ރިޔާސީ އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީނަށް ލީ ވޯޓު ކަމަށް ކަނޑައެޅުމަށް ޤާނޫނީ ވަކީލަކު ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ގާނޫނީ ވަކީލް ހއ.އިހަވަންދޫ އަންބަރީގޭ އަބްދުލް މާނިއު ހުސައިންއެވެ.

މާނިއު އެ މައްސަލަ ހައިކޯޓަށް މިއަދު ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހީމް މުއާޒު ކެންޑިޑޭޓު ނަންބަރު އެކަކާ ދިމާގައި ޖެހި ފާހަގަ ކެންޑިޑޭޓު ނަންބަރު ދެއަކާ ހަމައަށް ވެއްޓޭ ކަމަށް އެ މަންޒަރު ލޮލުން ދުށް މީހަކާ ހަވާލާދީ ވަރަށް ސާބިތު ކަމާއެކު ވިދާޅުވެފައިވާތީއެވެ.

ރައީސް ޔާމީންގެ ތަރުޖަމާން މުއާޒް މިހެން ވިދާޅުވަނީ ޕީޕީއެމް އިންތިޒާމް ކޮށްގެން ބޭއްވި އެއްވުމެއްގައި ކަމަށް ވެސް އެ މައްސަލައިގައި ބަޔާން ކޮށްފައި ވެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ގާނޫނީ ވަކީލް މާނިއު ވިދާޅުވީ މި މައްސަލަ ހުށައެޅުއްވީ މުއާޒު ދެއްކެވި ވާހަކަފުޅަކަށް ޝަރުއީ ކޯޓަކުން ހުކުމެއް އަންނަންޖެހޭ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. މާނިއު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބިނާކޮށްފައިވަނީ މުއާޒުގެ މިވާހަކަތަކަށް ކަމަށް މާނިއު ވަނީ ވިދާޅުވެފަ އެވެ.

ޤާނޫނީ ވަކީލް ޢަބްދުލް މާނިއު ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވަނީ އިލެކްޝަންސް ކޮމިޝަނުން ޢާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައި، ކެންޑިޑޭޓް އެކަކަށް ލިބިފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ވޯޓް ކަމަށާއި އަދި ކެންޑިޑޭޓް ނަމްބަރު ދޭކަށް ލިބިފައިވާ ކަމަށް ބަޔާންކޮށްފައިވާ ވޯޓަކީ ކެންޑިޑޭޓް ނަމްބަރު އެކަކަށް ލިބިފައިވާ ވޯޓް ކަމަށް ކަނޑައަޅައި ނިޔާކުރުމަށް އެދޭ ކަމަށެވެ.

މާނިއުވަނީ މުއާޒުގެ ވާހަކަތަކުން ދެ ކަމެއް ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެއީ އެކެއްގައި ޖެހި ފާހަގަތައް ދެއަކާއި ދިމާއަށް ފައިބާފައި ހުރެއްޖެ ނަމަ ދޭއްގައި ޖެހި ފާހަގަތައް އެކަކާ ދިމާއަށް މައްޗަށް އެރުމަކީ ގަބޫލު ކުރަން ޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެމް 7 އިން އެގޮތަށް ކަރުދާސް ޗާޕުކޮށްފައިވަނީ އާދަޔާ ހިލާފު ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން ކަމަށާއި އެ ޓެކްނޮލޮޖީ ބޭނުން ކޮސްގެން އެ އަގުގައި ކަރުދާސް ޗާޕުކޮށްފައިވަނީ ނުއަގުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ވާނުވާ

    ކެމިކަލް އުނގުޅާފަ ހުރިކަމަށް ބުނީ އެކަކުން ދެއަކަށް ފައިބާގޮތަށް. ދެން ކިހިނެއް ދޭއްގަޖެހި ފާހަގަ މައްޗަށްއަރާނީ..މުޢާޒު ތިއަރީ ބުނާގުތުންވިއްޔާ އެކަކަށް ނުލިބޭނެ ހުދު ޔާމީނު ވޯޓެއްވެސް..ހުސް ދެބޯގެރިން

  2. Anonymous

    ކީކޭ ދެން ބުނާނީ

  3. ސަމާ

    މަގޭ ވޯޓު ކޮބާ

  4. މޮޔަ

    ހަމަ ރަނގަޅައްވެސް މޮޔަވެއްޖެ.ތަރިތަ ކާއި ހަނދާއި ބުއްދާ އައް އަޅުކަން ކުރާމީހުން އަދިކިރިޔާ މި އެގުނީ

  5. ާއައިންތު

    މަގޭ 7 އަހަރުގެ ދަރިފުޅު ކައިރީގަ ގަނޑެއްގަ ދެ ގޮޅި ކުރަހާފަ ދައްކާފަ މަތީ ގޮޅީގައި އަކުރެއް އަޅާފަ މަ ބުނީ މި އަކުރު ތިރީ ގޮޅިއަށް ފައިބަފާނެ ކަމަށް ދަރިފުަޅު ގަބޫލުކޮށްފާނަން ހެއްޔޭ؟ އެއްބަސް ނުވި ނުވާނެއޯ . އެވަރު ތުއްތު ކުދިން ގަބޫލުނުކުރާ ކަމެއް ހޭޖެހޭ މީހުން ގަބޫލުކުރުންމީ ގަރުނުގެ ޖޯކު. ބަޔަކު ރަނގަޅަށްވެސް މޮޔަވެއްޖެ. ތަންކޮޅެއް ހޭޖެހޭ ވާހަކަ ދައްކަންވެއްޖެއެންނު. ފުކެއްބޮޑުވަރު ޑެސްޕަރޭޓް ވިޔަސް

    • މަރުމޯލު

      ތި ފާހަގަ މަތީ ގޮޅިން ތިރީ ގޮޅިއަށް އައިކަމަކަށް ގަބޫލެއް ނުކުރަން. ޢެކަމަކު އެއީ
      ޓެކްނޮލޮޖީ ގަ ނެތްކަމެއް ނޫން. ތިބޭފުޅާގެ 7 އަހަރުގެ ކުއްޖާ އަކަށް އިލެކްޓްރޯފޯރެސިސް އެއް އަދި ސްކޫލް ގަ ކިޔަވައެއްނުދޭ. ތިބޭފުޅާއަށް ވެސް ނޭގޭ ދޮއްތޮ؟ ކުޑަކޮށް ގޫގްލް ކޮށްލާ! Electrophoresis

  6. ހަހަ

    ކީއްވެތަ ފާހަގަ ވެއްޓުނީމަ އެވާހަކަ ވޯޓު ލާން ހުރެފަ ނުބުނީ ގައިމު މަވެސް ވޯޓު ލާފަ ފާހަގަ ވެއްޓޭތޯ ބެލިން

  7. Anonymous

    އެމް.ޑީ.ޕީގެ ޕްރޮޕެގެންޑާ ވަރަށް މޮޅު.

  8. ޝީހަ

    ބޮޑުކަމެެެއް

  9. އަނާރު

    ތިމަށްސަލަ ހުށައެޅި ވަކީލަކީ ބުއްދިފިލާގޮސްފައި ހުރިވަކީލެއްބާ

  10. މަގޭ ވޯޓު

    އެހެންވީމާ ތިޔަ ނަތީޖާ އިންނާނީ އަބަދުވެސް ބަދަލުވެ ބަދަލުވެތާދޯ؟ ފާހަގަ އެކެއް އިންނަ ގޮޅިއަށް އެރީމަ ހަރުނުލާ ދެއަކަށް ދާނެއްނު؟ އަދި ދެ އަކަށް އަންނަ އިރަށް ހަރުނުލާ އެކަކަށް ވެސް ދާނެ ދޯ؟ ?

  11. ކޮސް

    ކަލޭމެން މިހާރު ތިކަހަަލަ ކަންތައްވެސް ޖޯކަކަށް ކީކޭ ބުނާނީ ދެން

  12. ޖަމީލާ

    މުވާޒެއްނޫން. މޮޔަވީ އެމްޑީޕީން މޮޔަވީ. ވެރިކަން ނުލިބިގެން ހޭރިހޭރި ތިއްބާ ވައްކަންކޮށްގެން ވޯޓް ލިބުނީމަ އެކަން ބަޔަކު ބަލާތީ ލޮލުފިޔަ ނުޖެހިގެން މާރާމާރީ ހިންގަމުން މީހުންނަށް ފުރައްސާރަ ކުރަމުން ތިޔަދަނީ .ތީ އެމްޑީޕީ އށް ދިމާވި ކަމެއްނަމަ ހުޅު ނުޖަހާނެ އެއްމެ މުވައްސަސާއެއްވެސް ނުހުންނާނެ، މީހުން ގަތުލުކުރަމުން މާރާމާރީ ހިންގަމުން ދާތަން ފެންނާނެ. މާތް ﷲ ގެ ކުޅަދުން ވަންތަކަމުން ބޭއިންސާފުންވެސް ތި މީހުންނަށް ތި ވޯޓް ލިބުނީ. މިދިވެހިރާއްޖޭގައި ނުބައި ހުރިހާ ސިފަ ހަރުލީ އެމްޑިޕީގެ ސަބަބަުން.ރޯކުރުމާ އާޑަ ފުރައްސާރަ ކުރުން ފަދަ މީހުން ގެ އަބުރާ ބެހުމަކީ އެމްޑިޕީ ގެ ސަޤާފަތް. ތިޔައި ތަހުޒީބު ބައެއްގެ ޢަމަލެއްނޫން. އެމްޑިޕީ މީހެއްގެ ދަރިއެއްނަމަ ކުޑައެއް ބޮޑެއް ނުހުންނާނެ. މީހުން އަބުރަށް އަރައިިގަންނާކަށް.

  13. ވގ

    ހައްގު އޮތީ 1 ގަތެޔޮލައިގެން ފާހަގަޖެހި މަދުބައެއްގެ އެކަނިތޯ

  14. އަހްމަދް

    ހެއްހެއްހޭ! އެއްމެން ވޯޓުމޮޔަވެފަ!.
    އެއްމެ ޕާޓީވެފަ!
    އެއްމެން ޑިމޮކްރެސީ ވެފަ!
    ކޮންފަދަ ކަމެއްމީ؟

  15. ވޯޓޭ

    ޢާއެކޭ މުއާޒޫ މަގޭ ވޯޓް ފާހަގަވެސް ދިޔަ ކަރުދާހުން ބޭރައް މަ ކުރިކަމަކީ ފާހަގާ ގަ މެދުގަ ހިފާ އެލިގެން އޮތީ އިރުކޮޅެއް ކޮއްލާފަ ފާހަގަ ގެނެސް 2 ނަމްބަރާދިމާލުގަ ބާއްވާފަ ހިމަރޯނު ގަނޑަކުން ވަރުގަދަޔައް އައްސާލީ މުއާޒޫ އާއި ޕިންކީން ވެސް މިހެން ކަންކުރިނަމަ ރަނގަޅުވާނެ ނޫން ތޭ

  16. ވގ

    މި އަނެއްކާ ހަމަ މީހެއްބާ އިހަވަންދޫގަވެސް މިވަރުމީހުން އުޅޭދޯ

    • ބޭބީ

      ފަސް ކުޅަނދުގެ މައްސަލަ

  17. ަިއައިޝް

    ސަހަރޯ! ވެރިކަން ދެއްވާތޯ ދުޢާ ކުރަންވީ. ދޮގު ވާހަކަ ފެތުރުމަކީ، ނާކާމިޔާބު.

  18. ރާކަނިމަސް

    ވެއްޓޭ ކާއްޓަކީ އަލުން ރުކުގަ ހަރުލާ އެއްޗެއްނޫން ނަމަވެސް ކޯޓުން މައްސަލަ ބަލައިގަނެ، ވެއްޓުނުބައި ތިރީގަހުރި މީހާގެ ބައިކަމަށް ހައްދަވާފައި 100% އިބޫއަށް ލިބުނު ކަމަށް ކަނޑައެޅީމަ ހުންނާނީ ރާކަނިމަސް ކެވިފަ.ޕޕޕ

  19. ދުވާފަރު ދަންޑަހެލު

    ރައީސް ޔާމީން 25 ބުރިއަށް ނަގާ ގެ އެއީ އިބޫގެ ގެ ކަމަށްވެސް ކަޑައަޅަން ޖެހޭނެ ދޮތަ