ދުވަހަކުވެސް ސިޔާސީ ވާހަކައެއް ނުދެއްކޭ ވަރަށް ރައީސް ޔާމީން ފަހަތަށް ޖައްސާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރޭ "ރާއްޖެ ޓީވީ" ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސްގެ މަގާމުގައި ހުންނެވި ކަމުގައިވިޔަސް، މިހާރުވެސް ފުލުހުންނަށް ރައީސް ޔާމީން ހައްޔަރުކުރެވޭނެ ކަމަށާއި މިރެއިން މިރެއަށް ވެސް ރައީސް ޔާމީން ހައްޔަރުކުރަން ދިވެހި ފުލުހުންނަށް ގޮވާލާ ކަމަށެވެ.

"ބޮޑެތި ވައްކަންތަކާއި ބޮޑެތި ހިޔާނާތްތަކެއް ވެފައިވާއިރު ރައީސް ޔާމީން އެ ހުންނެވީ އެކަނިވެފައި. ރައީސް ޔާމީން ފަހަތަށް ޖައްސާލާނަން ދުވަހެއް ކޮޅުންވެސް ސިޔާސީ ވާހަކަ ދައްކަން ކެރިވަޑައިނުގަންނަވާ ވަރަށް" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ވަނީ ވަރަށް ބޮޑެތި ވައްކަންތަކެއް ކޮށްފައި ކަމަށާއި ވަރަށް ބޮޑެތި ހިޔާނާތްތަކެއް ވެފައި ކަމަަށެވެ.

"އަޅުގަނޑު ދިވެހި ފުލުހުންނަށް ދަންނަވަން މިރެއިން މިރެއަށް ވެސް ރައީސް ޔާމީން ހައްޔަރުކުރަން, އިޖުރާއަތްތައް ފުރިހަމަކޮށްގެން މިހާރުވެސް ފުލުހުންނަށް ރައީސް ޔާމީން ހައްޔަރުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

އިންތިހާބު ބާތިލް ކުރަން ސްޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އާއި ގުޅޭގޮތުން ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ކަންކަން ފުލުހުންނާއި ސިފައިން ތަހުގީގު ކުރާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސުޕަވައިޒްކޮށްދިނުމަށް އެދުމަކީ ފަނޑިޔާރުންނަށް ބޭ އިހުރާތާމް ކުރުން ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ތަހުގީގުކުރެވޭނެ މުއައްސަސާތައް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި އެމްއެންޑީއެފް މެދުވެރިކޮށް ތަހުގީގުކުރަން އުޅުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަންޑިޔާރުންނަކީ މައްސަލަތައް ތަހުގީގު ކުރާއިރު ސުޕަވައިޒް ކުރަން ތިއްބަވާ ބޭފުޅުންނެއް ނޫން އެމްއެންޑީއެފްއަކީ ތަހުގީގީ މުއައްސަސާއެއް ނޫން އެއީ ދިވެހިރާއްޖޭގެ ދިފާއީ ބާރު, އެއީ ތަހުގީގު ކުރުމުގެ ބާރު ލިބިފައިނުވާ މުއައްސަސާއެއް. އެއީކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން" ހަސަން ލަތީފު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ސިޔާސީ ވާހަކަ ނުދެއްކޭ ވަރު ކުރާނަން ކަމަށް ހަސަން ލަތީފް ވިދާޅުވިއިރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެރިކަމަށް ވަޑައިގެންނެވީ ނުހައްޤުން އެއްވެސް މީހަކު ޖަލަށް ނުލާނެކަމަށާއި، ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ސިޔާސީ ފިކުރެއް ފާޅު ކުރުމުގެ ފުރުސަތު ފަހި ކޮށްދޭނެ ކަމަށް ވައުދު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

  1. ރަޝީދު

    ކަލޭދެން ތީ ކާކު.... މީހާގެ ސައިޒަށްވުރެ މާބޮޑު ވާހަކަދައްކަން.... ރައީސް ޔާމީނާއި ކަލޭ ގާތްވެސް ނުކުރާނެ. އެއަށްވުރެ ހުރިހާގޮތަކުންވެސް ރައީސް ޔާމީނު ގަދަވާނެ.... ތިހެން ބޭކާރު އަނގަ ނުތަޅާނެ ރައީސް ޔާމީނު.....

    • ޔަގްޒިޓް

      ލޮލް

  2. ސަޢީދާ އަޙްމަދު

    ދިވެހިރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ރައީސް ޔާމީން ހުންނަވާތަން ކަލޭއަށް ފެންނަނެއެވެ. އެކަނި މާއެކަނި ނުކުންނަވާ ، މަކަރާ ޙީލަތުގެރޮގުން ޕީއެޗްޑީ ހަދައިގެންތިބި ބޮޑުލަޝްކަރަކާ ވާދަކޮށް ވޯޓުގެ 42 ޕަސެންޓް ހޯއްދެވުމަކީ ކުޑަ ކާމިޔާބީއެއްނޫނެވެ. ރަގަޅަށް ވޯޓު ދިޔަނަމަ 60 ޕަސެންޓްވޯޓް ލިބުނީހީ ޔާމީނަށެވެ. ކަލޭގެ ތިޔަ ދުލުގެ ނުބައިކަމުން ދިވެހި އުއްމަތް ސަލަމަތްކުރައްވާ ، ތިޔަގެނައި ޙީލަތްތެރިވެރިކަން މަދު ދުވަސކޮޅެއްގެތެރޭގައި ވީއްދަވާށިއެވެ. އާމީން

    • މުކި

      ރާޅު ފޮނު

      1
      1
  3. Anonymous

    ﷲ އިރާދަފުޅުން ކަލޭގެ ދޫ ބަންދުވެދާނީ ކިހާ އަވަހަކައް.ކަމެއްނޭގޭ. މާ ފުއްޕާފަ މޮޅެތި ވާހަކަ ދައްކާނެ ކަމެއްނެތް.

    5
    1
  4. ޖަހާންގީރު

    ކަލޭތީ ކާކު ރައީސް ޔާމީން އާއި ކުޅެން !

  5. Anonymous

    ކޮބާ ޔޫތު.މިނިސްޓްރީގަ ހުރެގެން ވަގައްނެގި 900 މިލިއަން ރުފިޔާ. ބޮޑުވަގު އަމައޭ ކިޔާބަލަ. މިލިއަނުން ރުފިޔާ ކައިގެން ކަލޭ ހުރޭ ވޯޓު ވަގު މުލިވަގު.

  6. ޙަސަނު

    އެމީހަކު ބޭނުންދީނަކަށްވެސް އުޅެވޭނެކަމުގެ ވައުދާވެސް އެކު

  7. މޯޑް

    ރަންގަޅު ވާހަކައެއް އެއްމެހާ އިޖުރާތުތައް ފުރިހަމަކޮށް ވީހާވެސް އަވަހަކަށް ހައްޔަރުކުރޭ. މިހާރު ތިގައުމަށްހުރި ބޮޑު ނުރައްކަލެއް.

  8. އަޙްމަދު ޙުސައިން

    ބަލަ ޙަސަންލަޠީފު މީ ކަލޭގެ މައިންބަފައިންގެތަރިކަތަ؟ ޔާމީން ނަގައިގެން ކަލެއަށް ނުލިބިގެން ތިއުޅެނީ؟ތީވެސް ދިވެހިރައްޔިތުން އަރުވާފަ ހުރި ބޭފުޅެއް. ކަލޭމެންވެރިކމެއް ކުރަން ލިބުނު ތިންއަހަރު ކުިރި ވައްކަން ކޮބާ؟ ގުދޯއި ގުދޯއި ކިޔަނީ. މީނަ ޔާމީނޭ މިހާރު މިކިޔަނީ އެތަކެއް ރައްޔިތުން ޙައްޤު ނިގުޅައިގެން ތިބެވެރިކމަުގެ ހުވާކުރަން ތައްޔާރުވެގެން ތިބެ. އެކަން ބަލަން ފެށުމުން.

  9. އަހުން

    ޔަގީން ވެއްޖެ ޔާމީނާ މިކަލޭގެ ބައިތު ހިފީކަން. ގޮތްދައްކަން ފާޑު ފާޑުގެ ވާހަކަ ތިދައްކަނީ. 4 ކަށިމަތި މާލޭ މީހާ ގަނޑާ

  10. ޒިލާލް

    ކަލޭތީކާކު ރައީސް ޔާމީން ވައްކަންކުރި ވާހަކަކިޔަން. ކަލޭ ޔޫތްމިނިސްޓްރީގަ ހުރިއިރު ކޮށްފަހުރި ވައްކަންތަކުގެ ވާހަކަ އިހައްކިޔާލަބަލަ އަދި އަންނި ވެލާނާގެއިން ވައްކަންކޮށްގެން ހުކުމް އިއްވި ވާހަކަކިޔާލަބަލަ. ކަލޭމެންގެ ވެރިކަމުގަ އެއްވެސް ސިޔާސީ މީހަކު ހައްޔަރު ކޮއްފިއްޔާ އެވާނީ ދުނިޔޭގެ ހަތް އަޖައިބުން އެެއްއަޖައިބަށް. ކަލޭމެން ވެރިކަމަށް އައީ ކަލޭމެން ބުނާ އަދި ގަބޫލުކުރާ އަދުލުއިންސާފު ގާއިމްކުރަން ކަމަށްވާއިރު އެއްވެސް މީހަކު ހައްޔަރުކޮށްފިއްޔާ ނުވަތަ ހައްޔަރުކުރަން ހިތުލިޔަސް އެވާނީ އަނިޔާއަށް. ރައީސް ޔާމީން އަކީ މިގައުމުގަ މިވަގުތު ހުރި އެންމެބޮޑު ސިޔާސީ އަދި އެންމެގިނަ ރައެޔިތުން ލޯބިވާ ރައީސް. އެހެންވީމާ ހައްޔަރުކޮށްފިއްޔާ ވާނީ ސިޔާސީ ކުއްވެރިޔަކަށް.

  11. ލަތީފު އައްޕަ

    ހަސަން ލަތީފު އަކަސް ތިހެނެއް ނުފުއްޕޭނެ ޔާމީނު އަކީ ކަންތައް ވާ ކަންތައް ކުރެވޭ މީހެއް
    ރެވިތެޔޮ ބޯންދޭ ނަން ކަލެއައް

  12. Anonymous

    މިދައްޖާލު ހައްޔަރުކުރޭ

  13. ހ

    މިއީ ހާދަ ފޮނި މީހެއް

  14. ލަތީފު

    ހިަސަންކޮއަށް ހީވިަނީ ނޮވެމްބަރ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާނީ އެކޮއިހެން ، ވައްކަމެއް ކޮށްފަ އޮތިއްޔާ ސާބިތުކުރޭ އިހަށް، ޚިޔާނާތެއް ވިއްޔާ އެކަމެއްވެސް ސާބިތުކުރޭ! އޭގެ ފަހުން ހަސަންކޮ ބުނެގެން މީހުން ހައްޔަރު ކުރެވޭތޯ އުޅެބަލަގަ! ބަލަަ! ކަމަކާނުލާ ލިބިފައި އޮތްބާރެއް ބޭނުންކޮށްގެން އިސްގާޟީ ހައްޔަރު ކުރި މީހާ ދިޔައީ ކޮންތާކަށް؟؟ މާ އަވަހަށް ހަސަންކޮ ތިހަނދާން ނެތުނީ!!

  15. ސިސް

    ރައީސް ޔާމީން އަވަހާރަ ކޮށްލަ ފާނެތީ ބިރުގަނޭ. އެދުވސް ނުދައްކަވާށި. އާމީން.

  16. ހަތަރުކަށިމަތިމާލޭކޮއި

    ކަލޭ ތީ ކާކު؟ ކަލޭ ތީ ރޔ އެއްފެންވަރެއްގެ މީހެއްތަ؟ ރޔ ފެންވަރަށް ވިސްނަން އެގޭނެތަ؟ ހަތަރުކަށިމަތި މާލޭ މީހައަށް ކުރެވޭނެ ކަމަކީ ފޮނިބައިސާ ކެޑޫން. އަރަބި ހަރުބަހެއްގެ އޮންނަނީ ކުރުވުމަކީ ހިކުމަތެކޭ ނޫނީ ފިތުނައެކޭ. ތީ ހަމަ ބޮޑު ފިތުނައެއް.

  17. މާބޭބެ ނޭފަރު

    ހަސަނާ ކަލޭ މޮޔަނުގޮވާހުރެބަލް. ބުރާންތިވެގެން ކިޔޭނުކިޔޭ ވެސް ނޭނގެއެއްނު. ހަސަނުމެން އެމްޑީޕީ ސަރުކާރުގައި ކޮށްފައިހުރީ ވައްކަމެއްނޫންތޯ. ސަދަގާތްތޯ ކުރީ. ގުދޯ ގުދޯ ނުގޮވާ ހުރެ.

  18. އަހުމަދު687

    ހަސަން ލަތީފުގެ ފެންވަރެއްނޫން އެއީކީ! ސިޔާސީ ގޮތުން ފަހަތަށް މީހަކު ޖެއްސުމުގެ ފެންވަރެއް އެމްޑީޕީއަކު ނުހުންނާނެ! އެންމެފަހުން މައުމޫނުލައިގެން ކިރިޔާ ކަމެއްވީ!

  19. ޜާއްޖެ އިސްލާމް

    ޢެމް.އެން.ޑީ.އެފް އަށް އޮވޭތޯ ރައީސް ވިދާޅުވީމަ ފަނޑިޔާރުން ވަގައްނެގުމުގެ ބާރު. ކުޑަކުދިން ނުދައްކާނެ ސިޔާސީ ވާހަކައެއް

  20. މުހައްމަދު

    ހަސަނަށް ހީވާނީ ފުޅަށްބުޑުން ދަންޏާއި ކެޔޮގަނޑު ކަނޑާލާނޭ...
    މިމީހުންގެ ވެރިކަުގަ ވަށްކަން ކުރެވުނުވަރުން ހީވީ ރައީށް ޔާމީނުވެސް އެހޭ އެކަން ކޮށްފަ އޮތީ

  21. ނައުބެ

    ރައީސް ނަޝީދު އިސްތިއުފާ ދެއްވި ދުވަހު ދެން ކަންތައް ކުރަންވީ ގޮތާއި މެދު މަޝްވަރާ ކުރެއްވީ ޔާމީނާއި. މީވަރަށް ވާހަކަ.

  22. އިންޑިޔާ ބޮޑުވަޒީރު

    ހާދަހީވޭ ހަސަނު ހިތްކިޔާހެން . ޢެކަމަކު ޔާމީނެއް ނުދާނެ. އެލެކްސް މުހައްމަދު އެހެރީ ތި ވައްތަރު ކުޅި ކުޅެން ރެޑީގަ. ޢަހަރެމެންވެސް ތިކުޅި ކުޅުން ހުއްދަ ކުރީމަ ހާދަހާވާ މަޖަލޭ ހަސަނާ

  23. ކަަކު

    ލަތީފު ކަލޭތިކާކުތަ އިސްލާމީވަންތަކަންނެތް ބައަކީ މިޤަވްމަށް ބޭނުންވާބައެއްނޫން އެގޭތޯ

  24. ކީކީ

    ލަތީފު ކަލޭތިކާކުތަ އިސްލާމީވަންތަކަންނެތް ބައަކީ މިޤަވްމަށް ބޭނުންވާބައެއްނޫން އެގޭތޯ

  25. ބެއްޔަ

    ބަލައިންސާފައް ލޯބިކުރައްވަންޔާ ކޯޓުން ވަކިގޮތެއް ނިންމަވަންދެން މަޑުކޮއްލައްވާ.

  26. ޣަފޫރު

    އަންނިގެ ވެރިކަމުގައި އެމް.ޑީ.ޕީ އިން ކުރި ވައްކަންތައް ބެލިއްޔާ މާތާހިރުވާނެ. އެކަންކަން އިބޫ ބަލާބަލަ އަވަހައް. ބޭކާރުކަންކަމާ ނޫޅުން ބުއްދިވެރީ

  27. އެކުވެރިޔާ

    ޙަސަނަށް ހީވާނެ ފުޅައްބުޑުން ދިޔައީޔާ ކެޔޮގަނޑު ކަނޑާނެހެން. ހަސަނާ އެންމެންނެއް ޙަސަނުމެންހެން ޚިޔާނާތްތެރިއެއް ނުވާނެ. ވައްކަމެއްވެސް ނުކުރުުރާނެ.

  28. މާލެ މީހާ

    މީނާ ކިޔަމުން ދަނީ ހަތަރު ކަށިމަތި މާލެޔޯ، ބުނު އިރު މިކަލޭގެ އަކީ ހަތަރު ކަށިމަތި މާލޭ މީހެއް ނޫން...އަހާބަލަ އޭނާގެ އެއްފަޅި އެއީ ރަށްފުށަށް ނިސްބަތްވާ މީހެއްތޯ. ދޮގު ނުކުރެވޭނެ. މާލޭ އޭ ރަށްފުށޭ ކިޔާކަށް ނުޖެހޭ މިހާރަކު. ކަލޭ ތިހާ ޑިމޮކުރަސީވެގެން އުޅެންޏާ ނުޖެހޭ ރޭސިސްޓުވެގެން މާލެ ވެގަނެގެން މާ މޮޅު ކަމަކަށް ހަދައިގެން އުޅެކަށް ޔޫތު މިނިސްޓްރީ ތުހުމަތުކުރެވޭ ވަގު. މީހާގެ ކުރުމިނާ ބަލިކަށި ކަމާ މެދު ވިސްނާލާފަވެސް ވެއްޖެނު ގަދަ ބަސް ބުނުން ހުއްތާލަން. ރޔ އަކީ ހަމަ ވަރުގަދަ ރައީސްއެއް. ދިވެހިވަންތަ ގޮތުގަ ހުންނަވާ ހަރުދަނާ ރައީސެއް. ވީމާ އެމަނިކުފާނާ ބެހޭގޮތުން ސާބިތުނުހިފޭ ކިތައްމެ ވާހަކައެއް ދެއްކިޔަސް، ސާބިތު ނުހިފޭހާ ހިނދަކު އެމަނިކުފާނަށް އަހަރެން ގަދަރުކުރަން ކަލޭ ނުކުރިޔަސް އިންގިއްޖެތަ !!!!

  29. ޖޭޒް

    މީ ދެން ކާކު ރީދޫ ބުއްޑާ ގުރޫޕް

  30. މިއަދު

    ހަސަނާ ވޭތުވެ ދިޔަ 5 އަހަރު މިރާއްޖޭގައި ރައީސުލްޖުމުހޫރިއްޔާކަން ކުރީ އަދި މިއަދު ރާއްޖެމިދެކޭ ތަރައްގީގެ އާއުސްމިންތަކަށް ހިއްލުވާލީ ރައީސުލް ޖުމުހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް އެއަކީ ޙަސަންލަތީފް ކުރިކަމެކޭ ދުވަހަކުވެސް އިންސާނަކު ކީކުރަންޖަނަވާރަކުވެސް ނުބުނާނެ 3 އަހަރު ވެރިކަންކޮށް އަމިއްލައަށް އިސްތިޢުފާދީފައި ފައިބާ ޖެހިގެން އައިދުވަހު ބޮލުގަ ބަޑިޖައްސައިގެން އިސްތިޢުފާ ދެއްވިއްޔޭ ކިޔާ ރަޢިއްޔަތުންގެ މުދާތަށް އަންދާ ހުލިކުރި ބިބޭފުޅާގެ "މިގައުމަށް މިހާތަނަށް އެއްމެޣައްދާރުވި" ތިބޭފުޅާގެ ރޫހަނީ ލީޑަރު ކެނެރީގޭ މުޙައްމަދު ނަޝީދު އެކުރެއްވި ފަދަ ދަށު ދަރަޖައިގެ ޢަމަލެއް ރައީސުލް ޖުމުހޫރިއްޔާ ޢަބުދުﷲ ޔަމީން ޢަބުދުލް ޤައްޔޫމު ނުކުރައްވާނެ އެމަނިކުފާނު އެހިންގަވަނީ ރާއްޖޭގެ ޤާނޫނު ތަކާއި ޤަވަޢިދުތަކާ އެއްގޮތްވާގޮތުގެމަތީން އުފެދިފައިވާ މައްސަލަތައް ޝަރީޢަތުގެ ތެރެއިން ނިންމުމަށް އެއީ ނޫންތޯ އިންސާފަކީ އެއީ ނުތޯ އަޅުގަނޑުމެން ބަލައިގަންނަންވީ ރީތި އުޟޫލު ތަކަކީ ޙަސަނަށް ތިހީވަނީ އިންސާފަކީ ނުރުހޭކޮންމެ ފަހަރަކު ގައުމަށް ﷲައްދާރުވުމަކީ އިންސާފުކަމަށްދޯ މިރައިސް އެހެން އެކަމެއް ނުކުރައްވާނެ އުމުރުދުވަހަށް ޖަލުގަ އޮންނަން ވިއަސް އެއީ މިގައުމުގެ ފަޚުރުވެރި ރައީސެއް ހަސަން ލަތީފަށް ތިއުޅެނީ ހަޖަމުނުވެގެން ވ ބޮޑަށް ސޮރީ

  31. ޭމަ

    ކަލޭ އަށްވެސް ހަމަ އެހެންހަދާނަން.

  32. އަލީ

    ރިޔާސީ އިންޚާބުގެ ކެންޕިޔަނުގައި އިބޫ ބޭނުންކުރެއްވި އިންސާފު މިލަފުޒު/ ނަމަވެސް ހުވަޔާހަމައަށް ނޮގޮސް އުޅެނިކޮށް މިފެންނަނީ މީހުންނަށް ނުހައްގުން ވަގަށްގޮވައި މީހުންނަށް ސިޔާސީ ވާހަކަ ނުދެއްކޭ ވަރަށް ޖެއްސުން ކުރާނެ ވާހަކަ!

  33. ނަފާ

    މިހާރުވެސް ތިއުޅެނީ ފާހާނާއަށް ދެވޭތީކައްނޭގޭ. އަގަމަޑުން ހުރެވޭތޯ ބަލާތި

  34. މުހައްމަދު

    ޔާﷲ މިކަލަ ދޫ ނުބާނުލަފާ ހިލްމެއްނެތް މީހުންގެ އަތްމަޗަށް މިގައުމުގެ ވެތިކަން ނުލައްވާފާނދޭވެ .

  35. ޮކޮއްޕި

    މިހިރަ ބަކައްޓާ އަނގަމަތީ ތަފާލެއް ޖަހަން ވީތަ؟ މާ ހިތްމޮޅު އަރައިގެން ނޫޅޭތި

  36. ޒާ

    ހަސަން ލަތީފަށް ބުނެލަށް ސައިޒް އޮޅިގެން ނޫޅޭށޭ. ކަލޭ ސައިޒް ކުރެވެން އެބައޮތް. ތީ ކާކުތަ؟

  37. Anonymous

    މީ އަދި ކާކުތަ ރައީސް ޔާމިނޭކިޔާކަށް. މިކަލޭގެ ހަޤީޤަތް ކިޔާންދޭން ފަށައިފިއްޔާ މިކަލޭގެ ސިޔާސީ މައިދާން ދޫކޮށް ފިލާނެ. މީ ވަރަށް ވާހަކަ

  38. ސަލީމް

    އިސްލާމްދީނަށް ފުރައްސާރަކުރި ނަޝީދަށް ސިޔާސީ ވާހަކަ ދެއްކިފަ މިރާއްޖެ ދުއް ތަރައްޤީގެ ބައްޕަޔަށް ސިޔާސީވާހަކަ ނުދެއްކޭންވި ސަބަބެއް ނެތްދޯ؟

  39. ސަން

    ޔާމިނަކީ ކަލޭއަށް ހިތުހުރި އެއްޗެއް ކިޔެވަރު ގެމީހެއް ނުން. މޮޔަނުވޭ.

  40. އަލިބިޔާއްކަލޯ

    އެހެންވެއްޖެއްޔާ
    ކަލެޔަށްވެސް............
    ހަމަހޭގަހުއްނާތި
    960000 މީހުން ތެރޭގަ ކެލޭވެސް.......
    ވ.ވެދުން ތަލަބޭ.

  41. ނަގޫރޯޅި

    ކިތަންމެ ވަރެއް ކުރިޔަސް ހަސަން ލަތީފާ ދެކޮޅައް ޔާމިން ކޮއްފައޮތް އަބުރުގެ ދައުވާ އަންބުރާ ޔާމިނެއް ނުގެންނާނެ. އެކަން ސާބިތުވެސް ވާނެ އަދި ފަންޑުފޮށި ބަހައްޓައިގެން ނޫނީ އިންތިހާބީ ސަރުކާރުގެ ތެރޭން އެލާރި ހަސްލަތީފައް ހަމަޖެހިގެންދާގޮތް ވެސް އަހަރުމެން ބަލަންމިތިބީ. ރ.ޔާމިން ފަހަތައް ޖެއްސޭހާވަރު ހުރިނަމަ މިވީ ފަސް އަހަރު މޑޕ އެކަންކުރީސް، މީހަރު މޭފުއްޕާފަ މޮޅުވާހަކަ ތިދައްކަނީ އެންމެން އެއްގާމަތީގަ ކުޑަވަގުތުކޮޅަކައް ނަމަވެސް ތިބެވޭތީ.

  42. ފާތުމަ

    މީ ކޮންތާކުން ނުކުތް ބޭގަނޑެއްތަ؟

  43. ބޮއްކޮއްކޮ ބޭ

    ދުނިޔެ ފެނިއްޖެ އުމުރު 83
    މިވަރުގެ މޮޔައަކު ނުދެކެން
    ކަލޯ ހަމަ ތިވެދާނެ ހުވަފެނަކަށްވެސް

  44. ލަތީފް

    މޮޔަ ހަސަނު

  45. ޭަބޮއިހަލާކު

    އޭ މީ އޭ އެބުނާ ޑިމޮކްރަސީ އަކީ ހެެހެހެ މިކަލޭގެ ދެން ކޮންކަހަލަ ވާހަކަ މިދައްކަނީ ކޮބާ ކަލޭމެން ދެއްކި ހަމަހަމަ ކަމުގެ ވާހަކަ

  46. ބަނީބޭ

    މި ޤައުމުގައި މިފަދަ އަނިޔާވެރި ދެވަނަ ޔާމީނަކު އުފެދުނަ ދީގެން ނުވާނެ އަދި ދުވަހަކުވެސް މީނަ އިންތިޚާވީ މަޤާމަކަށް ހޮވުނަ ދީގެން ނުވާނެ. އުމަރު ބުނާހެން މި ކޮލެރާ

  47. ޢަލީ

    މީހާދަ ފެންވަރުމަތިވެގެން އުޅޭ މީހެކޭދޯ ކަލޯ ކަލޮއަށްވުރެ އިސްކޮޅުން ދިގު ވާހަކަ ނުދައްކަށްޗޭ، މީ އިންޒާރެއްނޫން ނަސީހަތެއް.

  48. ކަމެއް

    މަޝަށް ހީވަނީމި އެމްޑީޕީ މީހުން އުޅެނީ ތަންކޮޅެއް ސައިޒު ބޮޑު ބޫޓަކަށް އެރިގެންހެން....

    ރަނގަޅަށް ސައިޒު ހެޔޮވަރު ކޮއްލާ

  49. ހޭލާ

    މި ހަސަން ލަތީފަކީ ގޮތެއް ފޮތެއް ހުރި މީހެއްނަމަ މިތާ ކޮމެންޓް ކޮށްފަ ތިބިމީހުން މީނައާ ދެކޮޅަކަަށް އެއްޗެއްނުލިޔާނެ. ގައިމު ކަމެއްވެގެނެއްނު މީނަދެކެ މިހާ ރުޅިއެއް އަންނަނީ. މާގިނަދުވަހެއްނުވެ ތިޔަކުރި ހުރިހާ ނުބައި ކަންކަމެއް ފަޅާއަރާ ރައީސް ޔާމީނަށް ނަސްރު ލިބޭނެ. ޢިންޝާﷲ

  50. ހިރާސް

    މިއީ ތޯ ތިޔަބައިމީހުން ތިޔަ ވިދާޅުވާ ހަގީގީ ޑިމޮކްރަސީގައި ސިޔާސީ މީހުންނަށް އޮންނަ ހައްޤުތަކަކީ.

  51. ހަސަން ފުޅު

    މީދެން ކާކު، ހަމަ ފޮޑިއެއް،
    އަންނިގެ ވަކީލަކަށްވެސް އުޅުނު ވަރަށް ފުއްޕާފައި، ހަމަދިޔައީދެފައިދަނޑިޔަށް،
    ކޯޓޔުކަށް ބިރުދައްކައިފައި، އަންނީ އެހުރީ ޖަލުގަނޫންތަ؟؟؟؟؟؟؟؟؟؟
    ހުރިހާކަމެއް ރާވާ މައްސަލ ކޯޓަށް ފޮނުވިމީހާ،މިހާރުނޫންކަމަށްހެދިގެން (ޖަމީލު) އެހުރީ ފިލާ، މިހާރު އެހެންމީހުންގެބޮލަށްޖަހާފައި،

  52. ސިޔާސީ

    މިދެން ކާކުތަ؟ އަދި ބާރެއް ލިބިފަހުރިނަމަ ހޯދާ ނުފެނުނީސް.. މަގާތަށް ހިނި އަންނަނީ މި ބައިގަނޑު ފެނުނީމަ..

  53. ހުސެނ

    އަދި މިއުަޅެނީ ހުވާ ނުކުރެވި. އަނިޔާ އޭ ކިޔާފަ އަނގަ ފުޅާ ކުރި.ވެރިކަމުގެ ބާރު ލިބުނީމަ ކިހާވަރެއ ވާނެބާަ

  54. ތިންކަރ

    މުޅި މާލެ ބަދަލު ކުރި ލީޑަރަކީ ޔާމީން! 4 އަހަރުން 50 އަހަރުން ނުވި ތަރައްގީ ގެނެސްދިނީ ޔާމީން!.. މާލެ އަށް އައިސްފައިވާ ތަރައްގީ ގެ ބާނީ އަކީ ޔާމީން.. ވައްކަން ކުރިއސް އެފައިސާ އެއޮތީ ރާއްޖޭގެ ތަރައްގީ އަށް ބޭނުންކޮށްފަ.. އެހެންވީމާ ތި ގޮތަކަށް ވާހަކަ ނުދެއްކޭނެ އަސްލު!

  55. ނުރަބޯ

    ރައީސް ޔާމީން ދައްކާ ސިޔާސީ ވާހަކަ ތަކަކީ އަދި އެނޫން ވާހަކަ ތަކަކީވެސް ހަދައިގެން ދައްކާ ޚިޔާލީ ވާހަކަތަކެއްނޫން އެއީ ޙަގީގީ ތެދު. އެހެންވީމާ ހަގީގަތުގެ މައްޗަށް ފޭކަކަށް ކުރިއެއް ނޭރޭނެ.

  56. ޖޮއްބެ

    ހަސަނާ ކަލޯގެ އިސްކޮޅަށްވުރެ ދޮށީ ވާހަކަ ނުދައްކާ. ކަލޮޔަށް ފިހާރަ ފިހާރައިގެ ދޮރުތަކުގައި ހުންނަ ބޯ ބިއްލޫރިގަނޑު ފެނުނަކަސް ތިޔަބުނާ ކަންކަމެއް ނުވާނެ. މަކަރާ ހީލަތް ހަދައިގެން ވެރިކަން ފޭރިގަނެވުނީމާ ދެން އިތުރަށް އަނގަ އަރުވަން ނުހަދާ އިތުރަށް ބޭޒާރުވާނީ.

  57. ާއަލީ

    ކަލޭޖެހޭނީ ރައީސްޔާމީނު އަގައިގަ ހިފަހައްޓަން ލޮލް

  58. ތައުފީގު

    ކަލެޔަށް ޔާމީނު ހިނގާލި މަގަކުންވެސް ނުހިނގޭނެ،އެހާ ފެންވަރު ކަލޭ ކިބައިގައި ނެތް،ހޮޅި ވާހަކަ ދަށްކައިގެން ގުބޯ ހެއްދޭނީ ރީނދޫ މޮޔައިން،ޔާމީނު އެއް ނުަސިހޭނެ ތިހެން ތަނެއްގައި ހުރި ރޯނު އެދުރަކު އެއްޗެއް ބުނެލާއިރަކަށް،900 މިލިޔަން ރައްޔިތުން ދަރާ އޮތީމަ އެ ނުދަށްކާ ފަރުޖެހޭނެ ގޮތެއް ވޭތޯ ތި ތެޅި އަރުވަނީ،ރައްޔިތުން ހަނދާން އެބަހުރި ކަލޭ ދަށްކަން ޖެހޭ އެއްޗެއްކަން އެއީ،ނުދަށްކައި ރައްކާއެއް ނުވެވޭނެ ކަލޯ،ކަލޭ އރޔނ ކޮށްފަވެސް އެއަތުލާނަން،

  59. އަފީ

    ރައީސް ޔާމީނާ ލެޑެން ނޫޅޭތީ.....ނަތީޖާ ހިތިވާނެ

  60. ކަންވާނެ

    ހަސަނާ ތީ ތަންދޮރު އޮޅުންނުފިލިޔސް ބޮޑުވަރެއް ތިބުނާ ޔާމީންއެއް އިނީ ގޭގާތަ ނޫނީ ޖަލުގާތަ ފުލުހުންނައް ތިޔަ ހައްޔަރު ކުރަން ތިގޮވާލަނީ ނުވާނެ ތިކަމެއް ހަސަނު ދެފައި މުޅި އޮޑީގަ ކަލޭމެންނައް ވެރިކަން ހަވާލުކުރިޔސް މި ކުޑަކުޑަ ރާއްޖެ ހިންގާ ނިލެވޭ މިހާތަނައް ލިބުނުހިލޭ އެހީ ތައް ކޮބާ ތިޔަފާސްކުރި ބޮޑު ބަޖެޓް ކޮބާ މިވަރުން ރައްޔިތުންނައް ފުދިއްޖެ ސުކުރިއްޔާ ހަސަނާ