ވޯޓް ގަޑުބަޑުކޮށް ބިމުގައި ފަސާދަ އުފެއްދުމަށް ތިމާ ބައިވެރިވި ކަމަށް އިއުތިރާފުވާ މީހާގެ ހެކިބަސް ބަލައިގަނެވޭނީ ކޮންފަދައަކުން ކަމާމެދު ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ސުވާލު އުފައްދައިފިއެވެ.

ވޯޓް އޮޅުވާލަން ލިޔެވޭ އަނގޮޓިތަކެއް އެތެރެކުރި ކަމަށް ބުނާ މީހެއްގެ ސިއްރު ހެކިބަސް ނެގުމަށް ހުށަހެޅުމާއި ގުޅިގެން ދިޔާނާ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމ،ީ ޝަރީއަތުގައި ހެކިބަސް ދޭ މީހާގެ ކިބާގައި ތެދުވެރިކަމުގެ ސިފަ ހުރުން ލާޒިމް ކަމަށެވެ.

މީގެ އިތުރުން ދިޔާނާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހެކިބަސް ދޭ މީހުންގެ ކެރެކްޓާ ވަޒަންކުރުމުގެ ފުރުސަތު ދިފާއީ ވަކީލުންނަށް ނުދީ، އެމީހެއްގެ ހެކިބަހުގެ މައްޗަށް ދިވެހި ރައްޔިތުންގެ ސާފު އަގުލަބިއްޔަތުން ނިންނި ނިންމުމެއް ބާތިލް ނުކުރެވޭނެ ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ތިން ވަނަ އަޑުއެހުން މިއަދު 10:30 ގައި ފަށައިގެން ކުރިއަށް ދާއިރު ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ވަނީ މައިގަނޑު ދެކަމެކެވެ. އެއް ކަމަކީ ލިބިފައި ހުރި ޝަކުވާތައް އިތުރަށް ތަޙްޤީޤު ކުރުމަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ކޮށްދިނުމެވެ. އަދި ސަލާމަތީ ބާރުތަކުގެ ތަޙްޤީޤަށް ރިޢާއަތްކޮށް މައްސަލަ ނިންމައިދިނުމާއި ދެވަނަ ކަމަކީ ސިއްރު ހެކިންގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ފަރާތްތަކަށް ސިއްރުން ހެކިބަސް ދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އަލީ

    މީނަ ދީނީ ޢިލްމުވެރިއަކަށްވެސްވީތަ! މިއީ ފަހުޒަމާނުގެ އަލާމާތްތަކެއް!

  2. ދީމް

    ފުރަތަމަ ޖާބިރުގެ ގައިގާ ތެދުވެރިކަން އެބަހުރިތަ އަމިއްލަ މިހާ އަގަ ނުގަޅާ

  3. ހުވަދޫ

    ފުރަތަމަ ޖާބިރުގެ ގައިގާ ތެދުވެރިކަން އެބަހުރިތަ އަމިއްލަ މިހާ އަގަ ނުގަޅާ

  4. Anonymous

    މީ ވެސް މިހާރު ދަންނަ ބޭކަލެއް ތަ؟ މާ އިސްލާމްދީން ވެގެން. ކަލޭ ލަދު ގަންނަން ޖެހޭނެ އިސްލާމްދީނޭ ކިޔައިގެން އަނގަ ހުޅުވަން

  5. ޖާބިރު

    ދިޔާނާ އަށް އެންގޭތަ މީހުން ދެނީ ދޮގުހެކި ކަން
    ވޯޓުން ކޮއްފައޮތް ވައްކަން ފަޅާ އަރާތީ ބިރުގަނެގެން ތެޅުމައްވުރެން ހޮނޑައިދޫ ކަތީބު އިސްލާހު ކުރިއްޔާ ކަމަނާ އައް މާ ރަނގަޅު ވާނެ

  6. ވަޠަން

    ބަލަ ދިޔާ ދައްކާ ވާހަކަ ކިހިނެއް ޤަބޫލުކުރާނީ؟؟ ޖާބީގެ އުޅުން އިސްލާހޫކޮށްގެން ރީތިކޮށް އުޅެވޭތޯ ބަލާބަލަ. މުންކަރައިތަކަށް އަރައިގަނެ ރާބޯ މީހުންގެ ކަންކަން އިސްލާމީ ޝަރިއަތުގައި އޮންނަނީ ކިހިނެއްތޯ ބަލާބަލަ.. ދިރާސާކޮށްބަލަ. ބިރުވެސް ނުގަންނަނީތަ؟؟ ކޮން މަޤާމެއް ހޯދަން ތިޔަ ގަދައަޅާ މަސައްކަތް ކުރަނީ؟؟ އިހުލާސްތެރިކަމެއް އެބަހުރިތަ؟ ކީކޭ ބުނާނީ ދެން؟ މިމީހުން މިހެން އުޅޫނީމަ ހަމަ ހިނިއަންނަނީ... ފޫހި ..

  7. ނަޖީ

    ޣަޣުރަ ނިވާަނުކޮޣް ހުރެ ޣިސްލާން ދީނޭކިޔާޣިރު ހަޔާކުޑަ ޣަންހެނެ ނޫންތޯ

  8. ލަބީބު

    ތިޔަ އާޔަތް އޮންނަކަން އެގުނީ ދެންމެތޯ؟ މީގެކުރިން ފާސިގުން ގެނައިހާ ވާހަކަތައް ޤަބޫލުކޮށްފަ މިއަދު ތިދައްކާ ވާހަކައިން އެގިގެންދަނީ މަށަށްނަމަ އޯކޭކަމާ އެހެންމީހަކަށްނަމަ އޯކޭނޫންކަމެވެ.

  9. އަލީ ހަމީދު

    ދަމަކުން ބަޑިއެއް މިއޮށްހާދުވަހު ކޮބައިތަ މަންޖެ މިހާރު ހަމަ ނޭވާގެ ދެކޮޅުގަ ޓުވީޓު ކޮށްކޮށް ތިހުންނަނީ މީރާއަށް ދައްކަން ޖެހޭ ލާރިނުދައްކާވަނެކަމަށްތަ.

  10. ޠ

    ތަމެން ބޭނުން ބަޔެއްގެ ހެކި ދޯ ސައްހަ ވާނީ.

  11. ލޮލީ

    ޢިސްލާމް ދީނުގައި ރާ ބުއިން ހުއްދަވީމަތަ ޖާބިރު ރާބޮނީ؟ ކަމަނާމެން ދައްކާވާހަކަ. ކަމެއް ބޭނުންވީމަ ދީނުގެ ވާހަކަ

  12. ބުރޯ

    ތިޔަ އާޔަތުގެ އެވަނީ އެކިމީހުންގެ ދޫތަކުން އިވޭ ވާހަކަތައް ތެދުކުރުންވާނީ ހަގީގަތް ހޯދަން މަސައްކަތް ކޮށްފާކަމަށް. ހެއްކާއި ހެކިދިނުމުގެ ވާހަކަ ގުޅެގޮތެއް ބުނެދީބަލަ.

  13. ޙާސަ

    ހަލޯ ދިޔާ ކޮބާ އަންހެނާގެ އައުރައާ ބެހޭ ބައިވެސް ކޮށްލިނަމަ
    އޭރުންތާ އެނގޭނީ......ތިޔަގޮތައްް ހެދުން އަޅަންވެސް
    މަޖިލިސް ތެރޭގަ ބެޑްސީޓެއް އޮޅިވާހަކައެއްވެސް ދެކެވުނު ކަންްނޭގެ އެއްއިރެއްގަ

  14. ރުޒާނާ ޗޮއްޕަޓު

    ނިކަން ރަނގަޅު އެއްޗެއް ގަނޭތޯ ވަދާ ދުއްވަނީ ދޯ ދިޔާލޮލީ؟

  15. ހަގީގަތް

    ދިޔާނާ ދިބުނާގޮތުންވިއްޔާ ދިޔާނާދއްކާ ވާހަކަވެސްނެތް އަހަރަމެނަށް ގަބޫލްކުރެވޭކަށްނެތް. ސަބަބަކީ ދިޔާނާ ވަގުފިރިންގެންގުޅު ކަމުގެ ހެކިފެނިފައޮތުން. މީވެސް އިސްލާމީ ޝަރީއަތާ ހިލާފް ފަސާދަވެރިންގެ އަމަލެށް.

  16. ޖަޒީރާ

    ނަމާދުންބޭރުގައި އަންހެނާގެ ޢައުރަ އަކީ ކޮބާ؟އަޅެ ނޫރު ސޫރަތުގައި އަންހެނުންގެ ޢައުރަ އާއި ބެހޭގޮތުނަ ްއައިސްފައިވާ އާޔަތް އޭގެ މާނައާއެކު ކޮމެންޓް ކޮށްލަ ބަލަ .

  17. ޢަބްދުﷲ

    01 - ހަޑިކޮށް އުޅޭ މީހަކަށް އެނގޭނެ ތިމާއަކީ، ހަޑިކޮށް އުޅޭ މީހެއްކަން،

    02 - އަދި ހަޑިކޮށް ވާހަކަދައްކާ މީހަކަށްވެސް އެނގޭނެ، ތިމާއަކީ، ހަޑިކޮށް ވާހަކަދައްކާ މީހެއްކަން،

    03 - އެހެންނަމަވެސް، އެހުންނަނީ، ގޯސްކަންކަން، ކޮށްގެން ނުވާނެ ކަންކަން، އެކަންކަމަށް އެމީހަކު ޖަވާބު ދޭންޖެހޭނެ ކަންކަން،

    04 - އެމީހަކު ދުލުން ބުނާ އެއްވެސް ބަހެއް، އަދި އަތުން ކުރާ އެއްވެސް ޢަމަލެއް އެމީހެއްގެ ފަތުގައި ނުލިޔެވި ނުދާނެ،

    05 - މިހެން މިބުނީ، ލިޔެފައި ހުންނަ ވާހަކަތަކަށް ބަލައި ހިތާމަކުރަންޖެހޭއިރު، ކޮންމެވެސް އެއްޗެއް ނުބުނެ ނުހުރެވިގެންނެވެ.

  18. ބޭބީ

    ދެން ތި ދެފުއްކެހެރިންނަކަށް މަޤާމެއް ނުލިބޭނެ