ވޯޓް ކަރުދާސް މީގެ ކުރިން ހުރިހާ ފަހަރަކު ނޮވެލްޓީ އިން ޕްރިންޓް ކުރި ނަމަވެސް ހަމައެކަނި މިފަހަރު އެކަން އެގޮތައް ނުވީ ކީއްވެތޯ އެމްޑީޕީގައި ކުރިން ވަރަށް ހަރަކާތްތެރި ބޭފުޅެއް ކަމަށްވާ ޖެނިފާ ލަތީފް ސުވާލު ކުރައްވައިފިއެވެ.

ޖެނިފާ ލަތީފަކީ، އެމްޑީޕީ ރަޖިސްޓަރ ކުރުމަށް ހުށަހެޅުނު ފޯމާއި އެކު، އެ ޕާޓީ ރަޖިސްޓަރ ކުރުމަށް 2001 ވަނަ އަހަރުގެ މާރޗް މަހުގެ 19 ދުވަހު ހުށަހެޅި 42 މީހުންގެ ސޮއިގެ ތެރޭގައި، 15 ވަނައަށް ސޮއި ކުރެއްވި ބޭކަނބަލެކެވެ.

އެމްޑީޕީ އުފެދިގެން އައިއިރު ވަރަށް ވަރުގަދަ ސިޔާސީ ބޭކަނބަލެއްގެ ގޮތުގައި ފާހަގަ ކުރެވުނު، ނަމަވެސް މިހާރު އަމަލީ ގޮތުން ސިޔާސީ މައިދާނުން މާބޮޑަށް ފާހަގަ ނުކުރެވޭ ޖެނިފާ ކުރި ޓްވީޓެއްގައި ބުނީ ނޮވެލްޓީ އަށް ވޯޓް ކަރުދާސް ތައްޔާރު ކުރަން މިފަހަރު ނުލިބި ގާސިމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެމަސައްކަތް މިފަހަރު ވަކި ލިބުނީ ކީއްވެ ހެއްޔެވެ؟

އެހެން ހުރިހާ ފަހަރަކު ނޮވެލްޓީ އިން ވޯޓް ކަރުދާސް ޕްރިންޓް ކޮށްފައި މިފަހަރު އެފުރުސަތު އެމް-7 އަށް ނުލިބުނީ ކީއްވެތޯ ބައެއް މީހުން ސުވާލު ކުރަމުން ދާއިރު ވޯޓް ކަރުދާސް ޕްރިންޓް ކުރަން އެމް-7 އަށް ދީފައި ވަނީ ވެސް އާދަޔާއި ހިލާފު ބޮޑު އަގެއްގައެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ޗާޕުޚާނާ ނޮވެލްޓީ އިން ހުށަހެޅީ 25 ވޯޓު ކަރުދާސް ހިމެނޭ ފޮތެއް ޗާޕުކުރަން 63.80ރ. އަށް ޗާޕް ކޮށްދިނުމަށެވެ. އެކަމަކު 25 ކަރުދާސް ހިމެނޭ ފޮތެއް ޗާޕްކުރެވޭނެ އަގަކަށް އެމް ސެވަން އިން ހުށަހެޅީ 345.85ރ. އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ވިދާޅުވެފައި އޮތީ އެމް ސެވަން އާއި ހަވާލު ކޮށްގެން ވޯޓް ކަރުދާސް ޗާކް ކުރީ ސަލާމަތީ ފިޔަވަޅުތަކުގެ ގޮތުގައި ފަސް ކަމެއް ހުށަހަޅާފައި އޮތުމުންނެވެ. ނަމަވެސް މިހާރު އެނގިފައިވާ ގޮތުގައި އެއީ ބިޑްގައި ޝަރުތެއްގެ ގޮތުގައި ނުވެސް ނެތް ކަމެކެވެ. އަދި ނޮވެލްޓީ އިން ވެސް ވަނީ ސަލާމަތީ ހަތަރު ފިޔަވަޅެއް ވޯޓް ކަރުދާހުގައި ހިމަނަން ހުށަހަޅާފައެވެ. ނަމަވެސް މިހާރު އެނގިފައިވާ ގޮތުގައި ނޮވެލްޓީގެ ވޯޓް ކަރުދާހުގެ ސަލާމަތީ ކަންކަން އިލެކްޝަނުން ރަނގަޅަށް ބަލާފައެއް ވެސް ނުވެއެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހަޅާފައިވާ މައްސަލައިގައި ވެސް އެމް-7 އިން އަމަލު ކޮށްފައިވާ ގޮތް ވަރަށް ބޮޑަށް ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދަވޭ

    ސިއްރު ހެކި ބަސް ބަލައިނުގަވޭނެ ކަމަށް ރާއްޖޭގައި ނެތޭ އެއްވެސް ގާނޫނެއް ގައި ބަޔާން ކޮށްފައި މީހެއްގެ ފުރާނައަކީ އެއީ ވަރަށް މުހިއްމު އެއްޗެކޭ ކަން މިހެން ހުރުމުން މީހެއްގެ ފުރާނަ އަށް ނުރައްކާ ވާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއޭ އެގޮތުން ބަލާއިރު މީހެއްގެ ފުރާނަ އަށް ނުރައްކާ ވާފަދަ ކަމެއް ހިނގައިފާނެތީވެ ހެކި ބަސް ސިއްރު ކުރުމަކީ ރާއްޖޭގެ ހިއުމެންރައިޓްސްގެ ގާނޫނު ތަންދޭ މިންގަނޑެކޭ އެކަން އިނގޭނެއޭ އެންމެންނަށް ވެސް ރީއްޗަށް...

  2. ދިވެހިން

    ނޮވެޅްޓީގައިހުންނަނީ މަތިންބާވައިޅެއްވި މެޝިނަރީޠަ

    • އާންމު އާދުމީ

      ނޫނޭ.. އެތައް ގުނައެއް އަގުހެޔޮ. ރައްޔިތުންގެ ފައިސާއިން އަގުބޮޑު ބަޔަކަށް އާންމު އުސޫލާ ޚިލާފަށް ދިނީ ކީއްވެ؟ މި ދައްކަނީ ދެގުނަ ބޮޑު ވާހަކައެއް ނޫން. 5.4 ގުނަ ބޮޑު ވާހަކަ.

    • އާދަންބެ

      ހަޖަމުކުރަން ދަސްކުރެޭ ރީދޫ ގެރިތައް

  3. ޢީސަދަރި

    އިސްލާމްދީނުގައި ސިއްރު ހެކިބަސް ދިނުމެއް ނޯވެޔޭ ވިދާޅުވާ 30 އަހަރުގެ ބާނީ (ދީނީ ޢިލްމުވެރި ރައީސް) ގެ ދުވަސްވަރުގައި އެކަން ފުރަތަމަ ކުރީ. އެއިރު އިސްލާމް ދީނުގައި އެކަން ހުއްދަވެފައި. ބާޠިލުވުމެއް ނެތި ޤިޔާމަތާ ހަމައަށްދާންދެންވެސް އޮންނޭނެ ބާޠިލު ވުމެއްނެތް ކީރިތި ޤުރުއާނުން އެކަން މަންސޫޚް ކުރެވުނީ ރައީސް މައުމޫނު ވެރިކަމުން ވަކިވީމަތޯއެވެ؟ އެއީ ރައީސް މައުމޫނަށް ޚާއްސަ ޙުކުމަކަށް ވަނީތޯއެވެ؟ މީދެން ވަރަށް ހެއްވާ ވާހަކައެއް. ދީނަކީ އެމީހަކު އެދޭ ކަމެއް ކުރަންވީމާ ވަކި ތަންކޮޅެއް ނަގާފައި ހިތް ނުރުހޭ ނަމަ އެތަންކޮޮޅުގެމާނަ ބަދަލު ކުރަން ޖެހެނީ ކީއްވެގެން ހެއްޔޭ؟ މީހުނަށް ނުހައްޤުން އެންމެ ގިނައިން އަނިޔާ ދިނީ ރައީސް މައުމޫނެވެ.

  4. ނުރަބޯ

    ވޓފ. 3 މިލިޔަން ރުފިޔާ އަގުބޮޑުކޮށް ވޯޓު ކަރުދާސް ޕްރިންޓްކުރީ. ޝަރީފް އަތުން ތިފައިސާ ހޯދުމަށް ކޯޓަށް ދިއުމަށް އޭ،ސީ،ސީ އަށް ގޮވާލަން.

    • ހުސޭނުބޭ

      3 މިލިއަން ތީ ކޯންޗެއް! ކިތަންމެ 3 މިލިއަނެއް ދީފާނެ!

    • ޔާނު

      ވެރިކަން ކުރެއްވި ބޭފުޅުން ހިންގަވާފަ އޮތް ޖަރީމާ އެއް. ކުރިން ވެސް އެބޭފުޅުންނަށް އެކަން އެނގޭނެ.

  5. ޥަބާ

    ކޮންމެވެސް ކަމެއްވީމަތާ ކަލޭމެން އެއްމިލިއަނޭ ކިޔާ ބައެއްގެ އަބުރާ ބެހުނީ ސިއްރު ހެއްކޭ ކިޔާ