އެންމެ ބޮޑު ނުކުޅެދުންތެރިކަމަކީ މީހުން ދަސްނުވުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ޤައުމާ މުޚާޠަބު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ މީހުން ވިސްނުމާއި ފިކުރަށް ބަދަލު އައީ ކީއްވެގެންކަން ދަސް ނުވާކަމުގައެވެ.

މީގެއިތުރުންވެސް، ޤައުމާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ އެކަންކަން ދަސްނުވުމުގެ ސަބަބުން، އެކަންކަމާ ގުޅިގެން ފިޔަވަޅު އަޅަންވެސް ދަތިވިކަމުގައެވެ.

"އަޅުގަނޑުގެ ނުކުޅެދުންތެރިކަން ހުރި ކަމަކީ، އަޅުގަނޑަށް ނުވިސްނުނު ކަމަކީ މީހުން ދަސް ނުވުން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް މި ފަސް އަހަރު ވެގެން ދިޔައިރުވެސް ދަހެއް ނުވި މީހުންގެ ފިކުރަށާއި މީހުންގެ ވިސްނުމަށް މި އަންނަ ބަދަލު އަންނަނީ ކީއްވެގެންކަމެއް. އަދި ކޮންކަހަލަ ނުފޫޒުންކަމެއް މި ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުން މިދާ އަވަސް މިނުގައި ބަދަލުވަމުން މިދަނީ ކޮން ކަހަލަ ނުފޫޒަކުންކަމެއް އަޅުގަނޑަކަށް ނުވިސްނުން." ރައީސް ޔާމީން ވިދާޅުވިއެވެ.

ހަމައެހެންމެ، މިކަންކަން ދަސްނުވުމުން އެކަންކަމާ ދޭތެރޭގައި ފިޔަވަޅެއް ނޭޅުނުކަމަށާއި މިކަމުގެ ނަތީޖާއެއްގެ ގޮތުން ޤައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތަށް އިސްކަން ދެވުނު މަންޒަރު ފެނުނުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެކަންކަން ދަސް ނުވީމާ އެކަންކަމާ ދޭ ތެރޭގައި އަޅާނެ ފިޔަވަޅު އެޅުމަށް އަޅުގަނޑު ވަނީ ނުކުޅެދިފައި. މިކަންކަމުގެ ނަތީޖާއަކަށް ވެގެން ދިޔަތަން އަޅުގަނޑަށް މި ފެނުނީ އެއްވެސް އިރެއްގައި ޤައުމުގެ މަސްލަހަތަށްވުރެ އިސްކަން ދެވިފައި މި އޮންނަނީ އަބަދުވެސް، ހުރިހާ އިރެއްގައިވެސް ދެވިފައި މި އޮންނަނީ ވަކި ފަރާތްތަކެއްގެ އަމިއްލަ މަސްލަހަތަށް." ރައީސް އިތުރަށް ވިދާޅުވިއެވެ.

ހަމައެހެންމެ، ރައީސް ޔާމީން މިއަދުވަނީ، އެމަނިކުފާނަށް ވޯޓު ދެއްވިކަމަށް ފެންނަން އޮންނަ ހުރިހާ ފަރާތްތަކަށް ޝުކުރުވެސް ދަންނަވާފައެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި މި ހިނގާ ފަހު ދުވަސްކޮޅު އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ އަޅުގަނޑު ޚާއްޞަ ގޮތެއްގައޮ ދިވެހިރާއްޖޭގައި މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމޭ. ޚާއްޞަ ގޮތެއްގައި އަޅުގަނޑަށް ވޯޓު ދެއްވިކަމަށް ފެންނަން އެއޮންނަ 96000 މީހުންނަށް ނުވަތަ 96000 ވޯޓަރުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ އަދި އަޅުގަނޑަށް އިތުބާރު ކުރައްވާ ތާއީދު ކުރެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން." ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނަށް ވޯޓު ނުދެއްވިކަމަށްވިޔަސް ޝުކުރު އަދާކުރާކަމަށާއި އެހެންނަމަވެސް، އެފަރާތްތަކުން ވިސްނާލަން ޖެހޭ ކަންތައްތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެކަންކަމުގެ ތެރޭގައި ޤައުމުގެ މަސްލަހަތާއި މިނިވަންކަން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިހުމާލުވެވަޑައިނުގެންނެވޭނެ ކަމަކީ ދިވެހިރާއްޖެ މަސްލަހަތު. ދިވެހި ދައުލަތުގެ މަސްލަހަތި. ޤައުމުގެ މަސްލަހަތު. ޤައުމުގެ މިނިވަންކަން. ޤައުމުގެ އަމިއްލަވަންތަކަން. ޤައުމުގެ ކަންކަމާ ބޭރުގެ ފަރާތްތަކުން ބެހެން ޖާގަ ދިނުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އެބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވަން ޖެހޭނެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ވާނުވާ

    އިދިކޮޅުން ރުފިޔާ އެޅީ ބާ

  2. ނަޖްވާ

    ބަލަގަ ތަނެއްގެ ސީއީއޯ އަކަށްވެސް ނުލާނެ މީހުން މިނެ ވަޒަން ކުރަން ނޭނގޭ މީހަކު! އެކަން ގެޓު ވެ ބަ!

  3. ޑިމޮކްރަޓިސްޓް

    ރައީސަށް ދަންނަވާލަންއޮތީ އިހްލާސްތެރިއެއްގެ ގޮތުގަ އަޅުގަނޑު ނަންގަވާށޭ.. އަޅުގަނޑަކީ ފެށުނީއްސުރެ މައުމޫނުން ޔާމީނުއަށް އަތާފައިން ތާއީދުކުރާ ވަފާތެރިއެކޭ.. ދުނިޔޭގަ ހަމަހޭގަހުރެ ރީންދުލަށް ތާއީދުކުރުން ހަރާމްވާނެ.. ހަރާމްވާނެ. ހަލާކާ ފިތުނަޔަށް ދުވަހަކުވެސް ތާއިދު ހަރާމްވާނެ..

    • ރަދުން

      އަހުރެންވެސް ހަމަތިފަދަ

    • އަލްޖިބުރީލު

      ކަލޭ އިންނަންވީނު ތިބުނާ މީހާއާއި.އޭރުން މާބޮޑަށް ލޯބި ދިނޭނެ

      • Anonymous

        ކަލޭގެ ނަމުންވެސް އިނގޭ ކަލޭތީ ތަންދޮރުނޭނގޭ މީހެއްކަން ނުވަތަ ފާޅުގަ ދީނާ ދެކޮޅު މީހެއްކަން. ދެން ނުނެއްޓިގެން މީހަކާމެދު އާވާރާވުން ހަރާން މިންވަރަށް އާވާރާވަނީ ނަޝީދޭ ކިޔާ ޝައިތާނެއްގެ އައުވާނުންކަން އެއީ މިގައުމުގެ ހުރިހާ ރައްޔިތުންނެއް ދަންނަ ހަޤީޤަތެއް.

    • ޢަހަންމާ

      މަ ތިލިސްޓުގަ ހަމަ ތީނަފަދައިން ވަން. އަހަރުން އަބަދުވެސް ބަލާނީ ގައުމާ ދީނާ ތަރައްޤީ އާއި އަމިއްލަ ވަންތަކަމަށް. މާތްﷲ ރ.ޔާމީންއަށް ކެއްތެރިކަމާއި ސާބިތުކަމާއި ކާމިޔާބު މިންވަރު ކުރައްވާށި. ޢާމީން

  4. ޙައްވަ

    ޥ ބޮޑުތެދެއް. ހުރިހާކަމަކުން ވައްކަން ކުރަން އުޅޭތީ ވާގޮތްތީ. ދެންވެސް ތައުބާވޭ.

    • Anonymous

      ޙައްވަ ކަލޭ ފުރަތަމަ ތައުބާވެފަ ﷲގެ ޙަޟްރަތުން މާފަށް އެދޭ ލާދީނީ ބައިގަނޑަށް ތަބާވެވޭތީ. ދެން ކަލޭ އެހެން މީހުންގެ ވާހަކަ ދައްކާ

  5. މީނާ

    އަހަރެމެން މިތިބީ ޔާމީނާ އެކު.

  6. ކުމާރުނ

    އާއެކެވެ. ރައީސް ތި ވިދާޅުވީ ވަރައްވެސް ތެދުފުޅެކެވެ. އެމްޑީޕީ މީހުންތައް ކުންފުނިތަކުގެމެނޭޖަރުންގެ ދަށުންބައިތިއްބާ އެމްޑީޕީ މީހުންނައް ފުލެޓްތައްދީ ނުކުޅެދޭ އެމްޑީޕީ މީހުންނައް ވަޒީފާދީ ވެމްކޯއިން އަލައް އުފެއްދި 150 މީހުންނަކީވެސް އެމްޑީޕީ މީހުން . މިމީހުން ވޯޓުދޭނެ ކަމައް ހީކޮއް އުޅުނީމަވީގޮތްމީ ވެމްކޯގެ މެނޭޖަރަކައްވެސް ލީ ހުރިގޮތައްހުރި އެމްޑީޕީ ސޮރެއް. ނަސްރުﷲ މީ ރަތްލާޖެހި ރީނދޫގަނޑެއް. އިރާދަ ކުރެއްވިއްޔާ ދޮޅު އަހަރުގެ ސަރުކާރު ވަރައް އަވަހައް ނިމޭނެ. އެމްޑީޕީ ސިފާޒު ބުނިގޮތައް ކަންތައް ކުރިނަމަ. ފުލެޓްވެސް ޕީޕީއެމްމީހުންނައްދީފަ ބާކީވިއްޔަ އެހެން ޕާޓީ މީހަކައް ދިންނަމަ މިހެން ނުވީސް. ނަސީދު ބުނިގޮތައް ތިމަންނަގެ ޕާޓީ މީހުން ބުނާ ކަންތައް ކޮއްދީފަ އެހެން ޕާޓީމީހުންގެ ކަންތައް.ކޮއްދިންނަމަ އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރު.

  7. ވަގުކަލޭގެ

    އިސްތިއުފާދީފަ ސައުދީއަށްދާން ދައުވަތުލިބިއްޖެދޯ

    • Anonymous

      ނުފިލާނެ. ވޯޓް ވަގު އެއަށްވުރެ އަވަހަށް ފިލަން ދުވާތަން ފެންނާނެ

  8. ޭލާރިބަނޑު

    ދިވެހިންގެ ހިތްތަމުގައި އިސްލާމްދީނުގެ ކަންފުޅެއްވެސްނެތް މިތިބީ މާދިއަޔަތަށް ގެއްލި ހުސްވެފަ. ޔަހޫދީންގެ މުސާރަވެރިން މިގައުމުގަ ގިނަޢީ. ޥީމާ އެމީހުން ބޭނުންގޮތަކަށް މިގައުމު ބައްޓަންވާނެ. ޝެއިހުންވެސް ހަމަ އެހާލުގަ ފިތިފަ.

  9. ޙުސައިން ޢަލީ

    ވަރަށް ދެއރަވެއްޖެ ތިކުރެއްވި އިލްތިމާސް ފެނިފައި؟

  10. ޙުސެން

    ރައީސްގެ މަސައްކަތައް ހިތުގެ އެންމެ ފުންމިނުން ސުކުރުދަންނަވަން
    ތިޔައީ ދިވެހިލޭހިގާ ފަހުރުވެރި ދަރިޔެއް...ތިޔަކޮށްދެއްވި މަސައްކަތް ދުވަހަކުވެސް ހިތުން ނުފިލާނެ

    މުޅި ރާއްްޖޭގެ އެންމެން ތިޔައުޅޭ ބައިގަޑައް ވޯޓްދިނަސް އަހަރެންގެ ވޯޓް ނުލިބޭނެ......

    • ގުންޑާ ޔާމީން

      ވައްކަން ކުރީމަ ވާނީ ތިހެން. ދެން ލަލަލަ ލަލަލަ ލަލަލަ. ބޮޑު ވަގު

      • Anonymous

        ވޯޓް ވަގާ. ކަލޭ ކިތަންމެ ހިތަށް އަސަރު ކުރިޔަސް ރައީސް ޔާމީން ފަދަ ވެރިއެއް ނާދޭ މި ގައުމަކަށް. އަދި ނުވެސް އަންނާނެ. ތިއޮއް ވޯޓް ވަގުންނާ އަޅާ ކިޔާ ވެސް ނުލެވޭނެ. ހަޖަމް ކޮށްލާ.

  11. ސައްޕޭ

    ދެންވެސް ވައްކަންްކޮށް މީހުނަށް އަނިޔާވެރިވާން ފަށާ ވެރިއަކަށް އޮތީ ތިގޮތަށް ނޫނެކޭ ބުނެފައި ދުރުކޮށްލުން، މަނިކުފާނުގެ އެއްމެބޮޑު ބަލިފައަކީ ގޭންގުތައް ހިންގާގޮތަަށް ސަރުކާރު ހިންގަން އުޅުން...

    • Anonymous

      ނޫން ސައްޕޭ. ދިވެހި ރައްޔިތުން ވޯޓު ލައިދިން. މައްސަލައަކީ ދެތިން ދިވެއްސެއް ލާރިއަށް ހެއްލިގެން ހަރާން ކޯރުވުން. މީ ސީދާ ބަޣާވާތެއް.

  12. ވިސްނާތި

    ރާއްޖޭގެ ރައީސް ކަމަށް އަންނަން ޖެހޭނީ ވޯޓްގައި މަކަރާއި ހީލަތް ހަދައިގެން ވޯޓް އިން ހޮވޭ މީހެއް ކަމަށް ދައްކާ މީހެއް ނޫނޭ ރާއްޖޭގެ ރައީސް ކަމަށް އަންނަން ޖެހޭނީ ސީދާ ނައިންޓީ ޑިގްރީ ތެދަށް ރައްޔިތުން ހޮވާފައިވާ ރައީސް އެއް ކޮރަޕްޓް ވޯޓް ކަރުދާހުގައި މަކަރާއި ހީލަތް ހަދައިގެން އަނގޮޓި ތަކެއް ބޭނުން ކޮށްގެން ފޭކް ވޯޓް ތަކެއް ލައިގެން ހޮވާ ނަހަލާލު ވޯޓް އިން ހޮވޭ ރައީސް އަކު ނޫނޭ އެފަދަ ރައީސް އަކު ރާއްޖޭގެ މިނިވަން ކަން ވެސް ވިއްކާލަން ޖެހިލުން ނުވާނެ ކަން މީ މަމެންނަށް ޔަގީންވެ ކަށަވަރު ކަމެކޭ ކަން މިހެން ހުރުމުން މިފަދަ ކަންކަމާއި މެދު ސްޕްރީމް ކޯޓުން ވިސްނަން ޖެހޭނެއެވެ.

  13. ޒުހުރާ

    މީގެ ގަހަތަށް 7 އަހަރު ގުނުއްވާ، މިގައުމު މިނިވަން ކުރާނެ ސްޓްރޯންގް ލީޑަރއަކަށް ބޭނުންވާނެ. ރާއްޖޭ މީހުންނަށް ނިކަމެތިކަމާ އަނިޔާވެރިކަމަކީ ކޮބައިކަން އެނގި، މިކަންކަމާ ދެކޮޅަށް ނުކުންނަން ލީޑދަރަކު ބޭނުންވާނެ. މަނިކުފާނު ނޫން މީހަކު ނެތް އެވަރުގެ ލީޑަރެއް.

  14. Anonymous

    ތެދެއް ތިވިދާޅުވީ. މުހިންމު މަގާމުތަކަށް ލާންވާނީ މުޑުދާރުނޫން ތެދުވެރިން. އެކަން ނުބެއްލެވުނީމަ ދެރައީ. އަވަސް އަރުވާލައިގެން ނިންމާ ނިންމުންތައް ގިނަފަހަރު ތާކުންތާކަށް ނުޖެހޭނެ.

  15. އަޅުގަނޑު

    ރައީސް ޔާމީން ކޮށްދެއްވެވި ކަންކަން އަޅުގަނޑު ބަލައިގަންނަން. ފުރަތަމަ ރައްޔިތުންގެ މުހިއްމު ބޭނުންތަކަކީ ކޮބައިކަން ހޯދުމަށް ހުރިހާ ރައްޔިތުންލައްވާ ވޯޓުލާންވީ. ދެން އެކަންކަން ކޮށްދެވޭނެ ވެރިޔެއް ޓެސްޓު ކުރަންވީ ވެރިކަމަށް ގެނައުމުގެ ކުރިން. ޔަގީންވާ ވެރިޔަކު ހޮވަންވީ. އިސްލާމީ ޝަރީއަތް ގާއިމު ކުރަންޖެހޭނެ މުސްލިމުންކަމުގަ ލެއްވެވީތީ އެހެންނު ވަﷲ އައުލަމް. ރަށްތައްވެސް ބޮޑުކޮށް ތަރައްގީ ނުކުރެވޭތީ ރަޝުގަ ދިރިއުޅޭ ބައެއް މީހުން މާލެ އަންނަން މަޖުބޫރުވަނީ ދެން ފުލެޓު ދޫކުރަންޏާ ބޭނުންވާނެތާ. ފުލެޓް އަށް ވުރެން ބޮޑު ބިމެއްގަ ވަކިން ގެދޮރު ބޭނުންވާނީ ދޯ އަސްލު ރައްޔިތުން. ނޫންތަ! ފިތިގެން އެއްވެސްތާކު އުޅެން އަބަދު ރައްޔިތުން ބޭނުންނުވާނެދޯ... ނޫންތަ

  16. ޢަބްދުﷲ

    މަނިކުފާނުގެ ތަޢުލީމާ ތަޖުރިބާ މަނިކުފާނަށް ފުރިހަމަގޮތުގައި ބޭނުންނުކުރެވުނީ، ޕިޔޯނުންނާއި މަސައްކަތު މީހުންގެ ފޮނިވާހަކަތަކަށް ބުރަވެ، މަދުބަޔަކު ބުނާހާގޮތަކަށް ޢަމަލުކޮށް ކިޔަވާފައި ތިބި މީހުން ދުރުކޮށް ނުކިޔަވާ ތިބި މީހުން އަރިސްކޮށް ރުފިޔާ ނުލިބޭ މީހުން ރުފިޔާ ލިބޭ މީހުންނަށް ބަދަލުކޮށް ވަކިބަޔަކަށް ދައުލަތު ޚަޒާނާތައް ހުޅުވާލައި މަހުޖަނުން އުފައްދައި، ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް ބޭޢިއްޒަތް ކުރުވައި، އަނބި ގޮއްޔެ އަތަށް ދައުލަތުގެ ބޮޑުސިންގާ ޚަޒާނާގެ ބޮޑުދަޅުދަނޑި ދެއްވާފައިވަނީ، އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް ނެތި ކަމަށްވާތީ ކަމަށް ބަލައި އެކަންކަން ރަނގަޅުކޮށް، ކުރިމަގުގައި މިރާއްޖޭގެ މީހުން މަނިކުފާނަށް ތަޢުރީފުކޮށް ވެރިކަމަށް ގެންނަށް ބޭނުންވާ ދުވަހެއް އަތުވެދާނެ ކަމަށްޓަކައި އެފަދަ ދުވަހަކަށް އިންތިޒާރު ކޮށްކޮށް ހުރެވޭތޯ ބަލާށެވެ. އެއްވެސް މީހަކަށް އެމީހެއްގެ ދުލުން ބުނާ ބަހަކުން އަދި އަތުން ކުރާ ޢަމަލަކުން ނޫނީ ދެރައެއް ނުލިބޭނެއެވެ.

  17. އަޙްމަދު

    އަޅުގަނޑު އަބަދުވެސް ދައްކާ ވަހަކަ ޤަބޫލު ކުރެވުނީތީ އުފާކުރަން. ކުރިންވެސް ބުނަމުން އައީ އެކުގައި ތިއުޅުއްވަނީ ރަނގަޅު ބައެއްނޫންކަން. އަމިއްލަ އެދުންނޫން އެހެންކަމެއް ބޭނުން ނޫން ބައެއްކަން. އަފްރާޝީމްގެ މަރުގެ ޙަޤީގަތް އެނގުނުނަމަ! ރައީސް މައުމޫނު ބޭބެ އެއްގެ ގޮތުގައި ބެހެއްޓިނަމަ! ގާސިމް ދެވުނު އަނިޔާ ނުދިންނަމަ! ޝޭހް އިމްރާން ދައްކި ވާހަކަ އަޑު އެކުނުނަމަ! ކާނަލް ނާޒިމް އަށް ކުރެވު ޝަރީޔަށް އިތުރަށް ބަލާލެވުނުނަމަ! އަދީބް ބޭނުން ގޮތަކަށް އުޅެން ފުރުސަތު ނުދިންނަމަ! މިކަންތައް ތަކަކީ އަހްމިއްޔަތު ކަން ދިންނަމަ ތީ ދުވަހަކުވެސް މިޤައުމު ނުދެނޭނެ ފަދަ ރައިސެއް. މާލޭ މީހުންގެ ތަރައްގީއަށް ކުރި ކަންކަމުގެ %25 ރާއްޖެ ތެރެއަށް ކޮށްދިންނަމަ މިއަދު އުފާކުރީސް. ކޮށްދިފާއި ކަންކަމަށް ޝުކުރު ދަންނަވަން.....

  18. ޞާދިގާ

    ﷲ އިރާދަ ކުރެއްވިއްޔާ ލާދީނީ މީހުންގެ ދުވަސް މާގިނަ ދުވަހެއް ނުވެ ނެތިގެންދަނެ. އިންޝާﷲ

  19. މޮޔަމީހާ

    ގެއަށްދޭ ދެން، ތިހިރީ ވަޒީފާއިން ވަކިކޮށްފައި.

  20. ބުރޯ

    ކަލެއަށއ ކިހިނެއް މީހުނއ ދަސްވާނީ ކަލެއްށް މީހުނއ ފެނިގެންނެއްނު މީހުން ދަސްވާނީ ކަލޭ ފިޔައީ ކިބުރުވެރިކަމާއި ބޮޑާކަމުގަ ތަރައްގީ ތަރައްގީ ތަރއްގީެީކިޔާ ގޮވާނަގަމުން.

    • Anonymous

      އޭ ބުރޯ ކަލޭ މި 5 އަހަރު މި ގައުމުގަ ތަ އުޅުނީ؟ މިތާ އުޅުނު މީހަކު ނުބުނާނެ ކިބުރުވެރިއޭ. ހުސް ގައުމަށް ކޮށްދެއްވި ޚިދުމަތް ފެނުނީ އަހަރެމެންނަށް. ދެން ބަޔަކު ހަޅޭއްފަޅޭއް ލަވާ ތަން ހަޖަމް ނުވެގެން

  21. ސިއްތި

    ހިތްވަރުފުޅު ދެރަނުކުރައްވާ. ޥަރަށް އަވަސް ފުރުސަތެއްގައި އަދިވެސް އަޅުގަނޑުމެންގެ ރައީސެއްގެ ގޮތުގައި މަނިކުފާނުޙުންނަވާނެ. އިންޝާﷲ

  22. އައިޝް

    އަމިއްލަ ނުކުޅެދުންތެރިކަން ޤަބޫލްކުރެއްވީތީ ވަރަށް ޝުކުރު، ފައިސާއިން އެންމެނެއް ނުގަނެވޭނެ، އެއައްތުރެއް އިންސާފަށް ލޯބިކުރާމިހުން ގިނަ... ކިތައްމެ ޥަޙާޚާޢޭޢް ދެއްކިޔަސް އަމިއްލަ ގެޔައްވަތް ހަރާންލާރީގެ މައްސަލަވެސް ބަލަންވާނެ...ވަރަށް ޝުކުރު.

    • Anonymous

      ކިނބުލުގެ އެކައުންޓަށް ވަތް 56 މިލިޔަން ޑޮލަރޯ؟ އެއްފަރާތަށް ވާހަކަ ނުދައްކާ. އެއީ އޭނަ ސަދަގާތުގެ ގޮތުގަ ބެހި ލާރި ތަ؟ ނޫނީ މިފަހަރުގެ ވޯޓް އޮޅުވާލި ލާރިގަނޑުތަ؟ ތިހާ އިންސާފަށް ލޯބި ކުރާނަމަ މި ސުވާލު ކުރާނެ

  23. ނިބުމަކަހަވާ

    ކޮމެންޓްތައްކިޔާލުމުންވެސް އެނގިގެންދިޔައީ ހިތައްގެނެވުނީ މިއަދުމިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގަ އުފެދިފާވާ ދެކޮޅުހެދުމާ ހަސަދަވެރިކަމާ އަދަބްއަޚްލާގައް ކޮށްފަވާނުބައިއަސަރު. ދަންނަވާލަންޖެހެނީ އެއީވަރަށްހިތާމަހުރިކަމެކޭ. ރައީސްކަންކުރެއްވި ކޮންމެބޭފުޅަކު ކަމައްވިޔަސް އެބޭފުޅަކު ގައުމާރައްޔިތުންގެ ހައްގުގަ ކޮށްދެއްވި މިންނަތް މަސައްކަތުގެ އުޖޫރައެއްގެ ގޮތުން ކުޑަމިނުން ރައީސްއަށް އިހްތިރާމްއާއެކު ޝުކުރިއްޔާ އޭވެސްބުނެލަން ހިތްނޭދުނުމަންޒަރު.
    މިރާއްޖޭގެ ސިޔާސީ އެކިފެންވަރުގެ އެކިބޭފުޅުން ގެންގުޅުއްވި ގޮތްތަކުގެ ސަބަބުން މިއަދު މިރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދިހަލާކުވަމުންދާދިއުން އެއީ ހިތާމަ ކުރަންޖެހޭ ކަންތައްޔަކެއް. މިއަދާމާދަމާގެ ދިވެހިދަރންގެ ކިބައިގަ ހަރުލައިގެންދާނެ ނުރަންގަޅު އާދަތަކަށް އެނގިގެންނާއި ނޭންގިތިބެ މިދަނީ މަގުކޮށާދެވެމުން ކަމާމެދު އެއްވެސްޝައްކެއްނެތް. މައުމޫން ނަޝީދް އަދި ޔާމީން ވެސްވަނީ ގައުމައް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފަކަމާމެދު އެއްވެސް ސުވާލެއްނެތް. އެއހެންނަމަވެސް ވަކިންޚާއްސަކޮށް ފާއިތުވެގެންމިދިޔަ 5 އަހަރު ރައީސްޔާމީން މިގައުމައްގެނެސްދެއްވި ތަރައްގީ އެއީ ދިވެހިތާރީޚު މީގެކުރިން ގައުމައް ޚިދްމަތްކުރެއްވި އެހެން ބޭފުޅުން ގެފަރާތްޕުޅުން ފެނިގެންދިޔަ ތަރައްގީއާއިޚިލާފް ތަރއްގީތަކެއްކަން ފާހަގަ ކޮށް އިޚްލާސްތެރިކަމާއެކު ރައީސްޔާމީން އަށް ހިތުގެފުންމިނުން ޝުކުރުދަންނަވަން. އިންޝާﷲ

  24. ޢަބްދުﷲ

    މިއީ ސެޕްޓެމްބަރު 14, 2018 - 10:20 ގައި އަޅުގަނޑު ވަގުތު ނޫހުގައި ކޮށްފައިވާ ކޮމެންޓެކެވެ. މިފަދަ އެއްވެސް ވާހަކައެއް ބަލައިނުލާ އަޅާނުލާ ހުންނެވުމަކީ، ގޯހެކެވެ.

    ދެފަރާތުންވެސް ދައްކަވަނީ، ވާހަކަތަކެއް، އޭގެތެރޭގައި ދޮގުވާހަކަތަކާއި ތެދުވާހަކަތަކާއި 5 އަހަރުގެ ދައުރެއްގައި ކުރެވޭނެ ކަންތައްތަކާއި އެމުއްދަތުގައި އެއްވެސް ޙާލެއްގައި ނުކުރެވޭނެ ކަންތައްތަކާއި އެކަންތައްތަކުން ރައްޔިތުންނަށް މާބޮޑު ފައިދާއެއް ނުކުރާނެ ކަންތައްތަކާއި ރައްޔިތުންނަށް އެކަންކަމުން ލިބޭނެ ފައިދާއަކަށް ވުރެ ގެއްލުންބޮޑު ކަންތައްތަކާއި މިހެންގޮސް ޖުމުލަގޮތެއްގައި ދަންނަވާނަމަ، ރައްޔިތުންނަށް ބަލައި ނުގަނެވޭނެ، އަދި ޤަބޫލުނުކުރެވޭނެ، ގިނަ ވަޢުދުތަކެއް ދެފަރާތުންވެސް ވަމުންދާއިރު، މިކަންކަމަކީ، ދުރާލާ ރޭވިފައިވާ އެއްވެސް ޕްލޭނެއް، އޮނިގަނޑެއް، އޮވެގެން ދައްކަމުންގެންދާ ވާހަކަތަކެއް ނޫންކަން ފާހަގަކުރެވެއެވެ. ޔަޢުނީ ކަރުދާހަށް ތިލަނުކުރެވޭ ގޮތުގައި ދުލުކުރިން ބުނެލެވޭ ބުނެލުމެއްކަން ފާހަގަކުރަމެވެ. އެހެނީ، ދައުލަތުގެ ރޭވިފައިވާ އޮނިގަނޑަށް ލޮޅުން ނާރާގޮތަށް އުޞޫލުގެ ތެރެއިން ކަމެއްކުރެވޭނީ، ރައްޔިތުންގެ ސީދާ ރުހުން އޮވެގެން ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިގެން ކަމަށްވާއިރު، އަބަދާއި އަބަދު މަޖިލީހުގެ ތެރެއިން ބޭނުން ގޮތަކަށް ބޭނުންކަމެއް ޙާސިލުކުރެވޭގޮތަށް އޮތުމަކީ، އިންސާނީ ސަލާމަތް ބުއްދި ޤަބޫލުކުރާ ޒާތުގެ ކަންކަމަށް ނުވާއިރު، ދެންއޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އިޚްތިޔާރުކުރާ މެންބަރުންގެ ތެރެއިން އެއްބަޔަކު ބާކާރު ކުރުމަށްފަހު، މިހާރު މިއޮންނަ ގޮތަށް މުޅިމަޖިލިސް ހިސާރުކޮށް ތަޅުއަޅުވާފައި ބޭއްވުމުގެ ވިސްނުންފުޅަކީ، ނާކާމިޔާބު ވިސްނުންފުޅެއް ކަމަށް ޤަބޫލުކުރަންޖެހޭއިރު، ރިޔާސީ އިންތިޚާބަށްފަހު، ދެންއޮތީ މަޖިލީހަށް މެންބަރުން ހޮވުމުގެ އިންތިޚާބެވެ. އެހެންކަމުން، އެއިންތިޚާބުގައި ޕީޕީއެމަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އޯކޭވާނެއެވެ. ނަމަވެސް ކޮންމެ އިންތިޚާބަކީވެސް ސީދާ ރައްޔިތުންގެ ވިންދާ ގުޅި ލާމެހިފައިވާ އިންތިޚާބަކަށްވާއިރު، އެވަގުތަކު ހުންނަވާ ވެރިޔަކަށް ބައްދަވުންތަކުގައި އޮންނަ ތާއީދުގެ ތިންގުނަ ވޯޓްބޭނުންވާއިރު، ބައްދަލުވުންތަކުގައި އިދިކޮޅު ކެނޑިޑޭޓަށް ލިބޭ ތާއީދުގެ އެތައް ގުނައެއް ވޯޓުލުމުގެ ތެރެއިން ޙާސިލުވަމުންދާއިރު، އެއްޗެއް ބުނާ ކޮންމެ މީހަކު ޖަލުގައި ހައްރުކުރައްވާ ގޮތަށް ނުވަތަ ޕީޕީއެމާއި ގުޅުމެއްނުވާ ކޮންމެ މެންބަރަކު ފާރުމަތިން ހޫރާލާގޮތަށް ޢަމަލުފުޅު ހުއްޓަސް، އަދި ބަސްމަގު ގެންގުޅުއްވިޔަސް އިންޚާބެއްގައި ހަރުކަށި ފިކުރަށްވުރެ ބާރުގަދަވާނީ، މަޑުމައިތިރި ފިކުރުގައި ކަމަށްވާއިރު، ޕީޕީއެމުން ތައްޔާރުވަމުންދަނީ ރަސްކަމަކަށެވެ. ދެންހުރިބާކީ، ތައްޔާރުވަމުންދަނީ ޖުމުހޫރީ ވެރިކަމަކަށެވެ. އެހެންކަމަށްވާނަމަ، ރަސްކަމެއްގައި ކަންހިނގާ ގޮތަށް މިހާރު މިހިނގާ ކަންތައްތައް އަލުން އިޢާދަކުރުމަށް ވޯޓްދޭނަމަ، އެވޯޓުވެގެންދާނީ، މިރާއްޖޭގެ ވެރިކަމުގެ ނިޒާމު 1940 ގެ އަހަރުތަކުގައި އޮތްގޮތަށް ބަދަލުކުރެވޭ ވަރަށް ނާތަހުޒީބު ނިޒާމަކަށެވެ. ދުނިޔޭގެ ކަންކޮޅުތަކުން ފުރައްސާރަކުރާ އެއްވެސް ނިޒާމެއް އަދަކު މާދަމާއަކު އެއްވެސް ގައުމެއްގައި ނުހިނގާނެއެވެ. އެތަންތަނުން ބައިޢަތު ނުހިފާ ވެރިޔަކަށް ވެރިކަން ކުރުމުގެ ފުރުޞަތު ނޯންނާނެއެވެ. މީގެމިސާލަކީ، ޢިރާޤާއި ލީބިޔާއާއި މިޞްރުގެ މިސާލެވެ. އެމީހުން ބޭނުންވާ ވެރިޔަކު ބެހެއްޓުމުގެ މިސާލެވެ. އެހެންކަމަށްވާނަމަ، ރިޔާސީ އިންތިޚަބާ މެދު ފަރުވާކުޑަ ކުރުމުގެ ހިތާމަ ވަރަށްކުރު މުއްދަތެއްގެ ތެރޭގައި އަރއިހަމަކުރާ ގޮތަށް ރައްޔިތުން އެއްވެސްކަމެއް ނުކުރާނެއެވެ.

  25. ޢަލީ ހުސެން

    ޜައީސް ޔާމީނު މަސައްކަތް ކުރުއްވާ އަދި ކާމިޔާ ބުވާނެ އިރާދަކުރެށް ވީޔާ ކާމިޔާ ބުވާނެ

  26. ޢާސިފް

    އިރާދަ ކުރެއްވިއްޔާ ވ އަވަހަށް ޤައުމަށް ޤައްދާރުވި 134000 މީހުންނަށް އެނގޭނެ....
    ޢެމީހުންގެ ވޯޓްއިން މުޅި މި ޤައުމު ޙަލާކު ކޮށްފި ސުބުޙާނަﷲ

  27. ޑިފިކަލްޓް މޭން

    މަނިކުފާނުން ވިދާޅުވާހާ އެއްޗަކަށް ތާއީދު ނުކުރާނެހެން ހީފުޅުވާތީ ހުރިހާ ގޮތަކުން މާޖިނަލައިޒް ކޮށް، ދަމާކަނޑައިގެން އަނބިދަރިންނަށް ކާންދޭން މަޖުބޫރުކުރުވި، ކިޔަވައިގެން ތިބި ތަޖުރިބާކާރުމީހުން މަނިކުފާނުންނަށް ތާއިދުނުކުރީމާ އޭގެ ނަތީޖާއެއްވެސް އޮންނަކަން މަނިކުފާނުން ގަބޫލުކުރައްވަން ވާނެ ދޮގެއްތޯ؟ 2013 ގައި ވެސް މަނިކުފާނުން އިލެކްޝަން ކޮމިޝަނަށް ވަގަށް ގޮވި. މިފަހަރުވެސް ގޮވި. ހަމައެގޮތަށް މަނިކުފާނަށް ވަގަށްގޮވާފާނެކަމަށްވެސް ގަބޫލުކުރައްވަންވާނެ ދެއްތޯ؟

  28. ވެއަރއެވަރ

    މަމެން ޕިންކީންގެ 5 އަހަރުގެ ވެރިކަމަކީ އެއީ ރާއްޖެ ދުށް އެންމެ ޓަފް ވެރިކަމޭ އަދި ރާއްޖޭގެ އިގްތިސާދު އަޑިއަޅާފައި އޮތްވާ ނަގާ ކޮއްޅަށް ޖަހަން ކެރުނު ހަމަ އެކަނި ސަރުކާރޭ މަމެން ޕިންކީން ނަށް ވޯޓް ދިން 150 ހާސް ވޯޓް ބަޔަކު ވަގަށް ނަގައިގެން ވަގު ވޯޓް އިން މަމެން އަތުން ވެރިކަން ޖަހައިގަންނަ އިރު މަމެން އުއްމީދު ކުރަމޭ އިންސާފުގެ އެންމެ މަތީ ދަރުބާރުގެ އިން މަމެންނަށް އިންސާފު ހޯދާދޭނެ ކަމަށް ޔޭއް ފާރ ވެއަރ އެވަރ ޔޫއާރ އައި ބިލީވް ޔޫ ކޭން ހިއަރ މައި ކްރައި އައުޓް ފޯރ ޖަސްޓިސް..