މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި ޤާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ސިޔާސީ ޖަޒްބާތުގައި ޖެހިވަޑައިގެން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ ޓްވީޓެއް ރީޓްވީޓް ކުރައްވައިފިއެވެ.
ޝަރީފް ރީޓްވީޓް ކުރެއްވި ޓްވީޓްގައި ވަނީ "އަނގޮޓި އަމިއްލައަށް އެތެރެ ކޮށްފައި، އޭގެ ފޮޓޯ ނަގައިގެން ހެކީގެ ގޮތުގައި ހުށަހަޅައިގެން އިންތިޚާބު އޮޅުވާލަން އަމިއްލަ އަށް ކުރަން ރާވާފައި ހުރި ކަންކަމުގެ ވާހަކަތައް ހެކީގެ ގޮތުގައި ދައްކައިގެން ޔާމީން ހިންގަން (އުޅެނީ) ބޮޑު ޖަރީމާއެއް." ކަމަށެވެ.
ރިޔާސީ އިންތިޚާބު އޮޅުވާލަން ޝަރީފް އަނގޮޓިތަކެއް ގެނައި ކަމަށް ސުޕްރީމް ކޯޓުގައި ހެކިބަސް ދޭނެ މީހަކު ރައީސް ޔާމީންގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އޭނާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޝަރީފް ވިދާޅުވި ގައުމަކަށް ގޮސް އަނގޮޓިތައް ހިފައިގެން ރާއްޖެ އައިސް ޝަރީފްގެ ކުރިމަތީ އެއަނގޮޓިތައް ޓެސްޓްކޮށް، ޝަރީފް ވިދާޅުވި ރަށްރަށަށް އަނގޮޓިތައް ފޮނުވިއެވެ.
ސިޔާސީ ޖަޒްބާތުގައި ޝަރީފް މިއަދު އިދިކޮޅު މެންބަރެއްގެ ޓްވީޓެއް ރީޓްވީޓް ކުރައްވާފައި ވާއިރު އިލެކްޝަންސް ކޮމިޝަންގެ ބައެއް އެހެން މެންބަރުން ވެސް ގެންދަވަނީ ސިޔާސީ ޓްވީޓްތައް ކުރައްވަމުންނެވެ.
މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުންތަކެއް ސިޔާސީ ޖަޒުބާތުގައި ޖެހިވަޑައިގެން އުޅުއްވާއިރު ޤާނޫނު އަސާސީގެ 177 ވަނަ މާއްދާ ބުނާ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަގާމުގައި ތިއްބަވައިގެން މަގާމާއި އެކަށީގެން ނުވާ ކަމެއް ކުރައްވައިފިނަމަ ރައްޔިތުންގެ މަޖިލީހަށް އެބޭފުޅުން ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރެވިދާނެއެވެ.
އަދި އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (6) ގައި ބުނެފައި އޮންނަނީ އިލެކްޝަންސް ކޮމިޝަންގެ އެއްވެސް މެންބަރަކު އެއްވެސް ކެނޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، ތާއީދުކުރުމުގެގޮތުން ނުވަތަ ދެކޮޅުހެދުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
އެމާއްދާގެ (7) ވަނަ ނަމްބަރުގައި ބުނެފައި އޮންނަނީ މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެއެއްވެސް ކަމެއް އަދި ކޮމިޝަންގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ކޮމިޝަންގެ މެންބަރަކު ކޮށްގެން ނުވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ސިޔާސީ ޖަޒްބާތުގައި ޓްވީޓް ކުރައްވަމުން ގެންދަވާ ގެންދެވުމާއި ބެހޭ ގޮތުން ކޮމިޝަނުން އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ.
ކަލޯ ތިއުޅެނީ ބޮޑު ޖަރީމާ ހިންގައިގެން. ވަގު ޝަަރީފް
ކުރަން އިނގޭހާވެސް ކަމަކީ ތީ ދޯ. ކުރިއަސް ފަޅާ އަރާނެ. ލަލަލަ
ގައުމެއްގައި އަދިމިހާތަނަށް ހިންގި އެންމެބޮޑު އެންމެ އަނިޔާވެރި ޖަރީމާ ތިއޮތީ ތިމަރަ ތަލަބޯ ހިންގާފަ އެއީ ރިޝްވަތުހިފާފައި ގައުމެއް ފޭރިގަނެފައި ދޭންނުޖެހޭ ބަޔަކަށް ދިނުން.
ޝަރީފު ބޮލަފޮށާ އެޅިފައި ތިޔަހުރީ
އެތެރެ ކުރިކަން މުސްތަގިއްލު ކޮމިޝަންގެ ރައީސް އަށް އެނގި ހުރެ ސަމާލުކަން ކުޑަކޮށް ފޮށި ތައް ކާރީގައި މަސައްކަތް ކުރާމުވައްޒަފުން ގެ ސަމާލުކަމަށް އެކަން ނުގެނައީ ކޮން ކަމަކާތޯ؟ މުސްތަގިއްލު ކަމުންތޯ؟ އަދުލުވެރި ކަމުންތޯ؟ ކޮން ބާވަތެއްގެ އިންސާފް ވެރިކަމަކުން ތޯ؟
އީސީގެ ރައީސު/މެމްބަރުންނަކީ ވަކި ސިޔާސީ ފަރާތަކަށް ޖެހިފައިވާ ބައެއްކަމަށްވުމަކީ ގާނޫނާއިޚިލާފު ކަމަކަށްވާއިރު މިހާރު އީސީގެ ރައީސު ރީޓްރީޓްކުރި ކަމަށް ބުނާ ޓްވީޓަށް ރީޓްރީޓް ކުރުމުންވެސް ގާނޫނާއި ޚިލާފުވީއެވެ، މަގާމުން ވަކިވެސް ކުރަންވީއެވެ. ކޮންމެގޮތެއްވިޔަސް ގައުމެއްގެ އެތައްހާސް ރައްޔިތުންގެ ވޯޓަށް ހެދިހާ މަކަރަކީ ގެމައްޗަށް ގާނޫނު ޝަރީފުއާއި އަރާހަމަކުރަން މާދުރެއްނޫނެވެ،
ކޮބާތަ ސިޔާސީ ޖަޒުބާތަކީ؟ މަށަށް ހަމަ އެއްގޮތަކައްވެސް ނުވިސްނުނު މި ހަބަރު ކިޔާ ކިޔާ...
ޝަރީފް ކުރީމަ އެއީ ޖަޒުބާތުގައި، ތިއުޅޭ ޕޕއމ އިން ކުރީމަ އެެއީ އެމީހުންގެެ ހައްގު
ޢެގިދާނެތާ އިންތިޒާރު ކޮށްލާ.
މިހާރުތަ ތިވާހަކަ ލިޔަންތިއެގުނީ ކުރީގައި ތިކޮމިޝަނުގެ ރައީސް ޔާމީނާއެކު ހުރިއިރު އޯކޭ
އެމްޑީޕީއަށް މިހާރު އިލެކްޝަން ވަރެއްނެތް
ޕީޕީއެމްއަކަށް އިލެކްޝަން ކަމަކު ނުދޭ
ރައްޔިތުންނަށް އެއްގޮތަކަށްވެސް އިލެކްޝަން ކޮމިޝަނަކީ މިހާރު މިނިވަންތަނެކޭ ބުނެވޭކަށްނެތް މިހާރު ޔަޤީންވެއްޖެ ވޯޓު އޮޅުވާލިކަން
ރިޔާސީ އިންތިޚާބަށް ޗާޕް ކުރި ވޯޓް ކަރުދާސް ތަކަކީ ކޮރަޕްޝަނާއި ފަސާދަ އެކުލެވޭ ގޮތަށް ޗާޕް ކޮށްފައިވާ ވޯޓް ކަރުދާސް ތައް ނަމަ ފުރަތަމަ އެބަލަން ޖެހޭނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާއި ބެހޭ ގާނޫނުގެ 13 ވަނަ މާއްދާ އާއި 14 ވަނަ މާއްދާގައިވާ ކުށް އެމެން ކޮށްފައި އޮތްތޭ އެހެން ކަމަށްވާނަމަ އިންތިޚާބުގެ ވޯޓް ކަރުދާހުގައި ވަރަށް ބޮޑެތި މަކަރާއި ހީލަތް ހެދިދާނެއޭ އެހާތަނުން އިންތިޚާބު ބާތިލް ނުވާންވީ ސަބަބެއް މަމެންނަށް ނުފެނެއޭ ޔަގީނޭ ވަގުވޯޓާ.
ސަރީފް ކިޔެކޭ ކިޔާންތަ ތިއުޅެނީ ކަލޭމެންނުކުރާ ކަމެންނަމަ ނުޖެހޭދޯ ބޭރުގެ ގައުތަކުން ހިމާޔަތް ހޯދާކަން އަދިވެސް އެހެން މީހުން ކުންކުރަން މަސައްކަތް ނުކޮން ހުރޭ! ރާއްޖެގެ ރައްއިތުންނަށް އޮޅުވާނުލާ!
މިހާރު ކެނޑިޑޭޓުން ނުތިބޭނެ. ކެމްޕެއިން ކޮށް ނިމިއްޖެ. ވޯޓުލައި ނިމިއްޖެ. ނަތީޖާވެސއެނގިއްޖެ. އެހެންވީމަ ދުސްޡޫރީ މައްސަލަ އެއްގައި ދައުވާ ރައްދުވާ ފަރާތަށް ވެސް އަމިއްލަ ދިފާއުގައި ބުނެވެން ޖެހޭ.
ތިޔަ ދެންނެވި އުސޫލުން ނަމަ، އެއްވެސް ޕާޓީއްކާ ދިމާލަށް ވެސް އެއްޗެއްބުނުމުގެ މިނިވަންކަމެއް އީ.ސީ އަކު ނޯންނާނެ. އީ.ސީ ވާނީ ޕާޓީ ތަކާއި ޕޮލިޓިޝަނުން ކުޅެން ގެންގުޅޭ ބުޅާގަނޑަކަށް. ޥ.ވ ސަލާމް.
ދަންނަވާލަން އޮތީކިތަންމެބައިވަރެއް ޖަމާކުރިޔަސް ހުސްއަތާ އެނބުރިދާންޖެހޭނެ.
މިދުނިޔޭގައި އމީހަކު ކުޅަ ހެޔޮއަމލެއްވާނަމަ ހެޔޮޖަޒާ ކޮންމެނުރަނގަޅު ނުބައިއަމަލެއްވާނަމަ ގަދަފަދަ އަޒާބު. އެދުވަހަކު ދަރިންނާއިމުދަލުން ކުރާނެ އެއްވެސްފައިދާއެއް މަންފާއެއްނުވެއެވެ..
ސިއްރު ހެކި ނެގޭނެއޭ ވަކިން ޚާއްސަ ކޮށް ސިޔާސީ ޕާރޓީ ތަކުން ކެންޑިޑޭޓުން ނެރެގެން ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްގެން ވޯޓް ގައި މަކަރާއި ހީލަތް ހަދާފައިވާ ކަން އިނގޭނަމަ އެކަމަށް ހުށައަޅާ ހެކިން ވާން ޖެހޭނީ ސިއްރު ހެކިންނަށެވެ. ސަބަބަކީ މިކަމަކީ މީ ކްރިމިނަލް ކަމަކަށް ވުރެން ސީރިއަސް ކަމެކެވެ. ތިޔާ ހެކިން ފާޅު ކޮށްފިނަމަ ހެކިންނަށް ގެއްލުން ނުދިނަސް އެމެންގެ އާއިލާ އަށް ގެއްލުން ދީފާނެއެވެ. މީ ސިޔާސީ ކަންކަން މިހުންނަނީ. ސިއްރު ހެކިނެގޭނެއޭ.
ކަލޭ ހިންގިޖަރީމާ ކުޑަތަ. އެތައްބައެއްގެ ވޯޓުކާލާފަ. ވަޓްސް އެޕު
މީގެކުރިން ރީތި މާތް އަޚްލާޤަކާ މަޑުމައިތިރިކަމެއް ފެންނަމުންދިޔަ އަޙްމަދުޝަރީފް ރީނދޫ އުގުޅުމައެކު މިފެންނަނީ އަޚްލާޤާ ސުލޫކު ބޮއްސުންލައި ، ޖާހިލުންގެދަރަޖައަށް ވެއްޓޭތަނެވެ. ކިތަންމެ މަތް މީހަކަސް ރީނދޫ އުގުޅުމައެކު ފެނިގެންގޮސްފައިވަނީ މިދަރަޖައަށް ވެއްޓިފައިވާތަނެވެ.
އަަބަދުވެސް މުނާފިގުކަން އިންތިހާ މީހެއް މިއީ. ޖަނަވަރީ މަގުން ޕޕމ އަށް ވަންނާނީ ހުސް މުނާފިގުން
ރައްޔިތުންނަށް ޚިޔާނާތްތެރި ނުވަންޏާ ޝަރިއަތް ނިމެންދެން އިންތިޒާރު ކުރުން ރަނގަޅުވާނެ ކަމަށް ފެނޭ
ތިކަހަލުގެ މީހުންނަކީ ހެއްދެވިފަރާތެއް ވާކަން ދަންނަ ބައެއް ނޫން ތިކަހަލުގެ މީހުންނަކީ ށައިތާނުންނައް ވުރެވެސް ނުބާބައެއް.
ތިމަރަފުށީ މީހުންނަކީ ހުދުގަމީހު ޖީބަށް 500ރުފިޔާ ފެންނަގޮތަށް ޖަހައިގެން މުއްސަނދި މަހުޖަނުންގެ ގޮތހުގަ ދެއްކިގެން އުޅޭކަމަށް ޒަމާނުއްސުރެ މަސްހޫރު ބައެކެވެ. އޭގެ މާނަޔަކީ 500ރ އަށް ވިކޭބައެކެވެ.
މާލޭބާޒާރުމަތީގަ ވެސް އެމީހުން މަސްހޫރު ވާނީ އެގޮތުގައެވެ.
ފޮނިކަމާ ބޮޑާކަން އިންތިހާޔަށް ހުންނާނެއެވެ.
ހާޒާހާޒިހީ ސޯރ އެއްޒަމާނެއްގަ އަރަބި ޓީޗަރެކޯ ސަރީފަކީ.
މިހާ ގޮތްކުޑަ މީހަކު ދެން ނުފެންނާނެ. މީނައަށް މިދުނިޔެމަތީގަ ހޭއަރާތަން އިންސާނުންނަށް ދެއްކެވުމީ މިއަޅާގެ ދުއާ.
ރައްޔިތުންގެ ވޯޓު ވަގަށް ނަގާ، ގައުމު ބޭރުގެ ބައެއްގެ އަތްމައްޗަށް އެއްލާލި ނުލަފާ ހާއިނު. މިކަލޭގެ ދަންޖެއްސިއަސް ފާފައެއްނުވާނެ.
ޝަރީފަށް ޔާމީން ނޭގި މޮޔަވެގެން އޭނާގެ ކެމްޕެއިން ހަރަކާތްތަކުގައި ހުރެ އަދި ރަށްރަށުގެ ވޯޓާއި ގުޅޭ ހުރިހާ ކަމަކަށް ސީދާ ޕިންކީން އިސްކޮށް އޭގެ ތެރެއިން ފޯކަލް ޕޮއިންޓުން ކެމްޕެއިންކޮށް ދިޔައިރު އެކަމާ ވަރިހަމަ ވެގެން އުޅުމުގެ ނަތީޖާ ތިޔަ ފެންނަނީ އެހެންނޫނަސް ޔާމީން އެންމެ ލޯބިވާ ސިފައަކީ ކަންކޮށްދޭމީހާ ޔަށް ތެޔޮހަން ދިނުން
ކަލެއަށް ހާދަ އެއްޗެއް އެނގެއޭ ދޯ. މަހީކުރީ ނަޝީދު މަރުވަންދެން ވެރިކަމުގަ ހުންނަނީ ކަމަށް
ސުޕްރީމް ކޯޓުން ޔާމީނު ބޭނުން ގޮތަށް ހުކުމް ނެރެ ވޯޓް ބާތިލު ކޮށްފިއްޔާ އޭނާ މޮޅުވާނެ އަދި އެގާޒީއިން ހިފައި ހައްޔަރު ކުރާނެ. ރާއްޖޭ ވެރިކަން ބަދަލުވެގެންދާނީ ޔާމީނަށްފަހު ފާތޭ އަންނަގޮތަށް ވިރާސީރަސްކަމަކަށް މިކަން ކުރާނީ މިލިޓްރީ ވެރިކަމެއް ފުރަތަމާ ގާއިމުކޮށް ބޭނުންވާ ހުރިހާ ބަދަލެއް ގެނެސްގެން.
ކޮމިޝަންގެ މެމްބަރުން ކުރައްވަ ޓުވީޓުތަކަށް ކޮމިޝަން އެއްޗެއް ވިދާޅެއް ނުވެ ތިވިދާޅުވީ ކޮމިޝަން ޖަހާފައިވާ ނަންބޯޑުތޯ ނޫނީ ކޮމިޝަން ގެ ނަންބޯޑު ޖަހަފައިވާ ޢިމާރާތުގެ ވާހަކަތޯ މިޝަންގައި ބަސްވިދާޅުވާން ތިއްބެވީ ކޮމިޝަންގެ މެމްބަރުން ދެންތިއްބެވީ އެމެމްބަރުން ބުނީމަ އެބަސް ބުނަން ތިބި ކުދިންކޮޅެއް ބަސްބުނަން ޖެހޭނީ އެއިގެ ތެރެއިން ކޮންކުއްޖެއްބާ؟
މިނިވަން މުސްތަގިއްލުކޮމިޝަން ތަކަކީ ކޮބާ؟ އިލެކުސަންސް ކޮމިޝަން އެކަނިތޯ؟ ޖުޑީސަލް ސާވިސް ކޮމިޝަންއަކީ އެފަދަ ތަނެއްތަ؟ އެހެންވިއްޔާ ރޭނިން ސަލީމު އެކުރައްވަނީ ކޮންކަމެއްބާ؟
ވޯޓުވަގު ލޭޑީ ވަށާލައި އެހެންމީހަކު ކައިރި ނުވެވޭވަރަށް ލޭޑީ ވަށާލައި ލޭޑީއާ ހަމައަށް ބަހެއްދާނީ ވެސް ވޯޓު ވަގު މެދުވެރިކޮށް. އަދި ވޯޓުވަގު ރަށްރަށުން މަތިމައްޗަށް ހާހުން ފޯމުގެނަސް ލޭޑިއަށް އަރުވައި ފޮޓޯ ނަގައި ހެދި. އަދި ރަށްރަށުން މި ގެންނަނީ އެއް ބަޔަކު ފުރާ ފޯމުތސކެްްކަން ލޭޑީއަށް އެގުނު. އެހިސާބުން ލޭޑީއާ މޮޔަ ސައީދު އެކަން ހުއްޓާލި. މި ކަހަލަ ވޯޓު ވަގުންލައިގެން ރައއޔިތުންނަށް ހަރާމްކޯރުވާނީ. މިހާރުވެސް އިންތިހާބެއް އެއްކޮށް ޖީބަށް އެ މަޅާލީ. 5 މިލިޔަން ޑޮލަރ!
ވަފާތެރިކަމުގެ ޒަރެއްގެ މިންވަރުވެސް ނެތީ. ވޯޓު ވަގު އުލުބައިދަންޖެހޭ ތަހުގީގު ކުރަންޖެހޭ ހައްގު އަދަބު ދޭންޖެހޭ. ގާނުންދޭ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެ! އެހެން ވަގުންނާ ޚާއިނުންނަށް އިބުރަތަކަށްވާނެ!
ބަޔަކު ކޮންމެފަދަ ޓްވީޓެއްކުރިޔަސް ޝަރީފް ނުޖެހޭނެ އޭގެތެރެޔަށް ވަންނަކަށް!
ރައީސް ޔާމީނުގެ ފުރިހަމަ ތާއީދާއެކު މަޖިލިސް ގިރާކޮށް އީސީއަށް ދިޔުމުގެ ފުރުޞަތު ލިބިފައިވާއިރު، ރައީސް ޔާމީނުއާއި ދެކޮޅަށް އީސީގައި ޙަރަކާތްތެރިވާނަމަ، އޭގެމާނައަކީ، ކޮބާ؟ ޝަރީފަކަސް އަދި އެނޫންމީހަކަސް ފިކުރު ބަދަލުކުރާނީ، އެވަރުގެ ކަމެއް އޮވެގެންނެވެ. މަޤާމެއް ނުވަތަ އެއްޗެއް ލިބޭނެކަމުގެ ގެރެންޓީއެއް އޮވެގެންނެވެ. ނޫނީ މިޒަމާނުގައި އެއްވެސް މީހަކު ކޮޅުބަދަލު ކުރާނެބާވައޭ ހިތަށް އަރައެވެ. ވަކިމީހަކާއި ދެކޮޅަށް ބަޔާންނެރެ ވަކިފަރާތަކަށް ބުރަވާކަން ހާމަކުރުމަކީ، އަދާކުރައްވާ މަޤާމުގެ ނަޒާޙަތްތެރިކަން ގެއްލުވާލުން ކަމަށްވާނަމަ، އީސީގައި ހުރެގެން ނުކުރެވޭ ޒާތުގެ ކަންކަން ޝަރީފު އެބަކުރައްވައެވެ. ރައީސް ނަޝީދު އަލިފާން ފޮއްޓަލަށް ލުމާބެހޭގޮތުން ވާހަކަދެއްކެވީ މަޤާމަށް އައުމަށްފަހުއެވެ.
ޔާމީނެއް ނޫން ޖަރީމާ ހިންގަން އުޅެނީކީ، ޖަރީމާ ހިންގިމީހުން އެކަން ހިންގައިގެން ޔާމީނު އުޅުއްވަނީ އެބޭފުޅާއާއި އެތައް ރައްޔިތެއްގެ ޙައްޤެއް ގެއްލިގެން
އެމްޑީޕީ ވެރިކަމައް އެރިޔަސް ތި ސަރީފައް ބޮނޑި ދޭނެ ކަން ކށަވަރު އަދި ޔާމީނު އަށް ވޯޓް ދިން އެންމެން ވެސް ތި ސަރީފުއައް ބޮނޑިދޭނެކަން ކަށަވަރު. ސަރީފު އެއް ވާނެތް ތިކުރިކަމަކުން އަވަހައް ގޮސް ފިލާ ކޮންމެސް ގައުމަކައް ގޮސް ހިމާޔައް ހޯދައިގެން އޮވޭ.
ހަމަ ހަގީގަތުގަވެސް ވޯޓުން ވައްކަން ކޮއްފަ އެބަހުރި... ބައެއް ރައްރްށުގަ ވޯޓު ކަރުދާސް އެބަހުރި ހުސް ކަރުދާސްވެސް ވޯޓުފޮއްޓަށް ލާފަ...ނުކުޅެދޭމީހާއައްވެސް މީހެއްގެ އެހީގަ ވޯޓު ލެވޭއިރު ކީވެހޭ ހުސްކަރުދާސްތަކެއް ފޮއްޓަށް ދާންވީ..
އެހެންނަމަވެސް ޝަރީފް ވަކިކޮޅަކަށް ބުރަވެ ރީޓުވީޓް ކުރުމަކީވެސް ވޯޓު އޮޅުވާލި ކަން ސާބިތުވާ ކަމެއް...ވ ވ ވާހަކަ.
އެއީ ހަމަ މިގަރުނުގައި ދުނިޔެދުއް އެންމެބޮޑު އަނިޔާވެރިޔާ
އަމިއްލަޔަށް ކުރިކަންތަށް އެހެން މީހުން ބޮލަށް ކަނޑަން އުޅުނަސް ބޮޑުވަރު ތީ.
ޖަރީމާ ހިންގާފަ ލަދެއްނުގަނެ އެއްނު. އަޖައިބު
ވޯޓުއޮޅުވާލި ގޮތެއް ދަރުބާރު ފެކްޝަންގެ އެކަކައްވެސް ކިޔާނުދެވުނު
ރިޕޯޓަރައްވެސް މިހާރުދޯ އީސީ ސަރީފް ގޯސްވީ.ކެމްޕޭނުގައުޅުނު އިރު އޯކޭ ހަމަ?
ކޮންމެހެން ޝަރީފު ބޮލަށް ހުރިހާކަމެއް ޖަހާނެކަމެއްނެތް ތިހަޅޭލަވާ ހުރިހާމީހުންވެސް ވަނީ ތިކަމުގައި ބައިވެރިވެފާ؟
އިދިކޮޅަށް އެތްޗެއް ބުނީމަ ލާކަށް ނުކެރޭ ދޯ....
ހާދަފިނޑި އޭދޯ....
އިލެކްޝަން ރައީސް ކަމުގަ ހުންނެވި ޝަރީފް ހަވަރަށް ދީ!!
ޝަރީފް ތިފަދަމަގާމެއްގައިހުންނަފަރާތެއް ރައްޔިތުން އިސްކުރައްވާފައިވާ ރައީސްބޭފުޅާއަށް
ނިސްބަތްކުރައްވާ ތިކަހަލަވާހަކަފުޅެއް ވިދާޅުުވުމަކީ ވަރަށްދެރަކަމެއް ކުރިންއަަހަރެންވެސް
ހީކުރިން އިލެކްޝަނުގަތިއްބަވާ ބޭފުޅުންވޯޓާގުޅިގެން ނުރަގަޅުކަމެއްނުކުރައްވާނެކަށް ޔާމީން
ވިދާޅުވާބަސްފުޅެއް، ކުރައްވާކަމެއް އެއީ އެބޭފުޅާގެ އެކަނިމަސްލަހަތަށް ވިދާޅުވެލައްވާ
ނުވަތަކުރައްވާކަމެއްނޫން އެއީ އެބޭފުޅާގެ އިތުރުން އެތަށް ރައްޔިތުންތަކެއްގެ ޙައްޤުގައި
ކުރައްވާކަމެއް ޔާމީން އިސްކޮށްހުންނަވަނީ އެކަމުގެބާވަތުން އަދި އެބޭފުޅާގެ މަޤާމުގެ
ހައިސިއްޔަތުންަކަމުގައިދެކެން މިހާރު ތިބޭފުޅާގެ ވާހަކަފުޅުހުރިގޮތުންނާ ކޮމިޝަނުގެ އެހެން
މެމްބަރުންގެ އަމަލުތައްހުރިގޮތުން ތިކަމުގައި ތިބޭފުޅުންނާމެދު ޝައްކުއުފެދޭ