ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރި ދުވަހު އިބްރަހިމް މުހައްމަދު ސޯލިހް (އިބޫ) ކީރިތި ކުރެއްވި ކަމަށާއި އެންމެ ފުރަތަމަ މަގުމައްޗަށް ނުކުންނަވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވީވެސް އިބޫ ކަމަށް ޖޭޕީގެ މީހަރުގެ ރައީސް އަދި އޭރު އެމްޑީޕީގެ ޗެއާޕަސަން އަކަށް ހުންނެވި ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނެވި އިރު ރައީސް މުހައްމަދު ނަޝީދާއި، އިބޫ އާއި ދެބޭފުޅުންގެ އަރިހުން ވަރަށް ގިނަ ކަންކަން ދަސްވިކަމަށެވެ.

"އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުގެ އެންމެ އަރިހުގައި ހުރިހާ ކަމެއް ތަހައްމަލުކުރެއްވުމުގައި އިބްރާހިމް މުހައްމަދު ސޯލިހް ދެމި ހުންނަވައި ނަމޫނާ ދެއްކެވި, މިހާރުވެސް ހަދާންވޭ ރާއްޖެޓީވީގެ ސްޓޫޑިއޯއަށް ރައީސް ނަޝީދު ހައްޔަރުކޮށްގެން އަޅުގަނޑު އައި ފުރަތަމަ ރޭ އިބުރާހިމް މުހައްމަދު ސޯލިހު ކީރިތި ކުރެއްވި. އެކަމާއި ހިތާމަކުރައްވި،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެމްޑީޕިއަށް ދިމާވި އެންމެ ޚައްސާސް ދަނޑިވަޅުތަކުގައި އެމަނިކުފާނު ލީޑްރޯލް ކުޅުއްވިކަމަށާއި، ޕާޓީއަށް ދިމާވި ހުރިހާ ކަމެއްގައި "މަދަދުގާރެއްގެ" ގޮތުގައި އިބޫ ދެމި ހުންނެވި ކަމަށެވެ. އަލީ ވަހީދު ވިދާޅުވިގޮތުގައި ރައީސް މުހައްމަދު ނަޝީދާއި އިބޫއާއި ދެބޭފުޅުން ދުވަހަކުވެސް ވަކިވެވަޑައެއް ނުގަންނަވާނެއެވެ.

"އިބޫ ފަދަ ތަޖުރިބާހުރި ބޭފުޅަކު އެމްޑީޕީގައި ހުރުމަކީ އެމްޑިޕީގެ ނަސީބެއް, އަދި އޭރު ރައީސް ނަޝީދު ހައްޔަރުކުރުން ފަދަ ކަމަކަށް އަޅުގަނޑުމެން ތިއްބެވީ ތައްޔާރަކަށް ނޫން" އަލީ ވަހީދު ވިދާޅުވިއެެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ކުރިން ވިދާޅުވި ނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން އެމަނިކުފާނަށް ލިބިފައެއް ނުވެއެވެ.

ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ. ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސިވިލާތައް ފުރައިވަޑައިގެންނެވީ 16 ޖަނަވަރީ 2016 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ނުވަތު ވަހީދު

    އަލީ ވަހީދޫ ކަލެއައް ދެން ހުސާމަދުކުރުން ނޫން އިތުރު ގޮތެއް ނެތްކަން ދިވެހިން ދަނޭ.

  2. އިބޫ

    ކީރިތިއެއް ނުކުރައްވާނެ ރޯނީ މާތް ބަސްތައް މިފަދ މީހުންނަށް ބޭނުން ނުކުރެވޭނެ

    • Anonymous

      ރަންގަޅު ވާހަކައެއް..

  3. އަލީ

    ރާބޯން ދަސްވިތަ! މިކަން ދަސްނުވާނަމަ އެއްކަމެއްވެސް ދަސްނުވީ ކަރާ ބެއްޔާ! އިބޫ ކީރިތިކުރެއްވިއޭ އެއީ ރަސޫލުބޭކަލެއްތަ! މިހާރުގެ ވާހަކަތަކުން ދޭހަވަނީ އަނެއްކާވެސް ކަޓެއް ނަގަން އުޅޭކަން

  4. އޯން ވޮއިސް

    އީބޫގެ ރިޔާސީ ބަޔާން ލިޔަނީ ކާކުތަ؟ނޫނީ ކޮން ބައެއްތަ؟ އަންނީ ލީޔެފަ މާރީޔާތަ ހުށަހަޅައީދޭނީ.ކެކެކެ

  5. ޑިމޮކްރަޓިސްޓް

    ނަޝީދު ހައްޔަރުކުރި ދުވަހު އަޅުގަނޑު ހިނިފުޅުވެޑުވުމާއެކު އަޑަފިކޮޅު ހިއްޕެވިން.

  6. އަފީފު

    ކީރިތި ކުރެއްވިޔޭ. މީނަ. ހިނިއަންނަނީ. ގްރޭޑް 9 ގެ ފެންވަރުހުރި މީހަކު އަލީ ވަހީދު ނަޒަރުގައި ގާބިލް މީހަކަށް ވެއްޖެއްޔާ، މިގައުމުގެ ހުރިހާ ސްކޫލްތަކުގައިވެސް ތިބޭނީ ވެރިކަން ކޮށްލަން ހަމަ މަރެއްކަހަލަ ބައެއް. މަށަށް ޔަގީންވާ ކަމަކީ ތިޔަބުނާ އިބޫއަކީ ދުނިޔޭގެ ތާރީހުގައިވެސް ގައުމެއްގެ ވެރިކަމަށް ވާދަކުރި އެއްމެ ނާގާބިލް މީހާ. އަލީ ވާހީދުމެން މުދަލާއި މަގާމުގެ ބޭނުމުގައި ކޮންމެ ވާހަކައެއްވެސް ދައްކަފާނެ.

  7. ނަފީސް

    ކަލޭ އަންނިއާ ދިމާއަށް ހިތުހުރިއެއްޗެއް ގޮވް ދުވަސްވަރު އިބޫ އަދި މާގިނައިން ކީރިތި ކުރެއްވި. ކަލޯ ކަލަޭ ހީކުރަނީ ތީ ސިޔާސީ ދާއިާގާ ނިކަން ހަރުދަނާ ބަސްވިކޭ ލީޑަރެއްކަމަށްތަ. ކަލޭމެންކަހަލަ ދެއުޅިއެއްނުވާ މީހުންނާހެދި މިޤައުމުގަ ބަސްމޮށުންތެރިކަމުގެ އަޚުލާޤީ މިންގަޑު ހައްދުން ނައްޓާލައިގެން ދިޔައީވެސް. ބޫންބޫބް ލައްވާލާފަ މަޖިލިސްތެރޭ ހިތުހުރި އެއްޗެއް ގޮވަންފެށީމަ. ތީކާކު. ރަށަށްގޮސް ކަރާހައްދަންއުޅެބަލަ.

  8. އަހުމަދު687

    ނަޝީދު ޣައިރު ޤާނޫނީ ކަންކަންކުރިއިރު އެކަންކަން ނުހުއްޓުވީކީއްވެބާ؟ ޤާޒީއަކު ނިޒާމުން ގެއްލުވާލައިގެން އުޅުުނުއިރު ކީއްވެބާ އެކަން ނުހުއްޓުވީ؟
    ކިނބޫ ކަރުނަ އެޅިޔަސް އެއީހަމަ ދަޅައެއް!

  9. ކުމާރު

    އަންނިގެ ހަފްތާގެ މަސައްކަތް އޮންނަ ގޮތްއިަުލާނު ކުރިއިރި އަންނި އާ އިބޫ އާ ހާދަވަރަކައް ރޮއެ ހޭރުނޭ. ސޫލާސިރާބީއޭ ކިޔާފަ މިސޮރުގެ ހަޔާތްކުޑަކަން ނިކަން ދެކެބަލް

  10. ކާފަދ

    މިނިސްޓަރކަމެއް ރުއްސަވާތޯ.
    ގައިމު މިއެމްޑީޕީދެކެ ލޯތްބެއްގެ ކަންފުޅެއް ހުރިނަމަވެސް މިތަން ދޫކޮށްފަ ޤާސިމު ފައިބުޑަށް ނުދިޔައީސް. ދޯކާދެވޭނީ އެއްފަހަރު. ތިބުނާ ރެއަކު ރައީސް އިބޫ ހުރީ ދެރަވެފަ އެކަމަކު ކީރިތި ނުކުރައްވާ. ވަރަށް ސާބިތުކޮށް ހުންނެވީ

  11. އަޙްމަދު މަގޭ ޤައުމް

    ކީރިތި ކުރެއްވިޔޭ.... ޕަކާސް.. ރުޔޭ ބުނީމަ އޭނަޔާ އެއްފަދަ ކުރެވޭނީ..

  12. Anonymous

    ޢަބުދުﷲ ގާޒީ ރަހީނުކޮށްގެން އުޅުނު 3ހަފުތާގައި އިންސާނިއްޔަތުކަމަށް ތާޢިދުކުރާ ހުރިހާ ރައްޔިތުން ކީރިތި ކުރައްވައި ގަދަ އަވީގައާއި ވެހޭގަދަ ވާރެއާއި ހޮނުގުގުރީގަ މަގުމަތީގައި ކުށެއްނެތް އެއަޅާ ސަލާމަތްކުރުމަށްގޮވާ ﷲއަށް ދުޢާ ދަންނަވަދަންނަވާތިބިން ދޮތަ؟؟، މިނުރައްކާތެރި ޢައިރުގާނީ ހާދިސާމަތިން ތި ތޮއްޑޫ ކަރާވަހީދު ހަނދާންއެބަހުރިތަ؟ އެދުވަހު ތި އިބޫއާއި ކަލެއާއި ހިނިވެޑުވީ ދޮތަ؟؟އަނެއްކާ މިހާރު ތިކުރާ ޚުޝާމަތަކީ ބޮޑުއަދަދެއްގެ ރީލޯޑެއް ކާމިޔާބުކުރުމަށް ކުރާ މަސައްކަތެއް ދޮތަ؟؟

  13. އައްޑޫސިޓީ

    އަލީވަހީދު ކަލޭމެންތިހަދަނީ ދިވެހިންނަކީ މުޅީންވެސް ގުނބޯލިންކަމަށްތަ؟ ހިލާއެހެނެއްނުވާނެ. މިގައުމުގަ ތިބީއަކީ މައުމޫން އާ ނަޝީދު އާ ޔާމިން އާ ގާސިމް އާ އިބޫ އެކަންޏެއް ނޫން ކަލޭމެން އެންމެން މިގައުމުން ފައިބާ. އޭރުން މިގަމުގަ ތިބި ތައުލީމީ ޒުވާނުން މިގައުމު ހަމަ މަގަތްއަޅުވާ މިގައުމުއާރާސްތު ކޮށް މިގައުމަކީ އެއްބައިވަންތަ އިސްލާމީ ރިވެތި އުސޫލު ގާއިމުވެފަ އޮތްގައުމަކަށް މިގައުމު ހަދާނެ. މިކަމާއެވެސް އެވެސްޝައްކެތް ނުކުރަން. ތިޔަ ސިޔާސީބައިގަނޑަކީ މިގައުމުގެ ހަލާކު.

  14. ޞިރާޠު

    ތަންދޮރުނުފިލައިހުރި ސަންގޯރަކު ޤަވްމެއްގެ ރައީސުލްޖުމްހޫރިއްޔާއަކަށް ވަގުވޯޓުން ހޮވުމުން ކުކުޅުހާލާ ވަލުޖަނަވާރުންވެސް ބިރުން ކީރިތިކުރެއްވި! އެއީ ޖާހިލުން ވެރިކަމަށް އައުމަކީ ޤިޔާމަތުގެ ޢަލާމަތެއްކަމަށް ޙަދީސުން ސާބިތުވެފަވާތީ!

  15. ވަގުވޯޓު

    މުޖްރިމެއް ހައްޔަރުކުރީމާ ރޯނީ ހމަ އެފަދަ ބޮޑު މުޖްރިމެއް. އެފަދަ ވިސްނުމުގެ ނުބައި ނުލަފާ މީހެއް ޝައްކެއްނެތް

  16. ދިވެހި

    އިބޫފަދައިން އަހަރެންވެސްމީ ދިވެހިދަރިއެއް ސުވާލަކީ އިބޫއަށްތިހެންވީކީއްވެބާއޭ ނަޝީދު
    ހައްޔަރުކުރެއްވީކުށެއްނުކުރައްވާ ރީތިކޮށްގޭގަހުންނަވަނިކޮށްހޭ ނޫން ނަޝީދުހައްޔަރުކުރެއްވީ
    ހައްޔަރު ކުރައްވާވަރުގެކަމެއްކުރެއްވުމުން އެއީ ކުށެއްސާބިތުނުވެ ގާޒީއަކު ޖަލަށްލައްވާ އެކަހެރިކޮށް ނުހައްގު އަދަބެއްދިނުމުން ވީމާ ނަޝީދު ހައްޔަރުކުރިދުވަހު އިބޫފަދައިން
    ދިވެހި ރައްޔިތަކަށްވެހުރެ އިބޫފަދައިން ނުރޮން އަހަރެންވީ އުފާ އެއީ ނުހައްގުއަދަބެއް
    ބޭފުޅަކަށްދިންފަވާފަރާތަށްވާތީ

  17. ރަސީދު

    ތީރޯން ޖެހޭ ކަމެއް ނުން

  18. Anonymous

    ކީރިތި ކުރެއްވުން މިލަފްޒު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ކަމުގައި ނުދެކެއް. މިލަފްޒް ބޭނުން ކުރަންޖެހޭނީ ރަޞޫލާ (ޞ) ކަމަށް ދެކެން.

  19. ރުޒާނާ ޗޮއްޕަޓު

    ކަލޭ ކީރިތި ނުކުރަންތަ؟ ކަލޭވެސް ޖެހޭނެނު ކީރިތި ކުރަން. ކަލޭ ކީރިތި ނުކުރަންޏާ ކަޑައެއްނު

  20. ޑަބިޏާ

    ޙަރަާން ނޫސް

  21. އެދުރު

    ހަގީގަތުގައި އަލީ ވަހީދު މެންނަކަށް އެމްޑީޕީވެސް އަދި ޖުމްހޫރީން ވެސް އިތުބާރެއް ނުކުރާނެ. ނަފުސުގެ އަގެއްނެތް މީހަކީ ކުނިގަނޑެއް. ހަށިގަނޑުގެ ބޮޑުކަމަކީ ހަމަ ބޭރުފުށުގެ މަލައެއް.

  22. މުޙައްމަދު

    އެގޮލާ އެއުޅޭގޮތަށް އުޅޭއިރު ކަލޭ ކީރިނުކުރަންތަ، އޭނަޔަށްހެވެއް އެދެންޏާ، ތައުބާވެ އެއުޅޭއުޅުން އިސްލާޙުކުރަން ނަޞޭހަތްދީބަލަ، މިދުނިޔޭމަތީ އާޚިރަތަށް މަސައްކަތް ނުކޮށް އަބަދު ތިހެން ފުއްޕާފަ އުޅެވިދާނެކަމަށް ހީވަނީތަ

  23. ސަލީމް

    އަހަރެން ވަރަށް އުފާވި. ސަބަބަކީ އިސްލާމްދީނުގެ ޙުރުމަތް ކަޑާ ބޮޑުބުނިމީހަކަށް ފިލާވަޅެއް ލިބުނީތީ.