ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް ބަހައްޓާފައިހުރި "ސެކިއުރިޓީ ރޫމަށް" ހުއްދަ ނެތް ތިން މީހަކު ވަތްކަން ހާމަވެއްޖެއެވެ. މިކަން ހާމަވެފައިވަނީ ވޯޓް ކަރުދާސްތައް ރައްކާކޮށްފައި ހުރި ތަނަށް ވަން މީހުން އެނގޭނެ ގޮތައް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލޮގުންނެވެ.

މިކަން ފާހަގަކުރައްވާފައިވަނީ ރިޔާސީ އިންތިޚާބު ބާޓިލުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި ފަހު އަޑުއެހުމުގައި ރައީސް ޔާމީންގެ ޤާނޫނީ ޓީމުންނެވެ. ރައީސް ޔާމީންގެ ޤާނޫނީ ޓީމުން އައްބާސް ޝަރީފް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ހިއްސާކޮށްފައިވާ އެ ރޫމަށް ވަދެ ނުކުމެވާ ފަރާތްތަކުގެ ލޮގަށް އަދި އެތަނަށް ވަނުމުގެ ހުއްދަ ދެވިފައިވާ ފަރާތްތަކަށް ބަލާއިރު، އެތަނަށް ވަންނަން ހުއްދަ އޮންނަ މީހުންގެ ލިސްޓުގައި ނުހިމެނޭ ތިން މީހަކު ވަދެފައިވާކަން ހާމަވެފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެތަނަށް ވަދެ ނިކުމެފައިވަނީ 40 މީހުން ކަމަށެވެ. ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، އެކި ފަހަރުމަތިން 40 މީހަކު 179 ފަހަރު ވޯޓް ކަރުދާސް ރައްކާކޮށްފައިވާ ކޮޓަރިއަށް ވެދެފައިވާކަން އެ ލޮގުން އެނގެން އޮތްއިރު، އޭގެ ތެރޭގައި އެތަނަށް ވަނުމުގެ ހުއްދަ ނެތް ތިން މީހަކު އެތަނަށް ވަތްކަން ހާމަވާން އެބައޮތް ކަމަށެވެ.

ހުއްދަ ދެވިފައި ނުވާ 3 މީހަކު އެ ރޫމަށް ވަތްކަމަށް ފާހަގަކުރެއްވިއިރު، އޭގެ ތެރެއިން 2 މީގެއްގެ ނަން ރައީސް ޔާމީންގެ ވަކީލުން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިނާތު ކިޔާ މީހަކާއި، އެމް.އޭ ސައްތާރު ގެ ނަމުގައި ލޮގް ގައި ނޯޓް ކޮށްފައިވާ ދެ މީހުނެވެ. މީގެ ތެރެއިން ޖިނާތު 38 ފަހަރަކު އެ ރޫމަށް ވަދެފައިވާކަމަށް އެ ލޮގުން ދައްކާކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ހުއްދަ ނެތް މީހަކު އެހާ ގިނައިން ވަދެފައިވަނީ ކީތް ކުރަންކަމާމެދުވެސް ސުވާލު އުފެއްދެވިއެވެ.

ހުއްދަ ނެތް 3 މީހަކު ވޯޓް ކަރުދާސް ރައްކާކޮށްފައި ބަހައްޓާފައިވާ ސަލަމާތީ ކޮޓަރިއަށް ވަދެފައިވާކަން ހާމަވިއިރު، އެތަނަށް އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެންބަރުންވެސް ވަދެފައިވާކަން އެނގެން އޮންނަ ކަމަށްވެސް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު ރައީސް ޔާމީންގެ ވަކީލުން ސްޕްރީމް ކޯޓުގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުން ހިންގާ ތަޙްޤީޤެއްގައި ކޮމިޝަންގެ މެންބަރުން އެތަނަށް ވަނީ ކީއްކުރަންތޯ ބަލައިދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ކޮމިޝަނުގެ މެންބަރުން އެތަނަށް ވަނުމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާފައިވާ އަމަލެއް ކަމަކަށް ރައީސް ޔާމީންގެ ވަކީލުންވެސް ވިދާޅެއް ނުވެއެވެ.

ކޮމިޝަނުންގެ ބައެއް މެންބަރުން އެ ރޫމަށް ވަތްކަން ހާމަވެފައިވާއިރު، އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވިދާޅުވެފައިވަނީ ވޯޓް ކަރުދާސް ރައްކާކޮށްފައިވާ ސެކިއުރިޓީ ރޫމަށް 40 އަށްވުރެ ގިނަ މީހުން ވަދެފައިވާ ކަމަށާއި، އެތަނަށް މުވައްޒަފުން ވަދެފައިވަނީ ވޯޓު ކަރުދާސް ޗެކް ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވިދާޅުވީ، ކޮމިޝަނުގެ މެންބަރުންވެސް އެ ރޫމަށް ވަނީ ވޯޓް ކަރުދާސް ޗެކް ކުރަންތޯ ނުވަތަ އެހެން ބޭނުމަކުތޯ ސާފުކުރަން ބޭނުންފުޅުވާ ކަމަށެވެ. ނަމަވެސް މި ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށްބުނެ އިންތިޚާބު ބާތިލު ކޮށްދިނުމަށް އެދު ރައީސް ޔާމީން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ރައީސް ޔާމީންގެ ފަރާޕްޕުޅުން ނަގައިދިނުމަށް އެދިލެއްވި ސިއްރު ހެކިންގެ ހެކިބަސް ނަގަންޖެހޭފަދަ ހާލަތެއް މެދުވެފައި ނުވާކަމަށްވެސް ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ. ނަމަވެސް މި މައްސަލައިގައި ހުކުމް އިއްވާނެ ދުވަހެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދެރައޭ

    ސިއްރު ހެކިބަސް ނުނެގި، އަޑުއެހުން ނިންމާލައިފި ނަމަ ރިޔާސީ އިންތިޚާބުގެ ވޯޓް ލިދުވަހުގެ ރެއިން ފެށިގެން އެއް ހަފްތާ ވަން ދެން ކޮޓަރިން ނުނިކުމެ ލަވަ ޖަހައިގެން ނިދަން އޮތް ގޮތަށް ދެން ނިދަންވީ އޭ އަނެއްކާ ދެން ހާދަދެރައޭ ދޯ ކިއެއްކުރާނީތޭ މަމެންގެ ޑްރީމްވޯލްޑް ކަމުގައިވާ ވިލިމާލެ ހިޔާ އެކޮމްޕްލިޝްޑް ޕްރޮގްރާމް ވެސް އޮޔާދިޔައީ ދެން އަންނާނީ ރާއްޖެ އަށް ފަޑުއްކަ އިންޑިއާއޭ އެމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެއޭ ހުރި ހިތާމައެއްގެ ބޮޑުކަމާއޭ ހަލާކޭ ހަލާކޭ މަމެން ޕިންކީންގެ ދުވަސް ދިޔާދޯ ދެރަވޭ ދެރަވޭ ދެރަވޭ ވަރަށް ދެރަވޭ ރޮވެއޭ ރޮވެއޭ ރޮވެއޭ ވަރަށް ރޮވެއޭ ދެން ކިއެއްތޭ ކުރާނީ ދާންވީއޭ ސިންގަޕޯރ އަށް ދެން ދިރިއުޅުން ބަދަލު ކޮށްލަންވީއޭ...

    • ޕިންކީ

      ދެހަފްތާ މަދު. މުޅިއުމުރު ލަވަ ޖަހައިގެން ނިދާލާ.

    • އުފަލޭ

      އަހަރެމެން ރަންރީދޫ ޓުވިޓަރޭމެން އަދި އިންތިޚާބު ބާޠިލް ކުރިޔަސް ޕިންކީންހާ ހިްވަރު ދެރައެއް ނުވާނެ. ދެރައެއްވެސް ނުވަނަސް ނުވެސް ރޯނަން. ހަމަ ހިތްވަރު ކޮށްފަ އެންކާ ވެސް ހަމަ ވޯޓުލާން ހުޅުވާލައިފިއްޠާ ވިހި ގަޑިއިރު ކޮޅަށް ހުރެގެން ވޯޓުލާނ ޖެހުނަސް ވަމަ ވޯޓުލައިގެން ޔާމީނު ބަލިކުރާނީ. އަދި ބުނަން އަމިއްލަ ގޮށްމުށުވެރިކަމެއް ނޫނީ ރަސްކަމެއް ކުރިޔަސް ހަމަ ކެތްތެރިކަމާއެކު ފިސަރި ހިތްވަރާއެކު އަނިޔާވެރިކަމާ ދެކޮޅަށް ހަމަ ހަގުރާމަ ކުރާނަން. އެއްވެސް ތަނަކަށް ނުވެސް ދާނަން.

  2. ސޭވްޑް

    ސިއްރު ހެކިބަސް ނުނެގި ދިއުމުން މަމެން ޕިންކީންގެ ދުވަސް ދިޔާދޯ މަމެން ސްޕްރީމް ކޯޓަށް އިތުބާރު ކުރަމޭ މަމެން އިތުބާރު އެންމެ ބޮޑަށް ކުރާ ތަނަކީ އެއީ ސްޕްރީމް ކޯޓޭ ޔޭއް ފާރ އެވަރ އެވަރ ޔޫއާރ އައި ބިލީވް ޔޫއާރ ސޭވްޑް އިން މައި ހާރޓް އެން އިޓް ވިލް ގޯ އޮން އެން އޮން ވީވިލް ސްޓޭ ފޯރ އެވަރ ދިސް ވޭ ޔޫއާރ ސޭވްޑް އިން މައި ހާރޓް އެން މައި ހާރޓް ވިލް ގޯ އޮން އެން އޮން...

  3. ޝާއިރާ

    ހުއްދަ ނެތް މީހަކު އެއްފަހަރު ވެސް ވަދެގެން ނުވާނެ. އެކަމަކު އޭނާ 38 ފަހަރު ވަދެ ވޯޓުކަރުދާހާއި ކައިވެނި ކޮށްފި.

    • މުބީނު

      ޝާޢިރާ އެއީ އެތަނުގެ މަސައްކަތު މީހެއްކަމަށް ވާނީ. ކޮންމެހެން ބަންގާޅުން އައިސް އެއުޅެނީ ވޯޓް ކަރުދާހާ ކައިވެނި ކުރަންނޫންހެންހީވަނީ. އެކަމު ބޮޑަށް އެގޭނީ ހަމަ ޝާއިރާމެންނަށް. އެއީ ޝާއިރާމެންނަކީ ބަންގާޅުން ގެންގުޅޭ މާސިންގާ ދިގު ވޯޓު ވެއްދޭތޯ މަސައްކަތްވެސް ކުރާމީހުން.

  4. ޢަބްދުﷲ

    ތަޙުޤީޤުކުރުމަށް އެދި ތަޙްޤީޤީ އިދާރާތަކަށް މައްސަލައެއް ހުށަހެޅުމުން، އެމައްސަލައެއް ތަޙްޤީޤު ކޮށްފައިނުވާނަމަ، ދެން އެމައްސަލައެއް ހުށަހަޅަންޖެހޭ ފަރާތް ޤާނޫނުގައި ބުނެދީފައިވާއިރު، މިއިން އެއްވެސް ފަރާތަކަށް ތަޙްޤީޤުކުރުމަށް ހުށަހަޅަފައިނުވާ މައްސަލައެެއް ސުޕުރީމު ކޯޓުން ނެރޭ އަމުރެއްގެ ދަށުން އެކަނި ތަޙްޤީޤު ކުރުމަށް އެދެމުންދަނީ، ކޮންހަމައަކުން ކޮންއުޞޫލަކުންތޯ ސުވާލުއުފެދެއެވެ.

  5. ލޭޑީ

    ޕިންކީ އިންނަށް ބުނަން އޮތީ މަމެން ނާ ގުޅެން އަންނާށޭ، ޔޭލޯ ވީމަ ވަރަށް ސަލި ވާނެ