ސިޔާސީ ބައެއް ފަރާތްތަށް ނަފްސާނީ ގޮތުން ބަލިކަށި ކުރުމަށް ހިންގާ އަމަލުތަށް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ މައިދާނުގައި ހަރާކާތްތެރިވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފުރައްސާރަކޮށް އަބުރު ކަތިލުމަށް ބައެއް ފަރާތްތަކުން ހިންގަމުންދާ އަމަލުތަށް އެ ޕާޓީން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.
"ސިޔާސީ ގޮތުގައި ވަރަށް ގިނަ ކަންތަށްތަކެއް ހިންގަމުންދާ ދުވަސްވަރެއްގައި ސިޔާސީ ހަރަކާތްތެރިން ނަފްސާނީގޮތުން ބަލިކަށި ކުރުމަަށްޓަކައި އެމީހުން ކުރަމުންދާ މައްސަކަތަށް ހުރަސް އެޅުމަށް މީސް މީޑިއާ އަދި އެނޫންވެސް ވަސީލަތްތަށް ބޭނުން ކޮއްގެން އެމީހުންގެ އާއިލާ އާއި ދަރިންނަށް ފުރައްސާ ކުރުން ފަދަ ނޭދެވޭ އަމަލުތަށް މަދު ބަޔަކު ނަމަވެސް ދަނީ ކުރަމުން" މި ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ރާއްޖެ އަކީ އަވަށްޓެރި ގައުމުތަކާއި އަޅާބަލާއިރު ތައުލީމީ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަދި ކުރިއަރަމުން އަންނަ ގައުމަކަށް ވީހިނދު މިފަދަ ނާތަހުޒީބީ އަމަލުތަކަކީ މި ގަރުނަށް ނުފެތޭ އަދި ތަހުޒީބީ މުޖުތަމައުތަކުން ފެނިގެން ނުވާނެ ފަދަ އަމަލުތަށް ކަމަށް މިބަޔާނުގައި ވެއެވެ.
މި ބަޔާން ނިންމާލަމުން ވަނީ މި ފަދަ ނާތަހުޒީބީ އަމަލުތަކުން އެއްކިބާވެ ޑިމޮކްރަސީގެ ރީތި ސިފަތަކުގެ މަތިން ސިޔާސީ ހަރަކާތްތެރިންނަށް ވެސް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކޮށް ދިނުމަށް މި ޕާޓީން އިލްތިމާސް ކުރާ ކަމަށެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާއި ހިސާބުން ފެށިގެން ޕީޕީއެމް ވަނީ އެ ޕާޓީގެ ބައެއް އިސް ބައެއް ބޭފުޅުންނާއި އާންމު މެންބަރުންނަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން އިތުރުވަމުންދާތީ މީގެ ކުރިން ވެސް ކަންބޮޑުވުން ފާޅުކޮއްފައެވެ.
ފިސާރީ ތަޢުލީމީ ވީމަތާ ވޯޓު 1 ނަމްބަރުން 2 ނަންބަރަށް ވެއްޓުނުކަން ޤަބޫލް ކޮށްއްގެން ބަޔަކު ތެޅި މަރުވަނީ.
ޢަސްލުގަވެސް - ގުދޯގުދޯ ގޮވަނީތަ؟
މިބައިމީހުން މިކުރަނީ ވަރަށް ތަހުޒީބް ކަންތައްތަކެއްކަމަށް ޤަރާރަކުން ނިންމައިދިނުމަކީ މުހިންމު ކަމެއް
މާލޭގެ މަގުމަތިން ޒުވާނުން ކަތިލެވިގެން ދިޔަ އެކަމާއި ދެކޮޅަ އެއްޗުއް ބުނަން ތިއިން އެކަކައް ވެސް ނުކުރުނު...އެކުދިންނަކީ ސިޔާސީ ބޮޑުންގެ ދަރިން ކަމުގައި ނުވާތީ ތޯ؟.ވަރަށް ލަދުވެތި ދެއްތޯ؟
މޮޔަވެފަތިތިބީ
އޭރުވެސް އަދި މިހާރުވެސް މިރާއްޖޭގެ ރައްޔިތުންނަކީ، ޖުމުލަގޮތެއްގައި ކިޔަމަންތެރި ޙިކުމަތްތެރި ޢަދުލުވެރި ބައެއްކަން ފާހަގަކުރެވެއެވެ. އެހެނީ، މިވަރުގެ ބޮޑުކަމެއް ހިނގަމުންދާއިރުގައިވެސް މިރާއްޖޭގެ ރައްޔިތުން ބޭނުންވަނީ، ހަމަޖެހުމާއި ހިމޭންކަމާއި ޞުލްޙައެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން ގެންދިޔުމަށް ސިޔާސީވެރިޔަކު ގޮވަމުންދާއިރުގައިވެސް ރައްޔިތުން އިންތިޒާރު ކުރަމުންދަނީ، ކޯޓްހުކުމަށެވެ. ޔަޢުނީ، މިރާއްޖެއަކީ، ސަރުކާރުގެ ފައިސާގައި ރައްޔިތުން ޖެހޭ ރާއްޖެއެއްނޫނެވެ. އެހެންނަމަވެސް، ރައްޔިތުންގެ ފައިސާގައި ސަރުކާރު(ވެރިން) ޖެހޭ ރާއްޖެއެވެ. މިގޮތުން ވޭތުވެދިޔަ 5 އަހަރަކީ، ވައްކަމާ، ޚިޔާނާތާ، ކޮރަފްޝަންގެ ޢަމަލުތައް އެންމެބޮޑަށް، އެންމެ ގިނައިން ހިނގާފައިވާ 5 އަހަރުކަމަށް އެބުނަނީ، ފާޅުކަންބޮޑު ގޮތެއްގައި އެކަންކަމުގެ މައްޗަށް ކިތާބީ ހެކި ލިބެމުންދާއިރުގައެވެ.
ޢަބްދުﷲ ދަރިފުޅާ. ކިތާބީ ހެއްކަށްވުރެ ބޮޑަށް އަމިއްލަ އިޢުތިރާފް އެވަނި ޔާމީނު ވެފައެއްނު. ދެން އިތުރަށް އެއްޗެކޭ ކިޔާނެ ޖާގައެއްނެތެއްނު ދޯ. އަހަރެމެން ހަމަ ރީތިކޮށް މިތިބެނީ ކޯލިޝަންގެ ރައީސް ހުވާ ކުރާދުވަހަށް . ޖެހިގެން އަންނަ ދުވަހަކީ ހަވަރު ނުކުމެ ކޮރަޕްޝަން ނައްތާލާނެ ދުވަސް. ބަލަންތިބޭ. ފިލަން ކޮންމެތާކަށް ވަދެ އޮތަސް އެދުވަހުން ސަލާމަތެއްނުވާނެ. އެދުވަހުން ރައީސެއް ސަލާމަތީ ބާރުތަކެއްގެ ބޭނުމެއް ހަވަރެއް ނުހިފާނެ. ހަވާރާ ދެކޮޅު ވެއްޖިއްޔާ އެމީހުންނާވެސް ހަވަރު ދިމާކުރާނެ. ހަވަރު ބޭނުން ވެއްޖިއްޔާ މުޅި ނިޒާމު ބަދަލުކުރެވޭނެ. މިކަން ވާނީ މީގެ ކުރިންވެސް ދައްކާފަ
އިންތިހާބާގުޅިގެން ވަރައް ތަހުޒީކަމެއް ތިކުރަނީ ކޯޓައްގޮސްގެން ދެންކޮންމެރެޔަކު ތިޖަގަހައިގަ އެކިއެކި ގަރާރު ފާސްކުރަނިއްޔޯ އެއީ ހަމައިގަ ހުންނަބޭކަލެއްތަ ހުޅުމާލޭން ފުލެޓް ލިބިފަތިބި 30 އަންހެނުން ގެނެސްގެން ވާ ހާދަހާ ތަހުޒީބޭ
ޔާމިން ތަރައްގީ ކުރީ ކޮންކްރީތުން... މީހުންގެ ސިކުންޑި ތަރައްގީ ކުރިނަމަ ތިވާހަކަ ދައްކާނީ