ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ހިއްކާފައިވަ ބައިން ދިނުމަށް ނިންމާފައިވާ 400 ގޯއްޗަށް އެދި ފޯމް ހުށަހެޅުމާއި ބަލައިގަންނާނެ ދުވަހެއް އަދި ކަނޑަނާޅާކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ކުރިން ހައުސިންގ މިނިސްޓްރީން ކުރަމުންދިޔަ އެ މަސައްކަތް އެޗްޑީސީގެ ދަށަށް ބަދަލުކޮށް، އެޗްޑީސީ މެދުވެރިކޮށް ފޯމް ދޫކުރުމާއި، ބަލައިގަތުމުގެ ކަންތައް ކުރިއަށްގެންދަން ހަވާލުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.

އެޗްޑީސީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ މަސައްކަތް ކުރިއަށްގެންދާނީ، 400 ގޯއްޗަށް މިހާތަނަށް އެދިފައިވާ މީހުންވެސް ހިމެނޭ ގޮތަށް ކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީން މިހާތަނަށް ދޫކޮށްފައިވާ ނަމްބަރުތަކުގެ ކިއު ތަރުތީބުން ކަމަށެވެ.

އެޗްޑީސީގެ އޮފީޝަލަކު މިއަދު ވިދާޅުވީ، އެ ފޯމްތައް ދޫކުރާނެ ތާރީހެއް އަދި ނިންމާފައި ނުވާ ކަމަށެވެ. އަދި އެ މައުލޫމާތުތައް ހިއްސާ ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޗްްޑީީސީގެ އެ ބަޔާނުގައި ބުނެފައި ވަނީ، ގޯއްޗަށް އެެދި އިތުރު ފޯމްތައް ހުށަހެޅުމަށް ރައްޔިތުންނަށް ފުރުސަތު ދެވޭނެކަމަށެވެ. އަދި މިގޮތަށް ހަމަޖެއްސެވީފޯމް ހުށަހެޅުމުގައި ރައްޔިތުންނަަށް ލުރި ފަސޭހަގޮތެއް ހަމަޖެއްސުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑެ

    ތިކަމަށް ގޮތެއްނިންމޭނީ އިންތިހާބު ކަންތަކުގަ ކޯޓުން ވަކިއެއްޗެއް ވިދާޅުވުމުން. ޔާމީން ކޮޅަށް ނިމިއްޖެނަމަ ހަނދާން ނައްތާލާ. އިބޫ ކޮޅަށް ނިމިއްޖެނަމަ ގޯތިކޮޅު ބަހާނަން..