އަވައްޓެރި ސްރީލަންކާގެ ކޭންޑީގެ މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ތަޅާފޮޅުންތައް އިތުރުވެގެންދާތީ މުޅި ސްރީލަންކާ އަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނީ މިމަހު 6 ވަނަ ދުވަހުގައި އެވެ. އަދި މިހާރު ކޭންޑީގައި އާންމު ހާލަތަކަށް ރުޖޫއަވެއްޖެ ކަމަށް ސްރީލަންކާގެ ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

ކޭންޑީގައި އާންމު ހާލަތަކަށް ރުޖޫއަވުމުން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ކުރި ޓްވީޓެއްގައި ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި ހަވާލާދީ ވިދާޅުވެފައި ކޭންޑީގައި ދިރިއުޅުށްވާ ދިވެހި ރައްޔިތުންނަށް ކުރިއެކޭ އެއްގޮތަށް އާންމު ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެއްދެމުވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އިތުރު ޓްރީޓެއްގައި ވިދާޅުވެފައި ވަނީ ކުރިއެކޭ އެއްފަދައިން މާދަމާ ސްކޫލްތައް ހުޅުވޭނެ ކަމަށެވެ.

"ކޭންޑީގެ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވެފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން އިއުލާން ކޮށްފައިވާތީ، ކޭންޑީގައި ދިރިއުޅުއްވާ ލޮބުވެތި ދިވެހި ރައްޔިތުން ކުރިއެކޭ އެއްގޮތަށް އާންމު ދިރިއުޅުމުގެ ކަންތައްތައް ކުރިއަށް ގެއްދެމުވުމުގައި އެއްވެސް ހުރަހެއް ނެތް ކަމުގައި ދެންނެވީމެވެ. އަދި މާދަމާ ސްކޫލްތައް ހުޅުވޭނެ ވާހަކަ ދެއްނެވީމެވެ." މުންދު ވިދާޅުވިއެވެ.

ކެންޑީ އަކީ ލަންކާގައި ގިނަ ދިވެހިން ދިރިއުޅޭ ކޮލަަމްބޯ އާއި ވަރަށް ދުރު ސަރަހައްދެކެވެ. ކޭންޑީގައި ވެސް ކޮންމެވެސް ވަރަކަށް ދިވެހިން ދިރިއުޅެއެވެ.