ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި، ރާއްޖެ އޮތީ ސައޫދީ އަރަބިއްޔާއާ އެއްކޮށްކަން ހާމަކޮށްފިއެވެ.

ސައުދީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައި ހާޝޮގްޖީ މަޝްހޫރުވެފައިވާއިރު، އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވަނީ މި މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަތް ފަހުންނެވެ. ސައުދީ އަށް އުފަން ހާޝޮގްޖީ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ ރައްޔިތަކާއި ކައިވެނި ކުރަން ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ.

ހާޝޮގްޖީ ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ކޮންސިއުލޭޓުގެ ތެރޭގައި ސައުދީގެ 15 މީހުންގެ ޓީމަކުން ވެގެން އޭނާ މަރާލާފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް މި ވާހަކަތަކައް ސައުދީން އަންނަނީ ދޮގުކުރަމުންނެވެ.

ނޫސްވެރިޔާގެ މައްސަލައިގައި ސައުދީ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖެއިން ސައުދީ އަރަބިއްޔާއާއި އެކު އޮތްކަން ޔަގީންކޮށްދޭ ކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ބިރު ދައްކައިގެން ނުވަތަ ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިކޮށްގެން ވިޔަސް ގައުމެއްގެ އިސްތިގުލާލަށް ގެއްލުުންވާ ފަދަ ގޮތަކަށް ކުރާ ކޮންމެ ކަމަކާ ރާއްޖެއިން ދެކޮޅު ހަދާނެ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ގާނޫނާއި ގަވާއިދާއި ބައިނަލްއަގްވާމީ މުއާހަދާތަކަށް ސައޫދީ ސަރުކާރުން ތަބާވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ވެސް މި ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސައުދީ ކޮންސިއުލޭޓް ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލީ ސައުދީ އަރަބިއްޔާ އިންކަން ސާބިތުވެއްޖެނަމަ އެގައުމަށް ހަރުކަށި އަދަބު ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ވަނީ އިންޒާރު ދީފައެވެ. ނަމަވެސް އަޅާނެ ފިޔަވަޅެއް ޓްރަމްޕް ހާމަކޮށްފައެއް ނުވެއެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ރައްދު ދެމުން ސައުދީން ވަނީ އެގައުމާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކަށް އެއަށްވުރެ ވަރުގަދަ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ.

ކޮންސިއުލޭޓުގެ ތެރޭގައި ނޫސްވެރިޔާ މަރާލާފައިވާ ކަމުގެ ތުހުމަތު ކުރެވެމުންދާއިރު ތުރުކީން އަންނަނީ އެކަމާ ގުޅުންހުރި އޯޑިއޯ އަދި ވީޑިއޯ ހެކި ލިބިފައިވާ ކަމަށްވެސް ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑޮންޑޮން

    މަ ސައުދީއާ ދެކޮޅު

    • ރައްޔިތު

      މަ ސައޫދީއާ އެއްކޮޅު.

      • ލިބްރަލް މުސްލިމް

        އެކަމަކު މަ ސައުދީއާ ދެކޮޅޭ

      • ހަގީގަތް

        މަ އެމެރިކާއާ ދެކޮޅު! ހުރިހާޖަރީމާއެށް އިސްރާއިލްއާއެކު ހިނގާ އެކަންކަމުން ބޯދަމައިގަންނާނެ. މުސްލިމުން ބައިބައި ކޮށްގެންނޫނީ މިމީހުނަށް ކާމިޔާބުނުވާނެ. އެހެންވީމަ އެގިގޮތްގޮތުން އެކަން ހާސިލް ކުރަމުން އެދަނީ. ދޮގުހެކި ދިނުމާ ދޮގުހަބަރު ފެތުރައިގެން ލައްކަދުވަހު މުސްލިމުންގެ ބޯކައި ބައިބައި ކޮއްލުވައިފި. ބުއްދިވެރިންގެ ގޮތަކީ މިޔަހޫދީން ދައްކާ އެއްވެސް ވާހަކައެއް ގަބޫލް ނުކުރުން އަދި ކޮންމެހާލެއްގައިވިޔަސް މުސްލިމުން އެއްބައެއް ދިފާއުކޮށް އެކަތިގަނޑަށްވެ މިޔަހޫދީންގެ ބާރުކަޑުވާލުން.

        • ލަލަލާ

          ބަލަ ހަގީގަތަށް ނޭނގެނީތަ ތުރުކީ އޮތީ ސައުދީއާ ދެކޮޅަށްކަން؟ ކޮންމެކަމެއްވެސް ދީނާ ގުޅުވޭތޯ ބަލާ އަދިވެސް. މިހާރު ހެކިވެސް ފެނިއްޖެ.

    • ހަގީގަތް

      މަ އެމެރިކާއާ ދެކޮޅު! ހުރިހާޖަރީމާއެށް އިސްރާއިލްއާއެކު ހިނގާ އެކަންކަމުން ބޯދަމައިގަންނާނެ. މުސްލިމުން ބައިބައި ކޮށްގެންނޫނީ މިމީހުނަށް ކާމިޔާބުނުވާނެ. އެހެންވީމަ އެގިގޮތްގޮތުން އެކަން ހާސިލް ކުރަމުން އެދަނީ. ދޮގުހެކި ދިނުމާ ދޮގުހަބަރު ފެތުރައިގެން ލައްކަދުވަހު މުސްލިމުންގެ ބޯކައި ބައިބައި ކޮއްލުވައިފި. ބުއްދިވެރިންގެ ގޮތަކީ މިޔަހޫދީން ދައްކާ އެއްވެސް ވާހަކައެއް ގަބޫލް ނުކުރުން އަދި ކޮންމެހާލެއްގައިވިޔަސް މުސްލިމުން އެއްބައެއް ދިފާއުކޮށް އެކަތިގަނޑަށްވެ މިޔަހޫދީންގެ ބާރުކަޑުވާލުން.

  2. ޢާއިޝާ

    ޖަމާލް ޚާޝޮގްޖީ ގެއްލުން އެއީ ޝަރީޢަތުގެ އިންތަކުން ބޭރުވެގެން އެދިޔައީ. ނަމަވެސް މިހާރު ސިޔާސީ މީހުންގެ ރޭވުންތަކަކީ ވަރަށް ދުރާލާ ރޭވިގެން އަންނަ ކަންކަން. އެހެން ކަމުން އެމެރިކާ އާއި މިކަމާ ގުޅުމެއް ނެތޭ ބުނަން ވަރަށް ދަތި. ޚާއްސަކޮށް ސައުދީ ސަރުކާރުގެ ސެކިއުރިޓީ އާއި ހިމާޔަތްގެ ބަދަލަށް ކެނޑިނޭޅި ފައިސާއަށް ޓްރަމްޕް އެދެމުންދާތީ، ފައިސާ ގަނޑެއް ނުދީގެން އެމެރިކާ ސަރުކާރުން ސަޢޫދީގެ އިޤްތިޞާދު އަނދަވަޅަކަށް ވައްޓާލަމުން ގެންދާތީ، ކޮންމެ މުސްލިމު ޤައުމެއް އިދަޖައްސާލުމަށް ކާފިރުން އެއްބައިވާނެ، މޮޅެތި ސްޓްރެޓިޖީތައް ހަދައިގެން.

    • ހަގީގަތް

      މީހަގީގަތަކީ އެކަމު ގިނަމީހުނަކަށް އެކަމެށްނުވިސްނޭނެ. އަބަދުވެސް ހީވެފަ އޮންނާނީ އަމާޒްވާފަރާތޭ ކުއްވެރިއަކީ. ނަމަވެސް ގިނަފަހަރު ހަގީގަތް ބަލާއިރު އެކަމުގެ އަޑީގަވާނީ އެންމެ ބާރަށް އެކަން ކުއްވެރިކޮށް، ފިޔަވަޅު އަޅުއަޅަންގޮވާލާ އަދި އަސާސްއެށް ނެށްގޮތުގާ އެކަމަކާ ފިޔަވަޅު އަޅާ ޔަހޫދީންނާ އެމީންގެ އަސާސްތަކަށް ތަބާވާ ބައިގަނޑު.

  3. މެޑަމް

    މަ ވެސް ސައުދީ އާއި ދެކޮޅު

  4. މަރީ

    މަ ސައޫދީއާެި އެއްކޮޅު