ގައުމީ ޔުނިވާސިޓީން އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހިބަސް) މާއްދާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީއެޗްޑީ) އިން ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫ އިން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ދިވެހި ބަހުން ޕީއެޗްޑީ ހަދަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެމްއެންޔޫއިން ބުނީ، ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުންޖެހޭ ކަމަށެވެ.

އަދި އެ ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމް މިމަހުގެ 31 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ހުށަހެޅުމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެމްއެންޔޫއިން ބުނީ، އެ ކޯހަށް ހުށަހަޅާ ފަރާތްތަކަކީ އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސްގެ ދާއިރާއިން އެމްކިއުއޭ ޤަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ.

އަދިޑިގްރީ ނުވަތަ މާސްޓަރސް ހާސިލު ކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ދިވެހިބަހުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތް ކޯހަށް ހޮވުމުގައި އިސްކަން ދެވޭނެއެވެ

ފެކަލްޓީ އޮފް އާޓްސް އިން ހިންގާ އެ ކޯހަކީ ތިން އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ.

އެ ކޯހުގެ ޖާގަ ކަނޑައަޅާނީ ކުރިމަތިލާ ކެނޑިޑޭޓުން ހުށައަޅާ ޕްރޮޕޯޒަލްތަކަށް ބެލުމަށްފަހު، ސުޕަވައިޒަރުންނާ ހަޔާ ޑިގްރީސް ކޮމެޓީއިން ނިންމާ ގޮތެއްގެ މައްޗަށެވެ.

އެ ކޯހާއި ގުޅޭ އިތުރު މައުލޫމާތު "މި ލިންކް" މެދުވެރިކޮށް ލިބޭނެއެވެ.