ރައީސް ޔާމީން ގާނޫނީ ވަކީލު ރޭނިސް ސަލީމް - ވަގުތު އިމޭޖެސް: މުހައްމަދު ޖިމީ

ރިޔާސީ އިންތިޚާބު ބާތިލް ކުރުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިޖުރާޢީ ގޮތުން ފާހަގަ ކޮށްފައިވާ ކަންކަމާ މެދު މިއަދުވެސް ގޮތެއް ނުނިންމާ އަޑުއެހުން ނިންމާލައިފިއެވެ.

މި މައްސަލައިގެ އިޖުރާއީ ކަންކަމާ ގުޅޭގޮތުން މިއަދު 13:30 ގައި ބޭއްވި އަޑުއެހުމުގައި ގޮތެއް ނިންމާނެ ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން މިހާރު ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައި ބާއްވާ އަޑުއެހުމުގައެވެ.

ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ ސިއްރު ހެކިން ޝަރީޢަތައް ބަލައި ގަތުމާއި އަދި މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދިއުމާއި މެދުއެވެ.

އިޖުރާއީ ކަންކަމަށް ގޮތް ނިންމުން މާދަމާއަށް ފަސްކުރެވުނުއިރު، ސިއްރު ހެކިންގެ ހެކިބަސް ނެގުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދުގެ ޝަރީއަތުގައި ވަނީ އިންކާރު ކުރައްވާފައެވެ. ސިއްރު ހެއްކަށް އިންކާރުކޮށް އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ހުސައިން ޝަމީމް ވިދާޅުވީ، މިއީ ދުސްތޫރީ މައްސަލައަކަށްވެފައި، މިކަމުގައި އެތައް ރައްޔިތުންތަކެއްގެ މަސްލަހަތު އެކުލެވިފައިވާތީ މި މައްސަލައިގައި ސިއްރު ހެކިންތަކެއްގެ ހެކިބަސް ނެގުމަށް އެ ކޮމިޝަނުން އިންކާރު ކުރައްވާ ކަމަށެވެ.

ސިއްރުން ހެކިބަސް ދޭންޖެހޭނެ ސަބަބެއް ނެތްކަމަށް ވިދާޅުވެ އީސީގެ ވަކީލް ޝަމީމް ވިދާޅުވީ، ހެކިވެރިންނަކީ ޖިނާއީ ކުށްތަކެއް ކުރުމުގައި ބައިވެރިވެފައިވާ ފަރާތްތަކެއްކަން، ޒާތީ މަޢުލޫމާތު އުނިކުރުމަށްފަހު ހުށަހަޅާފައިވާ ބަޔާންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ސިއްރު ހެކިވެރިންގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ސިއްރުން ހެކިބަސް ނެގުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ހެކިބަސް ނެގުމަށް އިލެކްޝަންސް ކޮމިޝަނުގެ އިތުރުން މައްސަލައަށް ތަދައްހުލްވެފައިވާ ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ ވަކީލުންވެސް ވަނީ އިންކާރު ކުރައްވާފައެވެ.

ހެކިބަސް ނެގުމަށްވެސް އިންކާރު ކުރައްވަމުން ހިސާން ހުސައިން ވިދާޅުވީ، ހެކި ހުށަހަޅާފައިވަނީ މައްސަލައިގައި ހިމެނޭ ޖިނާއީ ކަންތައްތަކެއް ސާބިތު ކުރުމަށްޓަކައި ކަމަށްވާތީ ހެކި ހާޒިރު ކުރުމަށް އިންކާރު ކުރައްވާ ކަމަށެވެ. ހިސާން ވިދާޅުވީ، ޤާނޫނު އަސާސީގެ 223 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު، ޖިނާއީ ތަހްޤީގު ހިންގުމަށް އަމުރު ކުރުމަކީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ލިބިގެންވާ ބާރެއް ކަމަށާއީ، ޕީޖީ އިންކާރު ކޮށްފި ހާލަތެއްގައި މެނުވީ މަތީ މަރުޚަލާތަކަށް ހުށަނޭޅޭނެ ކަމަށެވެ. އަދި ޖިނާއީ ތަހްޤީގެއް ހިންގުމަކާ ނުލައި މިގޮތަށް ހެކި ހާޒިރު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް ހިސާން ވިދާޅުވީ، ހެކިން ހާޒިރުކޮށް ހެކިބަސް ނެގުމަށް ސްޕްރީމް ކޯޓުން ނިންމާ ޚާލަތެއްގައިވެސް ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ވަކީލުން ވިދާޅުވާ ނުރައްކާތެރިކަން އެމަނިކުފާނުގެ ވަކީލުންނަށް އަދި އެފަދަ ގޮތަކަށް ހުކުމެއް ކުރައްވާނަމަ އެ ހުކުމެއް ކުރައްވާ ފަނޑިޔާރުންނަށްވެސް އޮންނާނެއިރު ހެކިބަސް ސިއްރުން ނެގޭނެ ޖާގަ ނެތް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓް ކަރުދާސް އެމް-7 އިން ޗާޕް ކޮށްފައިވާކަމަށްބުނެ ރައީސް ޔާމީންގެ ފަރާތުން މި މައްސަލައިގައި ފާހަގަކުރައްވާ ނުކުތާއަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ޝަމީމް ވިދާޅުވީ، ވޯޓް ކަރުދާސް ޗާޕް ކޮށްފައިވަނީ މާލިއްޔަތު ޤަވާއިދާ އެއްގޮތަށް ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކުގައި ކަމަށާއި، މި މައްސަލަ ފުރަތަމަ ހުށަހަޅަންޖެހޭނީވެސް އޭސީސީއަށް ކަމަށެވެ. އަދި އެމް-7 ގެ ޕްރޮފައިލްގެ ގޮތުގައި ހުށަހަޅުއްވާފައިވާ ލިޔުމުގައި ރެޖިސްޓްރަރ އޮފް ކޮމްޕެނީ ސޮއި ކުރައްވާފައި ނުވާކަމަށާއި، އިތުރަށް ވޯޓް ކަރުދާސް ޗާޕް ކޮށްފައިވާކަމުގެ އެއްވެސް މައްސަލައެއް ހުށަހެޅިފައި ނެތް ކަމަށެވެ.

ވޯޓް ލީ ދުވަހުގެ ކުރީ ރޭ އިރާކޮޅު 09:30 ހާއިރު އިންތިޚާބީ ކޮމްޕްލެއިންޓްސް މައި ބިއުރޯ ދަރުބާރުގެއަށް ބަދަލުކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ ބިއުރޯއިން އިންޓަނެޓާއި، ޕްރިންޓުގެ ޚިދުމަތާއި، ފޯން ލައިންގެ ޚިދުމަތުގެ އިތުރުން ފެކްސް މެޝިންގެ ޚިދުމަތްވެސް ކެނޑިފައިވާ ކަމަށާއި، ވޯޓް ލީ ދުވަހުގެ މެންދުރު ފަސްވުމާ ހަމައަށް ކަންކަން ދިޔައީ މިކަހަލަ ގޮތަކަށް ކަމަށްބުނެ ރައީސް ޔާމީންގެ ވަކީލުން ވަނީ ވަރަށް ބޮޑަށް ރާވައިގެން އިންތިޚާބު އޮޅުވާލާފައިވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ތުހުމަތު ކުރެއްވީ ކޮމްޕްލެއިންޓްސް ބިއުރޯ ހުއްޓުމަކަށް ގެނެސްފައިވަނީ އިންތިޚާބީ ޝަކުވާތައް މަދުކޮށް ޝައްޚަ އިންތިޚާބެއްކަން ދައްކަން އިލެކްޝަންސް ކޮމިޝަނުން ރޭވިގެން މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ. މި ވާހަކަތަކަށް ރައްދު ދެއްވައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ޝަމީމް ވިދާޅުވީ، ކޮމްޕްލެއިންޓްސް ބިއުރޯ ބަދަލުކޯށްފައިވަނީ އިއުލާންވެސް ކުރެވިގެން ކަމަށާއި، ޕީޕީއެމް އިންވެސް 10 މައްސަލައެއް އެދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެތަނަކީ ފޮޓޯ ކޮޕީ ނެގުމުގެ ޚިދުމަތް ދޭތަނެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިތުރަށް ޝަމީމް ވިދާޅުވީ، ކޮންމެ އިންތިޚާބަކަށް ފަހުވެސް މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރައްވާ ކަމަށާއި، ސުލާކީ މައްސަލައަކާ ގުޅިގެން އެއް މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ޝަމީމް އެ މައްސަލައިގެ ތަފްސީލަށް ވަޑައިގަންނަވާފައެއް ނުވެއެވެ.

މީގެ އިތުރުން ސެކިއުރިޓީ ފީޗަރސްތަކާ ގުޅިގެންނާއި، ހުޅުމާލޭގައި ބެހެއްޓި ވޯޓް ފޮށްޓެއްގެ ނަތީޖާއާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ރައްދު ދެއްވާފައެވެ. މީގެ އިތުރުން ރައީސް ޔާމީން ހުށަހެޅުއްވި ކަންކަމަށް މައްސަލައަށް ތަދައްހުލްވެފައިވާ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މަޢުމޫންގެ ވަކީލުން ވަނީ ރައްދު ދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި މައްސަލައިގައި ރައީސް ޔާމީން ހުށަހެޅުއްވި އިޖިރާއީ ކަންކަމަށް ގޮތެއް ނިންމަވާނީ މާދަމާގެ އަޑުއެހުމުގައި ކަމަށް މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައިވާއިރު، މާދަމާގެ އަޑުއެހުމަކީ މި މައްސަލައިގެ ފަހު އަޑުއެހުން ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މާދަމާގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 10:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޭކާރު ވަގުތު

    ޔާމީން އެ އުޅެނީ ވޯޓު ލުމުގަ މައްސަލައެއް އޮވެގެނެއްނޫން އެ އުޅެނީ ދައުރު ހަމަ ވުމުގެ ކުރިން ވެރިކަމުން ދުރުކޮށްފާނެތީ ސްޕްރީމް ކޯޓުން މެމްބަރުންގެ މައްސަލަ ބެލިޔަނުދީ ބޭކާރު ވަގުތާ ދައުލަތުގެ ފައިސާ އިސްރާފުކުރުމަށް ޔާމީނަށް ޔަޤިންވަނީ 12 މެމްބަރުން މިނިވަން ވެއްޖެނަމަ ޔާމީނުގެ ވެރިކަން ނިމުމުގެ ކުރިން އެތަށް ކަންތައްތަކަކަާ ކުރިމަތިލާން ޖެހޭނެކަން އެހެންކަމަށްވާތީ މެމްބަރުންގެ މައްސަލަ މަޑުޖެއްސުމަށް ހިންގާ ޖަރީމާއެއް މިހިންގަނީ

    • 12 މެމްބަރުން އެ ތިބީ އެމީހުން ހޮވި ރައްޔިތުންނަށް ހަރާން ކޯރުވެފަ. އެމީހުންގެ ގޮނޑި ލިބިގެން ނުވާނެ. ތީ ތިއޮއް ކިނބޫ ހޮވޭ ފަހުން ޕޕމ އާ ގުޅުން ފަދަ ކަމެއް.

  2. ދޮގު ހެކި ދޭ މީހުން ބިރުވެތިވޭ.. ކަލަކު ވޮޑިގެންވާކަން ހަނދާން ކުރޭ

  3. ރައީސް ބަލި ގަބޫލުކުރެއްވީ އިހްތިރާމް ކުރެއްވުމަށް، ހައްގު ދޫކޮށްލެއްވީއެއް ނޫން ކަމަށް ރައީސް ގެ ވަކީލް ވިދާޅުވާނަމަ އެކަން އެނިމުނީއޭ ރާއްޖޭގެ އެއްވެސް ގާނޫނެއް ގައި ނޯންނާނެއޭ ބަޔާން ކޮށްފައި ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކުރުމަށް ފަހު އެ އިންތިޚާބުގައި ވޯޓް ގައި މަކަރާއި ހީލަތް ހަދާފައި ހުރި ނަމަ އެ ބަލި ގަބޫލުކުރުން އަނބުރާ ނުގެނެވޭނެ ކަމަށް ނޯންނާނެއޭ އެފަދަ ގާނޫނެއް އަދި ހައްގަކީ އެމީހަކަށް އިންތިޚާބުގައި ވޯޓް ލިމީހުންގެ ހައްގު ވަގުވޯޓް އިން ދަމައިގެންފައިވާ ނަމަ އެފަދަ ހައްގެއް ހޯދަން ކޯޓަށް ދެވޭނެއޭ އެއީ ކުރަން ޖެހޭނެ ކަމެކޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...

  4. ކޯޓުން އަވަސްކުރަންވީ 12 މެންބަރުންގެ މައްސަލަ