ރާއްޖޭގައި ތިބި ޒުވާން ވިޔަފާރިވެރިންގެ ގޮތުގައި އެންމެ ފަސް ބޭފުޅުން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ފެނިވަޑައިގަތުމުން ބައެއް ޒުވާނުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
ޒުވާން ވިޔަފާރިވެރިންނާއި އިބޫ އާއި ފައިސަލް ބޭއްވި ބައްދަލު ވުމުގައި ބައިވެރި ކޮށްފައި ވަނީ ނަން މަޝްހޫރު މުއްސަނދި ވިޔަފާރިވެރިންގެ ދަރިންނެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ފަރުނީޗަރު ވިއްކާ ދެ ކުންފުންޏެއްގެ ހިއްސާ ދާރުންގެ ދެބޭފުޅަކާއި، ރިސޯޓަކާއި ގެސްޓްހައުސްތަކެއް ހިންގަވާ ވިޔަފާރިވެރިއެއްގެ ބޭފުޅަކު ވެސް އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
President Elect H.E.@ibusolih adhi VP Elect H.E.@FaisalNasym, Zuvaan Viyafaariverin’aai badhdhalu kuravvaifi. pic.twitter.com/NwBTlctrHU
— MDP Secretariat (@MDPSecretariat) October 15, 2018
ޒުވާނުންނަށް ފުރުސަތު ދެއްވާނެ ކަމުގެ ވައުދާއި އެކު އިންތިޚާބު ކާމިޔާބު ކުރެއްވި އިބޫ މަހުޖަނުންގެ ދަރިންނާއި ބައްދަލުކޮށް، އެއީ ޒުވާން ވިޔަފާރިވެރިން ކަމަށް ބުނުމަކީ ލަދުވެތި ކަމެއް ކަމަށް ޒުވާނުން ބުނެއެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ރެސްޓޯރެންޓް ވިޔަފާރި ކުރާ ޒުވާނަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އިބޫ ރާއްޖޭގައި ތިބި ޒުވާން ވިޔަފާރިވެރިން ކަމަށް ބުނެ މުއްސަނދިންގެ ދަރިންތަކަކާއި ބައްދަލު ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"އެ ފަސް ބޭފުޅުންގެ މިލްކިއްޔާތު ބޮޑު ވެދާނެ. ނަމަވެސް ދާއޮހޮރުވައިގެން އަމިއްލަ މަސައްކަތުން ވިޔަފާރި ކުރަމުންދާ ޒުވާނުންނަށް މިއަދު އިބޫ އެކުރެއްވީ ވަރަށް ބޮޑު މަލާމާތެއް." ނަން ޖަހަން ބޭނުން ނުވާ ޒުވާނާ ބުންޏެވެ.
ޒުވާން އިތުރު ވިޔަފާރިވެރިޔަކު ވެސް މިރޭ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އާއިލާގެ މުއްސަނދި ކަމުން ނަފާ ހޯދަމުން އަންނަ ފަސް ބޭފުޅަކާއި ބައްދަލުކޮށް މިއީ ރާއްޖޭގައި ތިބި ޒުވާން ވިޔަފާރި ވެރިންކަމަށް ބުނުމަކީ އިބޫ އާއި މެދު އުއްމީދުތަކެއް ކުރަމުން އައި ޒުވާނުންނަށް ދިން ނުރަނގަޅު މެސެޖެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ވަރަށް ބުރަ މަސައްކަތަކުން އިބޫ އަށް އިންތިޚާބު ކާމިޔާބު ކުރެވުނީ. ނަމަވެސް އިބޫ އަށް ވަގުތެއް މިވީ މަހުޖަނުންގެ ދަރިންނާއި ބައްދަލު ކުރަން. ބުރަ މަސައްކަތުން އާމްދަނީ ހޯދާ އަޅުގަނޑުމެން ފަދަ ޒުވާނުންނާއި ބައްދަލު ކޮށްލަން އިބޫ އަށް ވަގުތެއް ނުވި." އޭނާ ބުންޏެވެ.
ޒުވާނުންގެ ފާޑުކިޔުން އިބޫ އަށް އަމާޒުވެފައި ވާއިރު ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގައި އަންހެނުން އެކަށީގެންވާ ގޮތެއްގައި ބައިވެރި ނުކުރާތީ ވެސް މީގެ ކުރިން ގިނަ ބައެއްގެ ފާޑުކިޔުން އިބޫ އަށް އަމާޒުވިއެވެ.
ޒުވާން ވިޔަފާރިވެރިންނާއި ބައްދަލު ކުރުމުގެ ނަމުގައި މުއްސަނދިންގެ ދަރިންނާއި ބައްދަލުކޮށް އިބޫ އާއި ފައިސަލް މަޝްވަަރާ ކުރީ ކޮންކަމާއި ބެހޭ ގޮތުން ކަމެއް އަދި ސާފެއް ނުވެއެވެ.
ކެންޕޭނައް ހަރަދު ކުރަނީ ބޭނުމެއްގަ، ބޭރުފުށައް ކިތަންމެ ފުއްޖަހައިގެން އޮފުއަރުވާ ރައްޔިތުންގެ ސަރުކާރުކިޔަސް ކިންހިންގާނީ ހަރަދު ކުރިމީހުން ބޭނުންވާކަންތައް ކޮއްދީފަ އޭގެ އަނެއްއިންތިހާބު ކައިރިވީމަ އަނެއްކާ ރައްޔިތުންފެންނާނީ. މިފަހަރު ސަލާމަތެއްނެއް.
ޒުވާނުންނަކީ އުޅޭ ބައެއްކަން ދަސްކޮށް ދިނީތީ ޔާމީނަށް ޝުކުރު އަދާކުރަން ޖެހޭނެ ލާދީނީން. އަބަދުވެސް ތަޅާނެ ކުދިން ހޯދަން ދުވެ ޒުވާނުންނަކީ ތަޅާ ކުދިންގެ ގޮތުގައ ލޭބަލް ކޮށްގެން އުޅުނު ބައިގަނޑެއްނު ތީ.
މަގުމަތީގަ ވަޅި ޖަހަމުން މަސްތުވެގެން މަސްތު އެއްޗެހި ވިއްކަމުން ބޭނުން ގޮތަކަށް ޒުވާނުން އުޅުނު ޒަމާނެއް މިނޫނީ ނުދެކެން. ތިބުނާ ޔާމީންގެ ވެރިކަމުގަ ނޫނީ...
ރައީސް ޔާމީނުގެ ވެރިކަން ހާ މަގުމަތި އަމާން ދުވަސްކޮޅެއް އަހަރެން ނުދެކެން. ތަޅާނެ ކުދިންކޮޅެއް ނުވީދޯ
ދެން ކިޔާނެ ކަމެއްނެތް ތިކަހަލަ ތަފާތުކުރުންތައް ހުންނާނެތީވެ އަހަރުން މޑޕ ކެނޑި ޑޭޓުންނައް ތާއީދު ނުކުރަނީ. ޢެހުރިހާގޮތަކުންވެސް ? % ދެވޭނެ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަން އަޅުގަނޑުމެންނައް އެނގޭތީ ރައީސް ޔާމީން އައް ވޯޓްލީ.
އެހެންވީމަތާ އެހާބޮޑުތަނަކުން ޔާމީން ކާމިޔާބުކުރީ... ހެޔޮ ކިތަންމެވަރަކައް ފެލުނަސް އެ އޮތީ ރައްޔިތުންގެ ވޯޓުން ބަލިކޮއްފަ..
ވޯޓް ވަގުންނަށް ހާދަ ވަރެއް ތިވަނީ. ފަޟީހަތް ވެދާނެތީ ބިރުން ތެޅިފޮޅެނީ ދޯ
ދެން ފްލެޓް ދެނީ ފަގީރުންނަށްތަ؟ ޕޕއމ ސަރުކާރުން
ސާބަހޭ އިބޫ މީ ރައްޔިތުންގެ މެދުގައި އިންސާފް ޤާއިމްކުރާނެމީހާޔޯ؟؟؟ ރައްޔިތުންނަށް އޮޅުވާލަން ވަރަށް މޮޅުފަށުވި އިބާރާތުން ވާހަކަ ދެއްކުމުން ދިވެހިން ހެއްލޭނެ ޒުވާނުންގެ ބަހުންނަމަ ވަރެއްފަސޭހަވާނެ ދިވެހިން ބޮލަށް ޗިޕުޖަހަން އެކަމަށް އެންމެ ކުޅަދާނައީވެސް އެމްޑީޕީ
އިބޫއަށް ނޭނގެނީތޯ؟ އެއްވެސް ގޮތަކަށް އަމިއްލަ މަސައްކަތުން 10000 ހާހުން ވިޔަފާރިކޮށް 5 މިލިޔަނަށް އަމިއްލަ ވިޔަފާރި ގެންދާ ޒުވާނުންނަކީ ވިޔަފާރިވެރިން ކަމެއް! އެހެންނޫނީ ތިބޭނީ ވިޔަފާރިއާއި ހަވާލުވާމީހުން
މަށަށް ހެޔޮ ކޮންމެ ބަޔަކާ އިބޫ ބައްދަލުކުރިޔަސް މަ ވޯޓު ދިނީ ލެއްގިބަބުރު ގެ ވައްކަމުން ގައުމު ސަލާމަތްކުރުމަށް. އެކަމަކު އަދިވެސް ބަބުރުކަރައިގެ ވެރިންގޮތަށް އެއުޅެނީ ރައްޔިތުންގެ ވޯޓު ފޭރިގަންނަން. ގެންބިޔާގެ ޔަހުޔާ އާއި ތިމާގެވީމަ ވަރަށް އެއްގޮތްވާނެތާ.
އެހެންތަ. ކަލޭ ވޯޓު ދިނީ ދޮން ކުދިން ގޮތަށް ރާބޯލަން ދޯ؟ އަހަރެމެން ވޯޓް ދިނީ އިސްލާމްދީނަށް ޓަކައި.
ކަލޭމެން ލެއްގި ބަބުރު އެއް އަތުގައި ހިފައިގެން އުޅޭއިރުވެސް ތި ކިޔަނީ ތިހެންތަ؟ ލެއްގި ބަބުރުގެ އެންމެ ބޮޑު އެތި ބޮޑު ހަނދުކޭތައެއް ހިފަންވެގެން ކަލޭމެންނަށްޓަކަސް ފަނޑިޔާރުންނަށް ރިޝްވަތުދިނެއްނު! ކެކެކެކެކެކެކެ
ވާވާ ލާދީނީ ހުސޭނުބޭ. ކަލެއަށް ކިހާވަރެއް ދީގެން ތިކޮމެންޓް ކުރަނީ.
މީގެ ވާމި ވާގޮތަކީ ވިޔަފާރިކޮށް އުޅޭބަޔަކު ތާދާނީި. ކަންމަތީ ވިޔަފާރިކުރާކުޒުވާނުން މިކަހަލަ ވިޔަފާރީގެތެރެއަކަށް ނުވަންނާނެ.
އިބޫގެއެންމެ ބޮޑުއަމާޒު އޮތީޒުވާނުންނައް ޒުވާނުން ކަންބޮޑުނުވޭ އިރާދަކުރެއްވިއްޔާ އަށުގަނޑުހުރިހާޒުވާުނުންނައްވެސް ކުރިމަގުއުޖާޅާވާާނެ
އިރާދަކުރެއްވިއްޔާ
ބަލަ އެމީހުން އެއީ ހަމަ ޒުވާން ވިޔަފާރިވެރިންނޭ ވަގުތު މީހުން ކޮންމެ އެއްޗެކޭ ކިޔަސް.. ފިތުނަ އުފައްދާ ނަމްބަރ 1 ނޫސް
މިހާރު ނޫސް އެއީ ފިތުނަ ނަމްބަރ 1
އައްޔު ބުނިހެން ތިމީހުންނަކީ ވިޔަފާރިޔާ ހަވާލުވާ މީހުން.
ތިޔައީ ނޫސް ގެ މައްސަލައެއްނޫން، އިބޫ ޒުވާނުން ދެނެގަންނަގޮތުގެ މައްސަލައެއް، ކަލޭވެސް މައިތިރިވޭ،
އިރާދަކުރެއްވިއްޔާ އަށުގަނޑުވެޕައޮތްވައުދު އަށުގަނޑުޕުއްދާދޭނަން
އަސްތާ ތިޔަތޯ ތިބުނާ އިންސާފު ވެރި ވެރިއަކަށް ވާނެ މީހަކީ. ކިހިނެއް ތިވީ. ހަމައެކަނި މުއްސަދިންގެ ދަރިން އެކަނި ދޯ ތިގާތް ކުރަނީ. ތީގެންވެސް އެނގެނީ ތިބައިގަނޑަށް ވެރިކަން ލިބިއްޖިއްޔާ ރާއްޖޭގެ ނިކަމެތި ރައްޔިތުން ހަނާކޮއްލާނެކަން.
މާދަމާ ޝޭހު އިމްރާން، އިއާޒް، ފަރީދު އަދި އިލިޔާސް ގެ ދަރިން ކޮޅާ ބައްދަލު ކޮއްލާފަ ބުނާތި ޒުވާން ދީނީ އިލްމުވެރިން ނާ ބައްދާލު ކޮއްލަނިއްޔޭ.....
އެއްފަހަރާ އެންމެންނަށް ބައްދަލުކުރުމުގެ ފުރުޞަތު ނުދެވިދާނެއެވެ. އެއީވެސް ފަހަރެއްގައި ވެދާނެގޮތެކެވެ.
އިބޫ އަކީ އަހަރުމެންގެ ރަޢީސް، ތަމެންގެ ރަޢީސެއްނޫން.އެއީ އެންމެންގެ ރަޢީސް. ޒުވާނުންގެ ވެސް ރަޢީސް، އުމުރުން ދުވަސްވީމީހުންގެވެސް ރައީސް، ކުދިކުދި ޖަޒީރާ ރަށްތަކުގެ ރައީސް. ކ، އަތޮޅުގެ އެކަނި ރައީސެއްނޯން އެއީކި...
މުއްސަނދިންގެ ތާކުންތާކު ނުޖެހޭ ދަރިންނެއް ނެތް ދޯ އެތާކު! ވިޔަފާރީގަ އުޅޭ ދަރިން ދޯ!
ސާބަހޭ ވަގުތު ޓީމުން ތި ކުރާ މަސައަތައް
އެމީހުންނަށް މިހާރު އެހުރީ އާ ސަރުކާރުން ދޭނެ ޕްރޮޖެކްޓައް ކޮމިޝަނާއެކު ބަހާލާފައި. ބަލަންތިބޭތި، ކޮންމެ ސަރުކާރެއް އޮތަސް ޕާޓީއަށް ހަރަދު ކުރާ މީހުންނަށް އަބަދުވެސް ރަނގަޅު ގޮތްތައް ހަދާދޭ. މިނުވާނެތޯ ކޮރަޕްޝަނަކަށް...!
ތިޔަ ގުރޫޕްގައި ހިމެނޭ ނަލަހިޔާ ވަހީދުގެ ދަރި އިސްމާއިލް އަކީ ގޭސް މާނު އާއި ގުޅިގެން އެތަކެއް ވަގު ވިޔަފާރި ތަކެއް ހިންގާފަ ހުރި މީހެއް، އަދި އަޑުއިވޭ ގޮތުގައި އޭނާ ނަލަހިޔާގެ އެމްޑީ ކަމާއި ކުންފުނީގެ ޝެއަރ ހޯދާފައިވަނީ އޭނާގެ އަމިއްލަ ބައްޕައަށް އޮޅުވާލައިގެން ޑޮކިއުމަންޓްސްތަކުގައި ސޮއިކުރުވައިގެންނޯ!!!
އިބޫ އާއި ފައިސަލް ސަމާލުވާތި އެސޮރަށް، ވެރިކަންވެސް ފޭރިގެންފާނެ އެސޮރު.