ލޯޑް މަތިވާ ގަޑިތަކުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންއިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންއިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އައްޑޫގެ ރަށްތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުން އައި 2 މެގަވޮޓް އިންޖީނަކަށް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ކަރަންޓު ކަނޑަން ޖެހިދާނެކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ ޖަނަރޭޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިހާރުވެސް ދަނީ މައްސަކަތް ކުރަމުންކަމަށެވެ. ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވަންދެން މަތީ ލޯޑް ނަގާ އިލެކްޓްރޯނިކް އާލަތްތަށް ވީހާވެސް މަދުން ބޭނުން ކުރުމަށާއި ކަރަންޓް ބޭނުން ކުރާ މިންވަރު ވީހާވެސް މަދު ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮއްފައެވެ.

އައްޑޫ ސިޓީން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް އެ ސިޓީއަށް އަލަށް ގެންދިޔަ ދެ ޖަނަރޭޓަރު އިންސްޓޯލް ކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހު އެވެ. އަދި މިދިޔަ އަހަރު ޑިސެމްބަރު މަހު ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް މީގެ ކުރިން ފެނަކައިން ބުންޏެވެ.

ރާއްޖޭގެ 150 އަށް ވުރެ ގިނަ ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެނީ ފެނަކަ އިންނެވެ. ރައީސް ޔަމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ކަރަންޓްގެ ޚިދުމަތް ވަރަށް ދަށް ފެންވަރެއްގައި އޮތް ނަމަވެސް ރައީސް ޔާމީންގެ "24 ގަޑިއިރު ކަރަންޓް ޔަގީން" ވައުދު ފުއްދުމުގައި ފެނަކަ އިން މިހާރު ވަނީ ބޮޑެތި ކާމިޔާބީޔަކެއް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބުޝްރީ

    މައްސަލަ ދިމަވާ އިންޖީނު ނެހެދެނީތަ، ކޮންމެ 1/2 ގަޑިއަކުން ކަރަންޓް ކަނޑަމުން ތިދަނީ، ތިކަމުން ވާގެއްލުމުގެ ޒިންމާ ނަގަނީ ކޮންބައެއް؟؟؟

  2. ޑޑ

    ރަނގަޅަ ވޭހެއް. ތޭ ވަރަށް ފީކަޅާ ބާކިން ތިބޭ އަތަޅަށް،

  3. ޒާ

    ޒިންމާ ނަގާނެ މީހުން ވެރިކަމާ ހަވާލުވާން އުޅެނީ.

    • އައްޑޫސިޓީ

      ޢެމީހުން ނަގާޒިންމާބަލަން ކެތްމަދުވެފަ މިތިބީ.