ވޯޓް ކަރުދާސްތައް ޕްރިންޓް ކޮށްގެން ގެނެސް ރައްކާ ކޮށްފައި ހުރި "ސެކިއުރިޓީ ރޫމަށް" އިލެކްޝަންސް ކޮމިޝަންގެ ބައެއް މެންބަރުން ވަދެފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމަކުން ހާމަވެއްޖެއެވެ.

ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުރި ތަނަށް ވަން މީހުން އެނގޭނެ ގޮތައް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލޮގް ބުނާ ގޮތުން ކޮމިޝަންގެ މެންބަރުން ވެސް އެތަނަށް ވަނެވެ. އެކަން ފާހަގަކޮށްފައިވަނީ މި މައްސަލައިގައި ބޭއްވި ފަހު އަޑުއެހުމުގައި ރައީސް ޔާމީންގެ ޤާނޫނީ ޓީމުންނެވެ.
މިއަދު ރައީސް ޔާމީންގެ ވަކީލުން ސްޕްރީމް ކޯޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން ހިންގާ ތަޙްޤީޤެއްގައި ކޮމިޝަންގެ މެންބަރުން އެތަނަށް ވަނީ ކީއްކުރަންތޯ ބަލައިދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ މެންބަރުން އެތަނަށް ވަނުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާފައިވާ އަމަލެއް ކަމަކަށް ރައީސް ޔާމީންގެ ވަކީލުންވެސް ވިދާޅެއް ނުވެއެވެ.

ކޮމިޝަނުންގެ ބައެއް މެންބަރުން އެ ރޫމަށް ވަތްކަން ހާމަވެފައިވާއިރު، އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވެފައިވަނީ ވޯޓް ކަރުދާސް ރައްކާކޮށްފައިވާ ސެކިއުރިޓީ ރޫމަށް 40 އަށްވުރެ ގިނަ މީހުން ވަދެފައިވާ ކަމަށާއި، އެތަނަށް މުވައްޒަފުން ވަދެފައިވަނީ ވޯޓު ކަރުދާސް ޗެކް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ މިހެން ވިދާޅުވެފައިވުމުން، މިކަން ފާހަގަކޮށް ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވިދާޅުވީ، ކޮމިޝަނުގެ މެންބަރުންވެސް އެ ރޫމަށް ވަނީ ވޯޓް ކަރުދާސް ޗެކް ކުރަންތޯ ނުވަތަ އެހެން ބޭނުމަކުތޯ ސާފުކުރަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

މީގެ އިތުރުން ވޯޓް ކަރުދާސް ރައްކާކޮށްފައި ހުރި ސެކިއުރިޓީ ރޫމަށް ވަނުމުގެ ހުއްދަ ދީފައިނުވާ 3 މީހަކު އެ ރޫމަށް ވަދެފައިވާ މައްސަލަވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން މިއަދުގެ އަޑުއެހުމުގައި ފާހަގަކުރިއެވެ. އެ ފަރާތްތައް އައިޑެންޓިފައި ކޮށްފައިވަނީ އެ ރޫމަށް ވަދެ ނުކުމެވާ ފަރާތްތައް ބެލެހެއްޓުމަށް ބޭނުންކޮށްފައިވާ ލޮގް އީސީން ހިއްސާ ކުރުމުން އެ ލޮގަށް ބަލައިގެނެވެ.

ހުއްދަ ދެވިފައި ނުވާ 3 މީހަކު އެ ރޫމަށް ވަތް ކަމަށް ފާހަގަކުރެއްވިއިރު، އޭގެ ތެރެއިން 2 މީގެއްގެ ނަން ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިނާތު ކިޔާ މީހަކާއި، އެމް.އޭ ސައްތާރު ގެ ނަމުގައި ލޮގް ގައި ނޯޓް ކޮށްފައިވާ ދެ މީހުނެވެ. މީގެ ތެރެއިން ޖިނާތު 38 ފަހަރަކު އެ ރޫމަށް ވަދެފައިވާކަމަށް އެ ލޮގުން ދައްކާކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ހުއްދަ ނެތް މީހަކު އެހާ ގިނައިން ވަދެފައިވަނީ ކީތް ކުރަންކަމާމެދުވެސް ސުވާލު އުފެއްދެވިއެވެ.

ހަމައެއާއެކު އިއްޔެގެ އަޑު އެހުމުގައި މި ރޫމާ ގުޅޭ އިތުރު މައްސަލަތައްވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ބައެއް މުވައްޒަފުން ސެކިއުރިޓީ ރޫމަށް ވަދެފައި ނިކުމެފައިވާ ގަޑި ލޮގުން އެނގެން ނެތް މައްސަލައާއި، ސެކިއުރިޓީ ރޫމްގެ ސީސީޓީވީ ފުޓޭޖް ފުލުހުން ލައިވްކޮށް އަދި ފަހުންވެސް ބަލާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުރި ތަނަށް އީސީ މެންބަރުން އަދި ހުއްދަ ނެތް އިތުރުން ތިން މީހަކު ވަތް މައްސަލަ ފެންމަތިވިއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރަނީވެސް ވޯޓް ކަރުދާސް ބޭނުންކޮށްގެންނެވެ. އެގޮތުން ރައީސް ޔާމީނާ ވާދަވެރި އިދިކޮޅު ކޯލިޝަނުގެ އެއް ލީޑަރު ކަމަށްވާ ޤާސިމް އިބްރާހީމްގެ މެޖޯރިޓީ ހިއްސާ އޮންނަ "އެމް-7" އަށް ވޯޓް ކަރުދާސް ޗާޕް ކުރަން ދިން މައްސަލަ ވަނީ ބޮޑުވެފައެވެ.

ރިޔާސީ އންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހުށަހުއްވި ސިއްރު ހެކިންގެ ހެކިބަސް ނަގަންޖެހޭފަދަ ހާލަތެއް މެދުވެފައި ނުވާކަމަށްބުނެ ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، މައްސަލައިގެ އަޑުއެހުންތއް ނިންމާލާފައިވާއިރު، ހުކުމް އިއްވާނެ ވަކި ދުވަހެއް އެ ކޯޓުން ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އަކުރަމް

    އެހެންމަ ހެޔޮއެއްޗެއްތާ މިކިޔަނީދޯ ޕިސް ޕިސް

  2. އަލީ

    އަޅެ ކަލޭ ތީ ހޭބަލި ވެފަ ހުރި މީހެއްތަށް އެތަނެއްގެ ވެރިން އެތާގަ ހުންނަ ތަންތަނަށްވަންނާނެދޯ… އަދި މީގެއިން އިގެނީ ވަދެ ނުކުންނަ ހުރިހާ އެންމެން ނަން ލޮގް ކުރެވިފައިވާ ކަންދޯ .. އަޅެ ބްރޭކިން ނިއުސް ދަސްކުރަންވެއްޖެދޯ

    • Anonymous

      ސުރުޚީ އެކަނި ދޯ ކީ.. ޚަބަރުގަ އެއޮތީ ހުއްދަނެތް ޖިނާތު ކިޔާމީހަކު 38 ފަހަރު ވަތް ވާހަކަ.

      • ށައުގީ

        ކިހިނެއް އެގެނީ އޭ ހުއްދަނެތް މީހެއްކަމެއް.

    • Anonymous

      އަޅޭ!! މީގައިއެވިދާޅުވަނީ ހުއްދަ ނެތް މީހަކު 38 ފަހަރަކު ވަތްން ވާހަކަ. އަޑުއަހާ ބެލީމަ ވާނުވާ އެނގޭނީ.!!!

      • ޙަ

        ވަާނުވާ ނޭގެނީ ކަލެއަށް

  3. ޢަބްދުﷲ

    އީސީގެ މެންބަރުންގެ ޒިންމާގެ ދަށުގައި ހުރި ތަނަކަށް އެމީހުން ވަދެނުކުމެ އުޅުން މަނާކުރެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނޯންނާނެއެވެ.

    • ޚ

      މެންބަރުންނަށް ވީމަ އެތަނަށް ވަދެ ކޮންމެ ކަމެއް ކުރިއަސް އޯކޭތޯ.

  4. Anonymous

    އަބުދުﷲ ބޭނުންގޮތަކަށް ގާނޫން މާނަ ކޮށް ހުއްދަކަންކަމާ މަނާ ކަންކަންބޭނުނގޮތަކަށް ކަނޑައަލާނަމަ މަނާ އެއްކަމެއްވެސް ނުއޮންނާނެ.

    • ޢަދުލު އިންސާފު

      ކޮން ޤާނޫނެއްގަ ނޫނީ ޤަވާއިދެއްގަތަ އޮތީ އީސީ މެމްބަރުން އެތަނަށް ވަނުން މަނާކަމަށް؟ އޮތް ނަމަތާ މާނަކުރަން ޖެހޭނި

      • ހުސޭނުބޭ

        އީސީގެ މެމްބަރުންވެސް ބޭނުންހައި އިރަކު ބޭނުންކަމެއް ކުރަން އެތަނަށް ވަދެވިގެން ނުވާނެ! ލޮގްކުރެވެނީ އެހެންވެގެން! އެ ތަނުގައި އެ ހުރީ އީސީގެ ބެލުމުގެ ދަށުގައި ހުރި އެންމެންގެ އެއްޗެތި.

  5. މުޙައްމަދު

    މިއީ ކިހާދެރަކަމެއް

  6. ޢަބްދުﷲ

    އީސީއަކީ، އެކުޖުމުލަ 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޤާނޫނީ ޝަޚުސަކަށްވާއިރު، އަދި އީސީގެ މެންބަރުން ހަދާ ޤަވާޢިދެއްގެ ދަށުން އެކަނި އީސީ ހިންގުމަށް އީސީގެ މެންބަރުންގެ މައްޗަށް އީސީގެ ޤާނޫނު ލާޒިމު ކޮށްފައިވާއިރު، އީސީއަކީ، މިނިވަން މުސްތަޤިއްލު މުޢައްސަސާ އެއްކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާއިރު، މިކަންކަމަށް ނުބަލައި ތިޔަވާހަކަ ނުދެއްކޭނެއެވެ.

  7. މޫސާ ސަމީރު

    ވަންނާނެ ވަރަށް ބޮޑަށް އޮޅުވާލައިގެން ފިލައިގެން ގޮސްފަ އެތިބީ.. މަކަރުވެރިކަން އިންތިހާއަށް

  8. ޢަލީ

    ދެން ތިބޭ ތިކަހަލަ ދެއުޅި އެއްނުވާ ތަރުޖަމާލިޔަން..

    • ހައްޖަ

      ތަރުޖަމާާން މޮޔަވެއްޖެ މޮޔަގޮވަނީ

  9. އަލީ

    އީސީ ސަރީފް ހިފާ ހައްޔަރު ކުރޭ

  10. މާހިރު

    ޢެމީހނ އަވަސް އަވަހައް ވަދެބެލީ އެއްޗެތި ހަމަޔައްހުރިތޯ

  11. ހަހަހަހަ

    ވަގުތު މީހުން ހެކި ދަައްކާ

  12. މުހުންމަދު

    ހެކިބަސްނަގަންޖެހޭވަރަށްވުރެން ފާޅުކަންބޮޑުކޮށް މަކަރުހަދަފައި އޮތްކަމަށް ފަނޑިޔާރުންނަށް އިއްތިފާގު ވެވިއްޖެއްޔާމު ތިޔައޮތީތިކަން ނިމިފައިނޫންތޯއެވެ. ވަރަށްސަލާމް!

  13. ވިސްނާ

    ހުރިހާއޮފީހެއްގައިވެސް ތިއްބަވަނީ ހަމަހަމަ ވަޒީފާގައި ތިއްބަވާބޭފުޅުންނެތްނޫން މަގާމާ
    މުސާރައާ އިނާޔަތްތައްވެސް ތަފާތު ވީމާ، ތަނުގެގޮތުންނާ، ކަމުގެބާވަތުން ވަންނަންޖެހޭ
    ފަރާތްތަކެއްކަނޑައަޅާ ހުއްދަދެއްވާފައިވާފަރާތެއް ވަނުމަކީގޯސްކަމެއް ނުކުރާހާ ހިނދަކު
    މައްސަލައެއްނޫން ނަމަވެސް ހުއްދަނެތް ފަރާތެއްވަނުމަކީ ރަގަޅުކަމެއްނޫން ހުއްދަނެތި ރަގަޅުމަގުޞަދެއްގައި ނުވަންނާނެކަމަށްބެލެވޭ ވީމާ އުފެދިގެންއުޅޭމައްސަލާގައި ޝައްކުވާ
    ކަންތައްތަކެއް ހިނގާފައިވޭ
    ު