ބައްޕައަށް އިންޒާރުދީ ބިރުދެއްކުމުގެ މައްސަލައެއްގައި ތޮއްޑޫއިން 14 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ބައްޕައަށް ބިރުދެއްކި މައްސަލައެއްގައި މީގެ ދެ ދުވަސްކުރިން ތޮއްޑޫއިން ކުޑަ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެކުއްޖާ އަދިވެސް ހުރީ ހައްޔަރުގައި ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި 14 އަހަރުގެ ފިރިހެން ކުއްޖާ އޭނާގެ ބައްޕައަށް ބިރު ދައްކާފައިވަނީ، ދާދި ފަހުން ރަށުން ހިނގި ވައްކަމުގެ މައްސަލައެއްގައި އެކުއްޖާ ޝާމިލުވާތީ އެކަން ފުލުހަށާއި ޖެންޑާއަށް އަންގާނެ ކަމަށް އޭނާގެ ބައްޕަ ބުނުމުމުން އެމަކާއި ހިތްހަމަ ނުޖެހިގެންނެވެ. އަދި ބައްޕަ މަރާލާނެ ކަމުގެ އިންޒާރު އެކުއްޖާ ދިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ތޮއްޑޫގެ ބައެއް މީހުންވެސް ބުނާގޮތުން ބައްޕައަށް އިންޒާރު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުޑަކުއްޖާއަކީ މީގެ ކުރިންވެސް ގިނަ ކުށްތަކެއްގައި ޝާމިލުވެފައިވާ ކުއްޖެކެވެ.

ބައްޕައަށް ބިރުދައްކައިގެން 14 އަހަރުގެ ކުޑަ ފިރިހެންކުއްޖަކު ހައްޔަރުކޮށްފައިވާއިރު، ކުށްތަކުގައި ކުޑަކުދިން ޝާމިލުވާ މިންވަރު ދަނީ އިތުރުވަމުންނެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ވަޅިން ހަމަލާދީ ކުޑަކުއްޖަކުވެސް މަރާލާފައެވެ. އަދި މި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ބޮޑެތި މާރާމާރީތަކާ ގުޅިގެންވެސް ފުލުހުން ވަނީ 18 ނުފުރޭ ތިން ކުދިންވެސް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބައްޕަ

    ދެރަވަރުގެ ކަންނަން ތިހުންނަނީ !! ދެރަވޭ ދަރިން އުޅޭ ގޮތުން !!

  2. ކުޑަކުއްޖާ

    ބަލަ ބައްޕައަށް އިންޒާރު ދިނީކީނޫން. 14އަހަރުގެ ކާފަ ބައްޕައަށް އިންޒާރު ދިނީ! އެހެންޠާ ފަހެ ކުޑަކުދިން މައިންބަފައިންގެ ބޯމަތިން ފުންމާނެތަ؟ އެވާނީ އެ ފިރިހެންމީހާގެ ބަފަޔަށް!

  3. ހަސަން

    އަނެއްކާ ފްލައިޓް ޑައިވާޓް ކުރަން ނުޖެހޭނެބާ؟

  4. ޖަސް

    18 އަހަރުން ދަށުގެ "ކުޑަކުދިން" ދޯ.

  5. ައަގަލު

    ޢެކަމަކު ފްލެޓް ފޯމް ފުރާއިރު ދަރިންގެ ބައިން މިކުއްޖާގެ ނަންވެސް ޖަހަންވާނެ ތާއެވެ.އާފަހެ މާކުސް ވިއްޔާއެވެ.