އިންތިޚާބު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތުން ކުރިން ވެސް އެދިވަޑައިގެންފައިވާ ގޮތައް ސަލާމަތީ ބާރުތައް މެދުވެރިކޮށް ތަޙްޤީޤު ކުރިއަށް ގެންދިއުމަށް ފަހު، އެތަޙްޤީޤަށް ރިޢާއަތް ކޮށް އިންތިޚާބު ބާތިލް ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމައި ދިނުމަށް ރައީސް ޔާމީންގެ ފަރާތުން މިއަދު ކޯޓުގައި އެދިވަޑައިގެންފިއެވެ.

ރައީސް ޔާމީންގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަ ކޮށްފައިވާ ކަންތައްތައް ސަލާމަތީ ބާރުތަކުން ތަޙްޤީޤު ކުރާއިރު ސުޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން އެތަޙްްޤީޤު ކުރިއަށް ގެންދެވުމަށް އިއުތިރާޒެއް ނުކުރައްވާ ކަމަށެވެ.

އިންތިޚާބާއި ގުޅިގެން ހުރި ކަންކަން ފާހަގަ ކުރުމަށް ފަހު ރައީސް ޔާމީންގެ ފަރާތުން މިއަދު ކޯޓުގައި ވަކާލާތު ކުރެއްވި އައްބާސް ޝަރީފް ވިދާޅުވީ ރައީސް ޔާމީނަކީ ތަޙްޤީޤު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކަށް ނުވާތީ މިކަންކަން ތަޙްޤީޤީ އިދާރާ އަކުން އިތުރަށް ތަޙްޤީޤު ކުރަން ޖެހޭ ކަމަށެވެ.

ވޯޓް ކަރުދާސް ރައްކާކޮށްފައި ހުރި ތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވިދާޅުވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ އައްބާސް މިއަދު ވާހަކަފުޅު ދެއްކެވިއެވެ.

އޭނާ ވިދާޅުވީ ވޯޓް ކަރުދާސް ހުރިތަނަށް ވަން މީހުން އެނގޭނެ ކަމަށް ބުނާ ލޮގް ބަލާއިރު 197 ފަހަރު އެކި މުވައްޒަފުން ވަދެފައިވާ ކަމަށް ދައްކާއިރު ބައެއް މުވައްޒަފުން އެތަނުން ނިކުތް ކަމަށް ލޮގް ކޮށްފައި ނެތް ކަމަށެވެ.

ލޮގްގައި ބައެއް މުވައްޒަފުން ސޮއި ކޮށްފައި ވާއިރު ބައެއް ނަންތައް ކަނޑާފައި ވެސް އެބަހުރި ކަމަށާއި ތަފާތު 39 މީހުން އެތަނަށް ވަދެފައިވާ ކަމަށް ދައްކާއިރު އެއީ ކީއްކުރަން ވަން ބައެއް ކަން ސާފު ނުވާ ކަމަށެވެ.

ދެލި ފޮހެވޭ ގަލަމުން ފާހަގަ ޖެހިކަން ސާބިތު ކުރުމަށް ރެންޑަމްކޮށް ނަމަވެސް ބައެއް ވޯޓް ކަރުދާސް ތަޙްޤީޤީ އިދާރާ އަކުން ބެލުމަށް ރައީސް ޔާމީންގެ ވަކީލް އެދިވަޑައިގަތެވެ.

ވޯޓްގެ މައްސަލަަ ތަހްޤީޤު ކުރުމުގެ އަމުރެއް ނުނެރެފިނަމަ ރައީސް ޔާމީންގެ އިންތިޚާބީ ޙައްޤަށް ގެއްލުން ލިބި އިއާދަނުކުރެވޭނެ ވަރުގެ ގެއްލުންތަކެއް ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށް ވެސް ލިބިގެންދާނެ ކަމަށް ރައީސް ޔާމީންގެ ވަކީލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދިސްވޭ

    ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ 32 ވަނަ މާއްދާ އާއި ޚިލާފަށް ޔަގީނުން ވެސް މިފަހަރު މުޅި ރާއްޖޭގައި ވޯޓް ލީ ހުރިހާ މަރުކަޒު ތަކުގައި ކަންކަން ކޮށްފައި ހުރީ. ވޯޓް ލާ މަރުކަޒަށް ތަކެތި ވެއްދުމަކީ މަނާކަމެކޭ އެކަމަކު ވޯޓްލާ މަރުކަޒުގައި ތިބި ހުރިހާ އަންހެން ކުދިން އެކުދިންގެ ހޭންޑް ބޭގް ވޯޓްލާ މަރުކަޒަށް ވަނީ ވައްދާފައޭ މޯބައި ފޯން ވަނީ ވައްދާފައޭ ސްމާރޓް ވޮޗް ވަނީ ވައްދާފައޭ މިކަން ކަން މަނާ ކުރަން މީހަކު ނެތޭ އީސީ އަތުން މިކަން ނަގާ ފުލުހުންނާއި..

  2. ދަވޭ

    ދިވެހިރާއްޖޭގެ މިނިވަން މުވައްސަސާ ތައް އޮޕަރޭޓް ކުރަނީ އެތަނެއްގައި ހުންނަ ބޮޑަކު މުއްސަނދިވާން އޭނާ އަށް ލިބޭ ލައިސަންސް އެއްގެ ގޮތުގައޭ އޭސީސީވެސް ބޭނުން ކުރަނީ އެމްޑީޕީގެ ހަރުގެއެއްގެ ގޮތުގައޭ ރައްޔިތުންގެ މަޖްލީސް ބޭނުން ކުރަނީ އެމެން ދޮގު ހަދާ މެޝިނެއްގެ ގޮތުގައޭ ދެން އިލެކްޝަންސް ކަމިޝަން ވެސް މަސައްކަތް ކުރަނީ މިގޮތަށޭ ރިޔާސީ އިންތިޚާބުގައި އެމެން އެބުނާ 130 ހާހުގެ %96 އެއީ ސައްހަ ނޫން ވޯޓްއޭ އެނުވާނެއޭ ރައްތޔިތުންގެ ނިންމުމަށް.

  3. ރައްޔިތުން

    ތިކަމެއް ތަހްޤީޤު ކޮންމެ ބަޔަކުލައްވާ ހިންގިޔަސް އެކަމެއް ކުރަންވާނީ ހާމަކަން ބޮޑު ގޮތެއްގައި އެންމެންގެ ހާޒިރުގައި ކަމުގައި ދެކެން. ވޯޓު ގުނީވެސް އެހާމެ ހާމަކަން ބޮޑު ގޮތެއްގައި.

  4. ހައްދެއްނެތޭ

    އެމްޑީޕީން ހީކުރަނީ އެމެން އިލެކްޝަންސް ކަމިޝަންގެ މެމްބަރުންނާއި ގުޅިގެން ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން ވޯޓް އޮޅުވާލައިގެން ރާއްޖޭގެ ރައީސް ކަމަށް ވަގު ވޯޓް އިން 2008 ގައި އެމެން ރައީސް އަކު ހޮވި ގޮތަށް ކޮންމެ ފަހަރަކު އެކަން ކުރެވޭނެ ކަމަށްތޭ އެކަން އެގޮތަށް ނުކުރެވޭނެއޭ އިލެކްޝަންސް ކަމިޝަން އަތުން މިކަން ނަގާ ރިޔާސީ އިންތިޚާބުގެ ކަންކަން ފުލުހުންގެ ބެލުމުގެ ދަށުން އީސީން ކަންކަން ކުރާ ގޮތަށް ހަދަންވީއޭ ގައުމަށް ގައްދާރުވުމުގައި ހައްދެއް ނެތޭ އިލެކްޝަންސް ކަމިޝަންގެ މެމްބަރުން މީ ޑެޑް ސީރިއަސް ކަމެއް ނޫންތޭ އެމެން މިކުރީ.

  5. ރިސާޗް

    ތަޙުގީގަށް ބޭނުންވަނީ އެފް ބީ އައި.... ރާއްޖޭގެ ކުދިން ރަނގަޅު ނުވެދާނެ..

  6. ދަވޭއޭ

    ރައްޔިތުންގެ ތެރޭން 130 ހާސް މީހުން އެމްޑީޕީގެ ކެންޑިޑޭޓް އިބޫ އަށް ވޯޓް ދިން ކަމަށް ތަމެން ބުނާ ނަމަ ތަމެން މޭގައި އަތް ޖަހާފައި ދައްކަގަ ކިތާބީ ހެކި ތަމެން ނަށް 130 ހާސް މީހުން ވޯޓް ދިން ކަމަށް ނޯންނާނެއޭ ދެއްކެން ކިތާބީ ހެއްކަކީ އެއީ ވޯޓްލި މީހާގެ ނަމާއި ސޮޔާއި އައިޑީ ކާރޑް ނަމްބަރާއި އަދި އޭނާގެ ފިންގަރ ޕްރިންޓް ޖެހި އަދި ވޯޓް ލި މީޙާ އަތުގައި އޭނާ ވޯޓްލި ކާކުން އަންގައިދޭ ކޮޕީ އެއްއޮވެ އެކޮޕީ އާއި ދިމާވާ 130 ހާސް ވޯޓް ކަރުދާސް ތަމެން ދައްކަގަ އެމްޑީޕީގެ ރަންރީނދޫ ޓްވިޓަރޭ މެންނަށް ހީވަނީ ތަމެން މަމެންގެ ކޮމެންޓަށް ރައްދު ދިނުމުން މަމެންނަށް ޖެހިލުން ވާނެ ކަމަށް މަމެންނަށް އިނގޭ ފުރަތަމަ ވެސް ތަމެންނަށް ގާނޫނު ތަކުގެ އަލިފުބާ ވެސް ނޭގޭ ކަން އަދި ތަމެންނަކީ ސަރުކާރުގައި ގިނަ ދުވަހު އުޅެ ތަޖްރިބާ ލިބިފައިވާ ޒިންމާދާރު ވަޒީފާ އެއް ވެސް އަދާ ކުރި މީހެއް ނޫން ކަން ދެން ތަމެންނަށް އިނގޭނެ އެޑްމިނިސްޓްރޭޓިވް ރޫލް އެއްވެސް ނުހުންނާނެ ކަން ފައިނޭންޝަލް ރޫލް އެއް ވެސް ނުހުންނާނެ ކަން...

  7. ދަވޭ

    ގާނޫނު ނަމްބަރު 2/2000 ގެ 13 ވަނަ މާއްދާ އަދި 14 ވަނަ މާއްދާ އާއި ޚިލާފަށް އީސީން މިފަހަރު ވޯޓް ކަރުދާސް ތައް ޗާޕް ކުރަން އެެމްސެވެން އަށް ދިނީ ސަބަބަކީ ބިޑް ޑޮކިއުމެންޓް ގައި ވާ ގޮތާއި އެއްގޮތްވާ ގޮތުގެ މަތިން ބިޑް ހުށައެޅި ފަރާތަކީ ޔުޓިލިޓީ ކަމަށްވެފައި އަދި މިހާތަނަށް އައިއިރު ރިޔާސީ އިންތިޚާބުގައި އެއްވެސް ވޯޓް ކަރުދާސް ކޮޅެއްގައި މައްސަލަ ޖެހި ފޭކް ވޯޓް ކަރުދާސް ޕްރިންޓް ކޮށް ފައި ނުވެއޭ ޕޮއިންޓް އެންމެ ގިނައިން ލިބުނީ ޔުޓިލިޓީ އަށޭ ދެން އެމްސެވެން އަށް ވޯޓް ކަރުދާސް ތައް ޕްރިންޓް ކުރަން ހަވާލު ކުރަން ޖެހުނު ސަބަބެއް އެއްގޮތަކަށް ވެސް ނޭގެއޭ އެއީ ވަކި ފަރާތަކަށް ނާޖާއިޒު ގޮތުގައި މަންފާ އާއި ފައިދާ ހޯދާ ދިނުމަށް ޓަކައި އެމެން ކޮށްފައިވާ ކަމެކޭ..

  8. ދަވޭ

    ސިއްރު ހެއްކާ މެދު މެންދުރުފަހު ގޮތެއް ނިންމަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ކުއްލި އަކަށް ވޯޓްލާން އޮތް ދުވަހު ބާ ޖަމާލުއްދީން ގައި ހުއްޓާ ދަރުބާރުގެއަށް ބަދަލު ކުރަން ޖެހުނު ސަބަބެއް ނޭގުނޭ ދެން ކުއްލި އަކަށް އެތަނުގެ ބޮޑަކަށް ހުރި މީހަކު އިލެކްޝަންސް ކަމިޝަނުން ވަކި ކޮށްފިއޭ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް އިން ޝަކުވާ ހުށައަޅާ އަޅާ އޮތްވާ ދާއިމީ ނަތީޖާ އިއުލާން ކުރީއޭ ވޯޓްވަގޭ ވަގޭ ދެން އިލެކްޝަންސް ކަމިޝަނުން ދާއިމީ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އިލެކްޝަންސް ކަމިޝަންގެ މެމްބަރު ހަބީބު ދާއިމީ ނަތީޖާ އޭނާ އަމިއްލަ އަށް އިއުލާން ކޮށް އަދި ސިޔާސީ އެކްޓިވިސްޓަކު އުޅޭ އުސޫލުން އޭނާގެ ޓްވިޓަރގައި އޭނާގެ އަމިއްލަ މަސްލަހަތޭ ހުރީ މުޅިން ވެސް...

  9. ދައްކަގަ

    އެމްޑީޕީ ހުރިހާ އިންތިޚާބެއް ގައި ވެސް މޮޅުވެގެން އުޅެނީ އެމެން އަމިއްލަ އަށް ޕްރޮޕެގެންޑާ ފަތުރައިގެން މީޑިއާ އިން ޕަބްލިސިޓީ ހޯދައިގެން ނޭ ދެން ރައްޔިތުންނާްއި ސަރުކާރާއި ޖެހޭ ގޮތަށް ވާހަކަ ދައްކައިގެންނޭ އެމެން ހުރިހާ އިންތިޚާބެއްގައި ވެސް ހަދާފައި ހުންނަނީ މަކަރާއި ހީލަތޭ އެއްވެސް އިންތިޚާބެއްގައި އެމެންނަށް ލިބޭ ވޯޓް އަކީ އެއީ ސައްހަ ވޯޓެއް ނޫނޭ ލޯކަލް ކައުންސިލް އިންތިޚާބު ވެސް ގެންދިޔާ ހަމަ މިގޮތަށޭ އެވެސް އޮޅުވާލި ވޯޓްއޭ އެކަން ބަލަގަ...

  10. ދަވޭ

    ސިއްރު ހެއްކެެއް ދީނުގައި ނޯންނާނެއޭ މައުމޫނު ޓްވީޓް ކުރުމަށް ފަހު އަނެއްކާ އެ ޓްވީޓް ޑިލީޓް ކުރާނީ އެއީ އޭނާ ހެދީ ރޯ ބުހުތާނު ދޮގަށް ވާތީ ނޫންތޭ ސިއްރު ހެއްކަކީ އެއީ ނަގާ އެއްޗެއް އަދި ނެގިދާނެ އެއްޗެކޭ އެއީ ކުރާ ކަމެކޭ އެކަން ވެސް އޮޅުވާލަން އޭ ރާއްޖޭގެ ސިޔާސީ ބޮޑުން އަބަދުވެސް މިތިބެނީ ތަމެން ގާތު މަމެން ބުނީމެއް ނޫންތޭ 2008 ގައި ވެސް ވޯޓްގައި މަކަރާއި ހީލަތް ހަދާފައި އެބަހުއްޓޭ އެހެންވެ އެކަން ކަން މިދަނީ ހައްދު ފަހަނައަޅައޭ މިހާރު މުޅި އިލެކްޝަންސް ކަމިޝަން އަކީ އެއީ ވޯޓް އިން ވައްކަން ކުރާ ތަނަކަށް ވަނީ ބަދަލު ވެފައި ނޫންތޭ.

  11. ނެތީމޭ

    ތަމެން އުޅުނީ ނުވަތު ބުރުން ވޯޓް އަޅައިގެން ވެރިކަން ފޭރިގަންނަންއޭ މަމެން ބުނަންނެތީމު ދޯ ސިއްރު ހެކި ނެގޭނެއޭ އެމެރިކާ ގައި ވެސް ނަގާފައޭ ހުރީ ތަމެން ތިޔާ އުޅެނީ ވެރިކަން ނުލިބިގެން ގޮސް އަބަހައްދަވެފައޭ ތަމެން ތިޔާ ތިބީ ސީޓް ސިކްނެސް ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިފައޭ ތަމެން ތިޔާ ތިބީ އެކަމުގައި ބުއްދިފިލާ ގޮސްފައޭ މަމެން ބުނަން ނެތީމު ދޯ.

  12. ޗާލީ

    ކަރުދާހުގެ މައްސަލައެއްނުން ޖެހިގެން ތި އުޅެނީކީ، އިދިކޮޅަށް ވޯޓުލީމީހުން މާގިނަވެގެން ތިއުޅެނީ، 100 ފަހަރު ވޯޓުލިޔަސް ދެންވާނީ ވޯޓު މަދު، 2013 ގައި ޑރ ވަހީދުއަށް ލިބުނުވަރުވެސް ނުވާނެ، ހަހަހަހަ

  13. ޢަބްދުﷲ

    މައްސަލައެއް ބަލައި ދިނުމަށް އެދުމަކީ، ކޮންމެމީހަކަށްވެސް ޤާނޫނީގޮތުން ލިބިގެންވާ ޙައްޤެކެވެ. އެފަދަކަމެއްގައި ޒިންމާދާރު ޖަވާބުފުޅެއްވެސް އޮންނަށްވާނެއެވެ. އެހެނީ، ރައްޔިތުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށް ކޮށްފައިވާ ހުވާ އަދި މިއަދާއި ހަމައަށްވެސް ދެމިއޮންނާނެއެވެ. އެކަމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަނުވަނީސް ރައީސުލްޖުމުހޫރިއްޔާގެ މަޤާމުގެ ވާޖިބުތަކާއި ޙައްޤުތައް، ބާރުތަކާއި އިޚްތިޔާރުތައް ނިގުޅައި ގަނެވޭނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއްވިޔަސް ނޯންނާނެއެވެ. މިކަންކަމަށް ދެބަސްނުވެވޭނެއެވެ. މިއީ ހުރިހާއެންމެންވެސް ދަންނަކަންކަމެވެ.