ސައުދީގެ ވަލީއަހްދުގެ ދައުވަތަކަށް ސައުދީއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ކުރީގެ ރައީސް ނަޝީދު އެނބުރި އިގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގަންނަވައިފިއެވެ.

ރައީސް ނަޝީދު ލަންޑަނަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. ނަޝީދު ސައުދީ އަށް ވަޑައިގެންނެވީ ރަސްގެފާންގެ ދައުވަތަކަށް ކަން ކަށަވަރު ކުރެވުނު ނަމަވެސް ދަތުރުފުޅުގެ އެއްވެސް އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.

މީގެ ކުރިން ރައީސް ނަޝީދު ކުރައްވާ މިފަދަ ދަތުރުފުޅުތަކުގެ މައުލޫމާތު ކުރީބައިގައި އެމްޑީޕީ އިންނާއި ރައީސް ނަޝީދު ވެސް މީޑިއާ އާއި ހިއްސާ ކުރައްވައެވެ. ނަމަވެސް ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅާއި ބެހޭ ގޮތުން އެމަނިކުފާނު އަދި މިހާތަނަށް ޓްވީޓެއް ވެސް ކުރައްވާފައެއް ނުވެއެވެ.

ނަޝީދު ސައުދީއަށް ވަޑައިގެންނެއްވިއިރު ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި އެގައުމުގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވަނީ ފޯނުން ގުޅުއްވާ މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފައި އެބުރި އިގިރޭސި ވިލާތަށް ވަޑައިގެންނެވިއިރު އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު "ވީ ހާލެއްގައި ވާން" ރާއްޖެ ވަޑައިގަންނަވާނެކަން އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު ޖަލަށް ލުމަށް ޙުކުމް ކުރީ 2015 ވަނަ އަހަރުގެ މާޗް 13 ވަނަ ދުވަހު އެވެ.

ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ 16 ޖަނަވަރީ 2016 ގައެވެ. އޭގެ ފަހުން އެމަނިކުފާނު ދިރިއުޅުއްވަނީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަހްމަދު

    އެމަނިކުފާނު ސައުދީދަތުރުފުޅާބެހޭގޮތުން ހަބަރެއްކޮށްނުލެވިގެންއުޅުއްވަނީ އަޅުކަމުގެ މަސްއޫލިއްޔަތުއަދާކުރުމުގައި ވަރަށްބުރަކޮށް އުޅުއްވާން ޖެހިވަޑައިގަތީމަ އިގިރޭސިވިލާތަށް ވަޑައިގެން ފުލުފުލުގަ ޓުއިޓްކުރަށްވާނެ އިންތިޒާރުކޮށްލައްވާ

  2. ސޯޕް ލައިޓް ބްރަދަރ

    ނަސީދަކަށް ގެފުޅެއްނުފެނުނެވެ. ހައްތާހާވެސް ޗާރޗްތަކާއި ބުދުފައްޅިތަކެވެ.

    • އެޑަމް

      ނަސީދުއާ ހެދި ވަރެއް އެބަހުއްޓެއްނު... އެއްޖިންސުން ގުޅުން ހިންގުމާ ދީން ދޫކޮށްލާ ވާހަކަ ތިމީހުނަށް ދެއްކެނީ ނަސީދުއަށްވުރެ ތިމީހުން އެކަން ކުރާހިތްވާލެއް ބޮޑުކަމުން...

  3. ވަހީދު

    އެސޮރު ދިއައީ،އިޒުރޭލް އަށެވެ.

  4. އަހުމަދު687

    އިސްލާމްދީނާއި މުސްލިމުންނާއި ބީރައްޓެހި ބޭފުޅެއް، އަދި މުސްލިމުންނާއި އިސްލާމީ ތަންތަނުގައި ހުރެގެން ފޮޓޯއެއްވެސް މީހަކަށް ފެނިދާނެތީ ވަރަށް ލަދުގަންނަ ބޭފުޅެޢް!

  5. އަފްލާ

    ﷲ އަށް ޝިރުކު ކޮއްފި މީހަކަށް އެމީހަކު ތައުބާ ނުވާހާ ހިނދަކު އެކަލާގެ ލޯބިވެ ވޮޑިގެނެއްނުވެއެވެ. ރ ނަޝީދަކީ މިފަދަ މީހެކެވެ ރަސޫލާއަށް ސަލަވާތް ކިޔަވަން ނުޖެހޭކަމަށް ބުނެ ވާހަކަ ދައްކާފަވާ މީހެކެވެ.

  6. Anonymous

    ރ.ނަޝީދު ސައޫދީއަށް ވަޑައިގަށް މިދަތުރުފުޅުގާ އުމްރާއެއް ކުރެއްވިނަމަވެސް ދަތުރުފުޅު އިތުރަށް ފުރިހަމަވީސް، ވެރިކަމުގަ ހުންނެވި ދުވަސްވަރުވެސް އަނބިކަނބަލުންނާއިވެސްއެކު ޙައްޖަށް ވަޑައިގަންނަން ތައްޔާރުވެފަ ކުއްލިގޮތަކަށް ޙައްޖުދަތުރު ކެންސަލް ކުރެއްވިކަމަށްވަނީ، ދެން އަނބިކަބަލުން އެކަނި ވަޑައިގަންނަންޖެހުނީވެސް، މިއީ ހައްތާވެސް ދީނީކަންތަކަށް ފަރުވާކުޑަކުރައްވާކަމުގެ ހެކިތައް ނޫތޯ؟؟

  7. ޢަލި

    މީނަ ސައުދީގައި ބެހެއްޓިނަމަ މިހާ ރަނގަޅު...

  8. މުހައްމަދު

    ސައުދީން ގެއްލުނު ނޫސްވެރިޔާގެ މައްސަލަ ގޮސްފައިވާ މިންވަރު ބަލާލުމަށް ވަޑާއިގަތީ... އެގޮތަށް އެއްލޭމީހުން ހޯދަން މާ މޮޅު މީހެއްކަމަށްވަނީ މީ

  9. Anonymous

    ޢަލެކްސް މުހައްމަދު ނަސީދު(ގަންޖާ) ސާބަހޭ

  10. އިސްލާ

    ރައީސްނަސީދު އިސްލާމީ ޤަވްމަކަށް ރާއްޖެފިޔަވާ ނޭރޭނެ މީނާ އަކީ ހުރިހާ އިސްލާމީޤަވްތަކެއްގައިވެސް އިސްލާމް ދީނަށް ފުރަސްތާރަކުރާ މީހެއްގެ ގޮތުގަ މަޝްހޫރިވެފަވާ އަދި މީނާގެ ސަބަބުން ރާއްޖޭގެ އަގުވެސް ވެއްޓިފަވާ މީހެއް.

  11. އައިޝާ

    މީނާ ސަޢުދީއކަށް ނުދެ ހުރީފައްޅިއެއްގަ

  12. އެކުވެރިޔާ

    އެމަނިކުފާނު ސައުދީއަށް ވަޑައިގެންނެވީ މެޑަމް ފާތުންނާ ބައްދަލުކޮށްލެއްވުމަށް

  13. އ މ ރ ބ

    ސައުދީގެ ވަލީއަހްދު ވަނީ ނަސީދުއަށް ނަސޭހަތް ދީފާ، މާބޮޑަށް ކުރިސްޓިއަން ދީނުގެ މީހުންނަށާއި، އެ ދީނުގެ ކަންކަމަށް ލޯބިކުރާތީ

  14. ބާބާ

    ސާބަހޭ ރައީސް.

  15. ސޯލާ

    މީނަ ހީވާގޮތުން ހުސްރަންކަންނޭންގެ މިފަހަރު ލިބުނީ އަދިކަދުރު ގަނޑެއްވެސްލިބުނުކަމަށްވާނީ

  16. ބަލީ

    ލާދީނީ މީހަކަށް ސަޢުދީފަސްގަނޑަށް އެރީތީވެސް ލަދުގަނޭ. ތައުބާވެ އަންނަ އަހަރު ޙއްޖަށް ދިޔުމަށް ފުރުޞަތެއް ނަޝީދަށް ދެއްވުމަށް ސުޢޫދީ ރަސްގެފާނަށް ގޮވާލަން.
    އަދި ޔޫރަޕިއަންު އުޅޭގޮތަށް ނުއުޅުމަށް ނަޝީދަށް ނަޞޭޙަތްތެރިވުމަށް ވެސް ރަސްގެފާނަށް ދަންވަން. ކީރިތި ރަސޫލާ އަށް ހަޖޫ ނުޖެހުމަށް ނަޝީދަށް ނަޞޭޙަތްެރިވުމަށް ރަސްގެފާނަށް ގޮވާލަން.