ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

މައްސަލައިގައި އިއްޔެ ބޭއްވި ފުރަތަމަ އަޑުއެހުމެކޭ އެއްގޮތަށް މިއަދުގެ އަޑުއެހުމުގައިވެސް އިލެކްޝަންސް ކޮމިޝަނުން އަދި މައްސަލައަށް ތަދައްހުލް ވެފައިވާ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވިދާޅުވަމުން ގެންދެވީ މި މައްސަލައަކީ ސްޕްރީމް ކޯޓުން ބެލޭނެ މައްސަލައެއްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ، ސްޕްރީމް ކޯޓުން ކުރަންޖެހޭނެ ތަހްޤީގެއް ނޯންނާނެ ކަމަށާއި، މައްސަލަ ތަހްޤީގު ކުރަންޖެހޭނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގުމަށް ކަމަށެވެ. އަދި މައްސަލަތައް ތަހްޤީގު ކުރަންޖެހޭނީ ޕޮލިސް ސަރވިސް އިން ކަމަށާއި، އެ މުއައްސަސާއިން ނުބަލައިފިނަމަ ހުށަހަޅަންޖެހޭނީ ޕީޖީއަށް ކަމަށެވެ. އަދި ޕީޖީ އަށް ހުށަހަޅައިގެން މައްސަލަ ބަލައި ނުދީފި ހާލަތެއްގައި ޕީޖީގެ ލިޔުމާ އެކުގައި ނޫން ގޮތަކަށް މި މައްސަލަ ތަހްޤީގު ކޯށްދިނުމަށް އެދި ސްޕްރީމް ކޯޓަށް ހުށަ ނޭޅޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ރައީސް ޔާމީން މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ބާރު ކަނޑުވާލާފައިވާ ކަމަށާއި، ޤާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ދަށުންވެސް މި މައްސަލަ ސްޕްރީމް ކޯޓަށް ބެލޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ސްޕްރީމް ކޯޓުން މި މައްސަލަ ބަލާނަމަ އިންތިޚާބީ ޝަކުވާގެ ނިޒާމްގެ ބާރު ކެނޑިގެންދާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

މައްސަލައަށް ތަދައްހުލްވެފައިވާ ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ވަކީލް ހިސާން ހުސައިންވެސް ވިދާޅުވީ، މި މައްސަލަ ސްޕްރީމް ކޯޓަށް ނުބެލޭނެ ކަމަށެވެ. ހިސާން ވިދާޅުވީ މި މައްސަލައަކީ އިންތިޚާބީ ޝަކުވާއެއް ކަމަށާއި، ޤާނޫނު އަސާސީގެ 113 ވަނަ މާއްދާގެ ދަށުންވެސް ސްޕްރީމް ކޯޓަށް ހުށަހެޅޭނީ ޚާއްޞަ ކަންކަން ކަމަށެވެ.

ރައީސް ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަކާލާތު ކުރައްވާފައިވަނިކޮށް، އިދިކޮޅު ފަރާތްތަކުގެ ވަކީލުންވެސް އެ މޭރުމުން ވަކާލާތު ކުރައްވަން ފެއްޓެވުމުން އުއްތަމަ ފަނޑިޔާރު ވަނީ މިއަދުގެ އަޑުއެހުމުގައި އެގޮތަށް ވާހަކަ ދެއްކުން ހުއްޓުވާފައެވެ.

ހިސާންގެ ވާހަކަފުޅު ހުއްޓުވުމަށްފަހު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، "އިހްތިޞާސް ނެތް މައްސަލައެއް ސްޕްރީމް ކޯޓުން ބަލައި ނުގަންނަނާނެ" ކަމަށާއި، މި މައްސަލައަކީ ސްޕްރީމް ކޯޓުން ބެލުމުގެ ބާރު ލިބިގެންވާ ދުސްތޫރީ މައްސަލައެއް ކަމަށެވެ. އަދި މައްސަލަ ކޯޓަށް ބަލައިގަނެ ކުރިއަށްދަނީ އިޖުރާއީގޮތުން ބަލަންޖެހޭ އެންމެހާ ކަންކަމަށް ބެލުމަށްފަހު ކަމަށާއި، މި މަޢުލޫއަށް އިތުރަށް އެއްވެސް ފަރާތަކަށް ބަހުސް ކުރުމަށް ފުރުޞަތު ދެވެން ނެތްކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ މި އެންގުމާއެކު ހިސާން ވަނީ ދައްކަވަމުން ގެންދެވި ނުކުތާ އިތުރަށް ކުރިއަށް ނުގެންގޮސް މައްސަލައާ ގުޅޭގޮތުން އެހެނިހެން ވާހަކަތައް ދެއްކުމާއިގެން ކުރިއަށް ވަޑައިގެންފައެވެ. އަދި އެއަށްފަހު އެހެން ފަރާތްތަކުންވެސް މިކަމާ މެދު ސުވާލު އުފައްދަވާފައެއް ނުވެއެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށްބުނެ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން މިއަދު ކުރިއަށް ގެންދެވިއިރު، އިޖުރާއީ ގޮތުން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަންކަމަށް ގޮތެއް ނިންމަވާފައެއް ނުވެއެވެ. އެކަންކަމަށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައި ބާއްވާ މި މައްސަލައިގެ ތިންވަނަ އަޑުއެހުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ފަތާ ހުސެން

    އެއޮތީ ބޮޑުތަނުން ކައިފަ ދެން ހުރިހާ ރައްޔިތުން ބަލަންތިބޭ ޔާންޓޭގެ ކޮޅަށް ނިންމާތަން .......

  2. ފާތުން

    އުއްތަމަ ފަނޑިޔާރޫ.... އިހުތިސޯސްތައް އޮޅާލާ، އިންތިހާބު ދިރުވާލާ.......

  3. ާމަންޖެ

    ދެންލަލަލާ

  4. ހުކުމްތަކަށްފަރުވާ

    ގާނޫނެއް އޮތަސް ނެތަސް ބެލޭނެ

  5. ޙައްވަ

    ބޮޑުކަމެއް. މިނިވަން ކަމެއްނެތް.????

  6. އުތުޕަޑިޔާރު

    ދެން ޢަބްދުﷲ ދީދީ ޔަމީނާ ދެމީހުންވެގެން ތިޔަ ހަލުވާ ހެލުވުންގަޑު ނިކަން ނިންމާފަ އިންތިޚާބު ބާތިލު ކުރަގަ. އަހަރެމެން ދެވަނަފަހަރު އަދި ތިންވަނަ ފަހަރުވެސް ހަމަ ވޯޓުން ތިޔަަ ޔާމީނު ބަލިކުރާނީ. ވަރިހަމަ 24 ގަޑިއިރު ކޮޅަށް ތިބެގެން ވޯޓް ލާންޖެހުނަސް. ހަމަ ވޯޓުލާން ދާނަން. ގޮސް ހަމަ ވޯޓް ލައިގެން ޔާމީނު ބަލި ކުރާނީ.

  7. ވަހީދު

    ނުބެލޭނެ މައްސަލައެއް ކޯޓުން ބަލައިނުގަންނާނެ. އިނދިކޮޅުން ބޭނުންވަނީ މައްސަލަ ހައިކޯޓުގައި ބަލަން. އެއިރުން އިންތިޚާބު ބާތިލު ނުވާނެތާ؟

  8. ޖޮއްބެ

    އެއީ ތެދެއް. ތިޔަ މައްސަލަ ހަމަ އެކަނި ބެލޭނީ އެމްޑީޕީ އިން މީގެ ދުވަސްކޮޅެއް ކުރިން އުފެއްދި މަގުމަތީ ކޯޓުންނެވެ. އެއީ ސުޕްރީމް ކޯޓަށްވުރެވެސް މަތީ ކޯޓެކެވެ.

  9. ދިސްވޭއޭ

    ރިޔާސީ އިންތިޚާބުގެ ބަލި ގަބޫލުކޮށްފައި އެގަބޫލުކުރި ކުރުން އަނބުރާ ގެންދެވޭނެއޭ ރާއްޖޭގެ އެއްވެސް ގާނޫނެއް ގައި ނޯންނާނެއޭ އިންތިޚާބުގައި ބައިވެރިވި ކެންޑިޑޭޓަކު އޭނާ އިންތިޚާބުގައި ބައިވެރިވެ ނަތީޖާ އިއުލާން ކުރުމުން އޭނާ ބަލި ގަބޫލުކުރާ ކަމަށް ބުނެ އެމައްޗަށް 7 ދުވަސް ވާއިރު އިންތިޚާބުގެ ނަތީޖާ އަކީ އެއީ ހަގީގީ ނަތީޖާ އެއް ނޫންކަން އެނގި އިންތިޚާބުގައި ވޯޓް އިން ވައްކަން ކޮށްފައިވާ ކަން އެނގިއްޖެނަމަ އެ އަނބުރާ ގެންދެވޭނެއޭ އެހައްގަކީ ނިގުޅުވައިގަނެވޭނެ ހައްގެއް ނޫނޭ އިންތިޚާބުގައި ބަލި އަދި ގަބޫލުކުރި ކަމަށް ކެންޑިޑޭޓް އެއްބަސްވިނަމަވެސް...

  10. Anonymous

    ލާދީނީ ބައިގަނޑޫ. ބިރުން ތެޅިނުފޮޅެބަލަ. ކަލޭމެންގެ ތހާ މީހުން ގިނައިއްޔާ ވޯޓުން ބަލިކޮށްބަލަ މަކަރު ނުހަދާ. ހަޖަމް ނުވިޔަސް ތީ ބޮޑުވަރު

  11. ތިލަދުންމަތި

    65000 އިންތިހާބު ބޭއްވިޔަސް ޔާމީނު ބަލިކުރާނަން

    • Anonymous

      މަކަރު ނުހަދާ ކުރައްޗޭ..

  12. ލާމު

    ދުސްތޫރީ މައްސަލައަކީ ކޮބާ

  13. އަލީ

    ރީދޫބައިގަޑު ތަބާވާ އެއްތަނެއްވެސްނެތް ދީނެއް މަޒުހަބެއް މިއްލަތެއްވެސް ނެބައެއްތީ ސުޕީމް ކޯޓްގެ ކައިރިއަށްދާ މީހުންގެ މޫނަށް ބަލާއިރު ހައްތާވެސް ތިބީ ދެބައި އުރުންމަތީގެ ބޮލުގައި ނުރަޖަހައިފައިވާ ގޮތެއްފޮތެއްނެތް ލޭމައްޗަށްދާ މީހުން ހަމަގައިމުވެސް ޓީވީ އިން ދައްކާ މަންޒަރުތަކުން ފެންނަނީ މި މަންޒަރު!