވާ ގަވައިދުތަކާއި ހިލާފަށް ފެން ނަގައި ބޭރުކޮށްފައިވާތީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން، މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ހައުސިން މިނިސްޓްރީ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އެގޮތުން އީޕީއޭއިން އާދިއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީއިން މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހު މާލޭގެ ބިމުން ފެން ނަގައި ބޭރުކޮށްފައިވާ ކަމަށާއި ހައުސިން މިނިސްޓްރީއިން އެ އަމަލު ހިންގީ އީޕީއޭގެ ހުއްދަ ނުހޯދާ ކަމަށެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި އެ މިނިސްޓްރީ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އަދި އީޕީއޭގެ ބަޔާނުގައި ވަނީ އެމްޑަބްލިޔުއެސްސީ އިން މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހާއި 16 ވަނަ ދުވަހު ވެރިރަށް މާލޭގެ ބިމުން ފެން ނަގައި ބޭރުކޮށްފައިވަނީ ފެންނަގައި ފެން ބޭރުކުރުމުގެ ގަވައިދުގެ ހަތްވަނަ މާއްދާގެ ހ ގައިވާ ގޮތާ ހިލާފަށް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ އެ އެޖެންސީގެ ހުއްދަވެސް ހޯދުމަކާއި ނުލައި ކަމަށާއި އެހެންކަމުން އެ ކުންފުނި 55،000 އިން ޖޫރިމަނާކޮށްފައިވާ ކަމުގައިވެސް އެބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތިއީ ބޮޑުޢަދަދެެެއް ނޫން.

  2. މާލޭގެ މަގުތަކުގަ ހަމައެއް ލަމައެއް ނެތި ބޫން ބޫން ޖަހާފަ ލާހޫރެމުން ސައިކަލް ދުއްވާ މީހުން ޖޫރިމަނާކޮށްބަލަ ކަމާއިބެހޭ ފަރާތްތަކުން !

  3. އީޕީ އޭ ބުނެދީބަލަ ހައުސިން މިނިސްޓްރީން ފެން ބޭރުކުރިނަމަ ކުރީ ބަޔަކަށް ގެއްލުން ދޭންތޯ ނޫނީ ކުރާނެ ކަމެއް ނެތިގެން ކުރި ކަމެއްތޯ؟ ހޭބަލިވަނީ. އީޕީއޭއަކީ ވަކި ސަރުކާރެއް.

  4. ޢީޕީއޭގަ ހުންނަނީ އެމްދީޕީ ގުންޑާއެއްނައީމް

  5. އެކަމަކު ދެން

    ފެން ބޮޑުވީމަވެސް ގޯސް، އެފެން ނެގީމަވެސް ގޯސްވީ..

  6. މަށަށް ފެނިފަ ހުރީ ރާއްޖޭގަ ތިމާވެށީގެ ކަންކަން ހިންގާ ގޮތް. އެއީ ވަކި ބައެއްގެ އާމްދަނީ ލިބޭ ފައިސާކޮޅު. އެ ފައިސާކޮޅު ހޯދުމުގެ ބޭނުމުގަ ބޭނުން ގޮތަކަށް ރިޕޯޓުތައް ތައްޔާރުކުރަނީ. ވަރަށް ގާތުން މިކަންކަން ދުށިން. އަދި ކިއެއްތަ އެކަންކަން ކުރަނީވެސް ގާނޫނީ އިމުގެ ތެރެއިން. އެއީ ގަވައިދުތައް ހަދަނީވެސް މިމީހުންގެ ލަފާގެ މަތިން. ... ކުޑަ މިސާލެއް.. ކަންކަން ކުރުމުގެ ކުރިން އީއައިއޭ ހަދަންޖެހޭ. އެކަމަކު އެކަންކުރަން ފައިސާދީގެން ކުރުވަންޖެހެނީ ޕްރޮޖެކްޓު ހިންގާ މީހުން. އަންނަ ރިޕޯޓާ ސައިޓަށްގޮސް ސާމްޕަލް ހޯދާ ގޮތާ މިހުރިހާކަމެއް ހިނގަނީ ޕްރޮޖެކްޓު ހިންގާ މީހުން ބޭނުންވާގޮތަށް. ދެންކޮން ތިމާވެއްޓެއް ރައްކާކުރެވޭނީ.