14:11

13:04

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާއި މުހާތަބު ކުރައްވަވާ ދެއްވެވި ބަޔާން ނިންމަވާލައްވައިފި.

13:03

ރައީސް: އަޅުގަނޑު ޝަކުވާ ކުރަނީ ރައްޔިތުންނަށް ޙައްޤު ނުލިބޭތީ. ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމަށް ކޮންމެ ކަމެއް ވެސް ކޮށްފައި އޮންނާނެ. އެންމެ އިސްކަން ދިނީ ގައުމީ މަސައްހަތާއި ގައުމީ ސަލާމަތައް. ދެން ވެސް ހުންނާނީ ގައުމަށް ވަފާތެރިއެއްގެ ގޮތުގައި އެތައް ހާސް ރައްޔިތުންނާއި އެކު ސިޔާސީ މަސައްކަތް ކުރަން.

13:02

ރައީސް: ހުރިހާ ކަމެއްގައި ވެސް ގައުމީ ސަލާމަތައް ގައުމީ ކަންކަމަށް އިސްކަން ދެއްވުން. ގައުމީ ސަލާމަތައް ނުރައްކަލެއް އަތުވެދާނެ ކޮންމެ ކަމަކަށް ފާރަވެރިވާން ޖެހޭނެ.

13:01

ރައީސް: އިންސާފު ގާއިމް ކުރީ ކިހިނެއްތޯ؟ ކޯޓުތަކުން ޙުކުމް ކުރަން ފުރުސަތު ދިންތޯ؟ ގައުމުގެ ހަމަޖެހުމަށް މިރައީސް ފުރުސަތު ދިންތޯ؟ ކޮންމެ ކަމެއް ނިންމާއިރު ވެސް ގައުމީ ކަންކަމަށް އިސްކަން ދޭން ޖެހޭނެ.

13:00

ރައީސް: ކޮންމެ ރައީސަކު ވެސް ލެގަސީއެއް ދޫކޮށްފައި ދާނެ. ރައީސް އަކު ކުރި ޚިދުމަތް ރައްޔިތުން ވިސްނާނެ. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑާއި މެދު ކަންތައްތައް ނިންމަވާއިރު ދެތިން ކަމަކާއި މެދު ވިސްނަވާ. ރާއްޖެ އަށް ދިމާވެފައިވާ ހާލަތު ބަދަލު ވެއްޖެތޯ؟ ސިއްހީ ދާއިރާ އިޖުތިމާޢީ ދާއިރާ އިޤުތިސޯދީ ދާއިރާ އަށް ކުރިއެރުން އައިތޯ؟ އެދާއިރާތައް ދިޔައީ ފަހަތައްތޯ ދިޔައީ؟

12:58

ރައީސް: އަޅުގަނޑު އައީ ހަމަހަމަކަން ގާއިމް ކުރަން. އަޅުގަނޑު ޤާނޫނު ތަންފީޒު ކުރީ ކޯޓުތަކުން. އެކަމުގައި ރައްޔިތުންގެ ނުތަނަވަސްކަމެއް އޮތިއްޔާ އަޅުގަނޑު ދަންނަވާނެ ވާހަކައެއް ނެތް. އެކަން ކުރެވުނީތީ މިއަދު ވެސް ހިތާމައެއް ނުކުރަން.

12:57

ރައީސް: އަޅުގަނޑަށް އަބަދުވެސް މުހިންމީ ގައުމު. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެކި މީހުންނަށް އެކި ފަންތީގެ މީހުންނަށް އެކި މިންވަރަށް އިންސާފު ލިބެން ޖެހޭނެ ކަމަކަށް.

12:57

ރައީސް: ހުރިހާ ކަމެއް ކުރީ އުސޫލުތަކުގެ ތެރެއިން. މިއަދު އެކަންކަން ބަދަލު ވަމުންދާތީ ހިތާމަ ކުރަން. އަޅުގަނޑުމެންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ވެސް ދަންނަވަން ބޭނުންވަނީ އަޅުގަނޑަށް ވޯޓް ދެއްވި ކަމަށް އެފެންނަ 96000 މީހުންނަށް ޝުކުރު ދަންނަވަން. އަޅުގަނޑަށް ވޯޓް ނުދެއްވި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވަން.

12:55

ރައީސް: ގައުމަށް ޚިދުމަތް ކުރުމަކީ ހަމައެކަނި ސަރުކާރަށް ޚިދުމަތް ކުރުމެއް ނޫން. ކޮންމެ މީހަކު ވެސް އެންމެ އިސްކަން ދޭން ޖެހޭނީ ގައުމު ދެކެ ލޯބިވުން ކަމަށްވަންޏާ ދެން އޮތީ އަމިއްލަ އަށް މަސައްކަތް ކުރުން.

12:54

ރައީސް: އިންތިޚާބެއް ނިމިގެން ގޮސް މިއަދު ވެސް ވިސްނަންވީ ގައުމީ މަސްލަހަތުތޯ އިސްކުރެވިފައި މިވަނީ. އަމިއްލަ މަސްހަލަތު އިސްކުރާނަމަ ދުވަހަކު ވެސް ދިވެހިރާއްޖެ ކުރިއަކަށް ނުދާނެ.

12:53

ރައީސް: އަޅުގަނޑުގެ ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުން. އަޅުގަނޑަކަށް ދަހެއް ނުވި މީހުންގެ ވިސްނުމާއި ފިކުރަށް މިބަދަލު އައީ ކީއްވެ ކަމެއް. އެކަންކަން ދަސްނުވީމަ ފިޔަވަޅު އަޅަން އަޅުގަނޑު ވަނީ ނުކުޅެދިފައި. އަބަދުވެސް އިސްކަން ދެވިފައި އޮތީ އަމިއްލަ މަސްހަލަތު.

12:52

ރައީސް: ސިޔާސީ އެކިއެކި ފަރާތްތަކަށް އުނދަގޫ ކަންތައްތައް ކުރެވިފައި ހުންނާނެ. މި ފަސް އަހަރަކީ ފަސޭހަ ފަސް އަހަރެއް ނޫން. ސަރުކާރުން އެޅި ފިޔަވަޅުތައް އެޅި ވަގުތު އެކަން ކޮށްފައި ވަނީ ރައްޔިތުންގެ ޙައްޤުގައި. ރައްޔިތުންގެ މަސައްހަތައްޓަކައި.

12:51

ރައީސް: އަބަދުވެސް އެންމެ އިސްކަން ދިނީ ގައުމީ ސަލާމަތައް. އެންމެ ބޮޑު އިސްކަމެއް ދިނީ ގައުމީ ސަލާމަތް ހިމާޔަތް ކުރަން.

12:51

ރައީސް: އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުން.

12:50

ރައީސް: ލައިންސާނީ ގައުމުތަކުގެ އަމަލުތަކާއި މެދު އަޅުގަނޑުމެން ދެކޮޅު ހަދަން. އަޅުގަނޑުމެންގެ ދާހިލީ ކަންކަމާއި ބެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.

12:50

ރައީސް: އަމިއްލަ ވެރިކަމެއް އަޅުގަނޑުމެން ކުރަން ޖާގަ ދެއްވާ ހުރިހާ ގައުމަކާއި ގުޅުން ބަދަހި ކުރިން. އެންމެ ގާތް ރަހުމަތްތެރިންނަކީ އަރަބި ގައުމުތައް. ސަރަހައްދީ ގައުމުތަކާއި އެކު ވެސް އޮތީ ގާތް ގުޅުމެއް.

12:49

ރައީސް: އަމިއްލަ ފައި މައްޗަށް ތެދުވަން މަޖުބޫރުވެގެން ކުރަން ޖެހުނު މަސައްކަތްތައް ވަރަށް ގިނަ. އެއާޕޯޓް ދިވެހިންގެ އެއާޕޯޓަކަށް ހެދި ހެދުން ހަނދާންނަށް ގެންނަން ޖެހޭ. އެއީ ކުރަން ފަސޭހަ ކަމަކަށް ނުވި. ނަމަވެސް އިޤުތިޞާދު ކުރިއަރުވާ އަމިއްލަ ފައިމަައްޗަށް ތެދުވަން ކޮންމެހެން ކުރަން ޖެހުނު ކަމެއް އެއީ.

12:48

ރައީސް: މިއަދު ކޮންމެ ދިމާއަކުން ފެންނަނީ ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ހުއްޓިފައިވާ މަންޒަރު.

12:47

ރައީސް: އެންމެ އުފާވަނީ ސިއްހީ ދާއިރާ އާއި އިޤުތިޞާދީ ގޮތުން ހޯދިފައިވާ ކާމިޔާބީތަކުގެ ސަބަބުން.

12:47

ރައީސް: މިއަދު އަޅުގަނޑުގެ ބޭނުމަކީ ރައީސް ކަމުގެ މަގާމުގައި ހުރެ ކުރި ކަންތައްތައް ދަންނަވާލައިދޭން. އަޅުގަނޑު އައީ ރައްޔިތުންނަށް ޚިދުމަތް ކުރަން. ބޮޑެތި މައްސަލަތައް ހައްލު ކޮށްދެވިފައި ވާތީ އެކަމުގެ ހިތްހަމަޖެހުން މިއަދު ވެސް ފާހަގަ ކުރަން.

12:45

ރައީސް ގައުމާއި މުހާތަބު ކުރައްވަން ފައްޓަވައިފި.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމާ މުހާތަބު ކުރައްވާ ބަޔާނެއް ދެއްވަން ތައްޔާރުވަމުން އެބަގެންދަވައެވެ.

ރައީސް ޔާމީން ގައުމާއި މުހާތަބު ކުރައްވާނީ މިއަދު 12:45 ގައެވެ.

(ތަފްސީލް އަންނަނީ)

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވަކަރުގޭ ސޮރު

    ދެން ކުރަގަ. އަހަރުންނެއް ނޫޅެން ތިމީހަކު މުޚާޔަބު ކުޜޭތޯ ނޫނީ ނުކުރޭތޯ ބަލާކަށެއް. އަހަރެމެންނަށް ވަރިހަމަ މުޚާޔަބު ކުރަނިކޮށް ރުބެލްގެ ފޯ ކޮށިއެރިޔަސް

  2. ޔަމް

    ކީއްކުރަންށޯ؟ ރައްޔިތުން ނޫޅޭ އެކަލޭގެ ދައްކާ ވާހަކަ އަޑުއަހާކަށް

  3. މަ

    ކަލޭ ވަރިހަމަ އަނގަ ނުހޭވިޔަސް...

  4. ރަހާ

    މިވަރު ލަދެއް ހަޔާތެއް ނެތްމީހެއް ބަޔަކަށް ދުވަހަކުވެސް ފެންނާނެބާ؟
    މި ޅ އަށް ކިއޭ ނުކިއޭ އެގޭބާ؟

  5. ސިތުރާ

    ޝުކުރިއްޔާ ރައީސް ޔާމީން ކޮށްދެއްވި މިންނެއް މަސްއްކަތައް،

  6. ނައިރާ

    ރައީސް އަހަރެމެން ރޮއްވާލާއިފި.. މިހިރީ އިޝްޤީ ލޯބި ކަންނޭންގެ ޔާމިން ދެކެ ވެފަ. އިންނަން އަހާނެ ނަމައޭ ހިތަށް އަރާ ހުވާ..

  7. ޝީން

    ސާބަހޭ ރައިސް ޔާމީން ތިޔައީ ހަމަ ފިސާރި ލީޑަރެއް.

  8. ޢަބްދުﷲ

    01 - ޤާނޫނުގެ ދެފޮޅުވަތް ދޭތެރެއިން ނުރަނގަޅު ތަރުޖަމާ ހޯދައި، މިރާއްޖޭގައި އާދަވެގެން ކަންހިނގާ ގޮތް ނޫން ގޮތަކަށް ދައުލަތުގެ ކަންކަން ރާވައި ހިންގެވުމަކީ، ރަނގަޅުކަމެއް ކަމަށް ރައްޔިތުން ބަލައިނުގަތެވެ.

    02 - ބޭނުންވާކަމެއް ބޭނުންވާ ގޮތަކަށް ކޮށްލުމަށް ނުރަނގަޅު ނިޔަތުގައި ނުރަނގަޅު ގޮތުގައި ޤާނޫނު އަސާސީގެ ޙަޤީޤީ އިމުންބޭރުގައި އުފައްދައި ނެރެފައިވާ ޤާނޫނުތަކަކީ، ރަނގަޅު ޤާނޫނުތަކެއް ކަމަށް ރައްޔިތުން ބަލައިނުގަތެވެ.

    03 - ރާއްޖެއާއި ނުބައްދަލު އެތައްކަމެއް ތަރައްޤީގެ ނަމުގައި ކޮށްފައިވާއިރު، އެކަންކަމުން ލިބެންއޮންނަ ފައިދާއަކަށް ވުރެ ގެއްލުން ބޮޑުވުމަކީ، ރަނގަޅުކަމެއް ކަމަށް ރައްޔިތުން ބަލައިނުގަތެވެ.

    04 - އެކަށީގެންވާ ވަރަށް ވަގުތުނުދީ، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ތަންތަނަށް އޮއްސާލާފައިވާ ކޮންކްރީޓްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނަގައި އުކާލަންޖެހޭނެ ކަމަށް ދިރާސާތައް ދައްކާއިރު، މިރާއްޖޭގައި މިފަހަކަށް އައިސް ކޮށްފައިވާ ކޮންކްރީޓްގެ އެއްވެސް ބިނާއަކީ، ދެމިހުންނާނެ ބިނާއެއްކަމަށް ރައްޔިތުން ބަލައިނުގަތެވެ.

    05 - އެއްވެސް ޤައުމެއްގައި ވިޔަފާރިވެރިންނާއި ސިޔާސީވެރިންނާއި ޢިލްމުވެރިންނާއި އުފެއްދުންތެރިންނާއި ނުލާ ތަންދޮރު ނުދަންނަ ބައެއްގެ މައްޗަށް ވެރިކަމުގެ ބާރުތައް ބޭނުންކުރުމަކީ، ސިޔާސީ ޕޯޑިއަމުތަކުގައި ހިތުހުރިހައި ގޮތަކަށް ރައްޔިތުންނަށް ދެރަބަސްބުނާ މީހުން އަރިސްކޮށް މުޖުތަމަޢު ޤަބޫލުނުކުރާ ހަމަތަކެއްގެ މައްޗަށް މުފައްކިރުންނާއި މުޢައްލިމުންނާއި މުއައްރިޚުން ޖަލުގޭގައި ގޮޅިއަށްލާފައި ބޭއްތިއްބުން ރައްޔިތުން ބަލައިނުގަތެވެ.

    06 - ރައީސުލްޖުމުހޫރިއްޔާގެ އަމިއްލަފުޅު އެކައުންޓަށް މިލިޔަނުން މިލިޔަނުން ޑޮލަރު ވަދެފައިވާކަން އެނގެން އޮންނައިރު، އަދި އަދީބުގެ މާސިންގާ ޚިޔާނާތުގެ މައްސަލައަކީ، ރައީސުލްޖުމުހޫރިއްޔާގެ ސީދާ އިހުމާލެއް އޮވެގެން ހިނގާފައިވާ ކަމެއްކަން އޮޑިޓަރ ޖެނެރަލް ނިޔާޒުގެ ބަހުންވެސް އެނގެން އޮންނައިރު، އަދި ޚާއްޞަކޮށް ވިލާތުގެ އިއްތިހާދުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަންފީޒު ކުރުމުގެ މަރްޙަލާގައި އިންތިޚާބު ބާއްވާފައިވާއިރު، މިކަންކަމަކީ، އަލުން ދެވަނަ ދައުރަކަށް އިންތިޚާބު ނުކުރުމަށް ބާރުލިބިދޭ ކަންކަމަށްވާއިރު، މަނިކުފާނަށް ވޯޓްދެއްވުމަކީ، ރަނގަޅުކަމެއް ކަމަށް ރައްޔިތުން ބަލައިނުގަތެވެ.