ޕީޕީއެމް ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެއެވެ.

އެގޮތުން މިއަދު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަކީ އިސްލާމް ދީނަށް ހަޖޫޖަހާ ބޭފުޅެއް ކަމަށް ކުރިން ވިދާޅުވުމަށްފަހު މިއަދު އެމަނިކުފާނުގެ ކިބައިން ނަމޫނާ ލިބިގަތުމަށް ބުނުން ވާނީ ޖޯކަކަށް ކަމަށެވެ.

"އިސްލާމްދީނަށް ހަޖޫ ޖަހާ ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް، ކީރިތި ޤުރުޢާނުގައި ހުރި ހުކުމްތަކަށް ފާޅުގައި ދެކޮޅު ހަދާ، އަދި އެއީ އިސްލާމީ ޤައުމެއްގައި ވެރިކަން ކުރުމަށް ކުފޫ ހަމަނުވާ މީހެއްކަމަށް ތިމަންނާ އަމިއްލައަށް ބުނެފައި، މިއަދު އޭނާގެ ފަރާތުން ހިތްވަރު ލިބިގެން، ދީނޭ ކިޔައިގެން ވާހަކަ ދެއްކުމަކީ ޖޯކެއް،" އަބްދުއްރަހީމް ކުރެއްވި ޓްވީޓުގައި ވެެއެވެ.

އަބްދުއްރަހީމް އެ ޓްވީޓު ޑރ. ޖަމީލަށް އަމާޒުކޮށްފައިވަނީ ރޭ ވީޓީވީގެ ޕްރޮގްރާމްއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ޑރ. ޖަމީލް ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ. އެ ޕްރޮގްރާމްގައި ޑރ. ޖަމީލް ވަނީ "ރައީސް ޔާމީންގެ އަނިޔާވެރިކަން" ކަރުނަ އާއި އެކު ހިއްސާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ހިނި

  ނަޝީދުގެ ހުރިނުލަފާކަން ޖަމްބެ ހަނދާންނެތުނީ އެއަށްވުރެ ނުލަފާމީހަކާޖެހުނީމާކަން ޔަގީން!

 2. ޢީސަދަރި

  ތީ ހަމަ ތެދު. ރުހެންޏާ އޯކޭ!

 3. މެޑަމް

  ޢަބްދުައް ރަހީމް ހަދާ ހިސާބު ވެސް މީހުންނަށް ވީ ޖޯކަކަށް

 4. ރާނިޔާ

  ވަރަށް ބޮޑު ތެދެއް. އަސްލު ޖަމީލަކީ ވެސް އަސްލު ޖޯކެއް. އަދި އުސޫލެއް ނެއް ހަމައެއް ނެތް މީހެއް

 5. ނަގޫރޯޅި

  ނަސީދުގެ ފަރާތުން ހިއްވަރު ލިބިގެންނެއް ނޫއްތަ މައުމޫން ސަރުކާރުން ވަކިވެ ޖަމީލަ މެން ގައުމީ ޕާޓީ އުފެއްދީ. ހަމައެކޯލިސަން ތެރޭން ނޫންތޯ 2008ގަ ނަސީދު ވެރިކަމައް އައީވެސް.
  2008 - 2012 ދޭތެރޭ ހަމަނަސީދު ފަރާތުން ހިއްވަރު ލިބިގެންނޫންތޯ ދެއިރު ދެދަޅައް ޖަމީލުމެން ހައްޔަރުވީ.
  ޜ.ޔާމިން ވިއްޔާ ރަގަޅުތާ ޖަމީލް ކުޑަ ގޮޅިއައް ނުލާ ފުރައިގެންދާންދެން ނޭގޭކަމައް ހަދައިގެން އޮތީ. އެހެންނޫންނަމަ އަދިވެސް ޖަމީލުމެން ކޯޓުން ސަލާމަތް ނުވާނެއްނު.
  ހިއްވަރު އާކޮއްގެން ތިބޭ، މާލަސް ނުވެ އަރާ ހަމަކުރާނެ.

 6. ނުރަބޯ

  އެއީ ހަމައެކަނި ޖޯކެއްނޫނެވެ. އެއީ ނުބައިނުލަފާ ޖައްބާރު ކަމުގެ ކޮޅުނެތް ކޮޅެވެ.

 7. ޓިނުފޮށި

  ކަލޭތިދެން ކާކު

 8. Anonymous

  ނަޝީދު އަދިމަރެއްނުވޭ. އޭނާއަށްވެސް އޭނާކުރި ނުބައިކަންތަށްތަކަށް މައާފަށްއެދި ތައުބާވުމުގެ ފުރުސަތު އެބައޮތް. މީހަކު ކުރި ނުބައިކަމެއްގެ ވާހަކަދައްކައިގެން ލިބޭނެ ފައިދާއެއް ނެތެވެ.

 9. މަމި

  އަބްދުއްރަހީމް މަރުނުވާނެތައް މިއަދުގެ އުފަޅައްޓަކާ އިތުރުފުޅު ނަހައްދަވަ މަރުވާނެވަގުތެއް ނޭގޭނެ މިއަދު ސިއްރުހެކިހޯދާއިގެން ސަޅާމަށް ވެދާނެ މާދަމާ ނަރަކައިން ސަޅާމަށް ވާން ހެކިދޭނެމީހަކު ވާނެތޯ ކަޅުފައިސާއްވެސް ނުޅިބޭނެ ނޫންތޯއޭ ވިސްނާ

 10. ތިލަދުންމަތި

  އަދުރޭގެ ހިސާބު ތިއަރީ ބޭނުން ކޮށްގެން ސިއްރު ހެކި އުފެއްދީ.

 11. ޖިލޭބީ

  ކަރުނަޔޭ؟ އަހަރެން ހަމަ ހިތަށްއަރާ އެބައިމީހުންނަށް ކަރުނަޔަކީ ކޮބައިކަން އެގޭބާއޭ؟