ގާނޫނާއި ހިލާފަތް ގެނެސްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުވެސް މިހާރު ހަމަވެއްޖެ ކަމަށާއި ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް އިދިކޮޅު ޕާޓީތަކުން ގޮވާލައިފިއެވެ.

މިއަދު މ. ކުނޫޒުގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ގާނޫނާއި ހިލާފަށް އިއުލާން ކުރި ކުއްލި ނުރައްކަލުގެ ޙާލަތު އުވިއްޖެ ކަމަށެވެ.

"މިހާރު މިވަނީ ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ މުއްދަތުވެސް ހަމަވެފައި ކުއްލި ނުރައްކަލުގެ ހާލަތު އުވިފައިވާކަން ޕީޖީ އިން ސަލާމަތީ ބާރުތަކަށް އަންގަވަންޖެހޭ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް ޕީޖީ ފުލުހުންނަށް އަމުރު ކުރެއްވުމަކީ އެކަމާނާގެ ގާނޫނީ ވާޖިބެއް" އަލީ ހުސެއިން ވިދާޅުވުއެވެ.

ހައްޔަރުގައި ތިބޭ މީހުންނާ މެދު އަނިޔާވެރިވުމާއި ސާފު ބޯފެނާއި އެހެނިހެން ހައްގުތައް އެފަރާތްތަކަށް ނުލިބޭ މައްސަލަ ފާހަގަކޮށް ނޫސްވެރިނާއި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖަލުގައި މީހުން ބަންދުކުރުމަށްފަހު ނުހައްގުން ޖަލުގައި ތިބޭ މީހުންނާމެދު އަނިޔާވެރިކޮށް އަމަލު ކޮށްގެން ނުވާނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ހަމަވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ އިއުލާން ކުރެއްވެވި ކުއްލި ނުރައްކަލުގެ 14 ދުވަހުގެ މުއްދަތު މަޖިލީހުން ވަނީ 30 ދުވަސް އިތުރު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ރިޒާ

  މީ ރަންގަޅު ވާހަކައެއް

 2. ްމޭރީ

  ޖަލައްލާފައި ތިބި މީހުންނަށް އެކަނިތަ ސާފް ބޯފެނާއި ހައްގު ލިބެން ޖެހެނީ؟

 3. އިންތިފް

  އިންޑިއަން އިދިކޮޅު ޚަރަދު ކުރި ފައިސާ ފެނަށް!

 4. ޔުސުބު

  ޣައިރުގާނޫނިއްޔާ މުއްދަތު ހަމަވޭތަ

 5. ފައިޒް

  ހައްޔަރު ކުރީ ކަމެއްނުކޮށް ގޭގަ ތިއްބާތަ

 6. އިސްލާހް

  ކަޅުސޮރު ކުވެރިވީމާ ގާނުނީ ގޮތުން އެބޭފުޅަކަލިބޭ އަދަބެ ލިބެންޖޭހޭނެ މިހާރަކަ އައިސް ގާނޫ ނީބޭފުޅު މިދަ ކަވަނީކޮންވާހަކެ އެތައް އަބަދުވެސް ބޭނުން ވަނީސަރުކާރުގެ އަގުވައްޓާލަން ވަކީލުންތޯ ބޯފެން ފޯރުކޮއް ދެވަނީ އަބަދުވެސް ހަގީގަ ތާހިލާފަ ދޮގުވާހަކަ ފެތުރްން މީތޯެ އެބޭފުޅުންގެ ހުނަވީސިފައަކީ މގައުމުފަސާދަކުރަބައެކެވެ

 7. ހޮނޑާފުށީބޮޑުހުސޭނު

  ބަލަ 43 ހަމަ ނުވާ މަޖިލީހަކުން އިތުރު ކުރިޔަސް އެއަކީ ރައްޔިތުން ބޯލަނބަން ޖެހޭ ކަމެއްތޯ ވަގުތުން އަލިއަޅުވާލިނަމަ

 8. ވަތުތަށި

  އަލީހުސޭނު ކަލޭގެ ދާއިރާ އެބަހީ ކެންދޫ ދާއިރާގެ ރަށްރަށަށް ކަމެއް ކޮށް ދޭން ގޮވާލަބަލަ.ކެންދޫ ދާއިރާ އަށް ކަލޭ ހޮވީ ސަޅި ބައިސާ ކަނޑާ ކަށްނޫން ތިވަށް ތަރަށް ކަލޭ އުޅެގެން ދާއިރާގެ ލޯބި ހޯދާނެ ގޮތެއް ބުނެދީބަލަ މިހާރުވެސް ދާއިރާގެ މައި ރަށަކަށް އަޅައެއް ނުލެވެ އަދިވެސް އުޅެނީ ކެންދޫ ދާއިރާގެ ވޯޓް ހޯދަންތަ؟ ތިކަމެއްނުވާނެ ލޮލް...

 9. ނަސީމާ ޢަލީ

  ދެން އިތުރަށް މީހަކު ހައްޔަރު ނުކުރާނީ! ހައްޔަރުކުރި މީހުން ދޫކޮށްލާނީއެއްނޫ! ފުކެއްބޮޑުވަރު ގަމާރުވިޔަސް