ވެރިކަމުގެ ބާރުތައް ސުލްހަވެރިކަމާއި އެކު ބަދަލުކުރަން ރައީސް ޔާމީން ދެކޮޅު ހަދާ ނަމަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެކަމުގެ ޒިންމާ އުފުލަން ޖެހޭ ރާއްޖޭގެ ފަރާތްކަށް ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް އީޔޫ ޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޯވްސްކީ ވިދާޅުވެއްޖެ އެވެ.
ޒެކޯވްސްކީ މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމިން އަމަލު ކުރައްވަމުން ގެންދަވަނީ އޭނާ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ.
"އަމާންކަމާއެކީގައި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ދެކޮޅު ހަދާ މީހުންނަށް ފިޔަވަޅު އަޅަން އީޔޫ އިން ޖެހިލުމެއް ނުވާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
އަމާންކަމާއެކީގައި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ދެކޮޅު ހަދާ މީހުންނަށް ފިޔަވަޅު އަޅަން އީޔޫ އިން ޖެހިލުމެއް ނުވާނެ ކަމަށް އީޔޫ ޕާލަމެންޓްގެ މެންބަރަކު ވިދާޅުވެފައި ވާއިރު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމަށް އިންތިޚާބީ ރައީސް އިންރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތުން ތަފާތު ކޮމެޓީތައް އުފައްދާ އެކޮމެޓީތަކުން ސަރުކާރުގެ އެކި އިދާރާތަކާއި ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
ވެރިކަމުގެ ބާރުތައް ބަދަލު ކުރަން ސަރުކާރުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.
ނަމަވެސް ރައީސް ޔާމީން ވަނީ އިންތިޚާބުގައި އޮޅުވާލުންތަކެއް އެބައޮތް ކަމަށް ވިދާޅުވެ އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ މައްސަލައިގެ ދެއަޑުއެހުމެއް ބާއްވާފައި ވާއިރު އެމައްސަލައިގައި މާދަމާ އޮންނާނީ އެންމެ ފަހުގެ އަޑުއެހުން ކަމަށް މިއަދު އުއްތަމަ ފަނޑިޔާރު ވަނީ އިއުލާން ކުރައްވާފައެވެ.
ވޯޓު އޮޅުވާލުމުގަ ބައިވެރިވީ ފަރާތްތައް އެބަ ފުމޭދޯ.
މި މުޞީބާތުން އަޅުގަނޑުމެންގެ މި ދިވެހި އުއްމަތް ސަލާމަތްކުރުމުގެ ހެޔޮ ތައުފީޤު މާތްރަސްކަނލާގެ މިންވަރުކުރަށްވާށި، އާމީން.
ބަލަ ތި ވާ ގެއްލުމެއްވާނީ ޕީޕީއެމް އައް އެކަނިތަ.. ވާ ކަމެއް ވާނީ ދިވެހިރައްޔިތުންނައް... ކީއްކުރަން ލީ ވޯޓެއްތަތީ.....އީޔޫ ބުނާ މީހަކަށް މިޤައުމުގެ ވެރިކަން ހަވާލު ކުރަންވީނުން.
ކަމެއްކުރެވޭނެބަަޔަކު ކަމެއް ކުރާނަމެކޭ ނުގޮވާނެ މުސްލިމުންނެއް ޔަހޫދީން ދެކެއެއް ބިރެއްނުގަންނާނެ ބިރުގަންނާނީ ﷲދެކެ ޔަހޫދީންނަކަށް އެއްކަމެއްވެސް ނުކުރެވޭނެ
ދެން އަޅަންވީނު. ކިހާދެން ބޮޑުއެއްޖެކަމެއް.
ހޫނ އަޅާއެއްޗެއް އަޅާބަލަ ކިހާބޮޑު ދުއްޕާނެއް ޖެހިފަމިއޮތީ އޭނ.....!!!
އީޔޫއަކާ މިކަމަކާ ކޮން ކަމެއް. ބަޔަކަށް ވެރިކަން ލިބިދާނެހެން ހީވީމަ ޔަހޫދީންނަށް ހާދަ ފޯރިއެއް އެބަ އަރައޭދޯ. ރައްޔިތުންނަށް އެބަ އެނގޭ މިވާނުވާ. ލަނޑަޔާ ވާނީ ލަނޑަޔާ. ޔަހޫދީޏްގެ ސިޔާސަތު ތަންފީޒުކޮށްދެން ވައުދުވެގެން ތިބީމަ މިކަހަލަ ކިތަންމެ އިންޒާރެއް ދިވެހިންނަށް އަންނާނެ. ދިވެހިން ތިބެންވާނީ އިސްލާމްދީން މަތީގައި ސާބިތުކަމާއެކު. މިއުޅެނީ އިސްލާމް ދީނާ ގައުމު ޔަހޫދީންނަށް ބަޔަކު ހިބައިން ދޭންވެގެން. ދޭލެއް ލަސްވެގެން އެތޅިފޮޅެނީ.
ކުޑަކޮށްވެސް އީޔޫއާއި އެމެރިކާގެ ބިރު ދެއްކުމަށް ޖެހިލުމެއް ނުވޭ. ތިއީ މުސްލިމް ގައުމުތަކަށް ދުވަހަކުވެސް ހެވެއް އެދޭ ބައެއްނޫން. އަބަދުވެސް ތިމާމެންގެ ބާރާއި ނުފޫޒުގެ ދަށުގައި އެހެން ގައުމުތައް ބާއްވަންޖެހެނީ.
އީޔޫއިން ފިޔަވަޅުއަޅަންވީގަދަކަމުން މުސްލިމުންގެބިންތައްފޭރިގަނެ ކުޑަކުއްޖެއް އަންހެނެއްފިރިހެނެއް މުސްކުޅިއެއްބެލުމެއްނެތިމަރާ އަމިއްލަވަޒަުނުން ގަދަކަމުން ތަނުގެވަޒަންވެރިންބޭރުކުރަމުންދާފަރާތްތްކާ، އެކަމަށް ހިތްވަރުދޭ ފަރާތްތަކަށް ދިވެހިރާއްޖެއަކީ މިފަދަޢަމަލުހިންގާ ގައުމެއްނޫން އަދި އެފަދަ ކަމަކަށް ހިތްވަރުދޭ ގައުމެއެްވެސްނޫން ނާތަހުޒީބުކަންތަކާ ނުރުހޭގައުމެއް ބެލެވޭގޮތުގައި އީޔޫ ރާއްޖެއާމެދު ހިތްހަމަނުޖެހެނީ ދެކަމަކުންއެއީ ރާއްޖޭގައި ހަމައިންނެއްޓިފައިވާ ފަރާތްތައް ބޭނުންހައިގޮތަކަށް އުޅެނުދިނުން ނޫނީއިސްލްދީންނޫން އެހެންދީނަކަށް ފުރުޞަތުނެތުން އިސްލާމްދީނަކީﷲ ދެއްވިބޮޑު ނިއުމަެތެއްމިއީ ދިވެހިންގެ ނިންމުން ނޭދެވޭކަންތަކަށް ދިވެހިންގެތެރެއިންމަދުބަޔަކު ހިތްވަރުދިންކަމުގައިވިއަސް މިއީގިނަދިވެހިރައްޔިތުން ބޭނުންވާގޮތްކަމުގައިނުވާތީ މިއީ އީޔޫއާބެހޭކަމެއްނޫ
ތިހެން ކިޔަކިޔަ ތިއްބަ ރައީސް ޔާމީން މި 5 އަހަރުވެސް ފުރިހަމަކުރީ.
ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް ފިޔަވަޅު އެޅުމަކީ ރީނދޫމީހުން ވަރަށް ދެކެން ބޭނުންވާ ކަމެއްކަން އަހަރުމެންނަށް އެގޭ، އެކަމުން ރީދޫމީހުންނަށް ފައިދާ ވަންޏާ ކުރަންވީ ކުޑަކޮށްވެސް ޖެހިލުމެއް ނުވޭ، ތިހެން ދައްކާ ބިރަކަށް ފަސްޖެހުމެއް ނެތް
އަޅަންދެން ކިޔުގަ މިތިބީ
ނޭޅޭނެ ތެޅިތެޅިތިބެންޖެހޭނީ
ސޮރީ