13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން، ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
Leaving to Riyadh, kingdom of Saudi Arabia with Former President HE Mohamed Nasheed. pic.twitter.com/nETs4NWcX8
— Ahmed Naseem (@KerafaNaseem) October 15, 2018
ރައީސް ނަޝީދު ސައުދީއަށް ވަޑައިގަންނަވަނީ ސައުދީ ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށެވެ. ރައީސް ނަޝީދުގެ މިދަތުރުފުޅާ ގުޅޭގޮތުން އެމަނިކުފާނާއި އަދި ސައުދީ ސަރުކާރުން ވެސް މިހާތަނަށް ވަކިއެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް އަށް ވަޑައިގަންނަވާއިރު އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު "ވީ ހާލެއްގައި ވާން" ރާއްޖެ ވަޑައިގަންނަވާނެކަން އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު ޖަލަށް ލުމަށް ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ.
ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 16 ޖަނަވަރީ 2016 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.
މިދަތުރުގައި ކްރިސްޓިއަން ޗާޗެއް އެޅުމާއި ފައްޅިއެއް އަޅުމަށް މަށްވަރާ ކުރެވޭނެ ދޯ....
ރައީސް ނަޝީދު ސައުދީގައި ހައްޔަރު ކޮއްފާނެ. ސައުދީ އަކީ ވަރަށް ނުރައްކާ ގައުމެއް މިހާރު ލުބުނާނުގެ ބޮޑުވަޒީރު ، ތުރުކީން ގެއްލުނު ނޫސްވެރިޔާގެ މައްސަލައަށް ބަލާލީމަވެސް އެނގޭ ނުރައްކާ މިންވަރު.
މާތް ކަލާކޯ ، ތީ އެލެކްސް ޖެޒުއިޓެއް ހެޔޮނުވާނެ އިސްލާމީ ޤައުމަކަށް އަރުވަން
ކުރީފަހަރެއްގަވެސް ތިހެން ސައުދީއަށް ވަޑައިގެންނެވި. ޢެކަމަކު ދިޔައީ އިޒުރޭލަށް. ޙައްޖަށްވެސް ދާން ނުކެރުނު. ވިސާ ނުލިބުނީއޭ ކިޔާފަ ހެއްދެވީ އިތުރުފުޅު. މަމެން މިތިބީ ބަލަން ތި ވަޑަެުގެންނެވި ތަނެއް.
ހާފިޒް އަކައް ހަދާފަ ނޫނީ ދެން ފޮނުވާ ނުލާތި.