ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ބާއްވާ އަޑުއެހުމަށް ވަންނަން ސުޕްރީމް ކޯޓު ކައިރީގައި ގިނަ ބަޔަކު ކިއު ހަދައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ވެގެން މިއަދު ހަވީރުން ފެށިގެން ގިނަ ބަޔަކު ވަނީ ކިއު ހަދަން ފަށާފައެވެ.

ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓަށް ވެއްދުމާއި ގުޅިގެން ފުރަތަމަ އަޑުއެހުމެއް ބާއްވާފައި ވަނީ އިއްޔެއެވެ. މި މައްސަލައިގައި މިއަދުވެސް އަޑުއެހުމެއް ބާއްވާފައި ވާއިރު، ގިނަ ބަޔަކު ވަނީ އަޑުއެހުން ކުރިޔަށްދިޔަ ވަގުތުތަކުގައި ކޯޓު ސަރަޙައްދަށް އެއްވެފައެވެ.

އިއްޔެވެސް މި މައްސަލައިގެ އަޑުއެހުމަށް ވަންނާން ގިނަ ބަޔަކު މަސައްކަތްކޮށްފައިވާއިރު، ސުޕްރީމް ކޯޓު ސަރަޙައްދުގައި ކިއު ހަދައިގެން ތިބި ފަރާތްތަކުގެ މެދުގައި ނުތަނަވަސްވުން އުފެދި ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެއްވި މީހުން އެ ސަރަޙައްދުން ދުރަށް ޖައްސާފައެވެ.

މާދަމާގެ އަޑުއެހުމަށް މިއަދު ހަވީރުން ފެށިގެން ބަޔަކު ކިއުގައި ތިބިއިރު، އެ އަޑުއެހުން ތާވަލްކޮށްފައި ވަނީ ހެނދުނު 10:30 އަށެވެ. މާދަމާގެ އަޑުއެހުމުގައި، އިޖުރާއީ ގޮތުން ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަންކަމަށް ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކައްބާބު

    ޢަޅޭ

  2. ވަގުވޯޓާ

    ރިޔާސީ އިންތިޚާބަށް ޗާޕް ކުރި ވޯޓް ކަރުދާސް ތަކަކީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭ ގޮތަށް ޗާޕް ކޮށްފައިވާ ވޯޓް ކަރުދާސް ތައް ނަމަ ފުރަތަމަ އެބަލަން ޖެހޭނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާއި ބެހޭ ގާނޫނުގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައިވާ ކުށް އެމެން ކޮށްފައި އޮތްތޭ އެހެން ކަމަށްވާނަމަ އިންތިޚާބުގެ ވޯޓް ކަރުދާހުގައި ވަރަށް ބޮޑެތި މަކަރާއި ހީލަތް ހެދިދާނެއޭ އެހާތަނުން އިންތިޚާބު ބާތިލް ނުވާންވީ ސަބަބެއް މަމެންނަށް ނުފެނެއޭ ޔަގީނޭ ވަގުވޯޓާ.

  3. މަރީ

    ކޮންމެވެސް މީހަކު މުއިޒްވެސް ގޮސް އެތަނުގަ ބަހައްޓާ... އެއްޗެއް އިޙްސާސްވޭތޯ....

  4. ?

    .ކިއު ރާއްޖެ

  5. ބޯހަލާކު

    ދެއްކެން ވިޔަސް ބޮޑު ވަރު. ރީނދޫ ބައިގަނޑު އަބަދުވެސް ބޭނުންވާނީ، ބޭނުންވާ ފޮޓޯ ހޯދަން..

    • ތުނިޔަ

      ކަލޯ އެތާ އެތިބީ ހުސް ޕީޕީ ކުދިން

  6. ދިސްވޭ

    ރިޔާސީ އިންތިޚާބަކީ އެއީ މިގައުމު ލިޓިލް ސިންގަޕޯރ އަށް ހެދުން ނުވަތަ މިގައުމު ދެވަނަ ޔަމަން އަށް ހެދުމަށް ޓަކައި މިދެގޮތުން ކުރެ ކޮންމެވެސް އެއް ގޮތަކަށް ދެވޭ ލައިސަންސް އެކެވެ. ވޯޓް އިން ވައްކަން ކޮށްގެން ވަގު ވޯޓް އެންމެ ދެކުނު ވިންގްގައި ލައިގެން ވަގުވޯޓް ރައީސް އަކު ރާއްޖޭގެ ރައީސް އަކަށް ހޮވައިފިނަމަ ދެވަނަ ޔަމަން އަށް ރާއްޖެ ބަދަލުވާނެއޭ ވަގުން ތައް ޚަޒާނާ ދަވާލުމުން ފުލުުހުން ނަށް ކުރެވޭނެއޭ ސްޕްރީމް ކޯޓާއި ގުޅިގެން އިންތިޚާބު ތަހްގީގް ކުރެވޭނެއޭ ފުލުހުންނަށް އެކަން މަނާ ކުރާ ގާނޫނެއް ރާއްޖެ އަކު ނެތޭ ފުލުހުންގެ މައްޗަށް ސްޕްރީމް ކޯޓަށް ހުކުމް ކުރެވޭނެއޭ ރިޔާސީ އިންތިޚާބު ދިޔަ ޕްރޮސެސް ރަނގަޅަށް އިންވެސްޓިގޭޓް ކުރަން މީގައި ނުޖެހޭނެއޭ ބަލަން ޕީީޕީއެމް ދޮށަށް މުޒާހަރާ ކުރަން އެއްވަނީ 20 މީހުންތޯ 30 މީހުންތޯ އިސްލާމް ދީނަށް ވެސް ފުރަތަމަ ގޮވާލެއްވިއިރު 6 މީހުން ވެސް ހަމަނުވޭ އެކަމަކު މިއަދު މުސްލިމުން ދޯ ދުނިޔޭގަިއ ގިނަވަމުން ދަނީ އެއީ އިސްލާމް ދީން ދުނިޔޭގައި ފެތުރިގަތް ގޮތް ކަމަށްވާނަމަ މިއިން މިސާލު ނެގުން ރަނގަޅުވާނެއޭ..

  7. ޓިމްބަރ

    ސްޕްރީމް ކޯޓުގެ ވޯޓް ކަރުދާސް ބަހައްޓާފައިވާ ރޫމް އަކީ އެއީ ފައިސާލާފައި ހުންނަ ތިޖޫރީ އެއް ފަދަ ތަނެކޭ އެފަދަ ތަނަކަށް ގިނަ އަދަދެއްގެ އިލެކްޝަންސް ކަމިޝަންގެ މުވައްޒަފުން ވަދެގެން ނުވާނެއޭ ގިނަވެގެން 3 މީހުންނަށް ވަދެވެން ޖެހޭނީ 3 މީހުންނަށް 2 ލައްކަ ގަނޑު ވޯޓ ކަރުދާސް 10 ދުވަސް ތެރޭގައި ރީއްޗަށް އެވޯޓް ކަރުދާސް ތައް އަޅަން ޖެހޭ ސިޓީ އުރަ ތަކަށް އަރާ ބަންދުކުރެވޭނެއޭ އެކަން ކުރަން ޖެހޭނީ ފުލުހުންގެ ބެލުމުގެ ދަށުން 197 މީހުން އެތަނަށް ވަންނަމަ އެއިންތިޚާބު ގައި ވަގު ވޯޓް ލާފައި ހުންނާނެ ކަމާއި މެދު ޝައްކު ނުކުރަން މަމެން އިންތިޚާބު ބާތިލް ޓިމްބަރ ޓިމްބަރ ޓިމްބަރ...

  8. އަހަންމާ

    މޑޕ ބައިގަނޑު ވެރިކަމާހެދި ހޭބަލިވަނީ ގައުމުވިއްކާލަން ނިންމައިފި 25ބުރީގެ ހޮސްޕިޓަލް އިންޑިޔާއަށް ދެނީ ފާފު އަތޮޅު ވިއްކާލަން މަޝްވަރާކުރަން ނަޝީދު ސައުދީއަށް އެނައްޓާލީ އަހަރުމެންދިވެހިން މޮޔަކޮށްލާނެ މިފަހަރު

    • ?

      .ދެން މޮޔަވެބަލަ ތިހާވާހިތް ވަންޏާ

  9. ގޮނާސަކް

    އީސީގެ ވަކީލު ޝަމީމް ބުނަނީ ރިޔާސީ އިންތިޚާބުގައި ވޯޓްލީ ހުރިހާ ކަރުދާސް ތައް ޔޫވީ ލައިޓް ބޭނުން ކޮށްގެން ވެރިފައި ކޮށް ޔަގީން ކުރަން ނުޖެހޭނެ ކަމަށް އެގޮތަށް ވޯޓް ކަރުދާސް ތައް ވެރިފައި ނުުކުރާނަމަ ރިޔާސީ އިންތިޚާބާއި ބެހޭ ގާނޫނުގައި ބަޔާން ކުރާ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް އެ އިންތިޚާބު ނުވާނެއޭ އެއީ ޔަގީން ކަމެކޭ ހުރިހާ ވޯޓް ކަރުދާސް ތަކެއް ޖެހޭނެއޭ ޔޫވީ ލައިޓް އިން ޗެކް ކުރަން ނުކުރާނަމަ އިންތިޚާބު ބާތިލްކޮށް ފައި އަލުން ޖެހޭނީ އިންތިޚާބެއް ބާއްވަން ދެފުށް ފެންނަ ޔަގީނުން ވެސް ފޭކް ވޯޓް ނުލާ ރިޔާސީ އިންތިޚާބަކުން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަކުހޮވަން ޖެހޭނީ ވަގުވޯޓް އިން ހޮވާ ރައީސް އަކު ނޫން ރާއްޖޭގެ ރައީސް ކަމަށް ހޮވަން ޖެހޭނީ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...

  10. ދިސްވޭ

    އީޔޫ އަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެއޭ ކޮން ފިޔަވަޅެއް ތޭ އީޔޫ އަށް އެޅޭނީ އީޔޫ އަށް ހީވަނީ ތަމެން އީޔޫގެ ޕާރލަމެންޓް ގައި ތިބޭ ކޮރަޕްޓް އެމްޕީން ދައްކާ ވާހަކަ ގަބޫލުކުރާނެ ޔޫރަޕް ރައްޔިތުން އެބަތިބި ކަމަށްތޭ އީޔޫ ގައުމު ތަކުގެ ރައްޔިތުން އަންނާނެއޭ ތަމެން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ޓްރެވެލް ބޭން އެއް ނޭޅޭނެއޭ އަދި ރާއްޖޭގެ ރައްޔިތުންލާ ވޯޓް އިން ވައްކަން ކޮށްފައިވާނަމަ އެ އިންތިޚާބު ބާތިލް ކުރި ނަމަވެސް ތަމެން ސްޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ވެގެން ތަމެން ދައްކާ ބިރު ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ.

  11. ބަލާތި

    ރިޔާސީ އިންތިޚާބުގައި ވޯޓް ކަރުދާސް ތައް ސެކިއުރިޓީ ފީޗަރ ހިމެނުމަށް ފަހު ބޮޑު އަގުގައި އެޗާޕް ކުރަނީ އެވޯޓް ގުނާއިރު ޔޫވީ ލައިޓް ބޭނުން ކޮށްގެން 5 މީހުންނަށް ދައްކައިގެން ތިބެ އެވޯޓް ކަރުދާސް އެއީ ސައްހަ އެއްޗެއް ކަމުގައި ހަދަން އެވެ. އެއީ 2 ލައްކަ ގަނޑު ވޯޓް އިން 10 ގަނޑު ވޯޓް ޗެކްކުރަން އެކަނި ކުރާ ޚަރަދެއް ނޫން ޓެކްސް ޕޭޔަރ މަނީން. ހުރިހާ ވޯޓް ކަރުދާސް ތައް ޔޫވީ ލައިޓް ބޭނުން ކޮށްގެން ޗެކް ކުރުމުން އިންތިޚާބުގެ ސައްހަ ކަން ކަށަވަރުވާނީ..

  12. މާއެނގޭ

    މީޑިއާ ސްޓަންޓް

  13. ާރަށުމީހާ

    ތިމީހާވެސް ފުންމާލީ ގާސިމްސައީދުކުރިމަށްޗަށްބާ.