ވައްކަމުގެ މައްސަލައެއްގައި ހިމެނޭ މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާންމު ކުރުމަށް ފަހު ފުލުހުން ވިދާޅުވެފައި ވަނީ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކުރައްވާފައެއް ނުވެއެވެ.

މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށިވާސޯ

    ބުނަން ރަނގަޅު ވާހަކައެއް ދިމޮކުރަސީ އަކީ ކުފުރުގެ ނިޒާމުއް އޭ ދިވެހި ރައްޔިތުނޭވެ ހޭލާ ރަނފަޅަށް ވިސްނާ..... މިކަމުން ސަލާމަޔްވޭ އަވަހަށް

  2. ހޮހޮހޯ

    ތި މީހާ އެކަމެއް ހިނގި ދުވަހު ފުރައިގެން ގޮސްފައި ވަނީ ސޯ ވެރީ ސޮރަީ ޕޮލިސް

  3. ޙަބަރުގެ

    ތިގޮލާ ވަގަށް ނެގި ލާރިތަކަށް ބަކިންހަމް ޕެލަސް ގަނެލައިގެން އެތާގަ އޭނަ އުޅެނީ ވަރަށް ސެކިއުރިޓީ އިވޭ