މިހާ އިންސާފުވެރިކޮށް ދިޔަ އިންތިހާބެއް ބާތިލް ވެދާނެ ކަމަށް އެކަކުވެސް ނުދެކޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

"އަދި ނުބައި މަކަރުވެރި ރޭވުން އޭގެ އަހުލުވެރިންނަށް މެނުވީ ނުޖެހޭނެތެވެ." ޖަހާފައިވާ ފޮޓޯއަކާއި އެކު މިވަގުތު އަވައްޓެރި ލަންކާގައި ހުންނެވި ހަބީބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާ އިންސާފުވެރިކޮށް ދިޔަ އިންތިހާބެއް ބާތިލް ވެދާނެ ކަމަށް ބުއްދި ސަލާމަތުން ހުރި އެކަކުވެސް ނުދެކޭ ކަމަށެވެ.

ހަބީބު މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ދެވަނަ އަޑުއެހުމެއް މިއަދު ސްޕްރީމް ކޯޓުގައި ކުރިއަށް އެބަދެއެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވިދާޅުވީ އެމައްސަލަ އަކީ ޚިޔާލީ ގޮތުން އުފައްދާފައިވާ މައްސަލައެއްކަމަށެވެ.

އިންތިޚާބަކީ ޝަރުއިއްޔަތު ގެއްލިފައިވާ އިންތިޚާބެއްކަމަށް ކަނޑައަޅާނެ އެއްވެސް ތަނެއް ނެތްކަމަށާއި މި އިންތިޚާބު ބާޠިލު ކުރާނެ އެއްވެސް ތަނެއް ނެތްކަމަށްވެސް އީސީން އިއްޔެ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުންވެސް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިޚާބު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ސުޕްރީމް ކޯޓުގެ 2013 ވަނަ އަހަރުގެ 42 ނަމްބަރު ގައިޑްލައިންއާ އެއްގޮތްވާގޮތުގެ މަތިންކަމުގައެވެ.

ހަމައެހެންމެ، އެކޮމިޝަނުން އިތުރަށް ވިދާޅުވީ މިއީ އިންތިޚާބީ ޝަކުވާއެއްކަމަށާއި އެހެންކަމުން މި މައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށްކަމަށެވެ. އަދި، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެކަމަށްވެސް ބުނެފައިވެއެވެ.

އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.

ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ދަވޭ

    ސިއްރު ހެއްކާ މެދު މެންދުރުފަހު ގޮތެއް ނިންމަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ކުއްލި އަކަށް ވޯޓްލާން އޮތް ދުވަހު ބާ ޖަމާލުއްދީން ގައި ހުއްޓާ ދަރުބާރުގެއަށް ބަދަލު ކުރަން ޖެހުނު ސަބަބެއް ނޭގުނޭ ދެން ކުއްލި އަކަށް އެތަނުގެ ބޮޑަކަށް ހުރި މީހަކު އިލެކްޝަންސް ކަމިޝަނުން ވަކި ކޮށްފިއޭ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް އިން ޝަކުވާ ހުށައަޅާ އަޅާ އޮތްވާ ދާއިމީ ނަތީޖާ އިއުލާން ކުރީއޭ ވޯޓްވަގޭ ވަގޭ ދެން އިލެކްޝަންސް ކަމިޝަނުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އިލެކްޝަންސް ކަމިޝަންގެ މެމްބަރު ހަބީބު ދާއިމީ ނަތީޖާ އޭނާ އަމިއްލަ އަށް އިއުލާން ކޮށް އަދި ސިޔާސީ އެކްޓިވިސްޓަކު އުޅޭ އުސޫލުން އޭނާގެ ޓްވިޓަރގައި އޭނާގެ އަމިއްލަ މަސްލަހަތޭ ހުރީ މުޅިން ވެސް...

  2. ފާތުން

    ކިހާ އިންސާފްވެރި ބިޑް ލިބުނީ ނޮވެލްޓީ އަށް ވޯޓް ކަރުދާސް ޗާޕްކުރީ ޢެމް ސެވަން އެވެސް ހަތަރު ގުނަ އަގުބޮޑުކޮށް...

  3. ސޮފޫރާ

    ކިހާ އިންސާފްވެރި ބިޑް ލިބުނީ ނޮވެލްޓީ އަށް ވޯޓް ކަރުދާސް ޗާޕްކުރީ ޢެމް ސެވަން އެވެސް ހަތަރު ގުނަ އަގުބޮޑުކޮށް...

  4. ނާޒް

    ކިހާ އިންސާފްވެރި ބިޑް ލިބުނީ ނޮވެލްޓީ އަށް ވޯޓް ކަރުދާސް ޗާޕްކުރީ ޢެމް ސެވަން އެވެސް ހަތަރު ގުނަ އަގުބޮޑުކޮށް...

  5. މަ

    ދެން އަންނަންވީނު؟ ބަލަ ހަމައިން ގޮއްސައޮއިތްނަމަ ތި ހަބީބްވެސް ހުންނާނީ ރާއްޖޭގަ، ވޯޓް ވަގު...

  6. އެއު

    ތިހާ ޔަޤީންކަމާއެކު ނިންމާލި އިންތިޚާބެއް ނިންމާލުމަށްފަހު އަަވަހާ ފިލައިގެންގޮސް ލަންކާގައި ހުރުމުން ތިޔަބުނި ވާހަކައާމެދު ސުވާލު އުފެދެއެވެ

  7. އަފްލާ

    އިންސާފްވެރި ނަމަ ކަލޭ ނުފިލީސް ޔަގީން

  8. ޓަކާ

    ބަލަހަބީބޫ ކޯއްޗެއް އިންސާފުވެރިވެގެންތަ ކަލޭމެން ކޮމްޕުލެއިން ބިއުރޯއުވާލީ ބަޔަކުށަކުވާ ކޮއްފާނެތީ އަވަސްއަރުވާލާފަ އެތަންއުވާލާ ކަލޭމެންގެ މެންބަރުން ފިލީ ކަމެއްނުހިގާނަމަ މިގައުމުގަތިބެގެން ކޮންޕުލޭން ތަކާކުރިމަތިލާ ންވީމަ ފިލީ އިންތިހާބު ބާތިލްވާވަރުގެ މަތްސަލަތައްވެސް އެބަހުރި

  9. ޑޭ

    ދެންކީއްވެ ފިލާތިހުރީ ކޮްންވާހަކެއް ހުރިހާ ކަމެއް ފަޅާއަރަނީ

  10. ނަންނަަ

    ހާދަ މޮޅު ވާހަކަ އެއް މިދައްކަނީ ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވޭ ވޯތު އޮޅުވާލި ކަމާ އި ލާރި ގޯނި ބެހިކަމާއި އައިޑީ ކާޑް ގަތް ކަމާއި އަނގޮޓި ގެނައި ކަމާއި ކަރުދާސް ޕްރިންޓް ކުރި ގޮތާއި އަދި ތިމީހުންގެ އެކައުންޓަށް ލާރި ވަންގޮތްވެސް ﷲ މޮޅަށް ދެނެވޮޑިގެންވޭ

  11. ކަމަނަ

    އެހެންވެ ދޯ ގޮސް ފިލާ ތިއޮތީ. ލަދެއްވެސް ނުގަނޭ

  12. ކޮލަމާފުށީ މީހާ

    ކިހާ އިންސާފްވެރި މަކަރާއި،ހީލަތުން ވޯޓް އޮޅުވާލުމަށްފަހު އަވަށްޓެރި ސްރީލަންކާއިން ހިމާޔަތް ހޯދުމަށްފަހު ފިލާ ތިބެގެން ބަޔާންތައް ނެރޭއިރު ލަދުހަޔާތުގެ ކުޑިފުކެއްވެސް މިމީހުންގެ ކިބާގައިނެތް ވިއްޔާ މިކަމުންވެސް އެގެނީ ރައްޔިތުންނަށް މިމީހުން ހަރާންކޯރުވެފައިވާ މިންވަރު އަނގަ ފުޅާކޮށްފާ ހަބީބު ވާހަކަ ދައްކަން ލަދުގަންނަން ޖެހޭ!

  13. އަހަރެން ކަބުލޮ

    ޙަބީބޫ ކަލޭ ކީއްވެ ފިލާގެން ތިއުޅެނީ ތިހާ އިންސާފު ވެރި އިންތިހާބެއްވިއް އަވަހަން އާދޭ

  14. ސުސެކްސް

    މެގަން އިސް ޕްރެގްނެންޓް ..!!!! ޔޭޔް

  15. ރަށުމީހާ

    ބަލަ ހަބީބަށް ރާއްޖޭގަނުހުރެވޭނެ ދޯ ޔާމީންގެ ބޯގްރޫޕް މަރުގެ އިންޒާރުދެންޏާ ޔާމީން ބުނެގެން ނޭ އެމް 7 އިން ޗާޕްކުރީ ޔާމީންބުނިގޮތަށް ހުރިހާކަމެއްނިންމާލީ އެކަމަކު ވޯޓްލީ ޝަރީފެއް ޙަބީބެއް އަކްރަމެއްނޫނޭ ވޯޓްއެޅީ ރައްޔިތުން އެބައިމީހުން ބޭނުންވާގޮތަކަށް އިންޝާﷲ

  16. ނަމްބަރވަން

    ވަރަށް އިންސާފްވެރި. ! ފިލަންޖެހޭ ސަބަބެއް ނެތް ކަމެއް ގޯސްވެފައި ނެތްނަމަ.! އަވަހަށް ދުރުވޭ ރަހަށް.

  17. ދަ

    ތިހެން ބުނަން ބިރެއް ނުގަނޭތަ. ﷲ ވޮޑިގެންވޭ.

  18. ނަޖާ

    އިންސާފު ވެވޭނީ ތިހާވަރަށް. ލާރި ގަނޑު ނަގައިގެން ފިލާ ނޯވޭ އާދެބަލަ. ކެހެނި އަރުވާލާނަން

  19. ނައިބުތުއްތު

    ހަބީބުސަރ! ކޮންތާކުތޯ ތިއުޅުއްވަނީ. އިންތިޚާބުގެ ފަހުން ޚަބަރެއްވެސް ނުވާތީއާއި، ނުވެސް ފެންނާތީ އަހާލީއެވެ.

  20. ؟؟؟؟

    މިހާ އިންޞާފުކޮށް ރިޝްވަތު ހިފި އިންތިޚާބެއް ނުބާއްވަ.

  21. އަނާރާ

    ކަލޭ ދެން ކޮއްޗެއްކޭކިޔާތައްތަ.. ރުފިޔާގަނޑު ބަޑުއަޅާގެން ތިހުރީ..

  22. ހުސެން

    ހަބީބައް އިންސާފް ވެރިވެދާނެ އެއީ ކުރި މަސައްކަތުގެ ނުހަނު ބޮަޑު އަގުލިބޭތީ:
    - އިންތިހާބަކީ ދުރާލާ އިންޒާމް ކުރަން ރުހުންދީފަ އޮތް އިންތިހާބެއް، އެހެންވީރޔ ވަގުތުނެތިގެންނޭ ކިޔާފަ ވަކިބަޔަކައް ޕްރްޓް ކުރުވަން ދިނުން
    - ކޮންޕޭލް ބިއުރޯގެ ކަންތައް ދިޔަގޮތް
    - އަތްދަބަސް ވެއްދުން
    - ޔަގީންވާ ގަލަމެއް އަގުދީގެން އިލެކްސަނުން ކޮންމެ ފޮއްޓެއްކައިރި ބާއްވާފަ އޮންނައިރު ދުރާލާ އަމިއްލަ ގަލަން ވައްދައްން މީހުނައް ހިއްވަރު ދިނުން. ގަލަމުގެ ބޭނުން ނުހިފޭނަމަ ރައްޔިތުންގެ ފައިސާއިން ހަރަދުކިއްގެން މިވަރުކަމެއްގަ އެތާ ގަލަންބާއްވާކައް ވެސް ނުޖެހެ.

  23. ޒާ

    އަމިއްލަ ޖީބަށް މިހާގިނަ ފައިސާ ލިބުނު އިންތިޚާބެއް ބޭއްވުނުތޯ ހަބީބު ބުނެދީބަލަ.

  24. އަހްމަދު

    މިހާގިނަފައިސާ އީސީގެމެމްބަރުންނަށް ރިސްވަތުގެގޮތުގައި ލިބުނު އިންތިހާބެއް ހަމަގައިމުވެސް މިހާތަނަށް އަދި މުސްތަގުބަލުގަވެސް ބޭއްވޭނެކަމަކަށް އެއްވެސްމީހަކު ގަބޫލެއްނުކުރާނެ އޭގެއެއްހެއްކަކީ މެމްބަރުން ގައުމުދޫކޮށް އަވަށްޓެރި ގައުމކަށް ހިޖުރަކުރުން

  25. ޢަލީ

    ޕޭޕަރ ބަގަށްނެގި ކަޅުވަގު ޖީީސީ ޕޭޕަރ ބޮޑުބޭބެ ކިޔާ 2ކުއްޖަކަށް ވަގަށް ނަގައިގެން ޖަލުގަ 9މަސްދުވަހު އޮވެފަ އެއްވެސް ތެދު ވެރި ކަމެއްނެތް

  26. ޏނނ

    މިހާ ކޮރަޕްޝަން ބޮޑު އިންތިހާބެއް ބާޠިކް ކުރާ ތަން ދެކެން އެންމެންވެސް ތިބީ ތައްޔާރަށް. ޢިލެކްޝަން ނިމުނުތާހެން ލަންކާ އަށް ކަމިޝަންގެ މެމްބަރުން ތި ދިޔައީ ކީއްކުރަންބާ. ޙުރިހާކަމެއް އެނގޭ ފަޅަ އަރުވާލާނަން.

  27. ހައިޑްއައުޓް

    ތިހާ އަވަހަށް ފިލައިގެން ދިޔަ މީހަކުވެސް އަދި ދިވެހިރާއްޖެއަކުން ނުދެކެން

  28. ފިލި ހަބީބު

    އިންސާފު އޮއްސާފަ އޮތިއްޔާ ކޮންކަމަކާ ތި ތެޅެނީ.. ކީއްވެ ފިލީ