ނައިބު ރައީސް ކަމުގެ މަގާމު އަދާކޮށްފައި ވާނީ ވަޒީރެއްގެ ގޮތުން ދެން ކެބިނެޓަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ "ވީޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ޖަމީލް ވިދާޅުވީ ނައިބު ރައީސް ކަން ކޮށްފައި ވާތީ އެހެން ހައިސިއްޔަތުން ވަޒީރުންގެ މަޖިލީހަށް ކޮންމެހެން ވަޑައިގަންނަވަން ދެން ނުޖެހޭ ކަމަށެވެ.
"ރާއްޖޭގެ ނާއިބުރައީސެއްގެ މަގާމު އަދާކޮށްފައި އަޅުގަނޑު މިހިރީ. އެހެންވީމަ އެއަށްފަހު އަނެއްކާ ގޮސް ވަޒީރުންގެ މަޖިލީހުގައި އެހެން ހައިސިއްޔަތަކުން ހުރުމަކީ ދެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ނުފެނޭ. އެއަށްވުރެ ރަގަޅު ކަންތައް ވެސް ހުންނާނެހެން ހީވަނީ އަޅުގަނޑަށް ކުރަން. އަޅުގަނޑަށް މިހާރު ލިބޭ އެންމެ ބޮޑު އުފަލަކީ މިބަދަލުވެގެންދިއުން. އަޅުގަނޑުގެ ޚިދުމަތް ރާއްޖޭގެ ރައްޔިތުންނަށް ގާނޫނީ ދާއިރާއިންނާއި އަދި އިޖުތިމާއީ އެހެނިހެން ދާއިރާތަކުން އަޅުގަނޑަށް ވީމިންވަރަކުން ފޯރުކޮށްދޭނަން" ޑރ.ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ އިޖުތިމާއީ ދާއިރާއިން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި އިޖުތިމާއީ ކަންކަމަކީ އެމަނިކުފާނު ވަރަށް ގަޔާވާ ކަމެއް ކަމަށާއި ޚާއްސަކޮށް ތައުލީމި ދާއިރާއަށް ޚާއްސަ ކުލުނެއް ހުންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ޖަމީލް އަކީ ފާއިތުވި 40 އަހަރު ރާއްޖޭގައި ރައީސް ކަން ކުރެއްވި ހަތަރު ރައީސުންގެ ކެބިނެޓްގައި ހިމެނުނު ހަމައެކަނި ބޭފުޅާއެވެ. އޭނާ ފުރަތަމަ ވަޒީރު ކަމަށް ވަޑައިގެންނެވީ ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރު އެވެ.
ނަމަވެސް 2008 ވަނަ އަހަރު ރައީސް މައުމޫންގެ ކެބިނެޓުން ޖަމީލް އިސްތިއުފާ ދެއްވިއެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ފުރަތަމަ އެކުލަވާލި ކެބިނެޓުން ޖަމީލަށް ޖާގަ ދެއްވިއެވެ. އެއީ ސިވިލް އޭވިއޭޝަން އެންޑް ޓެލެކޮމިއުނިކޭޝަން މިނިސްޓަރުގެ ގޮތުގައެވެ. ނަމަވެސް ފާޅުގައި ރައީސް ނަޝީދަށް ފާޑުވިދާޅުވާން ފެއްޓެވުމުން 2009 ވަނަ އަހަރުގެ މެއި 30 ވަނަ ދުވަހު އޭނާ ވަޒީރު ކަމުން ވަކި ކުރިއެވެ.
ޖަމީލް ދެން ވަޒީރު ކަމަށް އައްޔަން ކުރެއްވީ ރައީސް ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެވެ. ނަމަވެސް ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޖަމީލް އައްޔަން ކުރުމުން ރައީސް ވަހީދު ވަނީ ޖަމީލް ވަޒީރު ކަމުން ވަކިކޮށްފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޖަމީލް ކެބިނެޓަށް ވަޑައިގެންނެވީ ނައިބު ރައީސްގެ ގޮތުގައެވެ. ނަމަވެސް އުފެދުނު ޚިޔާލުތަފާތުވުން ތަކަކަށް ފަހު ޖަމީލަށް ރުހުން ނެތް ކަމަށް ނިންމާ މަޖިލީހުން އޭނާ މަގާމުން ދުރުކުރީ 2015 ވަނަ އަހަރު އެވެ.
ޖަމީލަކީ މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ.
އެއްގޮތަކައްވެސް ތިހެން ހަދައިގެން.ނުވާނެ. ފާހާނާ ސާފުކުރަން ނަމަވެސް ކޯޅެޝަން ސަރުކާރައް ހިދުމަތް ކޮއްދޭންވާނެ
ބޮނޑިބަތާބެހޭމިނިސްޓަރުކަންލިބިދާނެރަގަޅުތޯ
ދެތިންދުވަހުން ކޯޅެން ފަށާނެ މިޖަމަލު ދެން އެމްޑީޕީ މީހުން ޖަމަލުގެ މޭގަނޑު ހަނާކޮއްގެން ކާންފަށާނެ ދެން މަސްވެސް ކާލާނެ
އަންނި.ހޮވުނަސް ރައީސްކަން ހަވާލު ނުކުރާނަމޭ ދިގު މުއްދަތަކައް ޖަލައްލާނަމޭ ބުނީމަ ލަދުން ނުކެރޭނެ ދޯ ވަޒީފާއެއް ހޯދަން.
މިސަރުކާރުން އެއްވެސް ވަޒީފާއެއްދީގެން. ނުވާނެ. ތި ޖަމަލުއަކީ ރައީސް ނަސީދު ހޮވުނަސް ހަވާލެއް.ނުމުރާނަމޭ ބުނި ޖާހިލެއް. އަދި ދިގު މުއްދަތައް ޖަލައްލާނަމޭ ބުނި ޖާހިލެއް
ކިބުރުވެރިކަމާ ބޮޑާއްކަމުން ވެސް މީހަކާއެކު ނޫޅެވުނު މީހެއް. އެންމެ ރަނގަޅީ ގޭގަ ހުރިއްޔާ.
ހާދަ ހަޔާއްކުޑައޭދޯ ދެން ވާނީވެސް ތިހެންދޯ
ތަކައްބުރުން ފުރިފައަހުރި މަޣްރޫރެއްތީ ފާޅުގަ އެބުނަނީކުރިންހުރިމަޤާމަށްވުރެދަށްމަޤާމެއް ބޭނުމެއް ބޭނުމެއްނޫނޭ، ވީމާ ބޮނޑިބަތާބެހޭ ވަޒީރުކަން ކިހިނެއް ކަމުދާނީ؟
ބޮނޑިބަތާބެހޭ ރައީސްކަންދީ އެއިރުން ޤަބޫލުކުރާނެ!
ކަލޭތީވަރައް ފޮނިކިބުރުވެރި މީހެއް އެއްވެސް ކަމެއް ދޭނެކަމެއްނެޠް ދިނަކަސް ނުވެސްވާނެ
ކަނޑުގުރުވަ ނޫނީ ނުކާން
އެއްގޮތެއްގައި ދެމިހުރެވޭ މީހެއްނޫން. އަނެކާއަށް އިޙްތިރާމްކުރަން އެނގޭ މީހެއްނޫން. ތިމާއަށްވުރެ އިސްކޮށް ހުންނަ މީހެއްގެ އަމުރަށް ކިޔަމަންވާން ދަންނަ މީހެއްވެސްނޫން. ހަތަރު ރައީސުންގެ އަރިހުގައިވެސް ހިފަހައްޓާނުލެވުނީ ތިމާއަށް ތިމާފެނި އެބޭބޭފުޅުންގެ އަމުރުފުޅުތަކަށް ކިޔަމަންނުވެ ހިތުހުރިހާ ގޮތަކަށް ކަންކަން ކުރަން ތެޅެން ހަދައިގެން. މިހާރު އެފައިނަގަނީ ޑރ. ޝަހީމް ހުންނެވިމަޤާމަށް. ގާތްކުރަން ހެޔޮނުވާނެ. މުޅި އެދާއިރާ ފަސާދަކޮށް ނިންމާލާނެ. ތިޔައެތި ރަނގަޅުވާނީ އެއްވެސް ބާރުވެެރި، އަމިއްލަ އިޚްތިޔާރުން ކަންކަން ނިންމޭ މަޤާމެއްނުދީ ޕޯޑީއަމްތަކުގަ ހަޅޭއްލަވަން ބެހެއްޓިއްޔާ. އެވަރުންވެސް ބަޣާވާތް ކުރާނެ.
ކޮން އިރަކު ނައިބު ރައީސްކަން އަދާކުރީ؟ ނައިބު ރައީސްކަމަށް ހޮވުނު، އެކަމަކު އަދައެއްނުކުރޭ. ބަޣާވާތްކޮށް ބަލިވީމަ ފިލީ. އެހެންވީމަ ނެތް އަދި ނައިބު ރައީސްކަން އަދާކުރެވިފައެއް. ކިތަންމެ ނުލަފަޔަސް، އަދީބުވެސް ނައިބުރައީސްކަން އަދާކުރި ޖަމީލަށްވުރެން ބޮޑަށް.
ދެން އަނެއްކާވެސް ނައިބުރައީސްކަން ދޭންވީދޯ.އެންމެންވެސް ބޭނުން ވަނީ ރައީސްކަން.ބޯހަލާކު.
ދެން އެހެންވީމަ ރައީސްކަން ދޭންވީނު..
ޖަމީލުމެން ހޭއަރާނީ ކޮންދުވަހަކުންބާ މައިތިރިވާން ނޭނގޭ ގާސިމްއަކީ އެޑްވައިޒަރީ ބޭނުންވާވަރައްވުރެ މާމޮޅުމީހެއްނޫ އޭނާއަކީ ވައްޓާ އަދި ނަގާ މީހާ ޔޯ..
40 އަހަރުގެ ތެރޭގަ ރައޔްތުންނަށް ތިމަ ކިޔެވިދާއިރާއިން ހުދުމަތް ކުރިނަމަ މާރަނގަޅު ވީސް އެކަމަކު ދުިވަސް ތަށް ތި ހޭދަ ކުރެވުނީ ކިހިނެްބާ. އެނެއްމީހާ ކުރާކަންކަން ގޯސް ކޮސް ގެ ން އުޅޭން ފެށުމަކީ މިހާގެ ހަލާކު.
ނާއިބު ރައީސްކަން ކަލެޔަށް ކުރެވުނުތަ...؟؟ ދެތިން ދުވަސް ނުވަނީސް ވައްތަރު ޖައްސަންފެށީ.... ކަލޭ ހީކުރީ ނައިބަށްވުރެ ދަށް މަގާމެއްވީމަ ނުފުރަން ތިއުޅެނީ މިގައުމުގެ ރައީސްކަން ލިބޭނެކަމަށް ހީކޮށްތަ...؟؟؟ ހަނދާން ނައްތާލާ...
ތިޔައީ ހާދަ ބޮޑާ މީހެކޭ. ތިޔަ ބޮޑާކަން ދޫކޮށްލަބަ.
ބޮނޑިބަތްޖަމީލަކަށް އިބޫސަރުކާރުގަ އެއްވެސް ވަޒީފާއެއްނުދޭންން ސަބަބަކީ ރައީސް ނަޝީދު ސަރުކާރުގަ ބަޙާވާތްކޮށްފަހުރި މީހެއްތީ. ދަލުބޭރުން ޖެހެންނޫޅޭ
ކާކުއުޅެނީ ކަލެއްށްވަޒީފާ ދޭން ބޯކިބާ ފަޅާފަ ބާކީއެއްނުވި އެހެންވީމާ ވަރަށްސޮރީ
މިހާތަނަށް ފެނިފައިވަނީ ޖަމީލު މަސައްކަތް ކުރިހުރިހާސަރުކާރެއްވައްޓާލާ ރައީސްކަމައް އަންނަންކުރިމަސައްކަތް ދެންވެސްވާނީ އެެހެން
ހިޔަޅު ވެސް މޭބިސްކަދުރު ކާން ވެގެން މޭބިސްކަދުރު ކޯންޏާ ދިމާލަށް ފުއްމާފުއްމާ ތުން ނުފޯރައިގެން ކާލެވޭ ގޮތް ނުވީމާ ބުންޏޯ “އައްޗި މައެބައުޅެންހޭ ތިޔަ ކާންވެގެން،ތިޔައީ ހުތް މޭބިސްކަދުރޭ. ކެކެކެކެ ބަލަގަ ބޮނޑިބަތޭ.....!!! އެމްޑީޕީ އަކުން ނޫޅެޔޭ ކޮންމެހެން ކަލެއަށް ވަޒީރުކަން ދޭންވެގެނެއް. ކަލެއެއްނު ބުނީ އައްނި ވެރިކަމަށް ހޮވުނަސް ވެރިކަން ޙަވާލެއް ނުކުރާނަމޭ؟
ދެން ދީބަލަ ނައިބުރައީސްކަން އަނެއްކާވެސް. އޭރުން އެނގޭނެ ދައުލަތުގެ މާލިއްޔާއިން ޚަރަދު ކޮށްގެން މަހަށް ދާވަރު.
ބޮޑާކަމާއި ކިބުރުވެރިކަން
އާން ބޭނުމީ ރައީސް ކަން!!! ދެން ލަލަލަ
ޖަމީލު ފައި ނަގަނީ އުއްތމަފަނޑިޔާރުކަމަށް، ސީޖޭކަން ޖަމީލުއަށް ލިބިއްޖިއްޔާ ޖުޑިޝަރީގެ މުއައްޒަފުންނަށް ބެވުން ނޫންކަމެއް ނުކުރާނެ، ޖަމމީލުގެ ޖަސްޓިސް މިނިސްޓަރ ކަމުގައިވެސް އޮތީ އެކަން.
ދެން ތިބޭފުޅާއަށް ދޭންޖެހޭނީ ގައުމުގެ ވެރިކަންތަ!
އިސްލާމިކް ޔުނިވަރ ސިޓީގެ ޗާންސެލަރ ކަމަށް އަރުވާޖަހަނީ ކަމަށްވެދާނެ، އެކަމަކު އެފަދަ ޑިސިޕްލިނެއް މީނަގެ ކިބައިން ނުފެނޭ
މީނަ ނާއިބު ރައީސެއްގެ ވަޒީފާ އަދާކުރިތަ؟މީނަ ރައީސުގެ ނައިބުކަން ކުރީ ކޮންދުވަހަކުން. މީނަ ނާއިބަކަށް ހުރި 2 މަސްދުވަހު މީނަ ދިޔައީ މަހަށް. ދެން އުޅުނީ ތިމާގެ ހުރި މޮޅުކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް. އަދި ރައްޔިތުން ތިމާގެ ކޮޅަށް އަނބުރާލުމަށް ފިތުނަ ފަސާދަ އުފެއްދުމަށް. ޔާމީން މިރާއްޖޭގެ ވެރިކަމުގައި ހުއްޓާ ޔާމީން ބާލާފަ ޖަމީލް އަރުވަން އަޅުގަނޑުމެން ރައްޔިތުން ބޭނުންނުވާނެ. ޖަމީލް އަކީ ކިބުރުވެރިކަމާ ބޮނޑާކަމުގެ ލާމަސީލް.ވެރިކަމެއްކުރުމުގެ ޤާބިލްކަން ނެތް. މާއަވަހަށް ރުންކުރުވާ މީހެއް.
މިސްކިތު ވަކަރަށްވީ.!!!!
މަގޭ ހިތުގެ ވިންދަކީ ނަޝީދު...އަންނި އެއީ މޭން އެކޭ 3>
ރައީސް ޔާމީން މިކަލޭގެޔާ ޙަވާލުކުރީ އިޖްތިމާޢީ ދާއިރާގެތެރެއިން ތަޢުލީމީ އަދި ޞިއްޙީ ދާއިރާގެކަންތައް ބަލަހައްޓާ ހިންގުމަށެވެ. އަހަރުވީއރު އެއިންތަނަކަށް ޒިޔާރަތްވެސް ކޮށްނުލާތާންގާ ހިނގާނުހިގާވެސް ނުބެލި ދެދާއިރަވެސް ކުރިޔަށްވުރެވެސްބޮޑަށް ބޮއްސުންލައިގެން ދިޔައެވެ. ރައްޔިތުންގެ ޝަކުވާތައް ގިނަވެ ، ފަހުން މީނާގެކިބައިން އެ ދެދާއިރާ ސަލާމަތްކުރީމާ ނާޤާބިލުކަން ޤަބޫލުނުކޮށް ދެންފެށީ އިދިކޮޅާގުޅިގެން ސަރުކާރަށް ޖެއްސުންކުރާށެވެ. އެހިސާބުން މީނަ ޖެހުނީ ސަރުކާރުން ބޭރުވާށެވެ. މިއީ ޢިލްމުހުއްޓަސް ޙިލްމާއި ޤާބިލްކަންނެތުމުން މީހުން ތެޅޭ ފާޑެކެވެ.
ޖަމީލްއަށް ޖަމީލްފެނިލެއްވީތޯ ދުނިޔޭގެ ކަންތައްހިގާނީ އެއްގޮތަކަށްނޫން އެއްދުވަސް
ވަެރެއްގައި ޖަމީލް ހުންނެވި ނައިބްރަައީސްއަކަށް ހަަމައެފަދައިން އަލިއްލައަށް އަރުވާ
ލެވިގެން އެހެންގައުމެއްގައި އެތަށްދުވަހަކު ހުންނެވި މިހާރު ނައިބުރައީސްކަން ދެއްވައިފި
ނަމަ އަމިއްލައަށް އަރުވާލެވިގެން އެހެންގައުމެއްގައި ހުންނަވާނަންތޯ؟ ކޯލީޝަންރޫޅޭނެ
ކަމަށްބެލެވެނީ ޖަމީލްފަދަބޭފުޅުން ތިހެންބޮޑާކަން ދައްކުވާތީ