23 ސެޕްޓެމްބަރ ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބު ނިމި މިހާ ހިސާބަށްއައި އިރު މިއިން ދުވަހަކު ރާއްޖޭގެ އިންތިހާބެއްގައި ކުރިމަތިވެފައި ނުވާ އެތައް ކަމެއް މިއަދު މިވަނީ ކުރިމަތިވެފައެވެ. އިންތިހާބުގައި ނަތީޖާއަށް އަސަރު ކުރާފަދަ ކަންކަންތަކެއް ފާހަގަކުރެވި އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔަ އަބްދުﷲ ޔާމީންގެ ފަރާތުން މައްސަލަ ކޯޓަށް ވައްދާފައިވާއިރު މިކަންކަމުގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވޯޓު ކަރުދާހުގައި ޖެހި ފާހަގައާއި ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކައެވެ.

އިންތިހާބުގެ ވޯޓުލުން ފެށުމުގެ ކުރިންވެސް ވޯޓު ކަރުދާހުގައި ފާހަގަ ފޮހެވޭ ކެމިކަލެއް ބޭނުން ކޮށްފައިވާ ކަމުގެ އަޑުތަކެއްވަނީ ފެތުރިފައެވެ. އަދި އިންތިހާބަށްފަހުވެސް މިދެކެވެނީ ހަމަ މިއާއި ގުޅުންހުރި ވާހަކަތަކެކެވެ. ފާހަގަ ފޮހެވުމާއި އެހެން ފާހަގައެއް ޖެހޭ ވާހަކައެވެ. ކޮންމެއަކަސް ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާއިރު މިފަދަ ކަމަކީ ހިނގާފާނެ ކަމެއްތޯއާއި މިފަދަ ކަންކަމާއި ގުޅިގެން ކަމާއި ބެހޭ މާހިރުން ވިދާޅުވެފައިހުރީ ކީކޭކަން ބަލާލުމަކީ މިފަދަ ދަނޑިވަޅެއްގައި ކުރުން ރަނގަޅުކަމެކެވެ.

2004 ވަނަ އަހަރު ޔޫކްރޭން ގެ އިލެކްޝަންގައި ފޮހެވޭ ދެލި ހުންނަ ގަލަން ބޭނުންކުރިކަން ސާބިތުވެ، އިންތިހާބު އޮބްޒާރވްކުރި ބައިނަލްއަޤަވާމީ އޮބްޒާވަރުން ހާމަ ކޮށްފައިވަނީ އެގަލަން ޓެސްޓް ކުރިއިރު 5 ވަރަކަށް މިނެޓްގެ ތެރޭގައި ޖަހާ ފާހަގަ ފޮހެވިގެން ދެއެވެ. މީގެ އިތުރުން 2012 ވަނަ އަހަރު މިޞްރުގައި ބޭއްވި ރިޔާސީ އިންތިހާބުގަ އާއި ޒިމްބާބުއޭގެ ރިޔާސީ އިންތިހާބްގައި އަދި 2014 ވަނަ އަހަރުގެ ދެކުނު އެފްރިކާގެ ބޭއްވި އިންތިހާބުގައިވެސް ފޮހެވޭ ދެލި ހުރި ގަލަން ބޭނުން ކުރިކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

މިވައްތަރުގެ ދެލި ހަދާގޮތާއި ދެލި ފޮހެވެނީ ކިހިނެއްކަން ސައިންސްގެ އަލީގައި ބަޔާންކޮށްދީފަވެސް އެބަހުއްޓެވެ. އެގޮތުން ކެމިސްޓެއް އަދި ސައިންސް ކޮމިއުނިކޭޓާރއެއް ކަމުގައިވާ ޑޭވިޑް އޭ ކަޓްޒް ފޮހެވޭ ދެލި އުފައްދާނެ ގޮތާއި ބެެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ މިފަދަ ދެލި ކަރުދާހުގައިވެސް ނުވަތަ އެހެންވެސް މެޓީރިއަލްއެއްގައި ބޭނުންކުރުމުން މަދު މިނެޓް ކޮޅެއްގެ ތެރޭގައި އެތަނެއްގައި ހުރި ދެލީގެ ކުލަގޮސް ފެނުން ތެތްވެފައި އިންނަ ފަދަ ގޮތަކަށް ބަދަލުވާ ކަމަށާއި އަދި އެތަން ހިނދުކޮޅެއްގެ ތެރޭގައި ހިކިގެންދާ ކަމަށެވެ.

މިފަދަ ފޮހެވޭ ދެލި ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ކޭ.ޖީ.ބީ ޑިސެޕިއަރިންގ އިންކް ޕެން އެމޭޒަންއާއި އީބޭ ފަދަ ތަންތަނުން އޮންލައިންކޮށް ގަނެވެންވެސް ހުރެއެވެ.

ޔޫކްރެއިންގައި ހިނގާދިޔަ ހާދިސާއާއި ކަމާުގުޅޭ މާހިރުން ބުނެފައިވާ ބަސްތަކަށް ބަލާއިރު މިފަދަ ދެއްޔެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ގަލަމުން ވޯޓު ކަރުދާހެއްގައިވެސް ނުވަތަ އެހެން ތަނެއްގައިވެސް ޖަހާ ފާހަގަ މަދު ވަގުތު ކޮޅެއްގެ ތެރޭގައި ފޮހެވިގެންދާނެއެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ދެން އެންމެ ވާހަކަ ދެކެވުނީ ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވާ ކަރުދާހުގެ މެޓީރިއަލްގެ ވާހަކައެވެ. ވޯޓު ލާން ފެށިއިރުވެސް ވޯޓު ކަރުދާހުގައި ހިމެނޭ ސެކިއުރިޓީ ފީޗާތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައެވެ ނުވެއެވެ. ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ސްޕްރިމް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި އިލެކްޝަންސްގެ ވަކީލް ބުނެފައިވަނީ ވޯޓު ކަރުދާހުގައި ބޭނުންކޮށްފައިވާނީ އެންމެ ސެކިއުރިޓީ ފީޗާއެއް ކަމަށެވެ.

ކުރިން މި ބަޔާންކޮށްލެވުނީ ފޮހެވޭ ދެލި ހުރި ގަލަން ބޭނުންކޮށްގެން އިންތިހާބެއްގެ ނަތީޖާއަށް އަސަރެއް ކޮށްފާނެ ގޮތެކެވެ. ވޯޓު އޮޅުވާލުމުގައި ނުވަތަ ނަތީޖާއަށް އަސަރުކުރުވުމުގައި ދެން ބޭނުންކުރާ އަނެއް އުކުޅަކީ ފުހެވޭ ދެލި ތައްޔާރުކުރުމުގައި ބޭނުންކުރާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެ ކެމިކަލްގެ ލޭޔަރެއް ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން ތައްޔާރުކޮށްފައިވާ ގޮޅީގައި ލުމެވެ. އޭރުން ކޮންމެ ގަލަމަކުން ފާހަގަލީނަމަވެސް އިރުކޮޅެއްފަހުން އެ ފާހަގަ ފޮހެވޭނެއެވެ. މިފަދަ މާއްދާއެއް ކަރުދާހުގައި ބޭނުން ކޮށްފައިވާނަމަ އެފަދަ މާއްދާއެއް ހިމަނާފައިވާ ސަރަހައްދާއި ނުހިމެނޭ ސަރަހައްދުގެ ތަފާތު ވާނެއެވެ. އަދި މިފަދަ މާއްދާއެއް ކަރުދާހުގައި ބޭނުންކޮށްފައިވާނަމަ އެތަނެއްގައި ގަލަމުން ލިޔުމަށް ދަތިތަކެއް ކުރިމަތިވުމަކީވެސް ވުން ވަރަށް ގާތްކަމެއް ކަމުގައި މިކަމުގެ ޢިލްމުހުރި ފަރާތްތަކުން ބުނެއެވެ. ސަބަބަކީ އެފަދަ މާއްދާއެއް ބޭނުންކޮށްފައި ހުރުމުގެ ސަބަބުން އެސަރަހައްދެއްގެ އޮފްކަން ގަދަވެ ގަލަމުން ލިޔަން އުނދަގޫވުމެވެ.

ދެން އުފެދޭ ސުވާލަކީ މިފަދަ މާއްދާއެއް ބޭނުންކޮށްގެން ކަރުދާހުގައި ޖަހާ ފާހަގަ ފޮހެވޭނަމަ އަލުން ކަރުދާހުގައި ފާހަގަ ޖަހާނީ ކިހިނެއް ހެއްެޔެވެ؟ އޮބްޒާވަރުންނާއި މަންދޫބުން ބައިވެރިކޮށްގެން ކުރިއަށްދާ އިންތިހާބެއްގައި ވޯޓު ފޮށި ކަނޑާ ހުޅުވަނީ ވޯޓި ގުނާށެވެ. އެހެން ކަމަށްވާއިރު ކަރުދާހުގައި އަލުން ފާހަގައެއް ޖެހޭނީ ކިހިނެއް ހެއްޔެވެ.؟

ގަލަމެއް ނުވަތަ ފާހަގަ ޖަހާނެ މީހަކުނެތި ކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުންކުރަނީ ނެނޮ ޓެކްނޮލޮޖީއެވެ. ނެނޮޓެކްނޮލޮޖީގަ ލޮލަށް ނުފެންނަ 2 ވައްތަރެެއްގެ ޕާރޓިކަލްތަކެއް (ޕްރޫސިއަން އަދި ޓައިޓޭނިއަމް ޑައިއޮކްސައިޑް) ބޭނުންކޮށްގެން ހޫނު ނުވަތަ އަލި ބޭނުންކޮށްގެން މި ޕާރޓިކަލްތަކުގައި ހިމެނޭ އެލެކްޓްރޯންސް އެކި ސަރަހައްދަށް ނުވަތަ ޑިޒައިން ކުރެވިފައިވާ ވަކިގޮތަކަށް ދަތުރުކުރުވައެވެ. އެގޮތުން މިޓެކްނޮލޮޖީ ބޭނުންކޮށްގެން ފާހަގައެއް ނުވަތަ އެހެންވެސް ލިޔުމެއް މީހަކު ބޭނުންނުކޮށް ލިޔުމަށް ބޭނުން ކުރެވިދާނެއެވެ.

ކަރުދާހުގައި މިޓެކްނޮލޮޖީ އެކްޓިވޭޓްކުރުމަށް ބޭނުންކުރަނީ އަލި ނުވަތަ ހޫނެވެ. މިފަދަ ކަމެއް ކުރުމަށް ބޭނުވާނެ ހޫނު އުފައްދައިދެނީ ކަރުދާސް ބެޓެރިންނެވެ. ކަރުދާހުގައި ބެޓެރި ތައްޔާރުކުރުމަށް ބެޓެރި އުފެއްދުމަށް ބޭނުންކުރާ ކާބަންގެ ފަށަލައެއް ކަރުދާހުގައި ހިމަނައެވެ. ފާހަގަކޮށްލެވޭ ކަމަކީ 23 ވަނަ ދުވަހުގެ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާހުގައި ކަޅު ކުލައިގެ ފަށަލައެއް ހިމެނިފައިވާ ކަމެވެ. އަދި ސްޕްރިމް ކޯޓުގައި އިލެކްޝަންސްގެ ވަކީލް ހާމަކުރި މައުލޫމާތުން އެއީ ވޯޓު ކަރުދާހުގައި ސެކިއުރިޓީއާއި ގުޅުމެއް ނެތް އެއްޗެއްކަން އެނގެއެވެ.

މިފަދައިން ހިމަނާފައިހުން ކަރުދާސް ބެޓެރި، ގަލަން ޖެހުމުން، ކަަރުދާސް ފަތް ޖެހުމުގެ ސަބަބުން އެފަށަލަ ފިތި ނުވަތަ ކަނޑައިން ދިއުމުގެ ސަބަބުން އެކްޓިވޭޓްވެ ނެނޯ ޓެކްނޮލޮޖީއަށް ބޭނުންވާ ހޫނު އުފައްދައިދެއެވެ. އަދި އެހޫނުން އިލެކްޓްރޯންސްތައް ދަތުރުކުރަންފަށާއި ނެނޯ ޓެކްނޮލޮޖީގެ އެހީގައި ލިޔުމަށް ތައްޔާރުކޮށްފައިވާ ލިޔުން ގަލަމެއް ނުވަތަ މީހެއްގެ އެހީއާއި ނުލާ ކަރުދާހުގައި ލިޔެވެއެވެ.

އެހެންކަމުން "ދުވާ ފާހަގަ" އަކީ ޖޯކަކަށް ނުވެދާނެއެވެ.

މިލިޔުމަށް މައިގަނޑު މައުލޫމާތު ހޯދި މަސްދަރުތައް ތިރީގައި އެވަނީއެވެ.
ސައިންސް ނިއުސް ފޯ ސްޓޫޑަންޓް
ދި ކޮންވަޒޭޝަން

ކިޔުންތެރިންގެ ހިޔާލު

95 ކޮމެންޓް

  1. އިބްރާހީމް

    ކޮންމެވެސް ބޭފުޅަކު ފިޔާކޮޅެއް ތުނި ފޮތިކޮޅަކަށް ލާ ޗިސްކޮހްލުމަށްފަހު ތަށްޓަކަށް ފެލާލާ އެ ދިޔަ ބޭނުން ކޮށްގެން ޓޫތްޕިކެއް ބޭނުން ކޮޢްގެން ހުސް ކަރުދާސް ގަންޑެއްގާަ ލިޔެލާ 5 ނުވަތަ 10 މިނެޓް ފަހުން އެ ކަރުދާސް ގަނޑުގަ ލިޔުނުތަނަށް އަލިފާނުން ކުޑަކޮށް ހޫނުކޮށްލާ ދެން ވާގޮތްވެސް ބަލާލާ!

  2. ޢަންވަރީ

    މަދީ ހަމަ އުދުހޭ މުސައްލައެއް. 38000 ވޯޓުން ބަލިވީމާ ކޮސް ގޮވަނީ. ތިމާމެން ސަރުކާރުގައި ތިބެގެން މިވާހަކަ ދައްކަން ހުތުރު

    • އާންމު އާދުމީ

      ތިމާމެން ސަރުކާރުގަ ތިއްބެއްކަމަކު ދިވެހިން ފައިސާއަށް ވިކޭ މިންވަރާ ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ ކޯޅުމުގެ މެދުގައި ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލު އުވިގެންދާ މަންޒަރު ހަމަ ބުއްދިހުރި ލޯހުޅުވިފަ ހުރިމީހަކަށް ވިއްޔާ ފެންނާނެ.

  3. ރައްޔިތު

    ވަރަށް ގިނަ ޝައްކުތަކެއް ސާފު ވެއްޖެ. ޝުކުރިއްޔާ

  4. މަކަރު ތިމަރަ

    ތިއިން ކޮންމެ ގޮތަކަށްނަމަވެސް އޮޅުންތަކެއް ހުރިކަން ހާމަވެއެވެ.

    ބަދަލުތަކާއެކު ވޯޓް އަލުން ލާން ޖެހެއެވެ.
    މިފަދަ ޚަބަރެއް ގެނެސްދިނީތީ ވަގުތު ނޫސް ކުދިންނަށް ޝުކުރިއްޔާ!

  5. ޙާމް

    ޢެންމެ ފުރަތަމަ ތިޔަ ދުވާ ފާހަގަ އެއްގެ ވާހަކަ ދެއްކީ ވެސް އިނދިކޮޅުކޯލިޝަނުން ދޯ. މިހާރު އެކަން ޖޯކަކަށް ވެގެން އެއުޅެނީ

    • ރުޒާނާ ޗޮއްޕަޓު

      އާނ އެމީހުން އޭރު އެވާހަކަ ދެއްކީ ވޯޓު ނަތީޖާ އަންނަ ގޮތަކުން އެވާހަކަ ފުޅާކޮށް ދައްކަން ކަމަށް. އެވާހަކަ ހިފައިގެން ދުވި ބަޚޫލޫލު މިހާރު ހަމަ އެހެނޭވެސް ނުކިޔައެއްނު. އޭނަ މިހާރު ކުރާ ކަމަކީ ކޯޓަށް ވަންނަން ކިއުގަ ތިބޭ މީހުންނާ މާރާމާރީ ހިންގުން.

  6. ސުވާލެއް

    އެމް7 ހަމަ އެހާވެސް ޓެކްނޮލޮޖީގޮތުން ކުރީގަ އުޅެނީ!!! ޤާބިލްކަން ހުރި ކައެއްގެ ވާހަކަ ދައްކަބަލަ...

    • ދދދދދދ

      އެމް 7 އިން އެކަން ކުރާނީ ކަމުގެ މާހިރުން ބޮޑު އަގުގަ ގަނެގެންނޭ. އެއީ ސޭޓުގެ ތަނެއްނު. ކުރެވޭނެނު. ކަލޭ މޮޔަވާނެ. ބުއްދި ނުހުންނަ މީހުންނަށް ނުވިސްނޭނެ ދިމާއަށް ފެންނަން ހުންނަ ކަންތައްވެސް.

      • Anonymous

        މޯސާދުންވެސް އެހީވާނެ. ސެކިއުލަރ ނިޒާމަކަށް ދާން މަގުފަހިވާނެ ހުރިހާ ކަމެއް މުސްލިމުންގެ އަދުއްވުން ކުރާނެ.

        • ައަހަރެން

          ބަލަ އެމް 7 އިން ތި ވޯޓް ކަރުދާހެއް ހަދާއިރު ސިފައިން ތިބޭ ބަލަން. ތިހީކުރާހާ ފަސޭހަކޮއް ނުވާނޭ ތިކިޔާ ކަންކަމެއް

          • Anonymous

            އެހެންވީ އިރު އެމް7 އަށް 5 ގުނައަށްވުރެ އަގުބޮޑުކޮށް ކޮންޓްރެކްޓު ދިނީ ކީއްވެ؟ ސިފައިންނެއް ނުތިބޭ ލައްކަ ދެލައްކަ ވޯޓު ޗާޕުކުރާއިރަކު ހުރިހާ އެއްޗެއް ޗެކުކުރާކަށް. އިތުރުފުޅު ނުހައްދަވާ.

  7. އެފްބީއައި

    މީވެސް ވެދާނެ ގޮތެއް. އެއްެޗެއް ލިޔާތާ ދެތިން ގަޑިއިރު ފަހުން ގެއްލޭ ދެލި ހުރޭ. އެ ދެލި އަލުން ފާޅުކުރެވޭ އެއްގޮތަކީ އަލްޓްރާވައިލެޓަށް ދިއްކުރުން. ކަރުދާސް ޗާޕުކުރިއިރު އެ ދެލިން 2 ގައި ފާހަގަޖެހިދާނެ. ޗާޕުކޮށްގެން ގެންނައިރު ފާހަގައެއް ނުފެންނާނެ. ވޯޓުލާ ތަނުގައި ދެލި ފަހުން އެއްކޮށް ފުހެވޭ ގަލަމެއް ބޭއްވިދާނެ. އެ ގަލަމުން 1 ގައި ފާހަގަޖެހީމަ ފަހުން އެ ފާހަގަ ގެއްލޭނެ. ކަރުދާސްކޮޅު ނަގާއިރު އެއަކު އެއްވެސް ފާހަގައެއް ނޯންނާނެ. އަލްޓްރާވައިލެޓަށް ހަމަ ދިއްކޮށްލާއިރަށް 2 ގެ ފާހަގަ އަރާނެ. ބައެއް ވޯޓު އަލްޓްރާވައިލެޓަށް ނުދިއްކުރާކަމުގެ ޝަކުވާލިބުނު. ވާނީވެސް އެހެން. ހުރިހާ ވޯޓެއް ދިއްކުރިނަމަ ހުރިހާ ވޯޓެއް ލިބޭނީ 2 އަށް. ފަޅާއަރާނެ.

    • މަނިކުފާނު

      މަނިކުފާނު އެވެ. އެމީހަކަށް ޝައްކުވަންޏާ އެމީހަކު ބޭނުން ގަލަމެއް ގެންދެވޭ ގޮތާށް އޮތީ ފާހަގަ ޖަހަން. ޞ

  8. އމފއ

    96052 ވޯޓް އިން ކީވެބާ ބަދަލު ނުވީ

    • Anonymous

      40 ހާހަކީ، ޔަގީން ކަމާއެކު ހޮވޭނެ އަދަދަށްވާތީ، އެވަރަށް، ފޮހެވޭ ވޯޓް ކަރުދާސް ބޭނުންކުރީ. އެއީވެސް ވިޔަފާރިވެރިންގެ މޮޅުކަން. ޕްރޮފިޓްވާނީ، އިތުރަށް ޓެކްނޯ ޗާޕް ނުހެދީމަނު.

  9. ޑޮންޑޮން

    ދެލި ފޮހެވުމާއި ދެލި ދުވުމުގަ ބޮޑުފަރަގެއް ވޭ. މުއާޒު ބުނާގޮތުން ނަމަ އެކިޔާ ކުއްޖަކު ބަލަހައްޓައިގެން ހުއްޓާ ފާހަގަ ތިރިޔަށް ޝިފްޓުވިތަންފެނުނު.

  10. ޔާމިން

    ކޮބާ ރިފަރެންސް....މިއެސައިންމެޓް އިން ވަގުތު ފެއިލް

    • ރީނދޫ ގުންޑާ

      ހަމަހޭވަރިކަން ހުރި ވަގުތެއްގަ އަލުން ނިކަން ރަނގަޅަށް އަދި އެއްފަހަރު ކިޔާލާ. އޭރުން ރިފަރެންސް ފެނިދާނެ ތޯއްޗެ. ދެންވެސް ނުފެނިއްޖެއްޔާ ހިމޭނުން ހުރެވޭތޯ ބަލާ.

  11. ބުރޯ

    1 ވަނަ ގޮޅީގަ ފާހަނގަޖެހުމުގާ ކުށަ ދައްޗެއް ހުރިކަމަށް ފާހަނގަވޭ

    • ބުރޯ

      ކަލޭ ދެ ގޮޅީގަވެސް ފާހަގަ ޖެހިންތަ؟

    • ރަދުން

      މަވެސް ތިކަމާ އެއްބަސް. ދެފަހަރަށް ގަލަން ކާއްތާލައިގެން ފާހަގަ ޖެހުނީ. ފާހަގަޖަހާގޮޅި އާދަޔަަ ޚިލާފަށް އޮމާންކޮށް ހުރީ

      • Anonymous

        ވަރަށް ބޮޑު ތެދެއް. މަށަށްވެސް ތިމައްސަލަ ދިމާވި، ފާހަގަ މަތީގަ 2 ވަނަ ފަހަރަށް ފާހަގަ ލާންޖެހުނު. މިއީ ﷲ ގަންދީ ބުނި ތެދެއް. މަ ވޯޓްލީ، ޤިޔާސުއްދީންގައި ހުރި ފޮއްޓަކަށް.

        • Anonymous

          މިކޮމެންޓަށް ބަލާއިރު ގިޔާސުއްދީން ސްކޫލް ގައި ހުރި ފޮށިތައް ޗެކް ކޮށްލުމުން ވެސް އެނގިދާނެ ވޯޓް ކަރުދާސް ގައި މައްސަލަ އުޅެންޔާމު.

  12. އަލްބަކޯ

    އަޅުގަނޑުގެ ނަޒަރުގައި ކޯޓުން ކުރާހުކުމަކަށް ވާންވާނީ ސިފައިން ނުވަތަ ފުލުހުންގެ މައްޗަށް ވޯޓް ލީކަރުދާސް އަލުން ޔޫވީ ލައިޓް ބޭނުން ކޮށްގެން ޗެކްކުރުމަށެވެ. އަދި ސެކިއުރިޓީ ފީޗާސްތަށް ހުރިތޯ ބެލުމަށެވެ. އެއީ އެކަމަށް ކަނޑައެޅޭ ބައެއްގެ ކުރިމަތީގައެވެ. ދެން ފޭކް ކަރުދާސް ފެނިއްޖެ ނަމަ އިންތިހާބް ބާތިލް ކުރާނީ ނެތް ނަމަ އިބޫ 17 ގައި ހުވާކުރާނީ.. މިއީ އެންމެ އިންސާފް ވެރިވާނެ ގޮތް ކަމަށް ދެކެން.. މިހެން މިބުނީ ލައިޓް ތަށް ގެނައީ ފީޗާސްތަށް ބަލަން ފީޗާސްތަށް ކަރުދާހަށް ލީ ވޯޓްގެ ސައްހަކަން ކަށަވަރު ކުރަން އަދި އެކަމަށް ފައިސާވެސް ހަރަދު ކޮށްފައިވާތީ. އޭރުން މައްސަލަ ހުށަހެޅި ފަރާތްތަކާއި އަދި އެފަރާތުގެ ރަށްޔިތުންގެ ހިތްތަކުގައިވާ ޝައްކުތަށް ފިލައި މުޖްތަމައުގެ އަމާންކަން ހިފެހެއްޓޭނީ.. މިމަގުން މިކަން ނުގޮސްފިނަމަ އެތަށް ބައެއްގެ ހިތްތަކުގައި ޝައްކުތައް ނުފޮހެވި އިތުރު ބައިބައި ވުންތަށް ކުރިމަތި ވާނެކަމީ ޔަގީންވާ ކަމެއް..

    • އެޑަމްބެ

      100 ގެ ވާހަކައެއް!

      • ރައްޔިތު ކޯޓު
    • Anonymous

      100% ރަނގަޅު ވާހަކައެއް

  13. ވަގުކަލޭގެ

    ދެން ކީއްވެގެން ރޔާމީންއަށް 96000 ވޯޓްލިބުނީ.. ބަލިވީމަ ޙަޖަމް ނުވަނީ.. ހަމަ ޖެހޭނީ 11 ނޮވެމްބަރ ގައި ރޔާމީން ވެރިކަމުން ފާބަން..

    • ރުޒާނާ ޗޮއްޕަޓު

      ފަސްމާމުލު ފަސް ވަގުން ތެރޭން އެއް ވަގުކަލޭގެ ބަލަން ހުންނާތި 11 ނޮވެންބަރުގަ ތިކަން ވޭތޯ.

  14. އެނެލިސްޓް

    އޭބަލަ ފޮހެވުނަސް މުއާ ބުނާހެން ފާހަގަ ދިޔާވެގެން ތިރިއަށް ފައިބާތަ؟

  15. ކާކު

    ޔާމީނަށް ގޮސް ހުންވެފަ ތިބި ބައެއް މި ވަގުތު މީ!!

  16. ނަވާޒް

    ޖޯކް ފޮ ދަ ސެންޗަރީ. ދެން ލަލަލާ

  17. ދެފަރާތ

    އިންތިހާބު އޮޅުވާލަން ކުރި ހުރިހާ މަސައްކަތެއް ކުރީ ޔާމިން ގެ ފަރާތުން، އެކަމު އޮޅުވާލެވޭނީވެސް ވަކަި ވަރަކަށްތާ، ޔާމިނަކީ މިޤައުމުގަ އެއްވެސް އިރަކު ތާޢީދެއް އޮތް މީހެއް ނޫން، އަމިއްލަ ޕާޓީެއް ހަދައިގެން ޕާޓީ ހިންގާވަރަށް މީހުން ހަމަ ނުކުރެވުނު، މިފަހަރު މީހުންނަށް ބިރުދައްކާ ބްލެކްމެއިލް ކޮށްގެން ވީވަރު އެއީ، ދެން އިންތިހާބެއް ބާއްވައިފިއްޔާ އެވަރުވެސް ނުވާނެ، މި ޤައުމުގަ ނޯތްކޮރެޔާގަ ވެރިކަން ކުރާގޮތައް ކުރަން އުޅެގެން ހަމަގޮވާނީ އަތަށް، ދިވެހީންނަކީ މިހާރު ތަޢުލީމީ ތަންދޮރު އޮޅުން ފިލާ ބައެއް.

    • ކެރަފާ ނަޝީދު

      ދިވެހިން ނަކީ ދެބަންދިހާރުން ތަކެއް.

  18. މާމިގިލީ މީހާ

    މަ 1 ކާ ދިމާލު ޖެހި ފާހަގަ އިނީ ގޮސް ފާރުގަ.. ދެން ވޯޓްލައިފަ ނިކުމި ތަނުން އެފާހަގަ އިނީ ބޭރުގައި ބަހައްޓާފަ އިން މަގޭ ސައިކަލުގަ.. ސައިކަލު ދުއްވާލި ތަނުން އެފާހަގަ ވެއްޓުނީ ބިއްމައްޗަށް... މި ވީގޮތެއް ހަމަ ނޭގުނު... ދެން ކުއްލިއަކަށް ސައިކަލު އިންޖީނު ތެރެއިން ބާރުއަޑެއް އިވިގެން ބަލާލި އިރު އެ ފާހަގަ މިއިނީ އިންޖީނުތެރޭ ތާސިވެފަ.. މި ވީ ގޮތެއް އަދިވެސް ހަމަ ނޭގުނު... ހަމަ އެއީ ދުވާ ފާހަގައެއް..

    • ރީނދޫ ގުންޑާ

      ބަޚުލޫލަށް އެނގޭނެ ފާހަގައަށް ވާގޮތް. އެސޮރު އަނގަ އައްޕައްޗެއްހެން ހަދައިގެން އެއްޗެއް ނުބުނެ ހިމޭނުން މިހާރު އެހުންނަ ހުރުމުގައި ސިއްރެއް އެބަވޭ. ޔަގީން ކަށަވަރު.

  19. ޙޯން

    ޙޭވޭ ވައްތަރުދޯ! ޢެޭއްޗެކޭ މީއްޗެކޭ ކިޔައިގެން ވެރިކަމުގަ ހުންނަ ހިތުން ބޮޑުތަނުން ބަލިވީމަވެސް! ގަރުނުގެ ޖޯކް

  20. ޕަކާސް

    ހައްހައްހާ. ލަދުން ބޯހަލާކު! މިވާހަކަތައް ވެސް ގަބޫލުކުރާ މީހުން އުޅޭނެދޯ؟

  21. ދިވެހި ކުއްޖާ

    ޙަމަ %100 ގަރުނުގެ ޖޯކު

  22. މާސް

    މިޔޮތީހަމަރަނގަލައް ވަގުހަދާފަ މަލޮލުންދުށީން ގަލަންގޭން ގެނެސަގެން ފާހަގަ ޖެހިތހަން

  23. Anonymous

    ހުސްހިޔާލީވާހަކަ ހަމަބުއްދިހުރިމީހަކު ގަބޫލެއް ނުކުރާނެ

  24. މަސްވެރިޔާ

    މިކަމަކީ ސީރިއަސް މަށްސަލައެއް، ބޭފުޅުންނޭ ރިޝޮވަތުގެ ހަނޑި މުޑުދާރު އަމަލުން ދުނިޔޭގައި ބޭއްވުނު އެތައް އިކެލްޝަނެއްގެ ސައްހަކަން ނެތި ރައްޔިތުންގެ ހައްގުތައް ގެއްލިފަ އެބަހުއްޓެވެ. 1 އެންމެ ވޯޓަކީވެސް ނަތީޖާ ބަދަލުކޮށްލާފަދަ ބާރުގަދަ ހައްގަކަށްވާއިރު އެއްވެސް ގޮތަކަށް އެކަން ނުބެލި ޤާނޫނީ ފަރުވާނުލިބި ހިގައްޖެނަމަ ޤައުމުގެމުސްތަގުބަލް ކަޅުއަނދިރި ވިލާގަޑެއްގެ ދަށުވީ.

  25. ޑޮކުޓަރު

    ދުވާލު ރޭގަޑަށް ހަދަން ކިތަންމެ މަސައްކަތެއް ކުރިއަސް އެކަމެއް ނުވާނެ. ތިޔައީ ބޭކާރު މަސއްކަތެއް. ނަފްސާނީ ޑޮކްޓަރެއްގެ ލަފާ ތިފަރާތަށް ވަރަށް މުހިންމު.

  26. ÷ޕިޕި

    ކަލޭމެން ޕީީޕީ ކުދިިން އިންތިހާބު ކާމިޔާބުކުރަން ރޭޥިރޭވުންތައް ތިޢަތައްތިގޮޥީ...ހެޙެޙެ

  27. މުސްލިމެއް

    އެންމެންނަށް ކަނޑައެޅިގެން ދޮގުކަން އެނގޭ ކަންކަން ތެދުކަމަށްހަދަން ކިތަންމެ މަސައްކަތެއް ކުރިއަސް ތިކަން ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލެއް ނުކުރާނެ. އެކަމަކު ޖަލުގޮޅިން ސަލާމަތްވޭތޯ މަރުފަލި ޖަހަނީ. ނަރަކައިގެ ޢަޒާބު މާ ބިރުވެރިވާނެ ކޮއިފުޅާ!!

  28. ހަމާދު

    ބޮޑުވަރު އިގޭ ކުދިންނޭ. ބަލި ގަބޫލުކުރުން އެއީވެސް ދުނިޔޭގެ ތަންތާ ކުރާކަމެއް. މާބޮޑު ޓެކުނޮލިޖީއެއް ބޭނުންވެސް ނުވާނެ.

  29. ވިސްނާ

    އަދި ދުވަހެއް އެބައޮތޭ. އެދުވަހަށް އީމާންވާށޭ. ދުނިޔެމަތީގައި ލިބޭ ކުޑަކުޑަ ލައްޒަތަކަށްވުރެ އާޚިރަތުގައި ލިބޭ ވޭނާއި ޢަޛާބަށް ކެތެއް ނުުރެވޭނެ.

  30. ބްރަވާޑޯ

    ޢެެހެންވީމާ ވޯޓްތިޔައޮތީ ހަމަރަނގަޅަށްވެސް އޮޅުވައިލާފަތާ.

  31. ހީސީ ސަރީފޫ

    އެހެންވިއްޔާ %100 ލިބޭނީ އެއް ކެނޑިޑޭޓަކަށްތާ.

  32. ޞައްހަ ވޯޓް

    ފާހަގަ ޖެހި މާރކް ފާހަގަވާނެ ފޮހެވުނަސް.

  33. މަރިޔަނބު

    ކިހާ ދެރަވެއްޖެ ކަމެއް....ވޯޓުގެ ނަތީޖާ ގަބޫލު ކޮށްފީމޭ ކިޔާފަ ކުއްލިޔަކަށް ކިހިނެއްވީ...ބޮޑު ކަމެއް މި ސަރުކާރަކާ ހެދި...ބަލި ގަބޫލު ކުރަންވީ ނުން..

  34. ޖޯކު

    ޢިންސާފު ވެރި ޟަރީއަތެއް ބޭނުންވެ.ޟަރީއަތުގެ އެއްވެސް ހުށަހެޅުމެން ޖޯކަކަށް ނުހެއްދެވުން އެދެން.

  35. ރާޅު

    ޝުކުރިއްޔާ (ވަގުތަށް) މި ލިޔުމަކީ ޢިލްމީ ލިޔުމެއް އުފާކުރަން ތި ކޮށްދެއްވި މަސައްކަތަށް
    މިފަދަ މަޢުލޫމާތު އަބަދުވެސް ހިއްސާ ކުރާނެކަމަށް އުއްމީދު ކުރަން

    • ގަމާރުމޯލްޑިވިއަންމ

      އެންމެ އިލްމީ ލިޔުން

  36. ސަމީލް

    މިހާރު ޔަގީންވެއްޖެ ވޯޓުން ވައްކަން ކޮއްފިކަން އެހެންވެ ޔޫވީލައިޓް ބޭނުން ކުރީވެސް.

  37. ޑެލްބޯއި

    މީގެ 150 އަހަރު ކުރިން ފޮށި ގަނޑެއްގައި 40000 ފޫޓު މަތިން މީހުން އުދުހޭވާހަކަ ވެސް ވާނީ ހަމަ ބޮޑު ޖޯކަކަށްދޯ. ދުނިޔެއަކީ އެނބުރެމުން ކުރިއަރަމުން އައު ކަންކަން ފެންނަމުން ހޯދެމުން ދާ ތަނެއް. ބަދަލު ނުވާނީ ހަމައެކަނި ގުދުރަތީ ޤާނޫނު.

  38. ވެދާނެ

    ބަލަ ތިއީހަެްތާވެސް ވެދާނެ ގޮތްތަކުގެވާހަކަ. ޓިޔަކަމެއް ތިޔަގޮތަށް ހިގިކަން ސާބިތުކޮށްނުދެވޭއިރު ބަޔަކު އުފައްދާފަހުރި ޓެކުނޮލޮޖީ ގެ ވާހަކަގެނެސް ދިނުމަކުން ކުރާނެ ފައިދާއެއްނެތް.ތިކަމެއްހިގިކަން އެގުނީ ވޯޓުންބަލިވުމުން.

    • ރުޒާނާ ޗޮއްޕަޓު

      ބޮޑު ފަނޑިޔާރު މަނިކުފާނު ތި ވިދާޅުވީ ރަނގަޅަށް. ސާބިތުކޮށް ދެވިފަ އޮތަސް ނެތަސް އެނގޭނީވެސް ތި ފަނޑިޔާރު މަނިއްޕުޅަށް. އަހަރުމެން ބޭނުމީ އެއީ ނުހިނގާ ކަމެއް ކަމުގަ ހަދަން. އެހެންވީމާ އަހަރުމެން ވާހަކަ ދައްކާނީ ނުވާނެ ކަމެއް ކަމުގެ ހެކިތައް ދެއްކޭތޯ. ފަނޑިޔާރު މަނިއްޕުޅު ތި ވިދާޅުވަނީތާ ހެކި ދެއްކިފަ ނެތޭ. ތީ ވަރަށް އުފާވެރި ކަމެއް.

  39. ޒާ

    ޝައްކެއް ނެތްވަރަށް މި ޒަމާނުގައި މީ ކުރެވިދާނެ ކަމެކެވެ. ވޯޓް ކަރުދާހުގައި މިފަދަ އޮޅުވާލުން އޮޅުވާލަން އެ ޗާޕްކުރި ތަނުން މަސައްކަތް ކޮށްފާވުމަކީ ޔަގީނާ ގާތަށް ގަބޫލު ކުރެވޭ ކަމެކެވެ.

  40. ނަން

    ތިހެންވީއިރު ތިޔާ ގޮތް ހަދައި ދައްކައިލަ ދީބަލަ

  41. އޮބްޒާވަރު

    ،ތިޔަބުނާހާ އޮމާނެއްވެސް ނޫން ވޯޓު ކަރުދާސް.....ލިޔާކަށްވެސް އުނދަގުލެއް ނޫން.....ތިޔަހެން ތިކަންވާނަމަ ވޯޓު ގުނަންފަށާއިރު ހުރިހާ ފާހަގައެއް ލެވިފައި ހުންނާނީ އެއްގޮތަކަށް އެއް ދިމާލެއްގައި އެއް ސައިޒެއްގައި،،،،،

  42. ނައިފަރޭ

    އިބޫ އަކީ މިޤަރުނުގައި ކުރި އެންމެބޮޑު ވައްކަން ކޮށްގެން ވެރިކަން ހޯދަން އުޅޭ މީހެއް. ޝަރީފް 18 މިލިއަން ޑޮލަރު ނަގާގެން އެވެރިންނަށް މިކަމެއް މި ކޮށްދިނީ. މި ނޫން ގޮތަކަށް މިބަައި މީހުންނަށް ވެރިކަމަށް އާދެވޭނެ ހަމަ އެއްވެސް މަގެއްނެތް. މިހާރު އެއުޅެނީ އިންޑިއާ އާ އެމެރިކާ ގޮވާގެން ލަންކާގައި ހުވާކުރާށޯ. ކީކޭ ދެން ބުނާނީ، ވެރިކަމާހެދި ބޫތުކާފައި މިތިބީ. ޑާންސަރާ ހަވާލުކުރިއަސް މާ ރަނގަޅުވާނެ.

    • ށައުގީ

      ވެރިކަމައް ނާރާމީހަކު ކިހިނެއް ވައްކަން ކުރަނީ ބުރޯ.. ވެރިޔަކައް ހުރިމީހާ ކާވަރު މަދުތަ ހަމަ ގާމުވެސް މިދިޔަ އެއްވެސް ވެރިޔަކު ނުކާވަރައް އޭނަ ކައިފި...

  43. ރައްޔިތުން

    ޔާމީނަށް ވޯޓްދޭން ތިބި މީހުންގެ ވިސްނުން ބަދަލުކުރެއްވީالله .ދެން އިބޫ އަށް ގިނަވޯޓް ދިޔައެވެ.

  44. މުހުންމަދު

    އިލްމެއްނެތިފައިމައުލޫމާތުމަދުކޮންމެ މީހަކަށްވާނީ ޖޯކް އަދި މުއުޖިޒާތަކަށް. ނުކިޔަވާތަނެއްދޮރެއް އޮޅުންނުފިލާމީހުން ދުނިޔޭގައި ގިނަވިކަމަށްވިނަމަވެސް ކިޔަވައިގެން މައުލޫމާތުން މުއްސަނދިމީހުންވެސް ދުނިޔޭގައި އެބަޢުޅޭ. މީޤަބޫލުކުރިޔަސް ނުކުރިޔަސްހަޤީގަތް!!

  45. ކުޑޫ

    ވޯޓުލާން ގިނަ ރަށްރަށުގަ ބޭނުންކުރީ ސެލޯގްރިޕާރ ގަލަން. ވޯޓުލާން ވަކި ހާއްސަ ޒާތެއްގެ ގަލަންތަކެއް ދީފަ ހުރިނަމަ ތިވާހަކަ ގަބޫލުކުރެވިދާނެ. ނެނޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖެހި ފާހަގަ ފޮހެވުމުން އާ ފާހަގަ އެއް ރީ އަޕިއަރ ކުރާވާހަކަ ވަރަށް ޖޯކު. ޢޭރަށް އޮންނާނީ ޕްރިންޓެޑް އެއްޗެއް ގޮތަށް. ޚޮމްޕިއުޓަރ އިން މި ޖަހާ ޕަރފެކްޓް ޓިކް އެއް. ޢިންސާނުން އަތުން ކުރަހާ ފާހަގައެއް ނޫން. ތިހުރިހާ ކަމަކީ ވެސް ޔާމީން ވޯޓުގެ ކުރިން ދިރާސާކޮށް ކުރަން ޕްލޭން ކުރި ކަންކަން. ޢެކަން އެގޮތަށް ނުވީމަ މިހާރު އޭތި ބޭނުން މިކުރަނީ އިންތިހާބު ބާތިލުކުރަން ދައްކާ ބަހަނާއެއްްގެ ގޮތުގަ. ތިކަންކަން ހުރީ ތިހެން. ޢެހެންވީމަ ދުނިޔޭގެ ހުރިހާ ތަނެއްގަ ބައްވާ އިންތިހާބު ތަކުގެ ނަތީޖާވެސް ހަމަ އޮޅުވާލާފަ އޮތުމުގެ 50%ޗާންސް އެބައޮތް. ކަރުދާހުގަ ވޯޓުލައިގެން ނަގާ ހުރިހާ ވޯޓެއްގަވެސް!!!

    • ރައްޔިތެއް

      ގަލަމެއްގެ ވާހަކައެއް ނޫން އިނގޭތޯ އެދައްކަވަނީ. ދެއްޔެއްގެ ވާހަކަ.

  46. ތުކުރިއްޔާ

    އަލްޙަމްދުލިއްﷲ
    ހުރިހާ ޓެންސަންފިލާފި، ނޯ މޯ ބޯގޮވުން. ގައުމުގެ ސިފައިންނޭ، ވޯޓްލީ ކަރުދާސްތައް ޗެކްކުރުމަށް ގޮވާލަން. އެވެސް ލައިވްކޮށް ޓީވީން މުޅިދިވެހިރާއްޖެއަށް ފެންނަގޮތަށް. އޭރުން މިއުޅޭ ކެމަލްޓޯ ދައާމާލް ކޮލޫނީމެން މައިތިރިވާނީ.
    އެކަމު ކަމަނާގެ އެފޮޓޯއަށް ހަމަބެލެނީ. ރޭވެސް ހަމަ ބެލެނީ...... ކެމަލްޓޯ..... ނައިސް....... ލަވްޑް އިޓް، ނޮޓް "އިޓް" ސޮރީ..... ލަވްލީ ކެމަލްޓޯ.... އަތްޖައްސާލާހިތްވަނީ

  47. ޢަބްދުﷲ

    އޮންނަނީ، ސާބިތުވާ ކަންކަމުގައި ހިފައި ވަންހަނާވެގެންވާ ކަންކަން ދޫކޮށްލުމެވެ. އިންސާނާގެ ބަނޑުތެރޭގައި ހުންނަނީ ލެޔާއި ނަޖިހެވެ. ޙައްޤަށް ނިޔާކުރައްވާ ދުވަސް އަންނާނެއެވެ. އެދުވަހުން އެއްވެސް މީހަކަށް ބޭއިންޞާފު ނުކުރެއްވޭނެއެވެ.

  48. ސަލްސާ

    އަޞްލުމަކަރަކީ ފާހަގަ ނުވަތަ ގަލަން ނުވަތަ ކަރުދާހެއްނޫނެވެ. މަކަރަކީ ރާވަފަހުރި ތަންތަނުގައި ވޯޓުގުނުމުގެކުރިން ރ އިން ނަތީޖާ އިޢުލާންކުރުމެވެ. ދެން އޭގެފަހުން ފޮށިތައް މާލެ ގެނައުމުން ގޮތްނޭގޭބަޔަކު ގުދަނަށްވަދެ ކުރިން އިޢުލާންކުރި ޢަދަދުތަކަށް ފޮށިތަކަށް ވޯޓުއަޅާ ޔާމީންގެ ވޯޓު އެޢަދަދުން ނަގާ ނައްތާލުމެވެ. ވީމާ ހުންނާނީ އިޢުލާންކުރި ޢަދަދާ ވޯޓުކަރުދާހާ ދިމާވެފައެވެ.

  49. ސެމީ

    މިފަހަރު ރާއްޖޭގައި ބޭއްވުނު ވޯޓަކީ ބޭރުގައި ފިލާތިބި ޖަމާޢަތްތަކުގެ މީހުން ދިވެހިރާއްޖެ ބަދުނާމުކޮށް ދިވެހިރާއްޖޭގައި މިހާރު އޮތް ސަރުކާރު ބަދު ނާމުކޮށްދޮގު ބުހުތާނު ސާބިތުނުހިފޭ އެތަކެއްވާހަކަ ދެއްކުމުގެ ސަބަބަުން ބޭރު މީހުންވެސް( އައްނިއަށް ތާއީދުކުރާ ) މިރާއްޖޭގެ ވޯޓް އެހެންގޮތަކަށް އަނބުރާލުމަށް ވަރަށްބޮޑަށް ބޭނުން ވެފައި ތިބި ދުވަސްވަރެކެވެ.އަދި ފިލާ ތިބި ޚާއިނުން ވެސް ވަރަށް ބޮޑަށް ބޭނުންވެފަ އޮތް ކަމެކެވެ.ޔާމީންގެ ވެރިކަން ވައްޓަން އެތައްފަހަރެއްގެ މަތީން ތި ޚާއިނުން ވަނީ ރާވާފައެވެ.ބޭރުގައި ފިލާތިބިި ޚާއިނުން ބޭރު ޤައުމުތަކާއި ގުޅިގެން ތި ޓެކްނޮލޮޖީ ބޭނުން ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ރިޝްވަތު ދީގެންކުރުވުމަކީ ހަމަ ގާތްގަނަޑަކަށް 100% ޕަސެންޓް ނުވުމަށް ވުރެ ވުން ގާތްކަމެކެވެ.މުސްކުޅިން ބުނެ އުޅޭ. އަޑެއްކިއްޔާ ރެނދެއްއަޅާނެކަމެވެ.ތިއޮތީ ތިކަން ފެނިފައެވެ. އެމްޑީޕީގެ ޙަސަން ލަޠީފް ވޯޓް ލުމުގެ ކުރީން ވޯޓްކަރުދާހުގައި ކެމިކަލް ބޭނުންކުރާވާހަކަ ވެސް އޮތީބުނެފައެވެ.

  50. އަލީ

    މުޅި ލިޔުމުގަ ތިޔަ އޮޅުވާލެވޭ ގޮތް ކަމަށް އެއްގޮތަކީ ދެލި ފޮހެވޭ ގަލަމެވެ. އެމީހަކު އަމިއްލަ ގަލަން ގެންނަން އިލެކްޝަންސް އިން ބާރު އެޅީ ކީއްވެ ތޯއެވެ؟ އަމިއްލަ ގަލަމުން ލާ ފާހަގަ ނުފޮހެވޭނެއެވެ، ދެން ނެނޯ ޓެކްނޮލޮޖީން ކުރާނީ ކީއް؟

  51. މިއަދު

    23 ސެޕްޓެމްބަރގެ ވޯޓު ބާތިލު ކުރަންނުޖެހޭ އެއްވެސް ސަބަބެއްއޮތްކަމަކަށްނުފެނެ
    ސަބަބު މަދެއްނޫން:
    1 ވޯޓުލުމުގެކުރިން އެކަރުދާހުގެ މައްސަލް ފެންމަތިވެ އޮވެ އެމައްސަލަ ނުބެލި ވޯޓުލުން
    2 އިންތިހާބު ސައްޙަނޫންކަމަށް ،ވޯޓުލީދުވަހުގެ ފަހު ދުވަހާއި ވޯޓުގެ ކުރިންވެސް ކޯލިސަނުން ބުނަމުން ގެންދިއުން
    3 ކަރުދާހުގައި ހުރި މައްސަލަތައް އެއްމެ އާދައިގެ މީހައަށް ވެސް އެގިފެނި ފައިވުން
    4 ފާހަގަ ބަދަލުވާގޮތް އެއްމެންނަށް އެގިގެން ދިއުން
    # މިހިރަ ގިނަ ސަބަބު ޓަކަށްޓަކައި މަލީ ވޯޓުގެ ފާހަގަ އާއި މެދުވެސް މިއަދު މަށަށް ވވ ބޮޑު ސައްކުތަކެއް އުފެދިފައިވާތީ ވޯޓުލާމީހާއަށް ޔަގީން ކަން ލިބިދެވޭނެ ވޯޓެއް ލިބިދިނުމަށް 23 ވަނަ ދުވަހުގެ ވޯޓު ބާޠިލުކުރަންޖެހޭ

  52. ތިލަދުންމަތި

    ތި ދުވާފާހަގަ ވާނީ އަދުރޭގެ ހިސާބު އިލްމުގެ ތެރެއިން އައި އެއްޗަކަޢް.

  53. ޖިލޭބީ

    ސުވާލަކީ، އިބޫއަށް އެހާ ބޮޑުބައްޔަކުން ރައީސް ޔާމީން ބަލިކުރެވިފައިވާއިރު ކޮންކަމަކާހޭ ޖެހިލުންވަނީ އިންތިޚާބު ބާތިލްކޮށްދޭން އެދުމުން. އެހުރިހާ ވޯޓަކީ ހަމަ ޙަޤީޣަތުގައިވެސް އިބޫއަށް ލިބުނު ވޯޓުކަމުގައިވާނަމަ ގަޓު ހުރެގެން ހަމަ ބުނަންވީނު. ދެވަނަ ފަހަރަށް ބޭއްވިޔަސް ރައްޔިތުން ހޮވާނީ ހަމަ ތިމަންނަޔޭ. ހިނގާށޭ އާ އިންތިޚާބަކަށް ދާން. ދެވަނަ ފަހަރަށްވެސް ލަދުވެތި ބައްޔަކުން ބަލިކޮށްލާނަމޭ.
    ކޮންކަމަކާތަ އެމްޑީޕީ ކުދިންކޮޅު ބިރުގަނެ ޖެހިލުންވަނީ؟

  54. ކަމާލު

    ތީގަ އެވެސް މަސަލަޔެއް ނެތިޔާ ދެން ވެސް ހޮވޭނީ އިބޫ..
    So no need to worry

  55. ކަޅުފޮއި

    ވެދާނެ ކަމެއްގެ ވާހަކަ ސައިންސުން ބުނުމެކޭ އެއްފަދައިން އިބޫ ނަވަތަ ޔާމީނު މަރުވިޔަސް ނަތީޖާއަށް ބަދަލު އަންނާނެއެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ ބޮޑު ޖޯކެކެވެ.

  56. މަ

    1969 ވަނަ އަހަރު ޖުލައި މަހު އެމެރިކާއިން ހަނދަށް ދިޔަކަން ގަބޫލު ނުކުރެވޭ ބަޔަކަށް ހިސާބު އަކުރުތައް ކަރުދާސް މަތީ އުދުހިދާނެކަމަށް ގަބޫލު ކުރެވޭތީވެސް ހައިރާންވޭ

    • ރީޒަން

      ހަނދަށް ނުދާކަމާ ދިޔަކަމަކީ ކަލޭމެންގެ އެދުރު އެމެރިކާގެ ކޮންޒަވޭޓިވްއާ ލިބަރަލް ބަހުސެއް. ދިޔަޔަސް ނުދިޔަޔަސް އަހަރުމެންނަށްކީތް؟ އެކަމުން އަހަރުމެންގެ ދިރިއުޅުމަށް ބަދަލެއް ނާދޭ. ދެން އެހެންވީއިރު ބުނެބަލަ އިރާޤުގަ ހުރިކަމަށްބުނި ސެޓަލައިޓް ފޮޓޯތަކުން ދެއްކި ކަމަށްބުނި ހަތިޔާރުތައް ނުފެނިގެން ތިއުޅެނީ ކީއްވެކަން ބުނެދީބަލަ އެމީހުން ބުނާހާ އެއްޗެއް ތެދެއްކަމަށްހީކޮށް ދިރުވާލާ މީހުން.

  57. ސަކީނާ

    ޕީޕީކުދިން އުފާކޮށްފަ ބަހައްޓާ

  58. ާައެމް.ވީ.ޓެކް

    ޢެއީ ބޮޑު ޖޯކެއް. ޥަގުތު މީހުން ކިތަންމެ ވަރަށް އެކަން ދިފާއު ކުރަން މޮޅު ޓެކް ހަބަރުތައް ލިޔާނެ ކަމެއްނެތް. ކުރި ކަމެއް ކުރީ ޕީޕީއެމް މީހުން. ހެޔޮ ކޮމެންޓް ނުޖެހިޔަސް.

  59. ދިންވޭން

    ތިޔަހެން ބުނެވޭނެ ޖާގަވެސް ނެތް. އިދިކޮޅު މީހުން ބަލިވި ނަމަ ތިޔަކަހަލަ ވާހަކަ ގަބޫލުކުރަން ފަސޭހަވީސް. އެއީ، އީސީގަ ޕީޕީ ކުދިން. ހުރިހާ ފޮއްޓެއް ބެލެހެއްޓީ ޕީޕީ ކުދިން. ފޮށި ބަލަހައްޓަން ތިބި ގިނނަކުދިންނަށް ނުވެސް އެގި އެކުދިން އެތަނަށް ހަމަޖައްސާފަތިބީ.

  60. ހީހީހަލާކު

    މިލިޔުންތެރިއާ އާދަމް ނަވާޒަކީ ދެބޯހަމަނުޖެހޭ ބޮޑު މޮޔައެއްކަން ސާބިތުވާވަރުގެ ލިޔުމެއް މިއީ. ހަމަ ގޫގުލް ކޮށްގެން ކޮންމެ ފަދައެއްޗެއްވެސް ލިޔެފާނެ. ތިޔަބުނާ ޕޭޕަރ ބެޓެރިއެއް ކަރުދާހުގައި ވާނަމަ ކަރުދާހުގެ އެބައި ބޯވަނެ. އަދި ޓެކްނޮލޮޖީ ބޭނުން ކުރަނީ ކާރބަން ނެނޯ ޓިއުބު ބޭނުންކޮށްގެން. އޭގެއެންމެ ގުރާމެއްގެ އަގަކީ 1600ރ. ކަރުދާހެއްގެ އަގު 1600ރ އައް އަރާނެ. ނުވިތާކަށް 2 ނަންބަރ ގޮޅީގައި ފާހަގަ އެރުން އެއީ ހުރިހާ ކަރުދާހެއްގަ ވާނޭ ކމެއްނޫން. ބާތިލް ވީ 3000 ވޯޓް. އެއްވެސް ފާހަގައެއްނެތި ނޭނގެ 20ކަރުދާސްވެސް އިންކަމެއް. އިންތިހާބުގަ ވޯޓް އޮބްޒާވް ކުރިމީހެއް ހައިސިއްޔަތުން ބުނެލަން އޮތީ ކީއްވެހޭ ހުރިހާ ކަރުދާހެއްގަ އެއްގޮތަކަށް ހެޔޮފާހަގަ ނެތީ. ކިހިނެއްހޭ އިނގެނީ މި ކަރުދާސް މިއީ ޔާމިނައް ވޯޓްލާ މީހެއް ނަގަނެ ކަރުދާހެއްކަން.

    • ސާބަސް

      އޯކޭ.. ދެން ކޮބާ ފުލުހުން މިކަން ތަޙްޤީގު ކުރަން ހުރަސް އަޅާކަމަކީ؟؟ އޭރުން މައްސަލަ ހައްލުވީ އެއްނުން. ބިތުފަންގި ނެގުމާ ދެކޮޅުހަދާނީ ކެޔޮކޭވަރު އެނގިދާނެތީއޭ ވެސް ހީވާކަހަލަ.

    • ހސއނ

      ހުރިހާ ކަރުދާސް އެހެން ނެހެދިޔަސް ފުދޭނެ ކަމަށްވަނީ. 40000 ވަރުން ނަތީޖާ ބަދަލުކުރެވިދާނެ ކަމަށް. އެހެންވީމާ 1600ރުފިޔާ ގުނަކުރަން 40000 ޚަރަދު ކުރުމަކީ ހަމަވެދާނެ ކަމެއް މިފަދަގޮތަކަށް ވެސް ވެރިކަން ބޭނުންވެގެން އުޅޭނަމަ.

      "ވަރަށް ބޮޑު ތެދެއް. މަށަށްވެސް ތިމައްސަލަ ދިމާވި، ފާހަގަ މަތީގަ 2 ވަނަ ފަހަރަށް ފާހަގަ ލާންޖެހުނު. މިއީ ﷲ ގަންދީ ބުނި ތެދެއް. މަ ވޯޓްލީ، ޤިޔާސުއްދީންގައި ހުރި ފޮއްޓަކަށް." މިކޮމެންޓަށް ބަލާއިރު ގިޔާސުއްދީން ސްކޫލް ގައި ހުރި ފޮށިތައް ޗެކް ކޮށްލުމުން ވެސް އެނގިދާނެ ވޯޓް ކަރުދާސް ގައި މައްސަލަ އުޅެންޔާމު. *** މި އާރޓިކަލް ގައި ހިމެނޭ ކޮމެންޓެއް.

  61. ސައުދު

    ގަބުޅި ބޯކިބާ ހަދާނެގޮތް ކިޔާދޭން އިންގޭނީ އެ ހެދިބަޔަކަށް. ނަސީބެއް ތޯއްޗެ ތިޔަ 96 ވޯޓް ވެސް ތިބުނި ގޮތަށް ފިހެގެން ހެދުނުުކަން.

  62. އާންމު އާދުމީ

    އަމިއްލަ ވޯޓުކަރުދާހުގަ އަމިއްލައަށް ގެންނަ ގަލަމުން ވޯޓު ނުލެވެންވި ސަބަބެއް މަށަކަށް ނުވިސްނޭ! ގޯހެއް ހެދިޔަސް ބޮޑުވަރުވެގެން އަމިއްލަ ވޯޓު ބާތިލުވުންނޫން ކަމެއް ނުކުރެވޭނެ! ގޯސް ހެދިބައެއް ނޭނގެ. އެކަމަކު ގޯސްހެދީ މިހިސާބުން.

  63. ސައުދު

    ވެދާނެކަމެއްކަމަށް ގަބޫލުކުރެވޭ

  64. ރައްޔިތެއް

    އަސްލު ދެރަވަނީ ރާއްޖޭގެ ބައެއް މީހުން މިފަދަ ވާހަކަތައް ގަބޫލު ނުކުރާތީ. ކޮންމެ ޕާޓީއެއްގެ މީހަކަސް ކޮންމެ ވިސްނުމެ، ފިކުރެއް ހުންނަ މީހަކަސް މީހަކު ރަނގަޅު ކަމެއް ޚޮށްފައި ވާނަމަ އެކަންނ އަގުވަޒަން ކުރަން ވާނެ. އެމްޑީޕީއަށް ނިސްބަތް ވާމީހުން މި ހީވަނީ ޔާމީނަކީ ދުވަހަކު ރަނގަޅަށް ކަމެއް ކުރި މީހެއް ނޫންހެން. ހަމަ ގައިމުވެސް ދިފެހި ރާއްޖެ މިހާރު މިއޮތް ހިސާބަށް ދިވެހިރާއްޖެ ގެނެސްދިނީ ރައީސް ޔާމީން. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއްށް ބޮޑެތި އިންވެސްޓްމެންޓް އަންނާނީވެސް ހަމަ ޔާމީނުގެ ވެރިކަމުގައި މިކުރެއްވި އެންމެހައި މަޝްތޫތަކުން.

  65. Anonymous

    "ވަރަށް ބޮޑު ތެދެއް. މަށަށްވެސް ތިމައްސަލަ ދިމާވި، ފާހަގަ މަތީގަ 2 ވަނަ ފަހަރަށް ފާހަގަ ލާންޖެހުނު. މިއީ ﷲ ގަންދީ ބުނި ތެދެއް. މަ ވޯޓްލީ، ޤިޔާސުއްދީންގައި ހުރި ފޮއްޓަކަށް." މިކޮމެންޓަށް ބަލާއިރު ގިޔާސުއްދީން ސްކޫލް ގައި ހުރި ފޮށިތައް ޗެކް ކޮށްލުމުން ވެސް އެނގިދާނެ ވޯޓް ކަރުދާސް ގައި މައްސަލަ އުޅެންޔާމު.

  66. ޙިސާނު ބައްޕަ

    އަސްލު މި މައްސަލައިގަ މަދުވެގެން އުޅޭ އުދުހޭ މުސައްލައިގަ ދިޔަ މީހުން ތިބީ ވޯޓް ކަރުދާސްތައް ހުރި ގުދަނަށް ވަދެފަ. އެހެންޏާފަހެ ހަމައެއް ލަމައެއްނެތި ކޮންމެ މީހަކަށްވެސް އެ ގުދަނަށް އެބަހުރި ވަދެވިފަ. އެހެންވީމަ އެ މުސައްލަވީ ޙިސާން އަތުގަ. މުަސައްލައެއް ދުވަހަކު ލޮލުން ދުށިންތަ ހިސާން؟؟؟؟

  67. ހެލޯ

    ފަނޑިޔާރަކަށް ހުންނަ މީހާއަށް ވެސް މިހުރިހާ ކަމެއް މިހެން ކުރެވޭކަން ނޭންގިފަ އޮވެދާނެ.

  68. ވޯޓުން ވައްކަން

    ބައެއް ދިވެހިންނަށް މިކަން ރޭކާލާނީ އެތައް ޒަމާނެއް ފަހުން ކަންނޭގެ. ފުރަތަމަ މަތިންދާބޯޓުން އެއްގައުމުން އަނެއްގައުމަށް ދެވޭ ވާހަކަ ބުނީމާވެސް އޭރުގެ މީހުނަކަށް ގަބޫލެއް ނުކުރެވޭނެ.

  69. އަފްލާ

    މިހާރު ޝަރުޢި ކޯޓްތައް ހިސޯރު ކޮއްފަ އިލެކްޝަން ހިސޯރު ކޮއް ސިފައިންނާ ފުލުހުންނަށް ރިޝްވަތު ދީ ކޯޓްތަކުގެ ފަނޑިޔާރުންވެަް ސް ގަނެލީ އަދި ދޮގުހުވާވެަް ސް ނިކުރެވިގެން އުޅެނީ އެކަމ ހުރިހާ މުއައްސަސާތަށް ގަނެލީމިކަމުންވެސް ދޭހަވަނީ ވަގުވޯޓްކަން އިބު ކުރާނީ ބާތިލް ހުވައެއް ކަން މިއެނގެނީ