ރައީސް އަބްދުﷲ ޔާމީންގެ ގަރާރަކުން، ސިފައިންގެ ކުންފުންޏެއް އުފައްދައިފިއެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ "ސިފައިންގެ އެކުވެރި ކުންފުނި ލިމިޓެޑް" ގެ ނަމުގައި ރައީސް ޔާމީން މިއަދު ކުންފުންޏެއް އުފައްދަވާފައިވާ ކަމަށެވެ.
މި ކުންފުނި އުފެއްދުމުން ސިފައިންގެ ވެލްފެއާ އާއި މާލީ ކަންކަން އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސްގެ ގަރާރުގައި ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ ސިފައިންގެ ވެލްފެއާގެ ކަންތައްތައް ކުރި އެރުވުމަށް ކުރަންޖެހޭ ވިޔަފާރިތައް ކުރުމަށްޓަކައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރު ކުންފުންޏެކެވެ.
އެ ކުންފުނީގެ ދަރަންޏަށް، ޝައުޢީ ބޭނުންތަކަށާއި، އެހެން ހުރިހާ ހާލަތެއްގައިވެސް، ދިވެހި ސަރުކާރުން ޒިންމާވާނީ، ކުންފުނީގެ ހިއްސާއިން އުފެއްދުމަށް ކަނޑައަޅާފައިވާ ރައުސުމާލުގެ ތެރެއިން އެއްވެސް މިންވަރެއް، ސަރުކާރުން ބުނެވިދިޔަ ކުންފުންޏަށް ދައްކާފައި ނުވާނަމަ، އެ މިންވަރަކަށް ކަމަށް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
އަދި ކުންފުނީގެ ހުއްދަ ކުރެވިފައިވާ ރައުސުމާލަކީ 10 ރުފިޔާގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިއަން ރުފިޔާ ކަމަށް ވެސް ރައީސްގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރުން އެ ކުންފުންޏަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ގާނޫނު ހުއްދަ ކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމާއި، އެ ކަންކަމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށްވެސް އެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
މިހާރުގެ ޗީފް ޝިޔާމު އަނެއްކާ އަނެއް ލާރިގަނޑު ކާލާނެ މޮޅު ގޮތެއް ހޯދީ ދީ ޔާމީނު ބޮލަށް ޗިޕެއް ޖަހާގެން. ކުރިންވެސް ސިވެކު ނަމުގަ ކުންފުންޏެއް ހަދާގެން އެނޫން ކަމެއް ނުކުރޭ. މުޅި ސިފައިގެންތެރެ ފަސާދަކޮށް ލާރި ކެއުން ކަމަކީ.
ގަޅިވާހަކަ ނުދައްކާ. ސިފައިން އިންކަމް ލިބޭނެ މަސައްކަތް ކުރަން އެތައްޔާރުވަނީ. ހަމަ އެކަނި މުސާރަ ނަގާ ބަޔަކަށް ސިފައިން ވެފައި ތިބީމަ، ބައެއް މީހުން ސިފައިންގެ އަދަދު ކުޑަކުރަން އެވިސްނަނީ.
ރާއްޖޭގެ ސިފައިންނަކީ ލަވަކުޅެ، ފިލްމުކުޅެ، މުބާރާތް ބާއްވަން ބަޖެޓުކަނޑައަޅާފަ ތިބޭ ބައެއް.
ސިފައިންނަކީ އެހެން ގައުމުތަކުގަވެސް މުސާރަނަގައިގެން ޖާނުދީގެން ގައުމު ދިފާއުކުރާ ބަޔެއް.. މިތާ ތިބޭ ސިފައިންނައް ޖެހެނީ ޖަވާހިރު ކާންދޭން ދޯ.. ޒިންމާ ނަގަން ނުކެރޭނެކަ ޔުނީފޯކު ބާލާފަ ގެޔައް ދޭބަލަ އެންމެން.. ގޮސް ރުކައް އަރާބަލަ ލާރި ތިހާ ބޭނުމިއްޔާ..
ތިޔައީ މިގައުމުގެ ހަލާކު. ރައިސުލް ޖުމުހޫރިއްޔާގެ ކުންފުންޏެއްވެސް އުފައްދަން މަމެން ތާއީދު.
ގަނެލަނީ
މަވެސް ތާއީދު ރައިީސުލް ޖުމްހޫރިއްޔާގެ ކުންފުންޏެއް އުފައްދަން
އޭރަކު ރައީސަކަށް ހުންނަމީހެއްގެ ކުންފުންޏެއް ނޫންތަ މިދިވެހިގައުމަކީ؟ އަހަރެން ހީކުރަނީއެހެންކަމަށް އެކަންއޮންނަނީ.
ޝިޔާމުތީ ޔާމީނު ވެރިކަން ވައްޓާލަން ޑިލް ހަދަން އުޅުނުމީހެއް. ސިފައި ލައްވާ ގައިރު ގާނޫނީ ކަން ކަން ކުރުވާ ރާވާ މޭސްތިރި ތީ.
ގައުމު ތަރައްޤީ ކުރަން އެދޭ މީހާ ފައިސާ ހޯދާނެ ގޮތްތަކެއް ހަދާނެ. މާދަމާ ޔާމީނު ރައީސް ކަމުން ވަކިވާއިރު، ތިކުރެއްވި ކަމަކީ ބޮޑުތަކުރުފާނަށް ވެރިކަން ލިބުނީމަ ލަޝްކަރީންނަށް ކޮށްދެއްވިފަދަ ކަމެއް. ޝުކުރިއްޔާ
ސިފައިން ހައްދަނީ ދޯ..
ރައީސް ޔާމީން ޖަލުން. ނުކުންމީތައް
ރައީސް ޔާމީން ޖަލުން މިނިވަން ކޮއް ޖަލުން ނުކުމީތައް