ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދާ މައްސަލައިގެ ޙުކުމް އިއްވަން މާދަމާ ހައިކޯޓުން ތާވަލް ކޮށްފިއެވެ.

އެ މައްސަލަ މައުމޫންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވުމުން ހައި ކޯޓުން މިދިޔަ ހަފުތާގައިވަނީ އެ މައްސަލާގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެހެންކަމުން މާދަމާ ބާއްވާ އަޑުއެހުމަކީ ހުކުމް ކުރުމަށް ބާއްވާ މަޖިލީހެކެވެ.

ހައިކޯޓުން މާދަމާ ގޮތެއް ނިންމާނީ މިދިޔަ ފެބްރުއަރީ މަހު މައުމޫން ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގައި ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުން އިއްވާފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމަށެވެ.

މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މާދަމާ ޙުކުމް ކުރާއިރު އެމައްސަލައިގައި ކަންތައްތައް ހިނގާފައި ވަނީ އިޖުރާޢަތުތަކާއި ހިލާފަށް ކަމަށް ދައުލަތުން ވަނީ ހައިކޯޓުގައި އެއްބަސްވެފައެވެ.

މިދިޔަ ހަފްތާގައި އޮތް އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ މައުމޫން ޖަލަށްލާން ހުކުމްކުރި މައްސަލާގައި ދަށު ކޯޓުން އަޑުއެހުންތައް ތާވަލްކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށާއި އަދި ވަކީލުން ހަމަޖައްސަން މައުމޫނަށް ދަށު ކޯޓުން ދިނީ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނިގޮތުގައި އެ އިޖްރާއާތު ފުރިހަމަ ކޮށްފައި ނެތަސް، ދަށު ކޯޓުން އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ދެ ފަރާތުގެ މަސްލަހަތުތައް ރައްކާތެރި ކުރެވޭނެ ފަދަ ގޮތަކަށެވެ.

އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ދައުލަތުން ވަނީ މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިއަދު

    ހައިކޯޑުން އެޙުކުމް ބާޠިލު ކުރަހިސަބުން މައުމޫނު ޖެހޭނެ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރަން އެއީ މައުމޫނަކީ މިއަދުވެސް ދައުލަތުން އެއްމެބޮޑު ޚަރަދުކޮށް ބަލަހައްޓާ އެއްބޭފުޅާ އެހެންވީމަ އެކަމުގެ ސަބަބުން ދައުލަށް ލިބުނު ގެއްލުމުގެ ބަދަލު މައުމޫނު އަތުން ހޯދަ ސަރުކާރަށް ލިބިދިނުމަށް މައުމޫން ޖެހޭނީ މައުމޫނު ގޮވައިގެން ދައުވާކުރަން

  2. ސައިބޯނި

    މައުމޫނު މުސްކުޅިވާތީ އަޅެ ދެރަ ނުވޭތަ. ހާދަ އަސަރެއްކުރާނޭދޯ. ރީނދޫ ކުދިންކިޔާ މުސްކުޅި ނުވާވެގެން އިންޖެކްޝަންވެސް ޖަހައޭ. އައިވީ ޖެހިޔަސް ދުވަހެއް ދިޔައިއްޔާ މުސްކުޅިވާނެ. މައު،ޫނުގެ ހިތާއި ސިކުނޑި ޣައްސާނުއަށް ބަދަލު ކުރަންވީ

  3. ދިރާސާ

    މައުމޫން ދިގުވެރިކަންކުރެއްވިދުވަސްވަރުގައިވެސް ކުށެއްނެތިތުހުމަތަށް ވަރަށްގިނަބޭފުޅުން
    ޖަލަށްލާފައިވޭ މިހާރު މައުމޫނަށް ޖަލަކީ ކޮންކަހަލަ ތަނެއްކަން އެގިލައްވާނެ