ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ޚަބަރެއް "މިހާރު" ނޫހުން ޓްވީޓް ކުރުމުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން، އެޓްވީޓް ރީޓްވީޓް ކުރައްވައިފިއެވެ.

ރީޓްވީޓް ކުރުމަކީ އެޓްވީޓެއްގައި ހުރި ވާހަކަތަކަށް އެއްބަސްވާކަން ދޭހަކޮށްދިނުމުގެ ގޮތުން އާންމުކޮށް ކުރާ ކަމެކެވެ.

އިންތިޚާބުގެ ނަތީޖާ އޮތީ އުފައްދާފައި ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވި ޚަބަރު ދުންޔާ ރީޓްވީޓް ކުރެއްވި ނަމަވެސް އެކަމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ދުންޔާގެ ރީޓްވީޓް
ދުންޔާގެ ރީޓްވީޓް

އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާ ލެއްވުމަށް ފަހު ދުންޔާ މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ. ދުންޔާ އިންޑިއާ އަށް ވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫންގެ މަންދޫބެއްގެ ގޮޮތުގައި ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ދުންޔާ އިންޑިއާ އަށް ވަޑައިގެންނެވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ މަންދޫބެއްގެ ގޮތުގައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ހަރަކާތްތެރިވެ ނޫޅުނު ނަމަވެސް އިބޫ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ދުންޔާ ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ. އިދިކޮޅު ފަރާތްތަކަށް ޓްވިޓާގައި މަރުޙަބާ ވިދާޅުވެ، ބޭރުގެ ނޫސްތަކަށް އިންޓަވިއުތައް ދެއްވާ، ރައީސް ޔާމީނާއި ދެކޮޅަށް ދުންޔާ ފަހަކަށް އައިސް ގެންދަވަނީ ގިނަ ވާހަކަތަކެއް ދައްކަމުންނެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ދުންޔާ އުޅުއްވަނީ އިބޫގެ ސަރުކާރުގެ އިސް މަގާމެއް ހޯއްދެވުމުގެ ޝައުގުވެރިކަމުގައެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ދުންޔާ އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިބޫ އަށް ވެރިކަން ލިބިވައިގެންނެވީ ރައީސް މައުމޫންގެ ވެސް ތާއީދާއި އެކުކަމަށް ވާތީ ރައީސް މައުމޫން ހުށަހަޅުއްވާ ބޭފުޅުންނަށް ވަޒީރުންގެ މަޖިލީހުން ޖާގަ ދެއްވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން އިބޫގެ ވެރިކަމުގައި ދުންޔާ ކެބިނެޓަށް ވަޑައިގަތުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޅޮލް

  ލޮލް

 2. ޤިޔާސް ޙަސަން

  ބަލަގަ! ރައީސް ޔާމީންގެ ވެރިކަމުގަ ދުންޔާވެސް ، ޔުމްނާވެސް ، ފާރިޝްވެސް ، ޣައްސާނުވެސް ތިއްބެވީ ހަމަ އިސް މަޤާމުތަކުގައެވެ. ވީމާ އިބޫއަށް ވެރިކަންހޯދަދިނުމަށް މައުމޫނާއި ނަޞްރީނާއާއި އެދެމީހުންގެ ތިންދަރިންނާއި ނަޞްރީނާގެ ޢާއިލާއިން އެކީއެކައްޗަކަށްނުކުމެ ޔާމީންގެ ކަރުގައިހިފައި އިބޫގެނަސް އިސްކުރީމާ މިވެރިންނަށް ލިބުނު ޝަރަފްގައި ތަފާތެއް ކޮބައިތޯއެވެ؟ އަޅުގަނޑު ވިސްނި ވިސްނުމުން އެގޭކަމަކީ މި ހުރިހާ ބޭފުޅުން މި ހޭއްވެވި ހަޑި ފިލުވަން އަދިހަަމަ މި ބޭބޭފުޅުން ދާދިއަވަހަށް ނުކުންނަވާނޭކަމެވެ. ހަމަ ގައިމުވެސް މައުމޫނުގެ ޢާއިލާއަށް ވެރިކަމުގެ ބޮޑުބާރު ހޯދަދިނުމަށް އެމްޑީޕީން ނުނިކުންނާނެއެވެ.

 3. Anonymous

  ދުންޔާ ވިދާޅުވިއަސް ހަގީގަތްވާނީ ހަގީގަތައް. ނަތީޖާ ވަނީއުފައްދާފަ

 4. ޒަޔާ

  ސާބަހޭ ދޫނިގަނޑާ

 5. ޢަބްދުﷲ

  ވޯޓްދެއްވާފައިވާ ކޮންމެ މީހަކަށް ވަޒީފާއެއް، އަދި ތާއީދު ކޮށްފައިވާ ކޮންމެ ބޭފުޅަކަށް މަޤާމެއް، އަދި މީގެއިތުރުން ގުޅިފައިވާ ޕާޓީތަކަށް ނިޞްބަތްވާ ކޮންމެ ބޭފުޅަކަށް ވުޒާރާއެއް އުފައްދައި ނެރެދެވޭނެތޯ ސުވާލުއުފެދެއެވެ. އަދި ދައުލަތުގެ ވިޔަފާރި ކުންފުނިތައް ރޫޅައި ސުންނާފަތިކޮށް އެހުރިހާ ކުންފުނިތަކުން ކޮށްފައިވާ ވިޔަފާރިތައް ކުދިކުދިކޮށް ފޮތިފޮތިކޮށް ސަޕޯޓަރުންނަށް ބަހާލެވޭނެތޯ ސުވާލުއުފެދެއެވެ. އެހެންކަމަށްވާނަމަ، ޕާޓީތަކުން އިންތިޒާރު ކޮށްކޮށް އެތިބީ މިކަންކަން ކުރުމަށް ކަމުގައިވާނަމަ، މިހުރިހާ އެންމެން ދަހިވެތި ލޮލަކުން ބަލަބަލާ އެތިބީ މިކަންކަމަށް ކަމުގައިވާނަމަ، އިންޞާފުގެ ދަތުރުގެ ޓާގެޓް އޮޅޭނެއެވެ. ޔަޢުނީ މިއީ މިރާއްޖޭގައި ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެންނަމަވެސް ސަރުކާރުން ހެޔޮކޮށްހިތައި ހެޔޮފޯރުކޮށް ދޭންޖެހޭ ފަރާތްތަކަށް މިނެދޭ ނާޅިން އެންމެންނަށް މިނެނުދެވޭނެއެވެ. އެކަމަކު، ވިޔަފާރިވެރިންނަށް ވިޔަފާރިކުރުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިދާނެއެވެ. ޔުނިވަރސިޓީ ހިންގައިގެން ޢާންމުދަނީ ހޯދާ މީހުންނަށްވެސް އެކަންކަމުގައި ކުރިޔަށް ދިޔުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިދާނެއެވެ. ރިސޯޓްތައް ހިންގާ މީހުންނަށް މީހުންނަށްވެސް އެކަންކަމުގައި ކުރިޔަށް ދިޔުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިދާނެއެވެ.

 6. ޝީން

  ތިދަނީ ރަނގަޅަށް .

 7. Anonymous

  ކަމަނާ އެއީގަހެއްގަ އަޅާ މޭވާއެއްތޯ ؟ އަމިއްލައަށް އުފެދެން....

 8. ލިއު

  ވަގުތު މީހުން ދެން ލަލަލާ

 9. ކަމަނަ

  ކަލޭމެންނަށް އެއްކޮއް އުޅެވޭނީ ކުޑަދުވަސްކޮޅަކު އެއީ ހުރަސް ހުރީމަ ތިނީހުންނާއެކީގަ.........ހުރަހަކީ ގާސިމް ....ދެމީހުންގެ ދެމެދުގައިވާހުރަހަކީ ގާސމް...... ޕާޓީގެ ހުރަހަކީ....ގާސިމް.... ގައުމުގެ ހުރަހަކީ ގާސިމް...މަމެންގެ ހުރަހަކީ ގާސިމް ....ތިމީހުންގެ ހުރަހަކީ ހާސިމް

 10. ޢަހްމަދު

  އަހަމްދުﷲ އަޅުގަނޑުގެ ދުޢާއަކީ މިއިންތިހާބުގައި މަކަރާހީލަތް ހެދިފަރާތްތަށް ﷲގެހެޔޮ ރަހްމަތްފޫޅުން އަޅުގަޑުމެންއެންމެހާ ރައްޔިތުންނަށް ބޭޒާރުކުރަށްވައި ފަލީހަތްކުރެއްވުން ވައްލޯހުއަޢުލަމް

 11. ބަނާނަ މޭން

  ނަތީޖާއުފެއްދީ ރައްޔިތުން